ށ. ފޭދޫ ކައުންސިލުން އެ ރަށު ޞިއްޙީ މަރުކަޒަށް ޚިދުމަތް ދިނުމަށް ބޭނުންވާ ބައެއް ތަކެތި ހަދިޔާކޮށްދީފިއެވެ.
މި މަސައްކަތަކީ ފޭދޫ ކައުންސިލުން 2025 ވަނަ އަހަރުގެ މަސައްކަތު ތާވަލުގައި ފޭދޫ ޞިއްޙީ މަރުކަޒުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ހިމަނާފައިވާ ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ.
އެގޮތުން ކައުންސިލުން ހަދިޔާކޮށްފައިވާ ތަކެތީގެ ތެރޭގައި ބޮޑީ ކޮމްޕޮސިޝަން މޮނީޓަރ، ބްލަޑް ގްލޫކޯސް މީޓަރ، ބީޕީ މޮނިޓަރ އަދި މީގެ އިތުރުންވެސް މަރުކަޒަށް ބޭނުންތެރި ތަކެތި ހިމެނެއެވެ.
މި ތަކެތި ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ފޭދޫ ކައުންސިލުގެ ރައީސް އަޙުމަދު ރައިޝަމް، ކައުންސިލަރުން، ފޭދޫ ޞިއްޙީ މަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ އައިމިނަތް ޝަމްރާ އަދި ބައެއް މުވައްޒަފުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ފޭދޫ ޞިއްޙީ މަރުކަޒުންވަނީ ކައުންސިލުން މަރުކަޒުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ވެދިން އެހީއަށް، ސީނިއަރ މެނޭޖްމަންޓާއި މަރުކަޒުގެ މުވައްޒަފުންގެ ނަމުގައި ޝުކުރު ދަންނަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!