މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ވައިކަރަދޫ (186 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
186 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ވައިކަރަދޫގެ އެންމެ ފަހުގެ ޚަބަރުތައް

186 ޚަބަރުގެ ތެރެއިން
ވައިކަރަދޫ ކައުންސިލުން އެމްޑީއެންގެ ރިޕޯޓު ކުށްވެރިކޮށްފި 📍 ހދ. ވައިކަރަދޫ

ވައިކަރަދޫ ކައުންސިލުން އެމްޑީއެންގެ ރިޕޯޓު ކުށްވެރިކޮށްފި

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް (އެމްޑީއެން) ގެ ރިޕޯޓު ހދ.ވައިކަރަދޫ ކައުންސިލުން ކުށްވެރިކޮށްފި އެވެ. އެ ޖަމިއްޔާގެ ފަރާތުން “ޕްރިލިމިނަރީ އެސަސްމަންޓް އޮން ރެޑިކަލައިޓޭޝަން އިން ދަ މޯލްޑިވްސް“ ގެ ނަމުގައި 2015 ވަނަ އަހަރު ނެރުނު މި ރިޕޯޓްގައި  އިސްލާމްދީނަށާއި، ކީރިތި ރަސޫލާ މުޙައްމަދު ﷺ އަށް ފުރައްސާރަކޮށްފައިވާތީ މިއަދު އެފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކަން ވައިކަރަދޫ ކައުންސިލުންނާއި އެރަށުގެ ރައްޔިތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. އަދި ޖަމިއްޔާތަކުން ކުރާ...

ފާތިމަތު ސިނާޒާ
ވައިކަރަދޫގައި ކުޑަކުދިންގެ ޕާކް އެޅުމަށް ހަމަޖެހިފައިވާ ބިން ސާފު ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ވައިކަރަދޫ

ވައިކަރަދޫގައި ކުޑަކުދިންގެ ޕާކް އެޅުމަށް ހަމަޖެހިފައިވާ ބިން ސާފު ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ.ވައިކަރަދޫ ކުޑަކުދިންގެ ޕާކް އެޅުމަށް ހަމަޖެހިފައިވާ ބިން ސާފު ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާނުކޮށްފިއެވެ. އެރަށު ކައުންސިލް އިދާރާއިންދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި އެސަރަޙައްދުގައި މިހާރު ހުރި ރުއްގަސް ބުޑާއެކުނަގާ ބިންސާފު ކުރުމުގެ މަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 23 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހުގެ 11:00 ގައި ހދ. ވައިކަރަދޫ ކައުންސިލްގެ އިދާރާ އަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 30 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހުގެ 11:00 އަންދާސީހިސާބު ހުށަހެޅުވުމ...

ފާތިމަތު ސިނާޒާ
ވައިކަރަދޫގައި މަސްމާރުކޭޓެއް އިމާރާތް ކުރާނެ ފަރާތެއް ހޯދަނީ

ވައިކަރަދޫގައި މަސްމާރުކޭޓެއް އިމާރާތް ކުރާނެ ފަރާތެއް ހޯދަނީ

ހދ. ވައިކަރަދޫގައި މަސްމާރުކޭޓްގެ އިމާރާތް ހެދުމުގެ މަސައްކަތް، އެ ރަށު ކައުންސިލުން ހުށަހަޅާ ބީ.އޯ.ކިޔު އާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކޮށްފިއެވެ. އެގޮތުން އެއިދާރާއިންދޭ ބީ.އޯ.ކިޔުއާ އެއްގޮތަށް އަމިއްލަ ތަކެތީގައި މަސްމާރުކޭޓު އިމާރާތް ކުރުމުގެ މަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 4 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ 11:00 އަށް އެރަށު ކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށާއި 1 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ 11:00 ގައި އެއިދާރާއަށް ދުރުވެ އަންދ...

ފާތިމަތު ސިނާޒާ
މަސް ފެކްޓްރީ އާއެކު ވައިކަރަދޫއަށް ބޮޑު އުންމީދެއް! 📍 ހދ. ވައިކަރަދޫ

މަސް ފެކްޓްރީ އާއެކު ވައިކަރަދޫއަށް ބޮޑު އުންމީދެއް!

އާބާދީގެ ނިސްބަތުން ހދ އަތޮޅުގައި އެންމެ މަދުން މީހުން ދިރިއުޅެނީ ވައިކަރަދޫގައެވެ. އެއީ ގާތްގަނޑަކަށް އާބާދީގެ ދެބައިކޮށްފައި އެއްބައި މީހުންނެވެ. އެހެންކަމުން ރަނގަޅު ވިޔަފާރިއެއް ކުރާކަށް އެއްވެސް މީހަކު ބޭނުމެއް ނުވެއެވެ. އާބާދީ ނެތްތަނެއްގައި، ކަމެއް ކުރެވިދާނެކަމަށް ހަމަ ޤަބޫލުނުކުރެވެނީއެވެ. ނަމަވެސް ބުލޫ އޯޝެނިކް މޯލްޑިވްސްއިން މިވަނީ އެ މަންޒަރު މުޅިން ބަދަލުކޮށްލާފައެވެ. އެ ކުންފުނީގެ މަސްފެކްޓްރީއާއެކު މިއަދު ވައިކަރަދޫއަށް ވަނީ ބޮޑު އުންމީދެއް ގެނެސްދީފައެވެ. ޒުވާނުންނަށް ފުރުޞަތުތަކ...

ޙުސައިން ޒަބީރު (ހޒމވ)
ޓީމް ފިނޭއިން ވައިކަރަދޫ މައްޗަށް ކުރި ހޯދައިފި 📍 ހދ. ފިނޭ

ޓީމް ފިނޭއިން ވައިކަރަދޫ މައްޗަށް ކުރި ހޯދައިފި

މިހާރު ކުރިއަށްދާ ހދ. އަތޮޅު ކައުންސިލު ވޮލީ ބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ގްރޫޕް ސްޓޭޖުގައި ރޭ ވައިކަރަދޫ އިންސްޕިރޭޝަން ފޮރ އެންވަޔަރމަންޓް އެންޑް ސްޕޯރޓްސް ޓީމާއި ޓީމު ފިނޭ ބައްދަލުކުރި މެޗު ސީދާ ތިންސެޓުން މޮޅުވެ ޓީމު ފިނޭ ކާމިޔާބުކޮށްފިއެވެ. ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުރިއަށްދާ މިމުބާރާތުގައި ރޭ ކުޅެވުނު މިމެޗުގެ ފުރަތަމަ ސެޓު ޓީމުފިނޭ ކާމިޔާބުކުރީ 25-18 ޕޮއިންޓުންނެވެ. ދެވަނަ ސެޓު ކާމިޔާބުކުރީ 25-22 ޕޮއިންޓުންނެވެ. 3 ވަނަ ސެޓު ކާމިޔާބުކުރީ 25-23 ޕޮއިންޓުންނެވެ. މިމެޗްގެ […]

ޔުމްނާ ޢަލީ
ވައިކަރަދޫ މަގުތަކުގައި ލެޑް ލައިޓް ޖެހުމަށް ބަޔަކާ ހަވާލުކޮށްފި 📍 ހދ. ވައިކަރަދޫ

ވައިކަރަދޫ މަގުތަކުގައި ލެޑް ލައިޓް ޖެހުމަށް ބަޔަކާ ހަވާލުކޮށްފި

ހދ. ވައިކަރަދޫ މަގުތަކުގައި ލެޑް ބައްތި ޖެހުމަށް ބަޔަކާ ހަވާލުކޮށްފިއެވެ. ވައިކަރަދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ވާފިރު ވިދާޅުވީ މި ޕްރޮޖްކްޓަކީ މަގު ބައްތިތައް ލެޑު ލައިޓަށް ބަދަލުކުރުމަށް ވައިކަރަދޫ ކައުންސިލުން ހަރަދުކޮށްގެން ހިންގާ ސިލްސިލާ ޕްރޮޖެކްޓެއް ކަމަށެވެ. “މި ޕްރޮޖެކްޓަކީ ވައިކަރަދޫގެ މަގުތަކަކީ އަމާން މަގުތަކަކަށް ހެދުމަށް ހިންގާ ޕްރޮޖެކްޓެއް. އަދި މި މަސައްކަތަކީ ފިޔަވަހިތަކަކަށް ބަހާލެވިގެން ހިންގާ ކަމެއް. އެގޮތުން މި ފިޔަވަހީގައި 15 ލައިޓް ހަރުކުރެވޭނެ.” ވާފިރު ވިދާޅުވިއެވ...

އަފްރާހް އަބްދުލް ރަޝީދު
ކުޅުދުއްފުއްޓާއި ވައިކަރަދޫގައި ސްކައުޓުން ސުލްހައިގެ ދުވަސް ފާހަގަކޮށްފި 📍 ހދ. ވައިކަރަދޫ

ކުޅުދުއްފުއްޓާއި ވައިކަރަދޫގައި ސްކައުޓުން ސުލްހައިގެ ދުވަސް ފާހަގަކޮށްފި

ހދ. ކުޅުދުއްފުއްޓާއި ހދ. ވައިކަރަދޫގައި، ސްކައުޓުން ބައިނަލްއަޤުވާމީ ސުލްހައިގެ ދުވަސް ފާހަގަކޮށްފިއެވެ. މި ހަފްތާގެ ތެރޭގައި ސުލްހައިގެ ދުވަސް ފާހަގަކުރުމަށް، މުޖުތަމަޢަށް ފައިދާހުރި ބައެއް ހަރަކާތްތައް، މި ސްކޫލުތަކުގެ ސްކައުޓުންވަނީ ހިންގާފައެވެ. އެގޮތުން، މި ހަފްތާގެ ހޯމަ ދުވަހު، ޖަލާލުއްދީން ސްކޫލުގެ، 12 ވަނަ ހދ. ސްކައުޓު ގްރޫޕުންވަނީ ކުޅުދުއްފުށީ އެއަރޕޯޓު ހުންނަ ސަރަޙައްދުގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގައި ޖުމުލަ 49 ފަރާތުން ބައިވެރިވެފައިވާއިރު، 120...

Thiladhun
📍 ހދ. ވައިކަރަދޫ

ވައިކަރަދޫ ގަބުރުސްތާނު ވަށާފާރު މަރާމާތު ކުރާނެ ފަރާތެއް ހޯދަނީ

ހދ.ވައިކަރަދޫ ގަބުރުސްތާންގެ ވަށާފާރު މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ގެޒެޓް ކޮށްފިއެވެ. ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ، މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ގަބުރުސްތާންގެ ވަށާފާރު މަރާމާތު މަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 30 ސެޕްޓެމްބަރ 2019 ވާ ހޯމަދުވަހު ހެނދުނު 11:00 ގައި އެއިދާރާގައި ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،...

Thiladhun
ހދ. އަތޮޅު މަދަރުސާގެ އެންމެ މޮޅު ދަރިވަރަކަށް ޝައުރާ 📍 ހދ. ވައިކަރަދޫ

ހދ. އަތޮޅު މަދަރުސާގެ އެންމެ މޮޅު ދަރިވަރަކަށް ޝައުރާ

ވޭތުވެދިޔަ އަހަރު ހދ. އަތޮޅު މަދަރުސާާއިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ފާތުމަތު ޝައުރާ މުހައްމަދު ހޮވިއްޖެއެވެ. ވައިކަރަދޫގައި ހުންނަ ހދ. އަތޮޅު މަދަރުސާގެ އެންމެ މޮޅު ދަރިވަރަކަށް ޝައުރާ ހޮވުނީ ރޭ އެ ސްކޫލުގައި އޮތް އިނާމު ދިނުމުގެ ޖަލްސާގައެވެ. މި ޖަލްސާގައި ޝައުރާއާ އިނާމު ހަވާލުކޮށްދެއްވީ ނޮޅިވަރަމް ސްކޫލުގެ ޕްރިންސިޕަލް އަދްނާން އަލީ އެވެ. ޝައުރާ ވަނީ މިދިޔަ އަހަރުގެ ސާނަވީ އިމްތިހާނުގެ ތިން މާއްދަން އޭ ސްޓާ އާއި ހަތަރު އޭ އަދި […]

އަފްރާހް އަބްދުލް ރަޝީދު
ބްލޫ އޯޝަނިކް މޯލްޑިވްސް އިން، ވައިކަރަދޫ ކައުންސިލް އާއި ބައްދަލުކުރައްވައިފި 📍 ހދ. ވައިކަރަދޫ

ބްލޫ އޯޝަނިކް މޯލްޑިވްސް އިން، ވައިކަރަދޫ ކައުންސިލް އާއި ބައްދަލުކުރައްވައިފި

ބްލޫ އޯޝަނިކް މޯލްޑިވްސް އާއި، ވައިކަރަދޫ ކައުންސިލް އާއި ބައްދަލުކުރައްވައިފިއެވެ. ބްލޫ އޯޝަނިކް މޯލްޑިވްސްގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެލެއްވީ، ބްލޫ އޯޝަނިކް މޯލްޑިވްސްގެ ބިޒްނަސް ޑިވަލޮޕްމެންޓް ޑިރެކްޓަރ ޖައުފަރ އީސާ އާދަމްއެވެ. ހދ.ވައިކަރަދޫ ކައުންސިލުން ބުނެފައިވަނީ މި ބައްދަލުވުމުގެ މަގުސަދަކީ ބްލޫ އޯޝަނިކް މޯލްޑިވްސްގެ ފަރާތުން ވައިކަރަދޫގައި ފަށާފައިވާ މަސްވެރިކަމުގެ ތަފާތު މަސައްކަތްތަކާ ބެހޭ މައުލޫމާތު ކައުންސިލާއި ހިއްސާކުރުމެވެ. އަދި އެ ކުންފުނިން ކުރިޔަށް ރާވާފައި ހުރި މ...

Thiladhun
ކުޅުދުއްފުށީ ހޮސްޕިޓަލުގެ ޑޮކްޓަރުން، ވައިކަރަދޫގައި ބަލިމީހުން ބަލަނީ 📍 ހދ. ވައިކަރަދޫ

ކުޅުދުއްފުށީ ހޮސްޕިޓަލުގެ ޑޮކްޓަރުން، ވައިކަރަދޫގައި ބަލިމީހުން ބަލަނީ

ހދ. އަތޮޅު ހެލްތު ސާވިސަސްގެ އައުޓްރީޗް ޕްރޮގުރާމުގެ ދަށުން، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތް ކުރާ ދެ ޑޮކްޓަރަކު، ހދ. ވައިކަރަދޫ ސިއްހީ މަރުކަޒުގައި ބަލިމީހުން ބަލާގޮތަށް ހަމަޖެހިއްޖެއެވެ. ވައިކަރަދޫ ސިއްހީ މަރުކަޒުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ހަފްތާގެ ބުދަ ދުވަހު، ކުޅުދުއްފުށީ ހޮސްޕިޓަލުގެ އަންހެނުންގެ ހާއްސަ ޑޮކްޓަރު، ޑރ. ނެހާ އާއި އެތެރެހަށީގެ ހާއްސަ ޑޮކްޓަރު، ޑރ. ޕްރަމޯދު އެމަރުކަޒުގައި ބަލި މީހުން ބަލާނެއެވެ. އެގޮތުން އަންހެނުންގެ ހާއްސަ ޑޮކްޓަރު 35 ބަލިމީހުން...

Thiladhun
📍 ހދ. ވައިކަރަދޫ

އާރުއޯ ފެން ޕްލާންޓުތައް ކުމުންދުއަށާއި ވައިކަރަދުއަށް ގެންގޮސްފި

ހދ. ކުމުންދޫ އާއި އެ އަތޮޅު ވައިކަރަދުގައި ބަހައްޓާ އާރުއޯ ފެން ޕްލާންޓުތައް އެ ދެ ރަށަށް ގެންގޮސްފިއެވެ. މި ދެ ރަށުގައި އާރުއޯ ފެން ޕްލާންޓު ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މި އަހަރުގެ ކުރީ ކޮޅުގައެވެ. އޯޕިޑްގެ ލޯނު އެހީ އާއި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ބަހައްޓާ މި ފެން ޕްލާންޓުތަކުގެ އިތުރުން ސްޓޯރޭޖް ޓޭންކް ބެހެއްޓުމާއި އިސްކުރު ބަރިން އާންމުންނަށް ފެން ދޫކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ. […]

އަފްރާހް އަބްދުލް ރަޝީދު
📍 ހދ. ވައިކަރަދޫ

ވައިކަރަދޫ ދާއިރާގައި ހުރި ހައުސިންއާ ގުޅޭ ކަންބޮޑުވުންތައް މިނިސްޓަރު އާތިފާއާ ހިއްސާކުރައްވައިފި

ހައުސިންއާ ގުޅޭ ކަންކަމުގައި ވައިކަރަދޫ ދާއިރާގެ ރަށްރަށުގައި ހުރި ކަންބޮޑުވުންތައް ހައުންސިލް މިނިސްޓަރު އާތިފާއާ ހިއްސާކުރައްވައިފިއެވެ. ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު(ފިއްޓޭ) ވިދާޅުވީ އެ ދާއިރާގެ ރަށްތަކުގައި ހުރި ހައުސިން މިނިސްޓްރީއާ ގުޅޭ ދާއިރާތަކުގެ ކަންކަން މިނިސްޓަރު އާތިފާއާ ހިއްސާކުރައްވާފައިވާނެ ކަމަށެވެ. ފިއްޓޭ ވިދާޅުވީ ސަރުކާރުގެ ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން ވައިކަރަދޫ ދާއިރާގައި އެޅުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓުތަކާއި ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި މ...

އަފްރާހް އަބްދުލް ރަޝީދު
ވައިކަރަދޫގައި ފުޓްސަލް ކޯޗިން ކޭޕްމްޕެއް ފަށަނީ 📍 ހދ. ވައިކަރަދޫ

ވައިކަރަދޫގައި ފުޓްސަލް ކޯޗިން ކޭޕްމްޕެއް ފަށަނީ

ތިލަދުންމަތީ ވައިކަރަދޫގައި ފަނަރަ އަހަރުން ދަށުގެ ކުދިންނަށް ޚާއްސަކޮށްގެން ފުޓްސަލް ކޯޗިން ކޭމްޕެއް ފެށުމަށް ނިންމާ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ވައިކަރަދޫގެ ސްޕޯޓްސް ކައުސިލަރ އަލީ މުއިއްޒު “”ތިލަދުން “ އަށް މައުލޫމާތު ދެއްވި ގޮތުގައި މި ކޯޗިން ކޭމްޕްގައި ބައިވެރިކުރުވަން ބޭނުންވާ ކުދިންގެ ބެލެނިވެރިން މި ހިނގާ ސެޕްޓެމްބަރ މަހުގެ 15 ވާ އާދިއްތަ ދުވަހުގެ ކުރިން 9855100 ނަންބަރ އަށް ގުޅުއްވާ ނުވަތަ މުއިއްޒުއާއި ބައްދަލުކޮށް ނަން ނޯޓްކުރެއްވުމަށް އެދިލައްވައެވެ. ތިން ހަފްތާގެ ނިޔަލަ...

އަޙްމަދު އަސްފާން
📍 ހދ. ވައިކަރަދޫ

ގައުމީ ގުރްއާން މުބާރާތުގައި ވައިކަރަދޫގެ ތިން ދަރިވަރުން އިނާމް ހާސިލްކޮށްފި

33 ވަނަ ގައުމީ ގުރްއާން މުބާރާތުގައި ވައިކަރަދޫގެ ތިން ދަރިވަރުން އިނާމް ހާސިލްކޮށްފިއެވެ. ސްކޫލް ކުދިންގެ ފޮތުން ކިއުމުގެ ބައިން ކީ ސްޓޭޖް 2 ގެ 2 ވަނަ ލިބިފައިވަނީ ދަރުމަވަންތަ ސްކޫލްގައި ކިޔަވަމުން އަންނަ ސަނީ މުޙައްމަދު ސިނާން މުނީރު އަށެވެ. ކީ ސްޓޭޖް 5 ގެ 2 ވަނަ ލިބިފައިވަނީ އަލްމަދަރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ ގައި ކިޔަވަމުން އަންނަ މަރިޔަމް ލަޔާލް އަށެވެ. މިދެދަރިވަރުންނަށް އިނާމް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް […]

ޝިއުނާ އާދަމް