ހއ. ހޯރަފުށީ މަގުތަކުގައި އަމިއްލަތަކެތީގައި ސެކިއުރިޓީ ކެމެރާ ސިސްޓަމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް ހޯރަފުށީ ކައުންސިލުން އިއުލާނުކޮށްފިއެވެ.

ހޯރަފުށީ ކައުންސިލުން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ އެރަށު މަގުތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރުމުގެ ދެވަނަ ފިޔަވަޔަވަހީގެ ދަށުން ސެކިއުރިޓީ ކެމެރާ ސިސްޓަމް ޤާއިމްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް ހުޅުވާލާ ކަމަށެވެ.

Ad
rt

މިގޮތުން ބީލަމުގައި ރަޖިސްޓްރީ ކުރުމަށްފަހު، ހޯރަފުށި ކައުންސިލް އިދާރާއަށް ހާޒިރުވެ އަންދާސީ ހިސާބު ހުށަހެޅުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.

އެގޮތުން ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑީގެ ގޮތުގައި ހޯރަފުށީ ކައުންސިލުން ކަނޑައަޅާފައިވަނީ 25 ޖޫން 2025 ވާ ބުދަ ދުވަހުގެ ހެނދުނު 11 ޖެހުމުގެ ކުރިންނެވެ. އަދި ބީލަން ހުށަހެޅުމަށް އިއުލާނުކޮށްފައިވަނީ 2 ޖުލައި 2025 ވާ ބުދަ ދުވަހުގެ މެންދުރު 1 ޖެހުމުގެ ކުރިން ހޯރަފުށީ ކައުންސިލަށެވެ.

މީގެ އިތުރުން އެ އިދާރާއިން ވަނީ ބީލަމުގައި ރަޖިސްޓްރީ ވުމަށް ސުންގަޑި ހަމަވުމުގެ ކުރިން ކައުންސިލުން ހިއްސާކޮށްފައިވާ ފޯމު ފުރިހަމަކުރުމަށް އިލްތިމާސްކުރަމުން، ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބެނީ ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމަށް ފާހަގަކޮށްފައެވެ.

އަދި މި އިއުލާނާ ބެހޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް 6500012/6500026 އަށް ގުޅުއްވުމަށް ހޯރަފުށީ ކައުންސިލުން އެދިފައިވެއެވެ.