ކުޅުދުއްފުށި ސިޓީ އެއާޕޯޓު ބީޗު ސަރަހައްދުގައި ބީޗްހަޓް ހެދުމުގެ މަސައްކަތް އަމިއްލަ ފަރާތަކާއި ހަވާލުކޮށްފިއެވެ.

އެގޮތުން ކުޅުދުއްފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން އިސްނަގައިގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ކުޅުދުއްފުށީ "ސިޓީ ގަރާޖު" އާއެވެ.

Ad
rt

ގިނަ ރައްޔިތުންގެ ޚިޔާލާއި ލަފާގެ ދަށުން އެ ކޮމިޓީން ކުޅުދުއްފުށީ އެއާޕޯޓު ހުޅަނގު ސަރަހައްދުގައި މި ބީޗްހަޓް ތަރައްޤީކުރުމަށް ހަމަޖެހިފައިވާއިރު، މި މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ވަނީ ދެ ފަރާތުން ސޮއިކޮށްފައެވެ.

ކުޅުދުއްފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ދާދި ފަހުން ވަނީ ކުޅުދުއްފުށީ އެއާޕޯޓު ސަރަައްދު ހިމެނޭހެން ހިޔާ ސަރަހައްދުތަކުގައާއި ރަށުތެރޭގައި ރައްޔިތުން އިށީނދެ ހިތްހަމަ ޖައްސާލާ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށާއި، ދޭދޭ ފަރުދުންގެ މެދުގައި ގުޅުން ބަދަހި ކުރުމުގެ މަޤުސަދުގައި ޖޯލިފަތިވެސް ބަހައްޓައިދީފައެވެ.

ރައްޔިތުންނަށް ފައިދާވާ މިފަދަ އިޖުތިމާޢީ ހަރަކާތްތަކުގެ ދަށުން، އެ ކޮމިޓީގެ މެންބަރުންގެ އަމާޒަކީ ސިޓީގައި ރައްޔިތުން ހިތްހަމަޖެހޭނެ މާހައުލުތައް ޤާއިމްކޮށްދިނުމެވެ.