މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ނ. ލަންދޫ (285 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
285 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ލަންދޫގެ އެންމެ ފަހުގެ ޚަބަރުތައް

285 ޚަބަރުގެ ތެރެއިން
މަމްސް އެއިޑްއިން މިލަންދޫގެ މަންމައިންނަށް ކޭކު ކޯހެއް 📍 ށ. މިލަންދޫ

މަމްސް އެއިޑްއިން މިލަންދޫގެ މަންމައިންނަށް ކޭކު ކޯހެއް

މަމްސް އެއިޑް ގެ “އެވްރީ ވުމަން” ކެމްޕެއިންގެ ދަށުން، ށ. މިލަދުންދޫގައި ކުރިއަށް ގެންދިޔަ ކޭކު ޑެކަރޭޓިން ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މަމްސް އެއިޑްއިން މިލަންދޫގެ މަންމައިންނަށް ގެންދިޔަ ކޭކު ޑެކަރޭޓިން ކޯސް ނިންމާލުން، ފޮޓޯ: ޔުމްނާ މަމްސް އެއިޑާއި މިލަންދޫ ކައުންސިލް އިދާރާ ގުޅިގެން، އިންތިޒާމްކޮއްފައިވާ މި ކޯސް ޚާއްޞަކޮއްފައިވަނީ، އެކަނިވެރި މައިންނަށާއި، ވަޒީފާއަށް ނުދާ މަންމައިންނަށެވެ. މި ކޯހުގެ މަޤްޞަދަކީ، އެކަނިވެރި މައިންނާއި، ވަޒީފާއަށް ނުދާ މަންމައިން، ގޭގައި ތިބެގެން އާމްދ...

ފާތިމަތު ސަޙާ
ހަނިމާދޫ އަށް އައު ޖެންސެޓެއް، ހޯރަފުއްޓާއި މިލަންދޫ އަށް އައު ޖަނަރޭޓަރު ފޮނުވައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ އަށް އައު ޖެންސެޓެއް، ހޯރަފުއްޓާއި މިލަންދޫ އަށް އައު ޖަނަރޭޓަރު ފޮނުވައިފި

ފެނަކަ ކޯޕަރޭޝަނުން ރަށްރަށުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ހދ. ހަނިމާދޫ، ހއ. ހޯރަފުށި އަދި ށ. މިލަންދޫއަށް އައު ޖަނަރޭޓަރު ސެޓުތަކެއް ފޮނުވައިފިއެވެ. ފެނަކައިން މައުލޫމާތު ދިން ގޮތުގައި، ހދ. ހަނިމާދޫގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ފުރިހަމަކުރުމަށްޓަކައި އެ ރަށަށް ވަނީ 1200 ކިލޯވޮޓުގެ އައު ޖެންސެޓެއް ގެންގޮސްފައެވެ. މިއާއެކު، ކުރިން 3500 ކިލޯވޮޓުގައި ހުރި އެ ރަށު އިންޖީނުގޭގެ ކަރަންޓު އުފެއްދުމުގެ ޖުމްލަ ޤާބިލުކަން، މި ޖެންސެޓް ބޭނުންކުރަން ފެށުމުން 4400 ކިލޯވޮޓަށް މަތިވެގ...

ޔުމްނާ ޢަލީ
ޒުވާނުންގެ މުޒާހަރާއަށްފަހު، ހިރިލަންދޫއިން ފިއްލެއު ބޭރުކޮށްދޭނެ ބަޔަކު ހޯދަނީ

ޒުވާނުންގެ މުޒާހަރާއަށްފަހު، ހިރިލަންދޫއިން ފިއްލެއު ބޭރުކޮށްދޭނެ ބަޔަކު ހޯދަނީ

ތ. ހިރިލަންދޫ ރަށު ޖެޓީއަށް ކަޅުތެލާއި ފިއްލެއު އަންނަ މައްސަލައިގައި އެ ރަށު ޒުވާނުން ކަންބޮޑުވުން ފާޅުކޮށް މުޒާހަރާކުރުމާ ގުޅިގެން، ރަށުގައި އުފެދޭ ފިއްލެއު ދުވަހުން ދުވަހަށް ރަށުން ބޭރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާއިން އިޢުލާނުކޮށްފިއެވެ. ކައުންސިލުން މިއަދު އިޢުލާނުކުރީ ކުރިއަށްއޮތް 2 އަހަރު ދުވަހުގެ މުއްދަތަށް މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށެވެ. މި އިޢުލާނު ކޮށްފައިވަނީ ރަށު ޖެޓީއަށް ކަޅުތެލާއި ފިއްލެއު އަންނަ މައްސަލައާ ގުޅިގެން ރަށުގެ ބައެއް...

އަލީ އާދިލް
މިލަންދޫ ޕޮލިހާއި ޑަބްލިޔުޑީސީ ގުޅިގެން ސައިބަރ ކްރައިމް އެވެއަރނެސް ޕްރޮގްރާމެއް 📍 ށ. މިލަންދޫ

މިލަންދޫ ޕޮލިހާއި ޑަބްލިޔުޑީސީ ގުޅިގެން ސައިބަރ ކްރައިމް އެވެއަރނެސް ޕްރޮގްރާމެއް

ށ. މިލަންދޫގައި އިންޓަނެޓާއި ޑިޖިޓަލް އެކި ވަސީލަތްތައް ބޭނުންކުރުމުގައި ރައްކާތެރިވުމަށް އަހުލުވެރިކުރުވުމުގެ ގޮތުން “ސައިބަރ ކްރައިމް އެވެއަރނެސް” ގެ ނަމުގައި ހާއްސަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. ފުލުހުން ބުނިގޮތުގައި މި ޕްރޮގްރާމަކީ ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރާއި، މިލަންދޫ ޕޮލިސް ސްޓޭޝަން އަދި އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ މި ހިނގާ އޮގަސްޓު މަހުގެ 20...

ޔުމްނާ ޢަލީ
އުމުރުން 100 އަހަރުގައި ނިލަންދޫ ކަތީބު ދޮންބެ ނިޔާވެއްޖެ، ރައީސްގެ ތައުޒިޔާ

އުމުރުން 100 އަހަރުގައި ނިލަންދޫ ކަތީބު ދޮންބެ ނިޔާވެއްޖެ، ރައީސްގެ ތައުޒިޔާ

ފ. ނިލަންދޫއަށް ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އެ ރަށު އަތިރީގޭ އަޙްމަދު މޫސާ (ކަތީބު ދޮންބެ) އުމުރުން 100 އަހަރުގައި ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ. ކަތީބު ދޮންބެއަކީ ނިލަންދޫގެ ކަތީބުކަމުގެ މަގާމުގައި އެ ރަށުގެ ތަރައްގީއަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން ދަނޑުވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމު 1992 ވަނަ އަހަރު އޭނާ ވަނީ ހާސިލުކުރައްވާފައެވެ.   ކަތީބު ދޮންބެ ނިޔާވުމުން ފޮނުއްވި [...

ޝިއުނާ އާދަމް
''މިލަންދޫން ފެނުނީ އެއްބައިވަންތަކަމާއި ހިތްވަރުގަދަކަމުގެ ނަމޫނާއެއް'' 📍 ށ. މިލަންދޫ

''މިލަންދޫން ފެނުނީ އެއްބައިވަންތަކަމާއި ހިތްވަރުގަދަކަމުގެ ނަމޫނާއެއް''

ށ. މިލަންދޫގައި ފައިބަރު މަސައްކަތް ކުރާ ތަނެއްގައި ރޭގެ ވަގުތެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައެވެ. މި ހާދިސާ ހިނގިކަމުގެ މައުލޫމާތާއެކު މިލަންދޫގެ ރައްޔިތުންނާއި ފުލުހުން ގުޅިގެން ވަނީ އެތަނުގައި ރޯވި އަލިފާން ނިއްވާލުމަށާއި، އެތަނުން ޑިންގީތަކާއި، އިންޖީނުތަކާއި އަދި ޑިންގީ ބަނުމަށް ބޭނުންކުރާ ތަކެތި ސަލާމަތްކުރުމަށް ހިތްވަރުގަދަ މަސައްކަތެއްކޮށްފައެވެ. މިލަންދޫ އެއާޕޯޓް އަޅާ ސަރަހައްދާ ކައިރީގައި ހުންނަ “އާދަމްކޮއިބޭ” ފައިބަރު މަސައްކަތްކުރާ ސަރަހައްދުގައި މި ހާދިސާ ހިނގައިގެން...

ޔުމްނާ ޢަލީ
މިލަންދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ތިން ޑިންގީ އެނދި: ފުލުހުން 📍 ށ. މިލަންދޫ

މިލަންދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ތިން ޑިންގީ އެނދި: ފުލުހުން

ށ. މިލަންދޫގައި ފައިބަރު މަސައްކަތް ކުރާ ތަނެއްގައި ރޭގެ ވަގުތެއްގައި ބޮޑު އަލިފާނުގެ ހާދިސާގައި ތިން ޑިންގީއެއް އެނދިކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މިލަންދޫ ފައިބަރ މަސައްކަތް ކުރާ ތަނެއްގައި އަލިފާން ރޯވެފައިވާ މައްސަލަ އެ އިދާރާއަށް ރިޕޯޓްކޮށްފައި ވަނީ ރޭ (1 ޖޫން 2026) 23:09 ކަންހާއިރު ކަމަށެވެ. އާންމުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން އަލިފާން ނިއްވާލެވިފައިވަނީ އެ ރޭ ދަންވަރު 01:00 އެހައިކަންހާއިރު ކަމަށް ވެސް […]

ޔުމްނާ ޢަލީ
މިލަންދޫގައި ބޮޑު އަލިފާނުގެ ހާދިސާއެއް 📍 ށ. މިލަންދޫ

މިލަންދޫގައި ބޮޑު އަލިފާނުގެ ހާދިސާއެއް

ށ. މިލަންދޫގައި ފައިބަރު މަސައްކަތް ކުރާ ތަނެއްގައި ރޭގެ ވަގުތެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި، ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ އެ ރަށުގެ އެއާޕޯޓު އެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދު ކައިރީގައި ހުންނަ ފައިބަރު މަސައްކަތްކުރާ ތަނެއްގައެވެ. އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ޑިންގީތަކެއް ހުރި ނަމަވެސް، ރަށުގެ ރައްޔިތުންނާއި ކަމާބެހޭ ފަރާތްތަކުން ކުރި މަސައްކަތުން ގިނަ ޑިންގީތަކެއް ވަނީ ރައްކާތެރިކަމާއެކު އެ ސަރަހައްދުން ބޭރަށް ނެރެފ...

ޔުމްނާ ޢަލީ
މިލަންދޫގައި ޑްރަގް ވިޔަފާރިކުރާ ކަމަށް ތުހުމަތުވާ މީހަކު ހައްޔަރުކޮށްފި

މިލަންދޫގައި ޑްރަގް ވިޔަފާރިކުރާ ކަމަށް ތުހުމަތުވާ މީހަކު ހައްޔަރުކޮށްފި

ށ. މިލަންދޫއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ހައްޔަރުކޮށްފައި ވަނީ ށ. މިލަންދޫ، ނަފާ، އަޙްމަދު ނާޞިރު (49އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ހިނގާ މެއި މަހުގެ 7 ވަނަ ދުވަހު މިލަންދޫ ބަނދަރު ސަރަހައްދުންނެވެ. ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ކޮތަޅު ފެނިފައިވެއެވެ. މި އޮޕަރޭޝަނަކީ […]

ޔުމްނާ ޢަލީ
މިލަންދޫ އެއާޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކާ ނިންމާލައިފި 📍 ށ. މިލަންދޫ

މިލަންދޫ އެއާޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކާ ނިންމާލައިފި

ށ. މިލަންދޫގައި އެއާޕޯޓެއް ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އިއްޔެ ނިންމާލައިފިއެވެ. މިލަންދޫ އެއާޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ އޭޕްރިލް މަހުގެ 3 ވަނަ ދުވަހު މެންދުރުފަހު އެވެ. މި މަސައްކަތް އިއްޔެ ވަނީ އެއްކޮށް ނިންމާލާފައެވެ. މިލަންދޫގައި އެއާޕޯޓެއް ތަރައްގީކުރަނީ އެރަށު ފަޅުތެރެއިން އެކަމަށް ބޭނުންވާ ބިން ހިއްކައިގެންނެވެ. މިގޮތުން އެރަށު ފަޅުން ވަނީ ޖުމްލަ 25.9 ހެކްޓަރުގެ ބިން ހިއްކާފައެވެ. މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކާ [...

ޔުމްނާ ޢަލީ
މިލަންދޫ އަށް ޑްރަގް އެތެރެކުރި މީހަކު ހައްޔަރުކޮށްފި 📍 ށ. މިލަންދޫ

މިލަންދޫ އަށް ޑްރަގް އެތެރެކުރި މީހަކު ހައްޔަރުކޮށްފި

ށ. މިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެ ރަށު ފެޝަން، ޙަސަން ފަޔާޟް (40އ) އެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަނަކީ ހދ. ކުޅުދުއްފުށިން މިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ މި އެޕްރީލް މަހުގެ 22 ވަނަ ދުވަހުއެވެ. ޙަސަން ފަޔާޟް ހައްޔަރުކޮށްފައިވަނީ މިލަންދޫ ބަ...

ޔުމްނާ ޢަލީ
މިލަންދޫގައި ބޮޑު ދެ ވައްކަމެއް، ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި 📍 ށ. މިލަންދޫ

މިލަންދޫގައި ބޮޑު ދެ ވައްކަމެއް، ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

ށ. މިލަންދޫ ގެއަކުން ޓީވީތަކަކާއި އަގުބޮޑު ސެންޓުފުޅިތަކެއް ވަގަށް ނެގި މައްސަލައަކާއި، ގަރާޖަކުން އަގުބޮޑު އިންޖީނު ބައިތަކެއް ވަގަށް ނެގި މައްސަލައެއްގައި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި އެޕްރީލް މަހުގެ 19 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު  މި މައްސަލަތަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައި ވަނީ އެޕްރީލް 21 ވަނަ ދުވަހުއެވެ. އެ ދެ މީހުންނަކޯ ރެޑްރޯސް / ށ. މިލަންދޫ، އަޙްމަދު ޢަޒީމް (34އ) އަދި ތަރިވިދާގެ / ށ. މިލަންދޫ، މުޙައްމަދު […]

ޔުމްނާ ޢަލީ
ގެއްލިގެން ހޯދަމުންދިޔަ މިލަންދޫ ޒުވާނާ ފެނިއްޖެ، ހާލު ރަނގަޅު 📍 ށ. މިލަންދޫ

ގެއްލިގެން ހޯދަމުންދިޔަ މިލަންދޫ ޒުވާނާ ފެނިއްޖެ، ހާލު ރަނގަޅު

ދޯންޏެއްގައި މަހަށް ނުކުތް ފަހުން ޚަބަރެއް ނުވެގެން ހޯދަމުންދިޔަ ށ. މިލަންދޫ، ސިނަމް، މުޙައްމަދު އިހުސާން ފެނިއްޖެއެވެ. މިލަންދޫ ކައުންސިލުން މަޢުލޫމާތު ދީފައިވާ ގޮތުގައި އިހުސާން ފެނުނުއިރު އޭނާގެ ހާލު ރަނގަޅެވެ. އޭނާ ހޯދުމުގެ މަސައްކަތް ފެށީ މިއަދު ހެނދުނު 11:30 އެހާއިރު މަހަށް ދިއުމަށް ދޯނީގައި ފުރި ފަހުން އެއްވެސް ޚަބަރެއް ނުވެގެން އާއިލާގެ ފަރާތުން ކައުންސިލަށް އެކަން އެންގުމާ ގުޅިގެންނެވެ. އިހުސާން ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު ލިބުމާއެކު، އޭނާ ހޯދުމުގެ މަސައްކަތުގައި މިލަންދޫގެ ގިނަ […...

ޔުމްނާ ޢަލީ
ދޯންޏެއްގައި މަހަށް ނުކުތް މިލަންދޫ ޒުވާނަކު ޚަބަރެއް ނުވެގެން ހޯދަން ފަށައިފި 📍 ށ. މިލަންދޫ

ދޯންޏެއްގައި މަހަށް ނުކުތް މިލަންދޫ ޒުވާނަކު ޚަބަރެއް ނުވެގެން ހޯދަން ފަށައިފި

ދޯންޏެއްގައި މަހަށް ނުކުތް މިލަންދޫގެ ޒުވާނަކު ޚަބަރެއް ނުވެގެން، އޭނާ ހޯދުމުގެ މަސައްކަތުގައި ރައްޔިތުންގެ އެހީތެރިކަމަށް މިލަންދޫ ކައުންސިލުން އެދިއްޖެއެވެ. ގެއްލިގެން ހޯދަމުންދަނީ ށ. މިލަންދޫ، ސިނަމް، މުޙައްމަދު އިހުސާން އެވެ. މިލަންދޫ ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، އިހުސާން މަހަށް ދިއުމަށްޓަކައި ދޯނީގައި ފުރާފައިވަނީ މިއަދު ހެނދުނު 11:30 އެހާއިރުއެވެ. ނަމަވެސް، އެ ވަގުތުން ފެށިގެން އޭނާގެ އެއްވެސް ޚަބަރެއް ނުވެގެން އާއިލާގެ ފަރާތުން އެކަން މިހާރު ވަނީ ކައުންސިލާ ޙިއްސާކޮށްފައެވެ. އިހުސ...

ޔުމްނާ ޢަލީ
މިލަންދޫ ސިއްހީ މަރުކަޒުގައި އެކްސްރޭގެ ޚިދުމަތް ފަށައިފި 📍 ށ. މިލަންދޫ

މިލަންދޫ ސިއްހީ މަރުކަޒުގައި އެކްސްރޭގެ ޚިދުމަތް ފަށައިފި

ށ. މިލަންދޫ ސިއްހީ މަރުކަޒުގައި އެކްސްރޭގެ ޚިދުމަތް އިއްޔެ ފަށައިފިއެވެ. މި ޚިދުމަތް ފެށުމަށް މިލަންދޫ ސިއްހީ މަރުކަޒުގައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި މި ޚިދުމަތް ފައްޓަވައިދެއްވީ ސިއްހަތާ ބެހޭ ވަޒީރު ޢަބުދުﷲ ނާޒިމެވެ. މި ރަސްމިއްޔާތުގައި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އަބުދުލްޤާދިރު (ހަސަނާ) އާއި ސިއްހީ ވުޒާރާގެ ބައެއް އިސް ވެރިން ވެސް ބައިވެރިވިއެވެ. އެކްސްރޭގެ ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު ވަޒީރު ވަނީ އެކްރޭ ބައްލަވާލައްވާފައެވެ. މި ރަސްމިއްޔާތަށް...

ޔުމްނާ ޢަލީ