📍 ށ. ނޫމަރާ
ނޫމަރާ ކައުންސިލްގެ އައު އިމާރާތް ރައީސް ހުޅުވައިދެއްވައިފި
ށ.ނޫމަރާ ކައުންސިލްގެ އައު އިމާރާތް ރައީސުލްޖުމްހުރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހުޅުވައިދެއްވައިފިއެވެ. މި އިމާރާތަކީ، ނޫމަރާ ކައުންސިލުން ދެމުންދާ ޚިދުމަތްތައް ދިނުމަށް، އެކަމަށް ބޭނުންވާ އެކަށީގެންވާ ޢުމްރާނީ ވަސީލަތް ޤާއިމުކުރުމުގެ މަޤުސަދުގައި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޕީއެސްއައިޕީ ބަޖެޓުގައި ހިމަނައިގެން ނޫމަރާ ކައުންސިލާއި ހަވާލުކޮށްގެން ތަރައްޤީކޮށްފައިވާ އިމާރާތެކެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ މިހާރު ށ. އަތޮޅަށް ކުރަމުންދާ ދަތުރުފުޅުގެ ތެރެއިން ނޫމަރާއަށް ޒިޔާރާތްކުރައްވައި، އެމ...