ކުޅުދުއްފުށި ސިޓީގައި އިމާމުންނާއި ޚަތީބުން ތާޒާކުރުމުގެ މަޤުސަދުގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މި ޕްރޮގްރާމަކީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގުޅިގެން އޮންލައިންކޮށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
މި އޮކްޓޯބަރ މަހު 1 އިން 6 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި މުޅި ޖުމްލަ 24 ފަރާތެއް ވަނީ ބައިވެރިވެފައެވެ.
މީގެ ތެރޭގައި އިމާމުކަމާއި ޚަތީބުކަމުގެ ތަޖުރިބާކާރު، އެ ދާއިރާއިން ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ފަރާތްތަކާއި، ޒުވާން ޚަތީބުންވެސް ހިމެނެއެވެ.
6 ދުވަހުގެ މުއްދަތުގެ ތެރޭގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ ބައިވެރިންނަށް އިސްލާމީ އަޤީދާއާއި، އަޚުލާގާއި، ފިޤުހުތަކާއި، ހަދީޘާއި، ތަޖުވީދުގެ އިތުރުން ދެންްވެސް އިތުރު ސެޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!