މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,624 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9624 ޚަބަރުގެ ތެރެއިން
ދިއްދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ނުނިމި އެންމެ އިންސައްތައެއް، ވަރަށް ޗާލު 📍 ހއ. ދިއްދޫ

ދިއްދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ނުނިމި އެންމެ އިންސައްތައެއް، ވަރަށް ޗާލު

ހއ. ދިއްދޫގައި ޤާއިމްކުރާ އިސްލާމީ މަރުކަޒުގެ 99 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އިސްލާމީ ކަންތަކާ ބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ. އެ ވުޒާރާއިން ބުނެފައިވަނީ ވުޒާރާގެ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަންގެ ވަފުދު ދިއްދޫގައި ސަރުކާރުން ޢިމާރާތްކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތް ކުރިއަށްދާގޮތް ބަލައިފައިވާ ކަމަށެވެ. އެގޮތުން 1500 މީހުންގެ ޖާގައިގެ މި މަރުކަޒުު އެއްކޮށް ނިންމާލެވޭނެކަމަށް ލަފާކުރެވެނީ މިއަންނަ އޮކްޓޯބަރ މަހު 15 ގައިކަމަށް އެ ވުޒާރާއިން ބުންޏެވެ. “މި މަރުކަޒުގެ 99%...

އައިޝަތު އައިނީ އާމިރު
މިލަންދޫ ސްކޫލްގެ ގްރޭޑް 11 އަށް ވަނުމުގެ ފުރުސަތު ވެސް ހުޅުވާލައިފި 📍 ށ. މިލަންދޫ

މިލަންދޫ ސްކޫލްގެ ގްރޭޑް 11 އަށް ވަނުމުގެ ފުރުސަތު ވެސް ހުޅުވާލައިފި

ށ. މިލަންދޫ ސްކޫލުގައި އޭ ލެވެލް ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ. މިލަންދޫ ސްކޫލުގައި އޭ ލެވެލް ކިޔެވުމަށް ހުޅުވާލަމުން އެ ސްކޫލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 7 ސެޕްޓެމްބަރު 2025 ވާ އާދިއްތަ ދުވަހުގެ މެންދުރު 12 ޖެހުމުގެ ކުރިންކަމަށެވެ. އެގޮތުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު އެޕްލިކޭޝަން ފޯމު ލިބެން ހުންނާނެ ކަމަށާއި، އެ ސޮކޫލުން އަންމުކޮށްފައިވާ އިއުލާނުގައިވާ ފޯމު ޑައުންލޯޑ...

އައިޝަތު އައިނީ އާމިރު
މިދިޔަ މަހު ކުޅުދުއްފުށީގައި 7 ކައިވެނި, 7 ވަރި 📍 ހދ. ކުޅުދުއްފުށި

މިދިޔަ މަހު ކުޅުދުއްފުށީގައި 7 ކައިވެނި, 7 ވަރި

ކުޅުދުއްފުށި ސިޓީ މެޖިސްޓްރޭޓް ކޯޓުގައި މިދިޔަ އޮގަސްޓް މަހު 7 ކައިވެނި ކުރިއިރު އަދި ހަމަ 7 ވަރި ކޮށްފައިވާކަމަށް އެ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެގޮތުން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން މިދިޔަ އޭޕްރީލް މަހުގެ މަސައްކަތުގެ ތަފާސްހިސާބު ހިމެނޭ އުސްއަލިތައް މިއަދު ހާމަކޮށްފައިވާއިރު، އެ ކޯޓުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އޮގަސްޓް މަހު ކޮށްދީފައިވާ ކައިވެންޏާއި ވަރިތައް މިވަނީ އެއްވަރު ވެފައެވެ. މީގެ އިތުރުން އެ ކޯޓުގައި މިދިޔަ މަހު އާއިލީ މައްސަލަތަކުގެ […]

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީ ބޮޑު މުޙައްމަދު ކަލޭފާނު ބަނދަރުގެ ނެރުމައްޗަށް އެރި ބޯޓު ފުންކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ބޮޑު މުޙައްމަދު ކަލޭފާނު ބަނދަރުގެ ނެރުމައްޗަށް އެރި ބޯޓު ފުންކޮށްފި

ކުޅުދުއްފުށީ ސިޓީގެ ބޮޑު މުޙައްމަދު ކަލޭފާނު ބަނދަރު ނެރުމައްޗަށް އިއްޔެ އެރި ބޯޓު މިއަދު ފުންކޮށްފިއެވެ. ހއ.އަތޮޅާއި ހދ.ގެ ބައެއް ރަށްތަކަށް ދަތުރުކުރާ މި ބޯޓު ކުޅުދުއްފުށީ ނެރުމައްޗަށް އެރީ އިއްޔެ ހަވީރުއެވެ. ބޯޓު ފަރަށް އެރިއިރު އެއިގައި ހުރީ 500 އެއްހާ ފެން ކޭސްކަމަށް މައުލޫމާތު ލިބެއެވެ. އެ ބޯޓު މިއަދު ހެނދުނު ފުން ކޮށްފައިވާއިރު، އެ ބޯޓު އޮތީ މިހާރު އޮތީ ކުޅުދުއްފުށީ ކަސްޓަމްސް ސަރަހައްދީ ބަނދަރުގެ އުތުރުން އޮތް ދިމާލަށް ކައިރިކޮށްފައެވެ. މައުލޫމާތު […]

ޔުމްނާ ޢަލީ
ހއ.އަތޮޅު މަދަރުސާގެ ގްރޭޑް 11 އަށް ކުދިން ވެއްދުމުގެ މުއްދަތު އިތުރުކޮށްފި 📍 ހއ. ހޯރަފުށި

ހއ.އަތޮޅު މަދަރުސާގެ ގްރޭޑް 11 އަށް ކުދިން ވެއްދުމުގެ މުއްދަތު އިތުރުކޮށްފި

ހއ. ހޯރަފުށީގައި ހުންނަ އެ އަތޮޅު މަދަރުސާއަށް ގްރޭޑް 11 އަށް ކުދިން ވެއްދުމުގެ ފުރުސަތު އިތުރުކޮށްފިއެވެ. 2025 ވަނަ އަހަރުގެ ދިރާސީ އަހަރު ހއ. އަތޮޅު މަދަރުސާގައި މަތީ ޘާނަވީ ގްރޭޑް 11 އަށް ކިޔަވައިދިނުމުގެ ހުއްދަ އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ދީފައެވެ. އެހެންވެ އެ މަދަރުސާއިން ވަނީ 21 އޯގަސްޓް 2025 ގައި އެ މަދަރުސާގެ ގްރޭޑް 11 އަށް ކުދިންވެއްދުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެއިރު މިކަމަށް މުއްދަތު ދީފައި ވަނީ 31 އޯގަސްޓްގެ […]

ޔުމްނާ ޢަލީ
ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ހއ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025” ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ. ހއ. އަތޮޅު ކައުންސިލުން މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ފުރަތަމަ ހުޅުވާލީ 23 ޖުލައި 2025 ގައެވެ. އޭގެ ފަހުން ޓީމު ލިސްޓު ހުށަހަޅުމުގެ ފުރުސަތު ވެސް އިތުރުކުރިއެވެ. އެއަށްފަހު މިއަދު ވަނީ މި މުބާރާތުގައި ރަޖިސްޓްރީވުމުގެ މުއްދަތު 2025 ސެޕްޓެންބަރު 03 ވަނަ ދުވަހުގެ 12:00ގެ ނިޔަލަށް އިތުރުކޮށްފައެވެ. އަދި މި މުބާރާތުގައި [...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ބޮޑު މުޙައްމަދު ކަލޭފާނު ބަނދަރުގެ ނެރުމައްޗަށް ބޯޓެއް އަރައިފި

ކުޅުދުއްފުށީ ބޮޑު މުޙައްމަދު ކަލޭފާނު ބަނދަރުގެ ނެރުމައްޗަށް ބޯޓެއް އަރައިފި

ކުޅުދުއްފުށި ސިޓީ ބޮޑު މުޙައްމަދު ކަލޭފާނު ބަނދަރު ސަރަހައްދުގެ ނެރުމައްޗަށް ބޯޓެއް އަރައިފިއެވެ. މައުލޫމާތު ލިބޭގޮތުގައި ނެރުމައްޗަށް ފަރަށް އަރާފައިވަނީ، “DMMA EXPRESS 5” ކިޔާ ބޯޓެކެވެ. މިއަދު ހަވީރު ހިނގި މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާއިރު، މިވަގުތު ބޯޓު ފުންކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.    

އައިޝަތު އައިނީ އާމިރު
ށ.އަތޮޅު ރައްޔިތުންގެ ހިތްތަކުގައި ވެސް ބޮޑުތަކުރުފާނުގެ ލޭ ހިނގާނެ: ޝިޔާމް 📍 ށ. ބިލެތްފަހި

ށ.އަތޮޅު ރައްޔިތުންގެ ހިތްތަކުގައި ވެސް ބޮޑުތަކުރުފާނުގެ ލޭ ހިނގާނެ: ޝިޔާމް

އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު އަލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން (އުތީމު ބޮޑުތަކުރުފާނު)ގެ ލޭ ށ. އަތޮޅުގެ ރަށްތަކުގެ ރައްޔިތުންގެ ހިތްތަކުގައި ވެސް ހިނގާނެކަމަށް ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) އިއްޔެ ވިދާޅުވެއްޖެއެވެ. ޝިޔާމް މިފަދައިން ވިދާޅުވީ، މިއަހަރުގެ ޤައުމީ ދުވަސް އަތޮޅު ފެންވަރުގައި ފާހަގަކުރުމަށް ށ.ބިލެތްފަހީގައި އިއްޔެ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ށ.އަތޮޅުގައި އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރުމަކީ އަތޮޅު ކައުންސިލުން ރާ...

ޙުސައިން ޝަހުދީ
ޤައުމީ ދުވަސް ބިލެތްފަހިން: ސަގާފީ ޖާފަތާއި ހާއްސަ ހަވީރު ވެސް އެހާމެ ފުރިހަމަ 📍 ށ. ބިލެތްފަހި

ޤައުމީ ދުވަސް ބިލެތްފަހިން: ސަގާފީ ޖާފަތާއި ހާއްސަ ހަވީރު ވެސް އެހާމެ ފުރިހަމަ

ށ. އަތޮޅު ފެންވަރުގައި އެ އަތޮޅު ބިލެތްފަހީގައި ކުލަގަދަކޮށް ޤައުމީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކެއް މިއަދު ނިމުމަކަށް އައިސްފައިވާއިރު، ބިލެތްފަހިން ވަނީ މި ދުވަހަށް ވަރަށް ރަނގަޅަށް ތައްޔާރުވެ، އިންތިޒާމްތައް ހަމަޖައްސާފައެވެ. ބިލެތްފަހީގައި ފާހަގަކުރި މި ދުވަހުގެ ހަރކާތްތައް ކާމިޔާބުކަމާއެކު ނިންމާލެވުމުގެ ސިއްރަކީ ވެސް އެޔެވެ. 29 އޯގަސްޓް އިން 30 އޯގަސްޓް އަށް ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގެ ޝަރަފްވެރިންގެ ގޮތުގައި ބިލެތްފައްސަށް ވަޑައިގަތީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް...

ޔުމްނާ ޢަލީ
ކުމުންދޫ އުސްކުންނަ ސަރަހައްދު ހިމާޔާތްކޮށް ސާފުކޮށްފި 📍 ހދ. ކުމުންދޫ

ކުމުންދޫ އުސްކުންނަ ސަރަހައްދު ހިމާޔާތްކޮށް ސާފުކޮށްފި

ދިވެހިރާއްޖޭގައި ހުރި އާސާރީ ތަންތަނުގެ ލިސްޓުގައި ހިމަނާފައިވާ ހދ. ކުމުންދޫ އުސްކުންނަ ސަރަހައްދު ހިމާޔާތްކޮށް ސާފުކޮށްފިއެވެ.  އެގޮތުން ކުމުންދޫ އުސްކުންނައަކީ އުސްވެލިގަނޑެއްގެ ގޮތުގައި ފެންނަން ހުރި ސައިންޓިފިކް ދިރާސާއެއް މިހާތަނަށް ހެދިފައި ނުވާ، ރާއްޖެ އިސްލާމްވުމުގެ ކުރީގައި މީހުން އަޅުކަން ކުރަން ގެންގުޅު ތަކެތި ފޮރުވާފައި ހުރި ތަނެއް ކަމަށްވުން ބެލެވެއެވެ. 2004 ވަނަ އަހަރު އެކުލަވާލި ރާއްޖޭގައި ހުރި އާސާރީ ތަންތަނުގެ ލިސްޓުގައި ކުމުންދޫގެ އާސާރީ ތަންތަނުގެ ގޮތުގައި ގެނެވިފައި މި އުސްކު...

އައިޝަތު އައިނީ އާމިރު
ށ.އަތޮޅުގެ އެންމެ ހިންގުންތެރި އަންހެނުންގެ ކޮމެޓީތަކުގެ އެވޯޑު ފުނަދޫ, ބިލެތްފަހި އަދި ގޮއިދޫ ކޮމިޓީއަށް 📍 ށ. ފުނަދޫ

ށ.އަތޮޅުގެ އެންމެ ހިންގުންތެރި އަންހެނުންގެ ކޮމެޓީތަކުގެ އެވޯޑު ފުނަދޫ, ބިލެތްފަހި އަދި ގޮއިދޫ ކޮމިޓީއަށް

ށ. އަތޮޅުގެ އަންހެނުންގެ ތަރައްްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އަށް ހާއްސަކޮށްގެން، އަތޮޅުގެ އެންމެ ހިންގުންތެރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ކޮންމެ އަހަރަކު ދޭ “މާރެސް އެވޯޑު” އެ އަތޮޅު ފުނަދޫ، ބިލެތްފަހި އަދި ގޮއިދޫ އިން ހާސިލްކޮށްފިއެވެ. މި އެވޯޑު ހަވާލުކޮށްފައިވަނީ އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ށ. ބިލެތްފަހީގައި ބޭއްވި ޤައުމީ ދުވަހުގެ ހާއްސަ ޖަލްސާގައެވެ.  މާރެސް އެވޯޑަށް ށ. އަތޮޅުގެ ޑަބްލިއުޑީސީތަކުން ކުރިމަތިލައ...

އައިޝަތު އައިނީ އާމިރު
ދަނޑުވެރިކަމުގައި ނަމޫނާ ދައްކައި އެމްގެޕް ސެޓިފައިޑް ދަނޑުވެރިން ތިބި ފުރަތަމަ ރަށަކަށް ށ.ގޮއިދޫ 📍 ށ. ގޮއިދޫ

ދަނޑުވެރިކަމުގައި ނަމޫނާ ދައްކައި އެމްގެޕް ސެޓިފައިޑް ދަނޑުވެރިން ތިބި ފުރަތަމަ ރަށަކަށް ށ.ގޮއިދޫ

ގައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ހަރުދަނާކުރުމަށާއި، ދަނޑުވެރިކަމުގެ އުސޫލުތައް ކުރިއެރުވައި ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ ރައްކާތެރިކަމާއި ފައިދާތައް ތިމާވެއްޓާ ރައްޓެހި ގޮތެއްގައި އުފެއްދޭކަން ކަށަވަރުކުރުމަށްޓަކައި ތައާރަފް ކޮށްފައިވާ މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް (އެމްގެޕް) ގެ ސެޓިފައިޑް ދަނޑުވެރިން ތިބި ފުރަތަމަ ރަށަކަށް ށ. ގޮއިދޫ ވެއްޖެއެވެ. އެމްގެޕް، ސެޓްފިކެޓް ހާސިލްކުރި ދަނޑުވެރިންނަށް ސެޓްފިކްޓް ހަވާލުކުރުމަށް ގޮއިދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި...

އިބްރާހިމް ޚަލީލް
ބިލެތްފަހީގައި އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރުމުގެ ކުލަގަދަ ހަރަކާތްތަކެއް 📍 ށ. ބިލެތްފަހި

ބިލެތްފަހީގައި އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރުމުގެ ކުލަގަދަ ހަރަކާތްތަކެއް

ށ. ބިލެތްފަހީގައި އަތޮޅު ފެންވަރުގައި ކުލަގަދަކޮށް ޤައުމީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކެއް ކުރިއަށް އެބަދެއެވެ. ށ. އަތޮޅު ރައްޔިތުންގެ މެދުގައި ޤައުމިއްޔަތު ދިރުވައި އާލާކޮށް އިޖްތިމާޢީ ގުޅުން ބަދަހިކުރުމުގެ މަޤުސަދުގައި ބިލެތްފަހީގައި އަތޮޅު ފެންވަރުގައި މިއަހަރު ޤައުމީ ދުވަސް ފާހަގަކުރުމަށް ހަމަޖެހުނީ ށ. އަތޮޅު ކައުންސިލުން ޤައުމީ ދުވަސް ފާހަގަކުރުމަށް ހުޅުވާލި ފުރުސަތުގެ ދަށުން ބީލަން ބިލެތްފަހީ ކައުންސިލުން ކާމިޔާބުކޮށްގެންނެވެ. މި އޮގަސްޓް މަހު 29 އިން 30 އަށް ދެ ދުވަހަށް ހަރަކާތްތައް ބ...

އައިޝަތު އައިނީ އާމިރު
އިހަވަންދޫގައި ކުރިޔަށް ގެންދިޔަ އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމުގެ ތަމްރީން ނިންމާލައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި ކުރިޔަށް ގެންދިޔަ އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމުގެ ތަމްރީން ނިންމާލައިފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި ކުރިއަށް ގެންދިޔަ އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ ތަމްރީން ޕްރޮގްރާމް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. މި ތަމްރީން ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސްއާއި އިހަވަންދޫ ކައުންސިލް ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. ޖުމްލަ 12 ބައިވެރިންނާއިއެކު އިހަވަންދޫގައި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި މަހު 21 އިން 26 އަށެވެ. ‏މި ތަމްރީނު ޕްރޮގްރާމުގައި، މަހުން ތައްޔާރު...

އިބްރާހިމް ޚަލީލް
ފޯރިގަދަ ފުނަދޫ ޔުނިޓީ ކަޕްގެ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ކޮމަންޑޫ ސްޕޯޓްސް އަށް 📍 ށ. ފުނަދޫ

ފޯރިގަދަ ފުނަދޫ ޔުނިޓީ ކަޕްގެ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ކޮމަންޑޫ ސްޕޯޓްސް އަށް

ށ.ފުނަދޫ ޔުނިޓީ ސްޕޯޓްސް އެކަޑަމީން އިންތިޒާމް ކޮށްގެން ބޭއްވި “ޔުނިޓީ ކަޕް 2025” ވޮލީ މުބާރާތުގެ ޗެމްޕިއަންކަން، އެ އަތޮޅު ކޮމަންޑޫއަށް ނިސްބަތްވާ، ކޮމަންޑޫ ސްޕޯޓްސް އިން ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު ރޭ ފުނަދޫ ވޮލީ ކޯޓުގައި ކުޅެފައިވާއިރު ފައިނަލް މެޗުގައި ބައްދަލުކުރީ ކޮމަންޑޫ ސްޕޯޓްސްއާއި ޒޮލޭންއެވެ. މި މެޗު 3 ސެޓް 1 ސެޓުން ކާމިޔާބު ކޮށްފައި ވަނީ ކޮމަންޑޫ ސްޕޯޓްސް އިންނެވެ. މެޗުގެ ސެޓްތައް ގޮސްފައި ވަނީ 30/28، 25/19، […]

އިބްރާހިމް ޚަލީލް