މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,624 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9624 ޚަބަރުގެ ތެރެއިން
ވާދަވެރި ކުޅުމަކަށްފަހު ބަންގްލަދޭޝް ބަލިކޮށް ރާއްޖެ އަށް ލޯ މެޑަލް 📍 ހދ. ކުޅުދުއްފުށި

ވާދަވެރި ކުޅުމަކަށްފަހު ބަންގްލަދޭޝް ބަލިކޮށް ރާއްޖެ އަށް ލޯ މެޑަލް

ކުޅުދުއްފުށި ސިޓީގައި މިހާރު ކުރިއަށްދާ ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ މުބާރާތުގެ ތިންވަނަ މަގާމު ހޯދައި މުބާރާތުގެ ލޯ މެޑަލް ދިވެހިރާއްޖޭގެ ޤައުމީ ހޭންޑްބޯޅަ ޓީމުން ހޯދައިފިއެވެ. މިގޮތުން، މި މެޗުގެ ފުރަތަމަ ސެޓު ބަންގްލަދޭޝް ކާމިޔާބުކޮށްފައިވަނީ 25-20 ގެ ތަފާތަކުންނެވެ. އަދި މެޗުގެ ދެވަނަ ސެޓުން ރަނގަޅު ފެށުމެއް ދައްކައި ރާއްޖެ ޓީމުން ވަނީ ކުރި ހޯދައި 22-12 އިން ދެވަނަ ސެޓު ކާމިޔާބުކޮށްފައެވެ. ފުރަތަމަ ސެޓު ބަންގްލަދޭޝް ޓީމުން ކާމިޔާބުކޮށްފައިވާއިރު ދެވަނަ ސެޓުން ރާއްޖެ ކުރިހޯދައި، […]

އައިޝަތު އައިނީ އާމިރު
ބާރަށު މަސްޖެޓީ އާއި ލަފާފުރާ ޖެޓީގެ މަރާމާތު ސަރވޭ، ޑިޒައިން ރިޕޯޓް ސަރުކާރާއި ހަވާލުކޮށްފި 📍 ހއ. ބާރަށް

ބާރަށު މަސްޖެޓީ އާއި ލަފާފުރާ ޖެޓީގެ މަރާމާތު ސަރވޭ، ޑިޒައިން ރިޕޯޓް ސަރުކާރާއި ހަވާލުކޮށްފި

ހއ. ބާރަށު މަސްޖެޓީ އާއި މިހާރު ލަފާފުރުމަށް ބޭނުން ކުރަމުންގެންދާ ޖެޓީގެ މަރާމަތު މަސައްކަތުގެ ސަރވޭ އަދި ޑިޒައިން ރިޕޯޓު ސަރުކާރާއި ހަވާލުކުރެވިފައިވާކަމަށް ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ. މެންބަރު ޝުޖާއު މިހެން ވިދާޅުވީ މި މަޝްރޫޢުގެ މަސައްކަތާއި ގުޅޭގޮތުން ފޭސްބުކްގައި އާއްމުކުރި ޕޯސްޓެއްގައެއެވެ. އެ ޕޯސްޓުގައި ޝުޖާއު ވިދާޅުވެފައިވަނީ، ޑެންމާކް އެމް.ޓީ ހޯގަރޑް ކުންފުނީގެ ސީ.އެސް.އަރ ގެ ދަށުން ސަރވޭ އަދި ޑިޒައިންގެ މަސައްކަތް ކުރި ބާރަށު މަސްޖެޓީ އާއި، މި...

އައިޝަތު އައިނީ އާމިރު
މެގަ ހޯރަ ބޯޓު ފުންކޮށްފި 📍 ހއ. ދިއްދޫ

މެގަ ހޯރަ ބޯޓު ފުންކޮށްފި

ރޭގެ ވަގުތެއްގައި ނ.އަތޮޅު ފަރަކަށް އެރި ހއ. ދިއްދޫ މެގަ ހޯރަ ބޯޓް މިއަދު ހެނދުނު ފުންކޮށްފިއެވެ. މި ބޯޓު ފުންކޮށްފައި ވަނީ މިއަދު ހެނދުނު 9:20 ހާއިރުކަމަށް މައުލޫމާތު ލިބިއެވެ. ރޭ މި ބޯޓު ފަރަށް އެރިއިރު 61 މީހުން ބޯޓުގައި ދަތުރުކުރިއެވެ. މި ބޯޓު ފުން ކުރުމަށް ބޯޓުގައި ހުރި ބަރު މުދާތައް ވަނީ ކަންނެލި ދެ ދޯންޏަކަށް އަރުވާފައެވެ. ބޯޓަކީ އާންމުކޮށް ދިއްދޫ – ވަށަފަރު – ހަނިމާދޫ – މާލެ ރޫޓުން […]

ޔުމްނާ ޢަލީ
މެގަ ހޯރަ ބޯޓު ފަރަށްއެރުން: ސިފައިން ހަރަކާތްތެރިވާން ފަށައިފި 📍 ހއ. ދިއްދޫ

މެގަ ހޯރަ ބޯޓު ފަރަށްއެރުން: ސިފައިން ހަރަކާތްތެރިވާން ފަށައިފި

ރޭގެ ވަގުތެއްގައި ނ.އަތޮޅު ފަރަކަށް އަރާފައިވާ ހއ. ދިއްދޫ މެގަ ހޯރަ ބޯޓަށް އެހީތެރިވުމުގެ މަސައްކަތް ފަށާފައިވާކަމަށް ސިފައިން ބުނެފިއެވެ. މެގަ ހޯރަ މާލޭގެ ނޯތު ހާބަރުން ފުރީ އިއްޔެ ހެނދުނު 11:59 ގައެވެ. އެ ބޯޓު ފަރަށް އަރާފައި ވަނީ ރޭ 12:10 ޖަހާކަށް ހާއިރުއެވެ. މި ބޯޓަކީ އާންމުކޮށް ދިއްދޫ – ވަށަފަރު – ހަނިމާދޫ – މާލެ ރޫޓުން ދަތުރުތައް ކުރަމުން އަންނަ 98 ފޫޓްގެ އުޅަނދެކެވެ. ދިއްދޫ މެގަ ހޯރަ ބޯޓު […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ކުރިއަށްދާ ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތުގެ ފައިނަލަށް ޕާކިސްތާނާއި ލަންކާ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ކުރިއަށްދާ ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތުގެ ފައިނަލަށް ޕާކިސްތާނާއި ލަންކާ

ކުޅުދުއްފުށި ސިޓީގައި މިހާރު ކުރިއަށްދާ ކޮމަންވެލްތް ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް 2025 ގެ ސެމީ ފައިނަލް މެޗުން ކުރިހޯދައި، ޕާކިސްތާނު އަދި ސްރީލަންކާ ފައިނަލަށް ގޮސްފިއެވެ. މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލް މެޗުގެ ތެރެއިން މެޗު އެކެއްގައި ބަންގްލަދޭޝް އަދި ޕާކިސްތާނު ބައްދަލުކުރި މެޗުން ދެ ސެޓުން ކުރި ހޯދައި، ބަންގްލަދޭޝް ބަލިކޮށް ޕާކިސްތާނު ވަނީ މި މުބާރާތުގައ ފައިނަލުން ޖާހަގަހޯދާފައެވެ. މި މުބާރާތުގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ދިވެހިރާއްޖެއާއި ސްރީލަންކާ ވާދަކޮށް، ވާދަވެރިކުޅުމަކަށްފަހު...

އައިޝަތު އައިނީ އާމިރު
ހއ.އަތޮޅު ކައުންސިލްގެ މުވައްޒަފުންނަށް ސައިބަރ ސެކިއުރިޓީއަށް އަހުލުވެރިކުރުމުުގެ ޕްރޮގްރާމެއް

ހއ.އަތޮޅު ކައުންސިލްގެ މުވައްޒަފުންނަށް ސައިބަރ ސެކިއުރިޓީއަށް އަހުލުވެރިކުރުމުުގެ ޕްރޮގްރާމެއް

ހއ. އަތޮޅު ކައުންސިލްގެ މުވައްޒަފުން ސައިބަރ ސެކިއުރިޓީއަށް އަހުލުވެރިކުރުމުގެ ގޮތުން ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ. މި ސެޕްޓެމްބަރ 19 އިން 20 އަށް ކުރިއަށް ގެންދިޔަ މި ދެ ދުވަހުގެ ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވާއިރު، މި ޕްރޮގްރާމް ފެސިލިޓޭޓް ކޮށްދެއްވާފައިވަނީ ސައިބަރ ކްރައިމް އަށް އާންމުން އަހުލުވެރިކުރުމަށް މިފަދަ ސެޝަންތައް ކުރިއަށް ގެންދާ ތަޖުރިބާކާރު މުޙައްމަދު ޝަރީފް އެވެ. މިގޮތުން މި ޕްރޮގްރާމުގައި އިންޓަރނެޓްގެ ޒަރީއާއިން ހިންގާ ކުށްތަކަށް އަރައިގަތުމަށްޓަކަ...

އައިޝަތު އައިނީ އާމިރު
ނަރުދޫ މަގުތަކާއި ގޯޅިތަކުގެ ނަންބޯޑު ހެދުމަށް ހަވާލުކޮށްފި 📍 ށ. ނަރުދޫ

ނަރުދޫ މަގުތަކާއި ގޯޅިތަކުގެ ނަންބޯޑު ހެދުމަށް ހަވާލުކޮށްފި

ށ. ނަރުދޫ މަގުތަކާއި ގޯޅިތަކުގެ ނަންބޯޑު ހެދުމުގެ މަސައްކަތް އަމިއްލަ ފަރާތަކާއި ހަވާލުކޮށްފިއެވެ. އެގޮތުން އެ ރަށުގެ މަގުތަކުގައާއި ގޯޅިތައް ވަކިވާނެހެން ނަންބޯޑު ހަރުކުރުމަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ ށ. ފުނަދޫ، ކޮމްބައިން ޕްރިންޓަރސް އަށެވެ. މި މަސައްކަތް ހަވާލުކުރުމުގެ ގޮތުން ނަރުދޫ ކައުންސިލުގެ ފަރާތުން ވަނީ ކޮމްބައިން ޕްރިންޓަރސް އާއި ބައްދަލުކޮށް މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން، 20 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމުމަށް ހަވާލުކުރެވުނު މި...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީ ސަޕޯޓަރުންގެ ނުގުޑާ އަޒުމާއި ޖޯޝުން މުޅި ޕިޗު ކުޅިވަރުގެ ރޫހުން ގުގުމާލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސަޕޯޓަރުންގެ ނުގުޑާ އަޒުމާއި ޖޯޝުން މުޅި ޕިޗު ކުޅިވަރުގެ ރޫހުން ގުގުމާލައިފި

ކުޅުދުއްފުށި ސިޓީގައި މިހާރު ކުރިއަށްދާ ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތް 2025 ގައި، ކުޅުދުއްފުށީގެ ސަޕޯޓަރުންގެ ޖޯޝާއި ރޫހުން މުޅި ކުޅޭ ބިމަށް ވަނީ ހޫނުކަމެއް ގެނެސްދީފައެވެ. މި މުބާރާތަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ އެއް ހަރަކާތް ކަމަށް ވުމުން، މި މުބާރާތް ކުޅުދުއްފުށީގައި ހޯސްޓު ކުރަން ލިބުނު ފުރުސަތާއެކު، ރަށުގެ ރައްޔިތުންގެ މެދުގައި ވަނީ ބޮޑު މަޤުބޫލުކަމެއް ލިބިފައެވެ. މި ސެޕްޓެމްބަރ މަހު 22 އާއި ހަމައަށް […]

އައިޝަތު އައިނީ އާމިރު
މިލަންދޫގައި "އާބާދު 25 ރަސްމީ ޖަލްސާ" ބާއްވައިފި 📍 ށ. މިލަންދޫ

މިލަންދޫގައި "އާބާދު 25 ރަސްމީ ޖަލްސާ" ބާއްވައިފި

ށ. މާކަނޑޫދޫ މީހުން ށ. މިލަންދޫއަށް ބަދަލުވިތާ 25 އަހަރު ފުރުމާއި ގުޅިގެން އެ ރަށުގައި ރިހި ޔޫބިލް ފާހަގަކުރުމަށް “އާބާދު ރަސްމީ ޖަލްސާ” ގެ ނަމުގައި ޚާއްސަ ޖަލްސާއެއް ބާއްވައިފިއެވެ. މިގޮތުން މި ޚާއްސަ ޖަލްސާ ޝަރަފްވެރިކޮށްދެއްވާފައިވަނީ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ އެވެ. އަދި މި ރަސްމިއްޔާތުގައި ށ. އަތޮޅު ކައުންސިލާއި، މިލަންދޫ ކައުންސިލްގެ ރައީސް ގެ އިތުރުން ކައުންސިލް މެންބަރުންނާއި މުއައްސަސާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ޖަލްސާގައި [...

އައިޝަތު އައިނީ އާމިރު
ކުޅުދުއްފުށީ މަސައްކަތްތެރިންގެ މައުރަޒު: ދިވެހީންގެ އާދަކާދައާއި ފަންނުވެރިކަމުގެ މިސާލެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ މަސައްކަތްތެރިންގެ މައުރަޒު: ދިވެހީންގެ އާދަކާދައާއި ފަންނުވެރިކަމުގެ މިސާލެއް

ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން މިއަދު ބޭއްވި މަސައްކަތްތެރީންގެ މައުރަޒުން ކުޅުދުއްފުށީގެ ރައްޔިތުންގެ ހުނަރުން ފުރިގެންވާ މަސައްކަތްތެރިކަމާއި، ދިވެހީންގެ އާދަކާދައާއި ސަޤާފީ ފަންނުވެރިކަމުގެ މަސައްކަތްތަކާއި ގުޅުންހުރި ޒަމާނީ އެތައް ކަމެއް ދައްކުވައިދީފިއެވެ. މިއަދު ހަވީރު ކުޅުދުއްފުށީީ ރައްމަތިފަންނު ސަރަހައްދުގައި ކުރިއަށް ގެންދިޔަ މި މަސައްކަތްތެރީންގެ މައުރަޒަކީ، ސިޓީގެ ރައްޔިތުންނަށް ހުނަރާއި މަސައްކަތްތެރިކަން ޤައުމީ ފެންވަރުގައި ދައްކާލުމަށް ފުރުސަތު ހޯދައިދީ، ރައްޔިތ...

އައިޝަތު އައިނީ އާމިރު
ހދ.އަތޮޅު ކައުންސިލަށް 13 ބަގީ ހޯދަނީ

ހދ.އަތޮޅު ކައުންސިލަށް 13 ބަގީ ހޯދަނީ

ހދ.އަތޮޅު ކައުންސިލަށް 13 ބަގީ ފޯރުކޮށްދޭނެ ފަރާތެއް ހޯދަން އެ އަތޮޅު ކައުންސިލުން އިއުލާން ކޮށްފިއެވެ. މި މަސައްކަތް ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 29 ވަނަ ދުވަހުގެ 11:00 ގެ ކުރިން އެކަމަށް ހާއްސަ ކުރެވިފައިވާ އޮންލައިން ފޯމް މެދުވެރިކޮށް ރަޖިސްޓަރީވާން ޖެހެއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރ މަހުގެ 1 ވަނަ ދުވަހުގެ 11:00 ގައި އެ އަތޮޅު ކައުންސިލްގެ އިދާރާގެ މީޓިން […]

އިބްރާހިމް ޚަލީލް
ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތް ރާއްޖޭގައި ބޭއްވޭ ކަމީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް: ރައީސް 📍 ހދ. ކުޅުދުއްފުށި

ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތް ރާއްޖޭގައި ބޭއްވޭ ކަމީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް: ރައީސް

ކޮމަންވެލްތު ޤައުމުތަކުގެ ފުރަތަމަ ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް ދިވެހިރާއްޖޭގައި ބޭއްވޭ ކަމީ ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ބައިނަލްއަޤުވާމީ ބީޗް ހޭންޑްބޯލް މުބާރާތް ކަމަށްވާ، “ކޮމަންވެލްތް ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް 2025” އިއްޔެ ހަވީ ވަނީ ކުޅުދުއްފުށި ސިޓީގައި ފަށާފައެވެ. މި ކަމާއި ގުޅިގެން ރައީސް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮމަންވެލްތު ޤައުމުތ...

ޔުމްނާ ޢަލީ
ރާއްޖެއަށް ކުޅިވަރުގެ އައު ބާބެއް, ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތް ކުޅުދުއްފުށީގައި ފަށައިފި 📍 ހދ. ކުޅުދުއްފުށި

ރާއްޖެއަށް ކުޅިވަރުގެ އައު ބާބެއް, ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތް ކުޅުދުއްފުށީގައި ފަށައިފި

ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ބައިނަލްއަޤުވާމީ ބީޗް ހޭންޑްބޯލް މުބާރާތް ކަމަށްވާ، “ކޮމަންވެލްތް ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް 2025” މިއަދު ކުޅުދުއްފުށި ސިޓީގައި ފަށައިފިއެވެ. މި މުބާރާތް ރަސްމީކޮށް ފެށުމުގެ ގޮތުން މިއަދު ހަވީރު ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު، އަބްދުالله ރާފިޢު އާއި އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު، މިސްޓަރ ނިކް ލޯވް އަދި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުގެ ޑިފެންސް އެޑްވައިޒަރ، ކެޕްޓަން ދީޕަ...

އައިޝަތު އައިނީ އާމިރު
ވާހަކަ: އުމުށޭމު 📍 ހދ. ވައިކަރަދޫ

ވާހަކަ: އުމުށޭމު

ރޭގަނޑެއްގެ ހަމަހިމޭންކަމެވެ. އޮރެންޖު ކުލައިގެ އަލިން މުޅި ބަނދަރުމަތި ވަނީ ވިދާލާފައެވެ. ބައެއްމީހުންގެ ބަހުން ނަމަ “ގަޑިބުރު” ގައި އެތިބީ ހަމަ ވަރަށް މަދު ބައެކެވެ. ދެ ޒުވާނުންނާއި، ހަރުކުލައިގެ ބޮޑު މީހެކެވެ. އޭނާގެ ދިރިއުޅުމުގެ ތަޖުރިބާ ކިތަންމެހައި ވެސް ގިނައެވެ. އަޑު ގަދަ އެވެ. ބަސްވިކެއެވެ. އާދެ! ހދ. ވައިކަރަދޫ ރޯޒް މުސްޠަފާ މޫސާ މިހާރު އެ އުކަނީ، އޭނާގެ ޙަޔާތުނާމާގެ ސަފުހާތަކެވެ. ނޫނެކެވެ. ހަމަ އެންމެ ސަފުހާއެކެވެ. އެންމެ ތަޖުރިބާއެކެވެ. އެންމެ ވާހަކައެކެވެ. ފެށުން […]

ޙުސައިން ޒަބީރު (ހޒމވ)
ކެންސަރަށް ހޭލުންތެރިކުރުމުގެ ގޮތުން ކުޅުދުއްފުށީގައި "ޕިންކް ރިބަން ރަން ވޯކް" ބާއްވަނީ 📍 ހދ. ކުޅުދުއްފުށި

ކެންސަރަށް ހޭލުންތެރިކުރުމުގެ ގޮތުން ކުޅުދުއްފުށީގައި "ޕިންކް ރިބަން ރަން ވޯކް" ބާއްވަނީ

އުރަމަތީގެ ކެންސަރަށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ކުޅުދުއްފުށި ސިޓީގައި ބާއްވާ “ޕިންކް ރިބަން ރަން-ވޯކް 2025” ގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ. ކެންސަރަށް އާންމުން ހޭލުންތެރިކަން އިތުރުކުރުމުގެ މަޤުސަދުގައި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ދަނީ ކޮންމެ އަހަރަކު އޮކްޓޯބަރ މަހު ރާއްޖޭގެ އެކި ރަށްރަށުގައި މި ރަން-ވޯކް ބާއްވަމުންނެވެ. ކެންސަރ ސޮސައިޓީން ވަނީ މިއަންނަ އޮކްޓޯބަރ މަހު 18 ވަނަ ދުވަހު ހަވީރު ބާއްވާ މި ރަން-ވޯކް ގައި ބައިވެރިވެރި...

އައިޝަތު އައިނީ އާމިރު