ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި ކުރިއަށް ގެންދިޔަ އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ ތަމްރީން ޕްރޮގްރާމް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ.

މި ތަމްރީން ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސްއާއި އިހަވަންދޫ ކައުންސިލް ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ.

Ad
rt

ޖުމްލަ 12 ބައިވެރިންނާއިއެކު އިހަވަންދޫގައި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި މަހު 21 އިން 26 އަށެވެ.

‏މި ތަމްރީނު ޕްރޮގްރާމުގައި، މަހުން ތައްޔާރުކުރާ އަގު އެއްކުރި ބާވަތްތަކާ ގުޅޭ މައުލޫމާތު ދިނުމާއި، އަމަލީ ގޮތުން އެފަދަ އުފެއްދުންތައް ތައްޔާރުކުރުމުގެ ފުރުސަތު ބައިވެރިންނަށް ވަނީ ފޯރުކޮށްދީފައެވެ.

މީގެ އިތުރުން ވިޔަފާރީގެ އުޞޫލުން މިފަދަ މަސައްކަތްތައް ކުރުމަށް ބޭނުންވާ މުހިންމު މަޢުލޫމާތާއި ހުނަރުތައް ބައިވެރިންނަށް ވަނީ ކިޔަވައިދީފައެވެ.