ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ގައި ކަރަންޓީނު ފެސިލިޓީއެއް ޤާއިމުކުރުމަށް މިނިސްޓްރީ އޮފް ފިނޭސުން ބީލަމަށް ހުޅުވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި މިތަނަކީ ދިވެހި ސަރުކާރުން އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓުމަންޓް ބޭންކް (އޭ.އައި.އައި.ބީ)ގެ އެހީގައި ހިންގަމުންދާ މޯލްޑިވްސް ކޮވިޑް-19 އިމަރޖެންސީ ރެސްޕޮންސް އެންޑް ހެލްތު ސިސްޓަމްސް ޕްރިޕެއަރޑްނަސްޕްރޮޖެކްޓުގެ ދަށުން އަޅަން ނިންމާފައިވާ ފެސިލިޓީއެކެވެ.

Ad
rt

ހެލްތް މިނިސްޓްރީގެ އެދުމުގެ މަތިން މި ފެސިލިޓީ އަޅައިދޭނެ ބަޔަކު ހޯދުމަށް ބީލަމަށް ހުޅުވާލަމުން ފިނޭންސުން ބުނީ މި ޕްރޮޖެކްޓް ގެންދެވޭނީ ބޭންކުގެ ޕްރޮކިއުމަންޓް އިންސްޓްރަކްޝަންސް ފޯ ރެސިޕިއެންޓްސް (ޕީ.އައި.އާރު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިންޓަރނޭޝަނަލް އޯޕްން ކޮމްޕެޓިޓިވް އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އަދި މި ބީލަމަކީ ޕީ.އައި.އާރުގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ބީލަމެއްކަމަށެވެ.

މި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށްޓަކައި -/1,500 ރުފިޔާ ނުވަތަ 100 ޔޫއެސް ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭއިރު، މި ފައިސާ ބަލައިގަންނާނީ 2025 ޖުލައި 9 އިން 2025 އޮގަސްޓް 21 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ.

މި ޕްރޮޖެކްޓުގެ ބިޑިންގް ޑޮކިއުމަންޓް އަދި އެންމެހާ ލިޔެކިޔުންތައް 9 ޖުލައި 2025 އިން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެކަމަށް ވެސް ފިނޭސުން ވަނީ ބުނެފައެވެ.

ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 26,500.00 ޔޫ.އެސް.ޑޮލަރު ނުވަތަ އެ އަދަދާ އެއްވަރެއްގެ އަދަދެއްގެ ދިވެހި ރުފިޔާއިން ހުށަހަޅަން ޖެހޭއިރު، ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 178 ދުވަހެވެ.

މި ޕްރޮޖެކްޓަށް ހުށަހަޅާ ބީލަން ހުޅުވުން އޮންނާނީ 2025 އޮގަސްޓް 25ވާ ހޯމަ ދުވަހުގެ 13:00:00ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރ ޑިޕާޓްމަންޓުގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

މި ބީލަމާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ގުޅަންޖެހެނީ ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރ ޑިޕާޓްމަންޓް ޗީފް ޕްރޮކިއުމަންޓް އެގްޒެކެޓިވް، ފާޠިމަތު ރިޝްފާ އަޙްމަދު، ފޯން: (+960) 3349113، (+960) 3349106، އަށެވެ، އީމެއިލް ކުރާނަމަ އީމެއިލް ކުރަން ޖެހެނީ ibrahim.aflah@finance.gov.mv އަށެވެ.