ހދ. ވައިކަރަދޫ މަގުތަކުގައި ލެޑް ބައްތި ޖެހުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
ވައިކަރަދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ވާފިރު ވިދާޅުވީ މި ޕްރޮޖްކްޓަކީ މަގު ބައްތިތައް ލެޑު ލައިޓަށް ބަދަލުކުރުމަށް ވައިކަރަދޫ ކައުންސިލުން ހަރަދުކޮށްގެން ހިންގާ ސިލްސިލާ ޕްރޮޖެކްޓެއް ކަމަށެވެ.
"މި ޕްރޮޖެކްޓަކީ ވައިކަރަދޫގެ މަގުތަކަކީ އަމާން މަގުތަކަކަށް ހެދުމަށް ހިންގާ ޕްރޮޖެކްޓެއް. އަދި މި މަސައްކަތަކީ ފިޔަވަހިތަކަކަށް ބަހާލެވިގެން ހިންގާ ކަމެއް. އެގޮތުން މި ފިޔަވަހީގައި 15 ލައިޓް ހަރުކުރެވޭނެ." ވާފިރު ވިދާޅުވިއެވެ.
ލެޑް ލައިޓް ހަރުކުރުމަށް ހަވާލުކޮށްފައިވަނީ ކެރިއަރ ޕްލަސް އަދި ބޯސާ މޯލްޑިވިސް ނަމަކަށް ކިޔާ އަމިއްލަ ދެ ފަރާތާއެވެ. މި ދެ ކުންފުނިން މަސައްކަތްކުރަމުންދާ ސްޕީޑަށް ބަލާއިރު 10 ވަރަކަށް ދުވަހުގެ ތެރޭގައި ހުރިހާ ކަމެއް ނިންމާލާ މަގުތައް ދިއްލޭ ވަރު ވާނެ ކަމަށް ވާފިރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!