މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,624 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9624 ޚަބަރުގެ ތެރެއިން
ހަނިމާދޫ ކައުންސިލުން ތަރައްގީކުރި ރެސްޓޯރަންޓް 20 އަހަރު ދުވަހަށް ކުއްޔަށް ދީފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ކައުންސިލުން ތަރައްގީކުރި ރެސްޓޯރަންޓް 20 އަހަރު ދުވަހަށް ކުއްޔަށް ދީފި

ހދ. ހަނިމާދޫ ކައުންސިލުން ތަރައްޤީ ކޮށްފައިވާ ސަންސެޓް ބީޗް ރެސްޓޯރަންޓް 20 އަހަރު ދުވަހަށް ކުއްޔަށް ދީފިއެވެ. ހަނިމާދޫ ކައުންސިލުން މައުލޫމާތުދިން ގޮތުގައި, މި ރެސްޓޯރެންޓް ކުއްޔަށް ހަވާލުކޮށްފައިވަނީ ކުޅުދުއްފުށި ސިޓީގައި ހަރަކާތްތެރިވަމުން އަންނަ”ފަންއަރި” އަށެވެ. މިގޮތުން މި ރެސްޓޯރަންޓް ކުއްޔަށް ދިނުމަށްޓަކައި ހުޅުވާލި އިޢުލާނަށް އެންމެ ރަނގަޅު އަގެއް ހުށައެޅީ އެ ފަރާތުންކަމަށް ހަނިމާދޫ ކައުންސިލުން ބުނެފައިވެއެވެ. މިގޮތުން ރަށުގެ ރައްޔިތުންނަށާއި، ހަނިމާދޫއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚިދ...

އައިޝަތު އައިނީ އާމިރު
އިހަވަންދޫ ކައުންސިލުން އެ ރަށު މަސްވެރިންނަށް އައިސް އުފުލުމަށް އުޅަނދެއް ފޯރުކޮށްދެނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ކައުންސިލުން އެ ރަށު މަސްވެރިންނަށް އައިސް އުފުލުމަށް އުޅަނދެއް ފޯރުކޮށްދެނީ

ހއ. އިހަވަންދޫ އައިސްޕްލާންޓުން މަސްވެރިންނަށް އައިސް އުފުލުމަށްޓަކައި އިހަވަންދޫ ކައުންސިލުގެ ފަރާތުން އުޅަނދެއް ފޯރުކޮށްދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިހަވަންދޫ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާހު އެވެ. އަދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ އަޙުމަދު ޒާހިރު އެވެ. އިހަވަންދޫ މަސްވެރިންނަށް ކައުންސިލުން މިވެދިން އެހީ...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށި ސިޓީގައި ކޮމަންވެލްތް ބީޗްހޭންޑް ބޯލް ފެށެން ބާކީ އެއް ދުވަސް، ސިޓީ ކައުންސިލުން ތައްޔާރު 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީގައި ކޮމަންވެލްތް ބީޗްހޭންޑް ބޯލް ފެށެން ބާކީ އެއް ދުވަސް، ސިޓީ ކައުންސިލުން ތައްޔާރު

ކޮމަންވެލްތް ބީޗްހޭންޑް ބޯލް ޗެމްޕިއަންޝިޕް 2025 ފެށެން ބާކީ އެއް ދުވަހަށް ވެފައިވާއިރު، މި މުބާރާތައް ވާ ތައްޔާރީތަކުގެ ތެރެއިން ކުޅުދުއްފުށި ސިޓީ ކައުންސިލުން ރަށުތެރެ ދިއްލާ ޒީނަތްތެރިކޮށްލައިފިއެވެ. މި ސެޕްޓެމްބަރ މަހުގެ 18 އިން 22 އަށް ކުރިއަށް ގެންދާ މި މުބާރާތް ހޯސްޓް ކުރުމުގެ ޝަރަފު ކުޅުދުއްފުއްޓަށް ލިބިފައިވާއިރު، ސިޓީ ކައުންސިލުން ބުނެފައިވަނީ، ކައުންސިލުން ވާ ތައްޔާރީތަކުގެ ތެރޭގައި ކުޅުދުއްފުށީ އައު ބީޗްހޭންޑް ބޯލް އެރީނާގައި ތަރައްޤީކުރަމުންދާ ޕިޗް މިހާރު ވަނީ ތައްޔާރުކޮށްފައިކަމަށެ...

އައިޝަތު އައިނީ އާމިރު
ރާއްޖޭގައި ފުރަތަމަ މެޓީރިއަލް ރިކަވަރީ ފެސިލިޓީއެއް ހުޅުވި ސިޓީ އަކަށް ކުޅުދުއްފުށި ސިޓީ 📍 ހދ. ކުޅުދުއްފުށި

ރާއްޖޭގައި ފުރަތަމަ މެޓީރިއަލް ރިކަވަރީ ފެސިލިޓީއެއް ހުޅުވި ސިޓީ އަކަށް ކުޅުދުއްފުށި ސިޓީ

ކުޅުދުއްފުށި ސިޓީގައި މެޓީރިއަލް ރިކަވަރީ ފެސިލިޓީ (އެމްއާރްއެފް) އެއް ހުޅުވައިފިއެވެ. މިއަދު ހަވީރު މި ފެސިލިޓީ ހުޅުވުމަށް ބޭއްވި ރަސްމިޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ ސައުތް އޭޝިއާ ކޯޕަރޭޓިވް އެންވާރަމެންޓް ޕްރޮގްރާމު (ސަކެޕް) ގެ ޑިރެކްޓަރ ޖެނެރަލް ނޯބޫ ވެންޗަކް އެވެ. އަދި މި ރަސްމިއްޔާތުގައި މޯލްޑިވްސް އޯތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވްސް ސޮސައިޓީ (މެކްސް) ގެ ޗެއަރޕާސަން އާއި މެކްސް ގެ ޓީމާއި، ކައުންސިލް މެންބަރުންގެ އިތުރުން ވެމްކޯގެ އިސްވެރިންނާއި މުއައްސަސާތަކުގެ އިސްވެރިން ވަނީ ބައިވެރިވެ...

އައިޝަތު އައިނީ އާމިރު
ހއ.އަތޮޅު ކައުންސިލުން ކުރިއަށް ގެންދިޔަ ދަނޑުވެރިކަމުގެ ތަމްރީނު ނިންމާލައިފި

ހއ.އަތޮޅު ކައުންސިލުން ކުރިއަށް ގެންދިޔަ ދަނޑުވެރިކަމުގެ ތަމްރީނު ނިންމާލައިފި

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ދަނޑުވެރިކަމުގެ ބޭސިކް ތަމްރީނު ޕްރޮގްރާމު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިގޮތުން މި ތަމްރީނު ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު، މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ ހދ. ހަނިމާދޫ ކައުންސިލްގެ ރައީސް ޢަބްދުއްސައްތާރު ހަސަން އެވެ. އަތޮޅު ކައުންސިލާއެކު، ދަނޑުވެރިކަމާ ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ އެހީތެރިކަމާއެކު މި ސެޕްޓެމްބަރ މަހު 13 އިން 15 އަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމު އަމާޒުކޮށްފައިވަނީ...

އައިޝަތު އައިނީ އާމިރު
އަމިއްލަ ފަރާތަކުން ށ.ގޮއިދޫގައި ބިނާކޮށްދޭ މިސްކިތުގެ ބިންގާ އަޅައިފި 📍 ށ. ގޮއިދޫ

އަމިއްލަ ފަރާތަކުން ށ.ގޮއިދޫގައި ބިނާކޮށްދޭ މިސްކިތުގެ ބިންގާ އަޅައިފި

ށ. ގޮއިދޫގައި އަމިއްލަ ފަރާތަކުން ބިނާކޮށްދިނުމަށް ހަމަޖެހިފައިވާ މިސްކިތުގެ ބިންގާ އަޅައިފިއެވެ. މި މިސްކިތުގައި ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި، މިސްކިތު ބިންގާ އަޅުއްވައިދެއްވީ ށ. އަތޮޅު ކައުންސިލުގެ ރައީސް މުޙައްމަދު ޝިޔާމް އާއި ށ. ގޮއިދޫ ކައުންސިލުގެ ރައީސް އިބްރާހީމް ޝާހިދު އެވެ. އަމިއްލަ ފަރާތެއްގެ ހިލޭ އެހިއާއި އެއްބާރުލުމުގެ ދަށުން ގޮއިދޫ ބަނދަރު ސަރަހައްދުގައި ބިނާކުރެވޭ މި މިސްކިތަކީ އެ ރަށުގެ އާބާދީއަށް ބަލާއިރު ޖާގަބޮޑު ޒަމާނީ މިސްކިތެކެވެ. މިއީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ....

އައިޝަތު އައިނީ އާމިރު
ޕީއެސްއެމް އިން ކުޅުދުއްފުށީގައި ބޭސިކް މީޑިއާ ސްކިލްސް ވޯކްޝޮޕެއް ބާއްވަނީ 📍 ހދ. ކުޅުދުއްފުށި

ޕީއެސްއެމް އިން ކުޅުދުއްފުށީގައި ބޭސިކް މީޑިއާ ސްކިލްސް ވޯކްޝޮޕެއް ބާއްވަނީ

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ކުޅުދުއްފުށި ސިޓީގައި ކުރިއަށްގެންދާ ބޭސިކް މީޑިއާ ސްކިލްސް ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ސެޕްޓެމްބަރ މަހު 24 އިން އޮކްޓޫބަރު މަހުގެ 3 އަށް ކުރިއަށްގެންދާ މި ވޯކްޝޮޕަކީ، ޕަބްލިކް ސާރވިސް މީޑިއާގެ ދަށުން ހިންގާ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން މީޑިއާގެ ދާއިރާއަށް މީހުން ބިނާކޮށް މިދާއިރާގައި މަސައްކަތްކުރާނެ މީހުން އުފެއްދުމަށް އަތޮޅުތެރެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ބޭސިކް މީޑިއާ ސްކިލްސް ވޯކްޝޮޕެކެވެ. މި ވޯކްޝޮޕުގައި ބަ...

އައިޝަތު އައިނީ އާމިރު
މިލަންދޫގައި ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ކައުންސިލުން އެކްސްކެވޭޓަރެއް ގެންނަނީ 📍 ށ. މިލަންދޫ

މިލަންދޫގައި ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ކައުންސިލުން އެކްސްކެވޭޓަރެއް ގެންނަނީ

ށ. މިލަންދޫގައި ކުނި މެނޭޖްކުރުމުގެ މަސައްކަތަށް އެކްސްކެވޭޓަރެއް ސަޕްލައިކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި މަސައްކަތައް މިލަންދޫ ކައުންސިލުން އެކްސްކެވޭޓަރ ސަޕްލައި ކޮށްދީފައިވަނީ ވެލާރޯ އިންވެސްޓްމަންޓް އާއެވެ. މިގޮތުން މި މަސައްކަތް ހަވާލުކުރުމަށް އެއްބަސްވުމުގައި އާދީއްތަ ދުވަހު ސޮއިކޮށްފައިވާއިރު، ކުނި މެނޭޖްކުރުމަށް އެކްސްކެވޭޓަރ ސަޕްލައިކުރުމަށް ދީފައިވާ މުއްދަތަކީ 200 ދުވަހެވެ. މިލަންދޫ ކައުންސިލަށް އެކްސްކެވޭޓަރު ފޯރުކޮށްދިނުމުގެ ޖުމްލަ އަގަކީ 1،189،000 ރުފިޔާއެވެ. ކުނި...

އައިޝަތު އައިނީ އާމިރު
އިހަވަންދޫގައި އެމްއެންޔޫގެ އައުޓްރީޗް ކެމްޕަހެއް ޤާއިމްކުރުމަށް އިމާރާތް ހަވާލުކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި އެމްއެންޔޫގެ އައުޓްރީޗް ކެމްޕަހެއް ޤާއިމްކުރުމަށް އިމާރާތް ހަވާލުކޮށްފި

ހއ. އިހަވަންދޫގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އައުޓްރީޗް ކެންޕަހެއް ޤާއިމްކުރުމަށް އިމާރާތް ހަވާލުކޮށްފިއެވެ. މި އިމާރާތް ޤާއިމްކުރުމަށް އިމާރާތް ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި އިވަހަންދޫ ކައުންސިލުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް، އަޙުމަދު ސޮބާހު އެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ އައިޝަތު ޝެހެނާޒް އާދަމް އެވެ. މި މަޝްރޫޢުއާއި ގުޅޭގޮތުން އިހަވަންދޫ ކައުންސިލުގެ ރައީސް އަޙުމަދު ސޮބާހު “ތިލަދު...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީގައި ނޭޝަނަލް އެސެސަރ ޓްރެއިނިންގ ވޯކްޝޮޕެއް ބާއްވަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ނޭޝަނަލް އެސެސަރ ޓްރެއިނިންގ ވޯކްޝޮޕެއް ބާއްވަނީ

ކުޅުދުއްފުށި ސިޓީގައި ނޭޝަނަލް އެސެސަރ ޓްރެއިނިންގ ވޯކްޝޮޕެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މި ވޯކްޝޮޕަކީ، މޯލްޑިވްސް އެންހާންސިންގ އެމްޕްލޯޔަބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތު (މިރީ) ޕްރޮޖެކްޓްގެ އެހީތެރިކަމާއެކު މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީއާއި، ކުޅުދުއްފުށި ސިޓީ ކައުންސިލް ގުޅިގެން ހިންގާ 3 ދުވަހުގެ ވޯކްޝިޕެކެވެ. މި ސްޕެޓެމްބަރ 30 އިން އޮކްޓޯބަރ މަހުގެ 02 އަށް ބާއްވާ މި ވޯކްޝޮޕުގައި ބައިވެރިވުމަށް ހުޅުވާލަމުން ސިޓީ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަ...

އައިޝަތު އައިނީ އާމިރު
މިލަންދޫގައި މީހުން އާބާދުވިތާ 25 އަހަރު ފުރުން ފާހަގަކުރަން "ޓައިމް ކެޕްސޫލް" އެއް ވަޅުލަނީ

މިލަންދޫގައި މީހުން އާބާދުވިތާ 25 އަހަރު ފުރުން ފާހަގަކުރަން "ޓައިމް ކެޕްސޫލް" އެއް ވަޅުލަނީ

ށ. މިލަންދޫގައި މީހުން އާބާދުވިތާ 25 އަހަރު ފާހަގަކުރުމުގެ ގޮތުން ބޭއްވޭ ހަރަކާތްތަކުގެ ތެރެއިން “ޓައިމް ކެޕްސޫލް” އެއް ވަޅުލުމަށް މިލަންދޫ ކައުންސިލުން ތައްޔާރުވާން ފަށައިފިއެވެ. “އާބާދު 25 ކެޕްސޫލް” ގެ ނަމުން ނަންދީފައިވާ މި ކެޕްސޫލް އަކީ މިލަންދޫ ކައުންސިލުން އިިންތިޒާމްކޮށްގެން މީގެ 25 އަހަރު ފަހުން އެ ކެޕްސޫލް ވަޅުން ނަގާއިރު މިލަންދޫ އޮންނާނެ ގޮތުގެ ތަޞައްވުރު އަންދާޒާކޮށް ރައްޔިތުންނާއި އެއްބައިވެގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. އެގޮތުން މިލަންދޫ ކައުންސިލްގެ އެދުމާއި އެއްގޮތަށް ރައްޔިތ...

އައިޝަތު އައިނީ އާމިރު
''އަލީބާބާ.ކޮމް'' އާއި ގުޅިގެން ކުޅުދުއްފުށީގެ ވިޔަފާރިވެރިންނަށް ހާއްސަ އޮންލައިން ވޯކްޝޮޕެއް ބާއްވަނީ 📍 ހދ. ކުޅުދުއްފުށި

''އަލީބާބާ.ކޮމް'' އާއި ގުޅިގެން ކުޅުދުއްފުށީގެ ވިޔަފާރިވެރިންނަށް ހާއްސަ އޮންލައިން ވޯކްޝޮޕެއް ބާއްވަނީ

ދިވެހިންނަށް ވިޔަފާރީގެ ދޮރުތައް ހުޅުވައިދިނުމަށް އަލީބާބާ.ކޮމް އާއި ގުޅިގެން ކުޅުދުއްފުށި ސިޓީގައި ބާއްވާ ވޯކްޝޮޕުގައި އޮންލައިންކޮށް ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ. މި ސެޕްޓެމްބަރ މަހު 16 ވަނަ ދުވަހު މެންދުރު 1 އިން 3:30 އަށް ކުޅުދުއްފުށީ ފުނަވަލު މާލަމުގައި ބާއްވާ މި ވޯކްޝޮޕުގައި ބައިވެރިވުމަށް ހުޅުވާލަމުން ސިޓީ ކައުންސިލުން އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި ވޯކްޝޮޕަކީ މިނިްސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، ބިސްނަސް ސެންޓަރ ކޯރޕަރޭޝަން (ބީސީސީ) އަދި އ...

އައިޝަތު އައިނީ އާމިރު
ށ.އަތޮޅު ކައުންސިލުން އެ އަތޮޅުގައި ފުޓްސަލް ކޯޗުން ތަމްރީނުކޮށްފި

ށ.އަތޮޅު ކައުންސިލުން އެ އަތޮޅުގައި ފުޓްސަލް ކޯޗުން ތަމްރީނުކޮށްފި

ށ. އަތޮޅުގައި ކުރިއަށްގެންދިޔަ ފުޓްސަލް ކޯޗުން ތަމްރީނު ކުރުމުގެ ޕްރޮގްރާމު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. 4 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމަކީ ށ. އަތޮޅުގައި ކުޅިވަރުގެ ދާއިރާގައި އުޅޭ ޒުވާނުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ، ށ. އަތޮޅު ކައުންސިލާއި، މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަދި މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ އިތުރުން ފުޓްބޯލް އެސޯޝިއޭޝަނުން ކުރިއަށް ގެންދިޔަ ޕްރޮގްރާމ...

އައިޝަތު އައިނީ އާމިރު
މިލަންދޫގައި މީހުން އާބާދުވިތާ 25 އަހަރު ފުރުން ފާހަގަ ކުރުމަށް މަސްރޭހެއް 📍 ށ. މިލަންދޫ

މިލަންދޫގައި މީހުން އާބާދުވިތާ 25 އަހަރު ފުރުން ފާހަގަ ކުރުމަށް މަސްރޭހެއް

ށ. މިލަންދޫގައި މީހުން އާބާދުވިތާ 25 އަހަރު ފާހަގަކުރުމަށް ބާއްވާ މަސްރޭހުގައި ބައިވެރިވުމަށް މިލަންދޫ ރައްޔިތުންނަށް ހުޅުވާލައިފިއެވެ. “އާބާދު 25 މަސްރޭސް” ގެ ނަމުން ކުރިއަށްގެންދާ މި މަސްރޭހުގައި ބައިވެރިވުމަށް ހުޅުވާލަމުން މިލަންދޫ ކައުންސިލުން އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި މަސްރޭހުގެ 1 ވަނަ ޓީމަށް 5000 (ފަސްހާސް ރުފިޔާ) އަދި 2 ވަނަ ޓީމަށް 3000 (ތިންހާސް ރުފިޔާ) އާއެކު 3 ވަން ޓީމަށް 1000 (އެއްހާސް ރުފިޔާ) ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. މިގޮތުން މި މަސްރޭހުގައި […]

އައިޝަތު އައިނީ އާމިރު
ފޯކައިދޫ ރައްޔިތުން ސްކޭމް މައްސަލަތަކަށް ހޭލުންތެރިކުރުމަށް މައުލޫމާތު ދީފި 📍 ށ. ފޯކައިދޫ

ފޯކައިދޫ ރައްޔިތުން ސްކޭމް މައްސަލަތަކަށް ހޭލުންތެރިކުރުމަށް މައުލޫމާތު ދީފި

ށ. ފޯކައިދޫގައި ސްކޭމް މައްސަލަތަކުން ރައްޔިތުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދިނުމަށް ސައިބާ ކްރައިމްސް އަވެއާނެސް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. މިމަހުގެ 12 ވަނަ ދުވަހު ފޯކައިދޫ ސްކޫލުގައި ބޭއްވުނު މި ސެޝަނަކީ ފޯކައިދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި ފޯކައިދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރު ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ސެޝަންގައި ބައިވެރިންނަށް މަޢުލޫމާތު ދެއްވީ އެންޓި ސްކޭމް ސެންޓަރުގެ، ހެޑް އޮފް އެންޓި ސްކ...

ޔުމްނާ ޢަލީ