މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް (07:00 އިން 11:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,626 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9626 ޚަބަރުގެ ތެރެއިން
ށ. އަތޮޅު ކައުންސިލްގެ ''އތމ ކޮމިޓީ ގްރާންޓް'' ލިބޭ ޑަބްލިއުޑީސީތަކާއިއެކު ސޮއިކޮށްފި 📍 ށ. ފޯކައިދޫ

ށ. އަތޮޅު ކައުންސިލްގެ ''އތމ ކޮމިޓީ ގްރާންޓް'' ލިބޭ ޑަބްލިއުޑީސީތަކާއިއެކު ސޮއިކޮށްފި

ށ.އަތޮޅުގެ ރަށްތަކުގައި އިޖްތިމާއީ ހަރަކާތް ހިންގަން ފަންޑް ދިނުމަށް އެ އަތޮޅު ކައުންސިލުން ހުޅުވާލި ފުރުސަތުގެ ދަށުން ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ދެ ހުށަހެޅުން ހުށަހެޅި އެ އަތޮޅުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (އތމ ކޮމެޓީ ނުވަތަ ޑަބްލިއުޑީސީ) ތަކާއެކު ފައިސާ ދިނުމުގެ އެއްބަސްވުމުގައި އަތޮޅު ކައުންސިލާއި އެ ފަރާތްތަކާއި ދެމެދުސޮއިކޮށްފިއެވެ. މި އަހަރު އަތޮޅު ކައުންސިލުން ފަންޑް ދިނުމަށް ހޮވާފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ތަކަކީ ފޯކ...

ޔުމްނާ ޢަލީ
ށ.އަތޮޅު ކައުންސިލުން މި އަހަރު މާލީ އެހީދޭ ޖަމިއްޔާތަކާއިއެކު ސޮއިކޮށްފި 📍 ށ. ފޯކައިދޫ

ށ.އަތޮޅު ކައުންސިލުން މި އަހަރު މާލީ އެހީދޭ ޖަމިއްޔާތަކާއިއެކު ސޮއިކޮށްފި

ށ.އަތޮޅުގެ ރަށްތަކުގައި އިޖްތިމާއީ ހަރަކާތް ހިންގަން ފަންޑް ދިނުމަށް އެ އަތޮޅު ކައުންސިލުން ހުޅުވާލި ފުރުސަތުގެ ދަށުން ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ހޯދި ދެ ޖަމިއްޔާ އަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި އަތޮޅު ކައުންސިލާއި އެ ޖަމިއްޔާތަކާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އަހަރު ހޮވާފައިވާ ދެ ޖަމިއްޔާއަކީ ފޯކައިދޫ ބްލަޑް ބްރަދާސް އާއި ނަރުދޫ ރަމްޒު ޖަމިއްޔާއެވެ. މިކަމަށް ހުޅުވާލި ފުރުސަތުގައި ނަރުދޫ ރަމްޒް ޖަމިއްޔާއިން ޕްރޮޕޯސަލް ކާމިޔާބުކ...

އިބްރާހިމް ޚަލީލް
އަތޮޅު ކައުންސިލަކީ ބޭކާރު، ވަކިން ހިންގާ ފެކްޝަނެއް: ފިރާގް 📍 ހދ. ހަނިމާދޫ

އަތޮޅު ކައުންސިލަކީ ބޭކާރު، ވަކިން ހިންގާ ފެކްޝަނެއް: ފިރާގް

އަތޮޅު ކައުންސިލްތަކަކީ ބޭކާރު ބޮޑީއެއް ކަމަށާއި އަދި އެއީ ވަކިން ހިންގާ ވަކި ފެކްޝަނެއްކަމަށް ހދ. ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގް މުހައްމަދު ވިދާޅުވެއްޖެއެވެ. ފިރާގް މިހެން ވިދާޅުވީ، ހދ. އަތޮޅު ކައުންސިލުން މިއަހަރު ބާއްވާ ތިލަދެކުނު ޤުރްއާން މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ހުޅުވާލައި އަތޮޅު ކައުންސިލުން ކުރި ޢިއުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅި ހަނިމާދޫ ކެތިއަރާ ޖަމިއްޔާއަށް ދިން ޖަވާބު ފޭސްބުކްގައި ހިއްސާ ކުރަށްވައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ފިރާގު […]

ޔުމްނާ ޢަލީ
ކުނި ވަކިކޮށްގެން މެނޭޖްކުރުމަށް ހޭލުންތެރިކުރުމަށް ކުޅުދުއްފުށީގައި ޕޯސްޓަރ ތައާރަފްކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުނި ވަކިކޮށްގެން މެނޭޖްކުރުމަށް ހޭލުންތެރިކުރުމަށް ކުޅުދުއްފުށީގައި ޕޯސްޓަރ ތައާރަފްކޮށްފި

ކުނި ވަކިކޮށްގެން މެނޭޖްކުރުމާއި ގުޅޭގޮތުން މުޖުތަމަޢު ހޭލުންތެރިކުރުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ޕޯސްޓަރު ކުޅުދުއްފުށި ސިޓީގައި ތަޢާރަފް ކޮށްފިއެވެ.  މި ޕޯސްޓަރ ތައާރަފްކުރުމުގެ ގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރ އަދި ކައުންސިލް މެންބަރުންނާއި މުވައްޒަފުން ވަނީ ކުޅުދުއްފުށީ ކުނިކޮށި ސަރަހައްދައް އިއްޔެ ޒިޔާރާތްކޮށް ވެމްކޯގެ އިސްވެރިންނާއި މުވައްޒަފުންނާއި މެކްސް އާއި ގުޅިގެން މަސައްކަތްކޮށްފައެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި މި މަޝްރޫޢު އަކީ ސައުތް އޭޝިއާ ކ...

އައިޝަތު އައިނީ އާމިރު
ކުމުންދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް އާމިނަތު ލަމްސާ 📍 ހދ. ކުމުންދޫ

ކުމުންދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް އާމިނަތު ލަމްސާ

2023-2024 ވަނަ ދިރާސީ އަހަރު ކުމުންދޫ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް އާމިނަތު ލަމްސާ ހޮވިއްޖެވެ. ލަމްސާ ވަނީ ޘާނަވީ މަރުހަލާ ނިންމާ އިމްތިޙާނުތަކުން ޤައުމީ ފެންވަރުގައި ޓޮޕް އެޗީވާރސް އެވޯޑު ޙާސިލް ކޮށްފައެވެ. އަދި ޓޮޕް އެޗީވާރސް ސްކޫލް ލެވެލް އެވޯޑްވެސް ލަމްސާއަށް ވަނީ ލިބިފައެވެ. މީގެއިތުރުން ހަޔަރ ޑިސްޓިންކޝަން އެވޯޑާއި، އިސްލާމް އާއި ޤުރްއާން މާއްދާއިން ސަބްޖެކްޓް ޕްރައިޒް ވަނީ ހާސިލްކޮށްފައެވެ. އަދި ކްލާސް ޕްރައިޒާއި އޮނަލިސްޓެޑް އެވޯޑްވެސް ލަމްސާއަށް ވަނީ ލިބިފައެވެ. މިދިޔަ […]

ތިލަދުން
އިމާރާތް ކުރުމުގެ ދާއިރާއިން މައުލޫމާތުދިނުމުގެ ވޯކްޝޮޕެއް ހދ.އަތޮޅުގައި 📍 ހދ. ކުޅުދުއްފުށި

އިމާރާތް ކުރުމުގެ ދާއިރާއިން މައުލޫމާތުދިނުމުގެ ވޯކްޝޮޕެއް ހދ.އަތޮޅުގައި

އިމާރާތް ކުރުމުގެ ދާއިރާއިން މައުލޫމާތުދިނުމުގެ ތިން ދުވަހުގެ ވޯކްޝޮޕެއް ހދ.އަތޮޅުގައި އިއްޔެ ފަށައިފިއެވެ. މި ކޯވްޝޮޕަކީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އިންތިޒާމްކޮށް ކުޅުދުއްފުށި ސިޓީ ކައުންސިލާއި ގުޅިގެން ކުރިއަށްގެންދާ ވޯކްޝޮޕެކެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި މި ވޯކްޝޮޕް އަމާޒުކޮށްފައި ވަނީ ހދ. އަތޮޅުގެ ރަށު ކައުންސިލްތަކާއި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށެވެ. މި ވޯކްޝޮޕް ތެރެއިން، އިމާރާތް ކުރުމުގެ ޤާނޫނާއި އިމާރާތްކުރުމުގެ ޤަވާއިދުތ...

ޔުމްނާ ޢަލީ
ވަށަފަރު ސްކޫލް ކްލާސްރޫމެއްގެ ސީލިން ވެއްޓި ދެކުއްޖަކަށް އަނިޔާވެފަރުވާދެނީ 📍 ހއ. ވަށަފަރު

ވަށަފަރު ސްކޫލް ކްލާސްރޫމެއްގެ ސީލިން ވެއްޓި ދެކުއްޖަކަށް އަނިޔާވެފަރުވާދެނީ

ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ސްކޫލުގެ ކްލާސް ރޫމެއްގެ ސީލިނގުން ބައެއް ވެއްޓި ކުދިންތަކަކަށް އަނިޔާވެއްޖެއެވެ. ސްކޫލުގެ ކްލާސް ރޫމެއްގެ ސީލިން މިއަދު ވެއްޓި ކުދިންތަކަކަށް އަނިޔާވި ހާދިސާއާއި ގުޅިގެން މި ނޫހުން ސުވާލު ކުރުމުން ވަށަފަރު ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ނިޒާރު ވިދާޅުވީ އެކަން ހިނގާދިޔަ ގޮތުގެ ތަފްސީލީ ރިޕޯޓް މިހާރު އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވާފައިވާނެ ކަމަށެވެ. ނިޒާރު އިތުރަށް ވިދާޅުވީ އެ މައުލޫމާތު ހޯދުމަށް މިނސްޓްރީއަށް ގުޅުއްވުމަށް އެދޭކަމަށެވެ. ސީލިންގ ވެއްޓުނު ހާދިސ...

އިބްރާހިމް ޚަލީލް
މަކުނުދޫ ހޮސްޕިޓް އަޅަން ބިން ހަވާލުކޮށްފި 📍 ހދ. މަކުނުދޫ

މަކުނުދޫ ހޮސްޕިޓް އަޅަން ބިން ހަވާލުކޮށްފި

ހދ. މަކުނުދޫ ހޮސްޕިޓަލެއް އިމާރާތް ކުރުމުގެ މަޝްރޫޢަށް ބޭނުންވާ ބިން ފެނަކަ ކޯޕަރޭޝަން އާއި އިއްޔެ ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހެލްތާއި، މަކުނުދޫ ކައުންސިލް އަދި ހެލްތް ސެންޓަރުގެ އިތުރުން ފެނަކަ އިން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މަކުނުދޫ ހެލްތް ސެންޓަރުގެ ޒިންމާދާރު ވެރިޔާ އިބްރާހީމް ޝަރީފް ‘ތިލަދުން’ އަށް ވިދާޅުވި ގޮތުގައި، މި މަޝްރޫޢު އަކީ ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދާ ހާއްސަ މަޝްރޫޢު އެއް ކަމަށެވެ. […]

އައިޝަތު އައިނީ އާމިރު
ތިލަދެކުނު ވޮލީބޯޅަ މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ހުޅުވާލައިފި

ތިލަދެކުނު ވޮލީބޯޅަ މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ހުޅުވާލައިފި

ހދ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ “ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2025” ހޯސްޓް ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މުބާރާތް ހޯސްޓް ކުރުމަށް ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 17 ވަނަ ދުވަހުގެ 11:00 ގެ ކުރިން، އެކަމަށް ފުރިހަމަ ކުރަންޖެހޭ އޮންލައުން ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު ސަބްމިޓް ކުރެއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ. މި މުބާރާތް ހޯސްޓް ކުރުމާއި ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ސެޝަން […]

އިބްރާހިމް ޚަލީލް
ކޭއާރުއެޗުގައި ކަރަންޓީނު ފެސިލިޓީއެއް ޤާއިމުކުރުމަށް ބީލަމަށް ހުޅުވާލައިފި 📍 ހދ. ކުޅުދުއްފުށި

ކޭއާރުއެޗުގައި ކަރަންޓީނު ފެސިލިޓީއެއް ޤާއިމުކުރުމަށް ބީލަމަށް ހުޅުވާލައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ގައި ކަރަންޓީނު ފެސިލިޓީއެއް ޤާއިމުކުރުމަށް މިނިސްޓްރީ އޮފް ފިނޭސުން ބީލަމަށް ހުޅުވާލައިފިއެވެ. ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި މިތަނަކީ ދިވެހި ސަރުކާރުން އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓުމަންޓް ބޭންކް (އޭ.އައި.އައި.ބީ)ގެ އެހީގައި ހިންގަމުންދާ މޯލްޑިވްސް ކޮވިޑް-19 އިމަރޖެންސީ ރެސްޕޮންސް އެންޑް ހެލްތު ސިސްޓަމްސް ޕްރިޕެއަރޑްނަސްޕްރޮޖެކްޓުގެ ދަށުން އަޅަން ނިންމާފައިވާ ފެސިލިޓީއެކެވެ. ހެލްތް މިނިސްޓްރީގެ އެދުމުގެ މަތިން މި ފެސިލިޓީ އަޅައިދޭނެ ބަޔ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ މަދަނީ ޖަމިއްޔާތަކަށް ރިޑިފައިން ޕްރޮޖެކްޓްގައި ބައިވެރިވުމުގެ ފުރުސަތު 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ މަދަނީ ޖަމިއްޔާތަކަށް ރިޑިފައިން ޕްރޮޖެކްޓްގައި ބައިވެރިވުމުގެ ފުރުސަތު

ކުޅުދުއްފުށީ ސިޓީގެ މަދަނީ ޖަމިއްޔާތަކަށް ރިޑިފައިން ޕްރޮޖެކްޓްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނިގޮތުގައި މިއީ ކްރިސަލިސް އެން.ޖީ.އޯ އަދި ސިގްސް އެން.ޖީ.އޯ އާއި ގުޅިގެން ޔޫރަޕިއަން ޔޫނިއަން އިން ފަންޑުކޮށްގެން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. އެގޮތުން ސްރީލަންކާ އަދި ދިވެހިރާއްޖޭގެ އަތޮޅުތަކާއި ރަށްތަކުގައި ހަމަނުޖެހުން ހުއްޓުވަމަށާއި، ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކޮށް ކާރިސާތަކަށް މުޖުުތަމައު ތައްޔާރުކުރުމުގެ މަގުސަދުގައި މަ...

އައިޝަތު އައިނީ އާމިރު
"އުފެއްދުންތެރިކަމާއި ވިޔަފާރީގައި އަބުޑީގެ ދަތުރު" ކުޅުދުއްފުށީގައި

"އުފެއްދުންތެރިކަމާއި ވިޔަފާރީގައި އަބުޑީގެ ދަތުރު" ކުޅުދުއްފުށީގައި

ކުޅުދުއްފުށީ ސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “އުފެއްދުންތެިކަމާއި ވިޔަފާރީގައި އަބުޑީގެ ދަތުރު” ސެޝަންގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ. މި ސެޝަނަކީ ސިޓީ ކައުންސިލާއި، އެޓްމޮސްފިއަރ ފައުންޑޭޝަން އަދި އަބުޑީ މޯލްޑިވްސް އާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސެޝަނެކެވެ. މި ސެޝަންގެ މަޤުސަދަކީ އުފެއްދުންތެރިކަމާއި ހުނަރު ބޭނުންކޮށްގެން އާމިނަތު ޝިހާނާ (އަބުޑީ) ކުރައްވަމުން ގެންދަވާ ތަފާތު މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތުދީ، ކުޅުދުއްފުށީގައި ތިބި އެކިދާއިރާތަކުގެ ހ...

އައިޝަތު އައިނީ އާމިރު
އިހަވަންދޫ ހޮސްޕިޓަލް އަޅަން ބިން އާރުޑީސީއާއި ހަވާލުކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ހޮސްޕިޓަލް އަޅަން ބިން އާރުޑީސީއާއި ހަވާލުކޮށްފި

ހއ. އިހަވަންދޫގައި ހޮސްޕިޓަލެއް އެޅުމަށްޓަކައި ބޭނުންވާ ބިން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފިއެވެ. އެގޮތުން ހޮސްޕިޓަލުގައި އިމާރާތްކުރާ ބިން އާރުޑީސީ އާއި ހަވާލުކުރުމުގެ ގޮތުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި އެ އެއްބަސްވުމުގެ ދަށުން މި މަޝްރޫޢު ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 18 މަސްދުވަހެވެ. އިހަވަންދޫ ކައުންސިލުގެ އަޙުމަދު ސޮބާހް ‘ތިލަދުން’ އަށް ވިދާޅުވީ، މި ހޮސްޕިޓަލް އިމާރާތްކުރުމުގެ މަޝްރޫޢުގެ ތެރޭގައި 30 އެނދާއި އެކަމަޑޭޝަން ބްލޮކެއް އިމާރާތް...

އައިޝަތު އައިނީ އާމިރު
ހަނިމާދޫގައި ހޮސްޕިޓަލް އަޅަން ބިން އާރުޑީސީއާއި ހަވާލުކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި ހޮސްޕިޓަލް އަޅަން ބިން އާރުޑީސީއާއި ހަވާލުކޮށްފި

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ހޮސްޕިޓަލެއް އެޅުމަށްޓަކައި ބޭނުންވާ ބިން، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފިއެވެ. އެ ބިން އާރުޑީސީއާއި ހަވާލުކުރުމަށްޓަކައި އިއްޔެ ވަނީ ހަނިމާދޫގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު، އިސްމާއިލް ޝަރީފްއެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އިންޖިނޭރ، މުހައްމަދު އަހުމީމްއެވެ. ހަނިމާދޫ ކައުންސިލްގެ ފަރާތުން ކަ...

އިބްރާހިމް ޚަލީލް
އުތީމުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލައިފި 📍 ހއ. އުތީމު

އުތީމުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލައިފި

ހއ. އުތީމު ކައުންސިލުން އެރަށުން ދިރިއުޅުމަށް ޓަކައި 2000 އަކަފޫޓުގެ 31 ބަންޑާރަ ގޯތި ދޫކުރުމަށް ނިންމައި، އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު އެރަށު ކައުންސިލުން ހުޅުވާލައިފިއެވެ. އުތީމު ކައުންސިލުން ބުނި ގޮތުގައި، މި 31 ގޯތި ދޫކުރުމަށް ނިންމާފައިވަނީ ކައުންސިލްގެ 04 ވަނަ ދައުރުގެ 137 އަދި 211 ވަނަ ބައްދަލުވުމުން މިކަން ފާސްކޮށްފަ އެވެ. އެގޮތުން، ކައުންސިލުން އެކަށައަޅާ ފާސްކޮށްފައިވާ އުޞޫލުތަކާއި އެއްގޮތަށް ބަންޑާރަ ގޯއްޗަށް ޝަރުޠު ހަމަވާ ފަރާތްތަކަށް މިގޯތިތައް ދޫކުރުމަށް […]

ޔުމްނާ ޢަލީ