ށ.އަތޮޅުގައި ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ތަމްރީނު ޕްރޮގްރާމެއް
ށ. އަތޮޅުގައި ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން “ޓްރޭނިންގ އިން ބޭސިކްސް އޮފް ޓޮބޭކޯ ސިޒޭޝަން” ގެ ނަމުގައި ތަމްރީނު ޕްރޮގްރާމެއް ބާއްވައިފިއެވެ. މި ތަަމްރީނު ޕްރޮގްރާމަކީ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީއާއި، ށ. އަތޮޅު ހޮސްޕިޓަލާއި ގުޅިގެން ށ. އަތޮޅުގައި ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މިގޮތުން، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށް ބޭނުންވާ ފަރާތްތަކަށް އެކަމުގެ އެހީތެރިކަން ފޯރުކޮށްދިނުމާއި ހުނަރު ދަސ...