ހދ. މަކުނުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (އތމކ) އިން އެރަށު ނާރެސް ޕްރީސްކޫލްގައި ރީޑިންގް ކޯނާރއެއް ތަރައްގީކޮށްދީފިއެވެ.
މަކުނުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ބުނިގޮތުގައި އެ ކޮމިޓީއިން ނާރެސް ޕްރީ ސްކޫލްގައި ތަރައްޤީ ކޮށްދިން ރީޑިންގް ކޯނާރގެ މަސައްކަތް ނިންމައި، އެތަން ވަނީ ރަސްމީކޮށް ސްކޫލާއި ހަވާލުކޮށްފައެވެ.
މިތަނަކީ ތުއްތު ކުދިންގެ ތަޢުލީމު ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ތުއްތު ކުދިންގެ ޝައުޤުވެރިކަން ފޮތަށް އިތުރުކުރުމުގެ މަޤުސަދުގައި ތަރައްގީކޮށްދިންތަނެއްކަމަށް ވެސް އެ ކޮމެޓީން ބުނެފަވެއެވެ.
މި ކޯނަރ ވަނީ ޒަމާނީކޮށް، ކުދިން ޝައުގުވެރިވާނެ ގޮތަށް ފަރުމާކޮށްފައެވެ. އަދި މަކުނުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން މި ކޯނަރ ނިންމާ ނާރެސް ޕްރީސްކޫލާއި ހަވާލުކޮށްފައި ވަނީ ފޮތާވެސް އެކުގައެވެ.
މަކުނުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަކީ ވަރަށް ގިނަ ހަރަކާތްތަކެއް ހިންގަމުންއަންނަ، ރަށުގެ އިޖުތިމާއީ، އުމުރާނީ ތަރައްގީގައި ވަރަށް ބޮޑަށް ބައިވެރިވުން ދެމުން އަންނަ ކޮމެޓީއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!