ހދ. ކުމުންދޫ އާއި އެ އަތޮޅު ވައިކަރަދުގައި ބަހައްޓާ އާރުއޯ ފެން ޕްލާންޓުތައް އެ ދެ ރަށަށް ގެންގޮސްފިއެވެ.
މި ދެ ރަށުގައި އާރުއޯ ފެން ޕްލާންޓު ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މި އަހަރުގެ ކުރީ ކޮޅުގައެވެ. އޯޕިޑްގެ ލޯނު އެހީ އާއި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ބަހައްޓާ މި ފެން ޕްލާންޓުތަކުގެ އިތުރުން ސްޓޯރޭޖް ޓޭންކް ބެހެއްޓުމާއި އިސްކުރު ބަރިން އާންމުންނަށް ފެން ދޫކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
މި ޕްލާންޓުން 24 ގަޑިއިރުގެ ތެރޭގައި 50 ޓަނުގެ ފެން އުފައްދާނެއެވެ. އަދި މިހާރު މި ޕްލާންޓުތައް ވައިކަރަދު އާއި ކުމުންދޫގައި ބެހެއްޓުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ވައިކަރަދޫ އާއި ކުމުންދޫ އިން އިރުވައި މޫސުމުގައި އާންމުކޮށް ފެން ހުސްވުމުގެ މައްސަލައަށް މި މަޝްރޫއުގެ ސަބަބުން ހައްލެއް ލިބިގެންދާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!