📍 ހދ. ކުޅުދުއްފުށި
ކުޅުދުއްފުށީ ސިޓީކައުންސިލުން 17 ބެޑްމިންޓަން އަމްޕަޔަރުން ތަމްރީނުކޮށްފި
ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއާއި ގުޅިގެން ކުރިއަށް ގެންދިޔަ ބެޑްމިންޓަން އަމްޕަޔަރ ކޯސް ނިންމައި، ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެންބަރު އަޙުމަދު އަބްދުالله (ރޯޒޭ) “ތިލަދުން” އަށް ވިދާޅުވެފައިވަނީ މި ކޯހަކީ ސިޓީ ކައުންސިލުގެ އެދިލެއްވުމަކަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން މޯލްޑިވްސް ބެޑްމިންޓަން އެސޯސިއޭޝަންގެ އެހީތެރިކަމާއެކު ޖުލައި 3 އަކުން 10 ގެ ނިޔަލަށް ކުޅުދުއްފުށީ އެންއޯސީ ފުނަވަލު މާލ...