ދޯންޏެއްގައި މަހަށް ނުކުތް މިލަންދޫގެ ޒުވާނަކު ޚަބަރެއް ނުވެގެން، އޭނާ ހޯދުމުގެ މަސައްކަތުގައި ރައްޔިތުންގެ އެހީތެރިކަމަށް މިލަންދޫ ކައުންސިލުން އެދިއްޖެއެވެ.

ގެއްލިގެން ހޯދަމުންދަނީ ށ. މިލަންދޫ، ސިނަމް، މުޙައްމަދު އިހުސާން އެވެ.

Ad
rt

މިލަންދޫ ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، އިހުސާން މަހަށް ދިއުމަށްޓަކައި ދޯނީގައި ފުރާފައިވަނީ މިއަދު ހެނދުނު 11:30 އެހާއިރުއެވެ. ނަމަވެސް، އެ ވަގުތުން ފެށިގެން އޭނާގެ އެއްވެސް ޚަބަރެއް ނުވެގެން އާއިލާގެ ފަރާތުން އެކަން މިހާރު ވަނީ ކައުންސިލާ ޙިއްސާކޮށްފައެވެ.

އިހުސާން ހޯދުމުގެ މަސައްކަތުގައި މިލަންދޫގެ ލޮބުވެތި ރައްޔިތުންގެ އެހީތެރިކަމަށް އާއިލާއިން ވަނީ އެދިފައެވެ.

އެގޮތުން، އޭނާ ހޯދުމުގައި ވެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދިނުމަށާއި، އިހުސާނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އާއިލާއަށް އެކަން އެންގުމަށް ކައުންސިލުން އިލްތިމާސްކުރެއެވެ.

އިހުސާނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ތިރީގައިވާ ނަންބަރުތަކަށް ގުޅުއްވައި މަޢުލޫމާތު ޙިއްސާކޮށްދެއްވުމަކީ އާއިލާގެ ވަރަށް ބޮޑު އެދުމެކެވެ.

އާދަމް ހުސާމް: 7536418
ޢަބްދުލް ލަތީފް: 7901008