މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,624 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9624 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށީގައި އިސްރަށްވެހިންގެ ހަވީރެއް ބާއްވައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި އިސްރަށްވެހިންގެ ހަވީރެއް ބާއްވައިފި

ކުޅުދުއްފުށި ސިޓީގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އިސްރަށްވެހިންގެ ހަވީރު އިއްޔެ ބާއްވައިފިއެވެ. 65 އަހަރުން މަތީގެ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ މި ހަވީރަކީ، ދިވެހި ރެޑް ކްރެސެންޓުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ހަވީރެކެވެ. އެގޮތުން މިއަހަރުގެ އިސްރަށްވެހިންގެ ހަވީރު ބާއްވާފައިވަނީ އަލިފުޅުތުއްތު ފައުންޑޭޝަންގެ މާލީ އެހީތެރިކަމާއެކުއެވެ. މި ހަވީރުގައި ސިއްހީ ގޮތުން ހޭލުންތެރިކުރުމުގެ ހަރަކާތްތަކާއި، ކުޅިވަރުތަކާއި، ގުޅުން ބަދަހިކުރުމުގެ ހަރަކާތްތަކުގެ އިތުރުން އެ ފަރާތްތަ...

އައިޝަތު އައިނީ އާމިރު
މަށިކުޅި ވިއުވިން ޕްލެޓްފޯމަށް އެންމެންގެ ހިތް, ޒިގްޒެގްގެ ބައިވެރިވުން ބޮޑު އިޖުތިމާއީ ހަދިޔާއެއް 📍 ހދ. ކުޅުދުއްފުށި

މަށިކުޅި ވިއުވިން ޕްލެޓްފޯމަށް އެންމެންގެ ހިތް, ޒިގްޒެގްގެ ބައިވެރިވުން ބޮޑު އިޖުތިމާއީ ހަދިޔާއެއް

ކުޅުދުއްފުށީ ސިޓީ މަށިކުޅީގައި ޤާއިމްކޮށްފައިވާ ހިތްގައިމު ވިއުވިންގް ޕްލެޓްފޯމަކީ، މަށީގެ ވެށީގެ މުއްސަނދިކަން ފުރިހަމައަށް ބަލައިލެވޭނެ  ގޮތަކަށް ފަރުމާކޮށްފައިވާ ހިތްފަސޭހަ ޕްލެޓްފޯމެއްކަން ޔަޤީނެވެ. އަދި މިތަނުގެ ވުޖޫދުން ކުޅީގެ ގުދުރަތީ ރީތިކަން މިތަނަކަށް ޒިޔާރާތްކުރާ ފަރާތްތަކަށް ބަލާލުމަށް ލިބޭ ފުރުސަތަކީ އެބަޔެއްގެ ހިތްތަކަށް މަރިޔާދުކަން ގެނެސްދޭކަމެއްކަން އެއީ ޝައްކެއް ވެސް ނެތްކަމެކެވެ. މި ވިއުވިން ޕްލެޓްފޯމް ހުޅުމަށްފަހު ކުޅުދުއްފުށީގައި މެދުކެނޑުމެއް ނެތި ދެކެވޭ ވާހަކައަކީވެސް އެއީ...

އައިޝަތު އައިނީ އާމިރު
ފޯކައިދޫގައި ހޯމްގާރޑެނިންގ އާއި ދަނޑުވެރިކަމުގެ މަޢުލޫމާތު ދިނުމުގެ ތަމްރީނު ޕްރޮގްރާމެއް 📍 ށ. ފޯކައިދޫ

ފޯކައިދޫގައި ހޯމްގާރޑެނިންގ އާއި ދަނޑުވެރިކަމުގެ މަޢުލޫމާތު ދިނުމުގެ ތަމްރީނު ޕްރޮގްރާމެއް

ށ. ފޯކައިދޫގައި ހޯމް ގާރޑެނިންގ އަދި ދަނޑުވެރިކަމުގެ މަޢުލޫމާތު ދިނުމުގެ ތަމްރީނު ޕްރޮގްރާމެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މި ތަމްރީނު ޕްރޮގްރާމަކީ ހަނިމާދޫ އެގްރިކަލްޗަރަލް ސެންޓަރުން އިންތިޒާމްކޮށްގެން، ތިއަރީ އަދި ޕްރެކްޓިކަލް ބައިތައް ހިމެނޭހެން ކުރިއަށްގެންދާ 4 ދުވަހުގެ ޕްރޮގްރާމެކެވެ. މިގޮތުން މި ސެޕްޓެމްބަރ މަހު 18 އިން 21 އަށް ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމުގައި ނަގައިދެވޭ ބައިތަކުގެ ތެރޭގައި، ހައިޑްރޯޕޯނިކްސް/ ޝީލްޑިންގ ޓްރޭގައި މުޑުއްވައްކުރުމާއި، ގަސްކާނާ އަދި ފެންދޭނެ ރަނގަޅު...

އައިޝަތު އައިނީ އާމިރު
ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތުގައި ވާދަކުރާ ޓީމުތައް ކުޅުދުއްފުއްޓަށް، ހޫނު މަރުހަބާއެއް 📍 ހދ. ކުޅުދުއްފުށި

ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތުގައި ވާދަކުރާ ޓީމުތައް ކުޅުދުއްފުއްޓަށް، ހޫނު މަރުހަބާއެއް

ކުޅުދުއްފުށި ސިޓީގައި ބާއްވާ ރާއްޖޭގެ ފުރަތަމަ ބައިނަލްއަގުވާމީ ބީޗް ހޭންޑްބޯލް މުބާރާތް ކަމަށްވާ ކޮމަންވެލްތު ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް 2025 ގައި ވާދަކުރާ ޓީމުތައް ކުޅުދުއްފުއްޓަށް އަންނަން ފަށައިފިއެވެ. މި ސެޕްޓެމްބަރ މަހުގެ 18 އިން 22 އަށް ބާއްވަން ހަމަޖެހިފައިވާ މި މުބާރާތް ފެށެން ބާކީ 5 ދުވަހަށް ވެފައިވާއިރު، މި މުބާރާތުގައި ވާދަކުރާ ޓީމުތަކުގައި ހިމެނޭ ޕާކިސްތާނު ޓީމުގެ ކުޅުންތެރިން ރޭގެ ވަގުތެއްގައި ވަނީ ކުޅުދުއްފުއްޓަށް އައިސްފައެވެ. މިގޮތުން ޕާކިސްތާނުގެ ކުޅުންތެރިން ކުޅުދުއްފުއްޓަ...

އައިޝަތު އައިނީ އާމިރު
ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ކުޅުދުއްފުށީ ދުވުންތެރިން ރިކޯޑުތައް ގާއިމުކޮށް ތާރީޚްގެ ތެރެއަށް 📍 ހދ. ކުޅުދުއްފުށި

ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ކުޅުދުއްފުށީ ދުވުންތެރިން ރިކޯޑުތައް ގާއިމުކޮށް ތާރީޚްގެ ތެރެއަށް

ޏ. ފުވައްމުލަކު ސިޓީގައި މިހާރު ކުރިއަށްދާ 16 ވަނަ ނޭޝަނަލް ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ކުޅުދުއްފުށީ ސިޓީގެ ދެ ދުވުންތެރިން ރިކޯޑުތަކެއް އައުކޮށްފިއެވެ. މި ސެޕްޓެމްބަރ މަހު 9 އިން 14 އަށް ކުރިއަށްދާ މި މުބާރާތުގައި މި ރިކޯޑުތައް މުގުރާލާފައިވަނީ ކުޅުދުއްފުއްޓައް ނިސްބަތްވާ “ޝަރީފް ސްޕޯޓްސް” ގެ ދެ އެތުލީޓުން ކަމަށްވާ، އަހުނާ ނިޒާރު އާއި އައިމިނަތު އައުހާ އަބްދުލްރަހްމާން އެވެ. މިގޮތުން އަހުނާ ވަނީ މި މުބާރާތުގައި 20 އަހަރުން ދަށުގެ 200 މީޓަރު ދުވުން 26.12 […]

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީ ސިޓީ ސާފުކުރުމުގެ ހާއްސަ ހަރަކާތެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީ ސާފުކުރުމުގެ ހާއްސަ ހަރަކާތެއް

ކުޅުދުއްފުށީ ސިޓީ ސާފުކުރުމުގެ ހާއްސަ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ. އެ ހަރަކާތާއި ގުޅޭގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ، އެއީ “ވޯލްޑް އެންވަޔަރަމަންޓް ޑޭ 2025” އާއި “ވޯލްޑް ކްލީނަޕް ޑޭ 2025 ” އާއި “އިންޓަނޭޝަނަލް ކޯސްޓަލް ކްލީންއަޕް ޑޭ 2025” ފާހަގަކުރުމަށާއި އަދި ކޮމަންވެލްތް ބީޗް ހޭންޑްބޯލް ގޭމްސް ފެށުމަށް ތައްޔާރުވުމަށްޓަކައި ކުރިއަށް ގެންދިޔަ ހަރަކާތެއްކަމަށެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެ ސިޓީގެ މުއައްސަސާތަކާއި ގުޅިގެންނެވެ....

ޔުމްނާ ޢަލީ
ނޮޅިވަރަންފަރު ''ރަންފަރު ޓްރެއިނިން'' ޕްރޮގްރާމުުގައި ބައިވެރިވުމަށް ހުޅުވާލައިފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ''ރަންފަރު ޓްރެއިނިން'' ޕްރޮގްރާމުުގައި ބައިވެރިވުމަށް ހުޅުވާލައިފި

ހދ. ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ކުރިއަށް ގެންދާ “ރަންފަރު ޓްރެއިނިންގ ޕްރޮގްރާމު 2025” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެ ކޮމިޓީން މި ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލަމުން އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި ޕްރޮގްރާމަކީ އުމުރުން 14 އަހަރުންމަތީގެ ދެ ޖިންސުގެ ފަރާތްތަކަށް ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދާ ހޭންޑްބޯލަ އަދި ފުޓްސަލް މުބާރާތެއްކަމަށެވެ. މިގޮތުން މި ޕްރޮގްރާމުގެ ދަށުން ހޭންޑްބޯލް ޓްރޭނިން ކުރިއަށް ގެންދިއުމަށް ހަމަޖ...

އައިޝަތު އައިނީ އާމިރު
ކޭއާރުއެޗުގައި ބޭއްވި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރެއިނިން ނިންމާލައިފި 📍 ހދ. ކުޅުދުއްފުށި

ކޭއާރުއެޗުގައި ބޭއްވި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރެއިނިން ނިންމާލައިފި

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗުން) އިންތިޒާމުކޮށްގެން، ބޭއްވި “ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރެއިނިންގ” ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ސެޕްޓެމްބަރ މަހު 8 އިން 9 އަކަސް ބޭއްވި ދެދުވަހުގެ މި ޕްރޮގްރާމަކީ ކޭއާރުއެޗުގެ ‘ހިއުމަން ރިސޯސް މެނޭޖްމަންޓް’ މުވައްވަފުންނަށް އިންތިޒާމްކޮށްގެން ބޭއްވި ޕްރޮގްރާމެކެވެ.  ކޭއާރުއެޗުން މައުލޫމާތުދިން ގޮތުގައި މި ޕްރޮގްރާމުގައި މުޅި ޖުމްލަ 22 މުވައްޒަފުން ބައިވެރިވެފައިވާއިރު، މި ޕްރޮގްރާމަކީ، ހިއުމަން ރިސޯސް (HR) ގެ މަސައްކަތްތަކާއި...

އައިޝަތު އައިނީ އާމިރު
ތިލަދެކުނު ވޮލީ: ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ނޮޅިވަރަމަށް 📍 ހދ. ހަނިމާދޫ

ތިލަދެކުނު ވޮލީ: ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ނޮޅިވަރަމަށް

ހދ.އަތޮޅު ކަންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ތިލަދެކުނު ވޮލީ މުބާރާތް 2025” ގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ނޮޅިވަރަމް ޒުވާނުންގެ ގުޅުން (އެންޒެޑްޖީ) ހޯދައިފިއެވެ. ހދ.ނައިވާދޫ ވޮލީ ކޯޓުގައި ކުރިއަށްދިޔަ މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު ކުޅެފައި ވަނީ ރޭގައެވެ. މި މެޗުގައި ނޮޅިވަރަމް ނޮޅިވަރަމް ޒުވާނުންގެ ގުޅުމުން ޗެމްޕިއަންކަން ހޯދީ ސީދާ 3 ސެޓުން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ (އެޗްޒެޑްޖޭ)ގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓް ނޮޅިވަރަމުން ގެންދިޔ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ކުޅީގެ ދެކުނު މަގު "ހަމައެކަނި ހިނގާ މަގެއްގެ" ގޮތުގައި ތަރައްޤީކުރަނީ

ކުޅުދުއްފުށީ ކުޅީގެ ދެކުނު މަގު "ހަމައެކަނި ހިނގާ މަގެއްގެ" ގޮތުގައި ތަރައްޤީކުރަނީ

މި ސެޕްޓެމްބަރ މަސް ނިމުމުގެ ކުރިން ކުޅުދުއްފުށި ސިޓީގެ މަށި ކުޅީގެ ދެކުނަށް އޮތް މަގު ހިނގާ މަގެއްގެ ގޮތުގައި ނުވަތަ “ޕެޑަސްޓްރިއަން ރޯޑެއްގެ” ގޮތުގައި ތަރައްޤީކުރުމަށް އިއުލާނުކުރާނެކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް ވިދާޅުވެއެޖެއެވެ. މޭޔަރު ޢާޠިފް މިހެން ވިދާޅުވީ އިއްޔެ ހަވީރު ކުޅުދުއްފުށި ސިޓީ މަށި ކުޅީގައި ތަރައްޤީކުރި ވިއުވިންގ ޕްލެޓްފޯމު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މޭޔަރ ޢާޠިފް ވިދާޅުވީ، ރައްޔިތުންގެ ހި...

އައިޝަތު އައިނީ އާމިރު
ތިލަދެކުނު ވޮލީ: އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހަނިމާދޫ ސާއްބައަށް 📍 ހދ. ހަނިމާދޫ

ތިލަދެކުނު ވޮލީ: އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހަނިމާދޫ ސާއްބައަށް

ހދ.އަތޮޅު ކަންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ތިލަދެކުނު ވޮލީ މުބާރާތް 2025” ގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހަނިމާދޫ ސާއްބަ އެކުވެރިކްލަބް ހޯދައިފިއެވެ. ހަނިމާދޫ ސާއްބަ އެކުވެރި ކްލަބް މި މުބާރާތުގެ އަންހެން ޑިވިޛަންގެ ޗެމްޕިއަންކަން ހޯދީ ފިނޭ ޑެޒަޔަރ ކްރޫ ސްޕޯޓްސް ކްލަބް ސީދާ 3-0 އިން ބަލިކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ހަނިމާދޫ ސާއްބައިގެ ޖާޒީ ނަންބަރު 12 ޝަހުމީލާ އަބުދުލްހަކީމް އެވެ. އެންމެ މޮޅު އަންހެން 6 […]

ޔުމްނާ ޢަލީ
ފޯކައިދޫގައި ދަރިން ތަރުބިއްޔަތު ކުރުމާއި ސައިބަރ ކްރައިމް އާއި ގުޅޭ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް 📍 ށ. ފޯކައިދޫ

ފޯކައިދޫގައި ދަރިން ތަރުބިއްޔަތު ކުރުމާއި ސައިބަރ ކްރައިމް އާއި ގުޅޭ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް

ށ. ފޯކައިދޫގައި ސައިބަރ ކްރައިމްސް އާއި ގުޅޭގޮތުން މީހުން ހޭލުންތެރިކުރުމަށް ބެލެނިވެރިންނާއި ބޮޑެތި މީހުންނަށް ހާއްސަކޮށްގެން ޕްރޮގްރާމެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިގޮތުން މި ޕްރޮގްރާމަކީ ފޯކައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާއި، ފޯކައިދޫ ކައުންސިލުން އިސްނަގައިގެން އެ ރަށު ޕޮލިސް ސްޓޭޝަނާއި ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް އާއްމުނަނަށް އިއުލާނުކުރަމުން ފޯކައިދޫ ކައުންސިލުން ބުނެފައިވަނީ މި ޕްރޮގްރާމުގައި ދަރިން ތަރުބިއްޔަތު ކ...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީގައި ތަރައްޤީ ކުރާ މަސްބާނާ ފާލަމާއި ގުޅޭގޮތުން އާންމުންގެ ޚިޔާލުހޯދުމަށް މިރޭ މަޝްވަރާ ބައްދަލުވުމެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ތަރައްޤީ ކުރާ މަސްބާނާ ފާލަމާއި ގުޅޭގޮތުން އާންމުންގެ ޚިޔާލުހޯދުމަށް މިރޭ މަޝްވަރާ ބައްދަލުވުމެއް

ކުޅުދުއްފުށި ސިޓީގައި މަސްބޭނުމަށް ފާލަމެއް ތަރައްޤީކުރާނެ ސަރަހައްދެއް ކަނޑައެޅުމަށް މިރޭ މަޝްވަރާ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ. މި ކަމާއި ގުޅޭގޮތުން ސިޓީ ކައުންސިލުން ވަނީ މި މަޝްވަރާ ބައްދަލުވުމަށް ސްޕޯޓްސް ފިޝިންގ އަދި މަސްވެރިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބައިވެރިވުމަށް އެދިފައެވެ. އެގޮތުން 11 ސެޕްޓެމްބަރ 2025 (މިރޭ) މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 20:30 ގައި ކުޅުދުއްފުށީ އެން.އޯ.ސީ ފުނަވަލު މާލަމުގައެވެ. މީގެ އިތުރުން ކުޅުދުއްފުށީގައި ތަރައްޤީކުރަން ހަމަޖެހިފައިވާ...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީ މަށިކުޅީގެ ވިއުވިން ޕްލެޓްފޯމް ވަރަށް ހިތްގައިމު، ޔާސިރަށް ރޯޒޭގެ ޝުކުރު 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ މަށިކުޅީގެ ވިއުވިން ޕްލެޓްފޯމް ވަރަށް ހިތްގައިމު، ޔާސިރަށް ރޯޒޭގެ ޝުކުރު

ކުޅުދުއްފުށި ސިޓީ މަށި ކުޅީގައި ތަރައްޤީކުރި ވިއުވިން ޕްލެޓްފޯމަކީ ވަރަށް ހިތްގައިމު ފުރުހަމަ މަސައްކަތެކެވެ. އެ ޕްލެޓްފޯމް އިއްުޔެ ރަސްމީކޮށް ހުޅުވިގެން ދިޔުމަކީ ސިޓީގެ ރައްޔިތުންނާއި، މަށިކުޅީގެ ވެށިން އުފަލާއި ހިތްހަމަޖެހިލުން ލިބިގަތުމަށް އެ ތަނަށް ޒިޔާރަތްކުރާ މީހުންނަށް މަށިކުޅީގެ ހިތްގައިމުކަން އޭގެ އެންމެ މަތީ ދަރަޖައަށް ހޯދުމަށް ސިޓީ ކައުންސިލުން ހުޅުވާލަދިން ފަހި ފުރުސަތެއްކަން ގައިމެވެ. އެތަން ފަރުމާކޮށްފައި ވަނީ މަށީގެ ވެށީގެ މުއްސަނދިކަން ފުރިހަމައަށް ބަލައިލެވޭނެ ގޮތަށެވެ. މި ވިއުވ...

އައިޝަތު އައިނީ އާމިރު
ތިލަދެކުނު ވޮލީ: ފިރިހެން ފައިނަލުގައި ހަނިމާދޫ އާއި ނޮޅިވަރަމު، އަންހެން ފައިނަލުގައި ހަނިމާދޫ އާއި ފިނޭ 📍 ހދ. ފިނޭ

ތިލަދެކުނު ވޮލީ: ފިރިހެން ފައިނަލުގައި ހަނިމާދޫ އާއި ނޮޅިވަރަމު، އަންހެން ފައިނަލުގައި ހަނިމާދޫ އާއި ފިނޭ

ހދ.އަތޮޅު ކަންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ތިލަދެކުނު ވޮލީ މުބާރާތް 2025” ގެ ފައިނަލު މެޗުތައް މިއަދު ކުޅޭނެއެވެ. މި އަހަރުގެ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަންގެ މެޗުތައް ވެސް ކުރިއަށް ދަނީ ނައިވާދޫގައެވެ. މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލް މެޗު ކުޅުމަށް ތާވަލު ކޮށްފައި ވަނީ މިއަދު ހަވީރުއެވެ. ހަވީރު 16:00 ގައި ފަށާ މި މެޗުގައި ބައްދަލުކުރާނީ ހަނިމާދޫ ސާއްބަ އެކުވެރި ކްލަބާއި ފިނޭ ޑެޒަޔަރ ކްރޫ ސްޕޯޓްސް ކްލަބެވެ. މުބާރާތުގެ […]

އިބްރާހިމް ޚަލީލް