މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ވަށަފަރު (75 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
75 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ވަށަފަރުގެ އެންމެ ފަހުގެ ޚަބަރުތައް

75 ޚަބަރުގެ ތެރެއިން
ހއ. އަތޮޅުން ރައްޔިތު ބައްދަލުވުން ނުބާއްވަނީ 2 ކައުންސިލަކުން 📍 ހއ. ބާރަށް

ހއ. އަތޮޅުން ރައްޔިތު ބައްދަލުވުން ނުބާއްވަނީ 2 ކައުންސިލަކުން

ހއ. އަތޮޅުން ރައްޔިތު ބައްދަލުވުން ނުބާއްވަނީ 2 ކައުންސިލަކުންކަމަށް ހއ. އަތޮޅު ކައުންސިލުން ބުނެފި އެވެ. އެކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބާޔާންކޮއްފައިވާ ގޮތުގެ މަތީން މި އަހަރު ފެބުރުއަރީ މަހު ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ބާއްވާ، އެ ކައުންސިލަށް އެމަޢުލޫމާތު ޙިއްޞާކޮށްފައިވަނީ ހއ. އަތޮޅުގެ 12 ރަށު ކައުންސިލުން ކަމަށެވެ. އެގޮތުން ބައްދަލުވުން ބޭއްވި 12 ރަށު ކައުންސިލަކީ: 1- ތުރާ...

އިބްރާހިމް އަސްވާޤް
ވަށަފަރު ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ 📍 ހއ. ވަށަފަރު

ވަށަފަރު ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ

ހއ. ވަށަފަރު ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް އެޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދަން ޢިއުލާން ކޮށްފިއެވެ. މިގޮތުން ވަށަފަރު ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ އެރަށު ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް އެޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް 07 ފެބްރުއަރީ 2021 ވާ އާދީއްތަ ދުވަހުން ފެށިގެން 14 ފެބްރުއަރީ 2021 ވާ އާދީއްތަ ދުވަހުގެނިޔަލަށް، ބަންދުނޫން ކޮންމެދުވަހެއްގެ ހެނދުނު 09.00 ން  މެންދުރުފަހު 13.00އަށް...

ޔުމްނާ ޢަލީ
މިސްކިތްތައް މަރާމާތު ނުކުރެވި ހުރީ ބަޖެޓް ނެތިގެން: ވަށަފަރު ކައުންސިލް 📍 ހއ. ވަށަފަރު

މިސްކިތްތައް މަރާމާތު ނުކުރެވި ހުރީ ބަޖެޓް ނެތިގެން: ވަށަފަރު ކައުންސިލް

ހއ. ވަށަފަރުގެ މިސްކިތްތައް މަރާމާތު ނުކުރެވި ހުރީ ބަޖެޓުގެ ދަތިކަމާއި ހުރެކަމަށް ވަށަފަރު ކައުންސިލުން ބުނެފިއެވެ. ވަށަފަރުގެ މިސްކިތްތައް ވަރަށް ބޮޑު މަރާމާތުކުރަން ޖެހިފައިވާކަން ފެންނަ ފޮޓޯތަކެއް ވަށަފަރުގެ އާންމު ރައްޔިތަކު ”ތިލަދުން”އަށް ހިއްސާ ކުރުމުން އެކަމާއި ގުޅިގެން ކުރި ސުވާލެއްގެ ޖަވާބުގައި، ވަށަފަރު ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދު ”ތިލަދުން”އަށް ވިދާޅުވީ، އެ މިސްކިތްތައް މަރާމާތު ނުކުރެވި ހުރީ ބަޖެޓް ނެތުމުން ކަމަށެވެ. ”މިރަށު މިސްކިތްތައް ހުރީ ވަރަށް ބޮޑު މަރާމާތަކަށް ބޭނުން...

އަލީ އާދިލް
ފަތުރުވެރިންގެ ފުރަތަމަ ގްރޫޕް ވަށަފަރަށް، "މިއީ ހަގީގަތުގައި ވެސް ސުވަރުގެއެއް": ޑރ. މާޝާ 📍 ހއ. ވަށަފަރު

ފަތުރުވެރިންގެ ފުރަތަމަ ގްރޫޕް ވަށަފަރަށް، "މިއީ ހަގީގަތުގައި ވެސް ސުވަރުގެއެއް": ޑރ. މާޝާ

ކޯވިޑް-19ގެ ސަބަބުން މެދެކެނޑިފައި އޮތުމަށްފަހު، އަލުން ރާއްޖެ ހުޅުވާލިފަހުން ހއ. ވަށަފަރަށް މިއަދު ފަތުރުވެރިންގެ ފުރަތަމަ ގްރޫޕް ޒިޔާރަތް ކޮށްފިއެވެ. އެރަށުގެ ގެސްޓް ހައުސްތައް ހުޅުވާލަން ޓޫރިޒަމް މިނިސްޓްރީއިން ހުއްދަ ދީފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ. މިއަދު ވަށަފަރަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިންގެ ގްރޫޕަކީ ޔޫކްރެއިންއަށް ނިސްބަތްވާ ޢާއިލާއެކެވެ. އެ ޢާއިލާގައި ހިމެނެނީ 4 މެންބަރުންނެވެ. ދިގު ދަތުރަކަށްފަހު މިއަދު ވެލާނާއިންޓަނޭޝަނަލް އެއާޕޯޓުން، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްމަގ...

ޙުސައިން ޝަހުދީ
ވަށަފަރުގެ ގެސްޓު ހައުސްތައް ހުޅުވާލުން ލަސްވާތީ ކަންބޮޑުވުން ފާޅުކޮށްފި 📍 ހއ. ވަށަފަރު

ވަށަފަރުގެ ގެސްޓު ހައުސްތައް ހުޅުވާލުން ލަސްވާތީ ކަންބޮޑުވުން ފާޅުކޮށްފި

ހއ. ވަށަފަރުގެ ގެސްޓު ހައުސްތައް ފަތުރުވެރިކަމަށް ހުޅުވާލުމަށް ހުއްދަ ލިބުން ލަސްވެގެން ދާތީ އެރަށުގެ ގެސްޓް ހައުސްތައް ހިންގާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ވަށަފަރުގައި ހިންގާ 4 ޓޫރިސްޓް ގެސްޓް ހައުސްގެ ފަރާތުން މިކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އެ ގެސްޓް ހައުސްތަކުން ވަނީ އެކަން ”ތިލަދުން”އަށް ހިއްސާކޮށްފައެވެ. ވަށަފަރުގައި ހިންގާ ހަތަރު ގެސްޓް ހައުސްވެސް ސަރުކާރުން ގެސްޓް ހައުސްތައް ހުޅުވާލަން ފުރަތަމަ ހުއްދަދިން އޮކްޓޯބަރުމަހުގެ 15 ވަނަ ދުވަހު ހުޅުވާލަން ބޭނުންވެ، އެ ގެސް...

ޔުމްނާ ޢަލީ
15 ރަށެއްގެ ފެނާއި ނަރުދަމާ އަދި 5 ރަށެއްގެ ފެނުގެ ނިޒާމް ޤާއިމްކުރުމަށް އެމްޑަބްލިއުއެސްސީ އަށް 📍 ހއ. މާރަންދޫ

15 ރަށެއްގެ ފެނާއި ނަރުދަމާ އަދި 5 ރަށެއްގެ ފެނުގެ ނިޒާމް ޤާއިމްކުރުމަށް އެމްޑަބްލިއުއެސްސީ އަށް

ޑިޒައިން އެންޑް ބިލްޑް އުސޫލުން 15 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމް އަދި 5 ރަށެއްގެ ފެނުގެ ނިޒާމް ޤާއިމްކުރުމަށް މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށް ގެންގޮސްފައިވަނީ އަޑުގެ ސެނެކޯ މާލަމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި ނޭޝަނަލް ޕްލޭނިން، ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޑަބްލިޔުއެސްސީގެ ފަރާ...

މުޙައްމަދު އިނާން
ވަށަފަރު ނަރުދަމާ ލަސްވާތީ އެމްޑީޕީ 2 ކެނޑިޑޭޓުން ރުޅިގަދަވެ، ބެނާ ދަމައިފި 📍 ހއ. ވަށަފަރު

ވަށަފަރު ނަރުދަމާ ލަސްވާތީ އެމްޑީޕީ 2 ކެނޑިޑޭޓުން ރުޅިގަދަވެ، ބެނާ ދަމައިފި

ހއ. ވަށަފަރުގައި ސަރުކާރުން ގާއިމުކުރަން ނިންމާފައިވާ ނަރުދަމާގެ ސާވޭގެ މަސައްކަތް ލަސްވާތީ، އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ވަށަފަރު ކައުންސިލަށް ވާދަކުރާ ދެ ކެނޑިޑޭޓުން ނުރުހުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔާފައިވާ ބެނާތަކެއް އެރަށުގައި ދަމައިފިއެވެ. އެމްޑީޕީގެ ރަސްމީ ކުލަ ކަމުގައިވާ ރީނދޫ ފޮތީގައި ދަމާފައިވާ އެ ބެނާގައި ބުނެފައި ވަނީ ” ވަށަފަރު ނަރުދަމާއަކީ ދެ ސަރުކާރުގެ ވެރިން ކުޅެން ގެންގުޅުއްވާ ބޯޅައަކަށް ނަހައްދަވާ” މިހެން...

އަލީ އާދިލް
އުތެމަ ޖަމްޢިއްޔާގެ ރިޕޯޓް ތަހުޤީގުކޮށް ފިޔަވަޅު އެޅުމަށް ވަށަފަރު ކައުންސިލުން ގޮވާލައިފި 📍 ހއ. ވަށަފަރު

އުތެމަ ޖަމްޢިއްޔާގެ ރިޕޯޓް ތަހުޤީގުކޮށް ފިޔަވަޅު އެޅުމަށް ވަށަފަރު ކައުންސިލުން ގޮވާލައިފި

އެމްޑީއެންގެ ރިޕޯޓް ތަޙްޤީގުކުރި އުސޫލުން އުތެމައިގެ ރިޕޯޓު ވެސް ތަހުޤީޤުކޮށް، މިކަމުގައި ޝާމިލުވާ އެންމެހައި ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލައި ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލުގެ އިދާރާއިން ނޫސްބަޔާނެއް ނެރެފިއެވެ. އެ ކައުންސިލުން މިކަމާއި ގުޅިގެން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގަމުންދާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކުން “ޕްރިލިމިނަރީ އެސެސްމެންޓް އޮންޑް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި އާންމުކުރި ރިޕޯޓުގ...

އިބްރާހިމް ޚަލީލް
ވަށަފަރު ގެއެއް މޮނިޓަރިންގ ހާލަތަށް ގެެނެސްފި 📍 ހއ. ވަށަފަރު

ވަށަފަރު ގެއެއް މޮނިޓަރިންގ ހާލަތަށް ގެެނެސްފި

މާލެއިން ކޯވިޑް-19 އަށް ފައްސިވި ކޭސް 21، ކޭސް 22 އަދި 23 އާއި ގުޅިގެން ހއ. ވަށަފަރުން ގެއެއް މޮނިޓަރުން ހާލަތަށް ގެނެސްފިއެވެ. ހއ. ވަށަފަރުން މޮނިޓަރިން ހާލަތަށް ގެނެސްފައި ވަނީ ހއ. ނިޔަނދުރުމާގެއެވެ. އެ ގެޔާއި އެކު އެކޭސްތަކާއި ގުޅުން ހުރި 22 ގެއެއްވަނީ މޮނިޓަރިންގ ހާލަތަށް ގެނެސްފައެވެ. މިގެތައް މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފައިވަނީ މާލެއިން ކޯވިޑް-19 އަށް ފުރަތަމަ ފައްސިވި މީހާއާ ސީދާ ދިމާވި މީހުން ހޯދުމަށްފަހުކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިއާއެކު މި […]

ޔުމްނާ ޢަލީ
މާރަންދޫ، ފިއްލަދޫ އަދި ވަށަފަރު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޕޮރޮޖެކްޓުތައް ކައުންސިލްތަކާއި ހަވާލުކޮށްފި 📍 ހއ. ވަށަފަރު

މާރަންދޫ، ފިއްލަދޫ އަދި ވަށަފަރު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޕޮރޮޖެކްޓުތައް ކައުންސިލްތަކާއި ހަވާލުކޮށްފި

ހއ. މާރަންދޫ، ފިއްލަދޫ އަދި ވަށަފަރު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޕޮރޮޖެކްޓުތައް އެރަށްތަކުގެ ކައުންސިލްތަކާއި ހަވާލުކޮށްފިއެވެ. އެރަށްތަކުގެ ސިއްޚީ މަރުކަޒުތަކުގެ އެކްސްޓެންޝަން ޕޮރޮޖެކްޓުތައް ކައުންސިލްތަކާއި ހަވާލުކޮށްފައިވަނީ ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް ބާރުވެރިކުރުމުގެ ގޮތުން ގާނޫނަށް ގެނައި އިސްލާހާއެކު، ހެލްތު މިނިސްޓްރީގެ 20 ޕްރޮޖެކްޓެއް 20 ރަށެއްގެ ކައުންސިލްއާ ހަވާލުކުރުމަށް މިއަދު ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައެވެ. ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެ...

ޝިއުނާ އާދަމް
ބައްޕައަކީ ހއ. ވަށަފަރުގެ ދަރިއެއް، އެކަމަށް ވަރަށް ފަޚުރުވެރިވަން: ޑރ މުއިއްޒު 📍 ހއ. ވަށަފަރު

ބައްޕައަކީ ހއ. ވަށަފަރުގެ ދަރިއެއް، އެކަމަށް ވަރަށް ފަޚުރުވެރިވަން: ޑރ މުއިއްޒު

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން އިފްތިތާހުކުރުމަށް އެމްޑީޕީން ބޭއްވި “ރަށްވެހި ފަތިސް” ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ވަށަފަރުން ނަމަވެސް ވަޑައިގެން މުއިއްޒު، މާލޭގެ ރައްޔިތުންގެ ގާތު ވޯޓެއް ހޯދަން އެދިވަޑައިގަތަސް އެ މީހުން ވޯޓު ނުދޭނެ ކަަމަށާއި ވަޒީރު ކަމުގައި މާލެ އަށް ހެއްދެވި ގޮތް އެންމެންނަށް އެނގޭ ކަމަށެވެ. ރައީސް ނަޝީދު ގެ މިވާހަކައަށް ރައްދު ދެއްވަމުން ޑރ މުއިއްޒު ވިދާޅުވީ […]

ޔުމްނާ ޢަލީ
📍 ހއ. ވަށަފަރު

ވަށަފަރު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް އެޅުމަށްޓަކައި ބިން ކަނޑައަޅައިފި

ވަށަފަރު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް އެޅުމަށްޓަކައި ބިން ކަނޑައަޅައިފި އެވެ. ތިލަދުންމަތީ އުތުރުބުރީ ވަށަފަރު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް އެޅުމަށްޓަކައި ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާއިން މިއަދު ބިމެއް ކަނޑައަޅައި ބިން ހަވާލުކުރިކަމުގެ ލިޔުން ވަނީ ހަވާލުކޮށްދެއްވާފައެވެ. ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑރ.އަބްދުﷲ ނަޒީރާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިސްވެރިން އެއަތޮޅު މެޖިސްޓްރޭޓް ކޯޓުތަކަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ތިލަދުންމަތ...

އިބްރާހިމް އަސްވާޤް
ވަށަފަރު، ފަތުރުވެރިންގެ ހިތް ދަމައިގެންފައިވާ ރީތި މަންޒިލެއް! 📍 ހއ. ވަށަފަރު

ވަށަފަރު، ފަތުރުވެރިންގެ ހިތް ދަމައިގެންފައިވާ ރީތި މަންޒިލެއް!

ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި ނިސްބަތުން ތަރައްޤީ ކުރެވިފައިވަނީ މަދު އަދަދެއްގެ ފަތުރުވެރިކަމުގެ ރިސޯޓެވެ. ހއ. އަތޮޅުގައި މަނަފަރާއި، ދޮނަކުޅީގައި ތަރައްޤީކުރެވިފައިވާ ދެ ރިސޯޓަކީ، ފަތުރުވެރިކަމުގައި މިހާރު ފާހަގަ ކޮށްލެވޭނެ ދެނަމެވެ. ނަމަވެސް، ހދ، އަތޮޅުގައި އޮޕަރޭޓު ކުރެވެމުންދާ ހޮނޑާފުށި އައިލެންޑް ރިސޯރޓް އަދި އޮތީ ޅަފަތުގައި، މަދު އެދުނދުތަކަކާއެކު، އޮޕަރޭޓް ކުރެވޭ ރިސޯޓެއްގެ ގޮތުގައެވެ. އުތުރުގެ ސަރަހައްދުގައި މަދު ރިސޯރޓްތަކެއް ހުރި ނަމަވެސް ކާމިޔާބު ކަމާއެކު ލޯކަލް ޓުއަރިޒަމްގެ ވިޔަފ...

ޙުސައިން ޝަހުދީ
ކެލާ އިން ކުޅުދުއްފުށްޓާއި ހަމަޔަށް ގުޅުވައިދޭ އެމްޓީސީސީގެ ސްޕީޑް ފެރީ ފަށައިފި 📍 ހއ. ބާރަށް

ކެލާ އިން ކުޅުދުއްފުށްޓާއި ހަމަޔަށް ގުޅުވައިދޭ އެމްޓީސީސީގެ ސްޕީޑް ފެރީ ފަށައިފި

ކެލާ، ވަށަފަރު، ފިއްލަދޫ، ބާރަށް އަދި ހަނިމާދޫ އިން ކުޅުދޫފުއްޓަށް އެމްޓީސީސީގެ ލޯންޗް ފެރީގެ ހިދުމަތްތައް ފަށައިފި އެވެ. ދަތުރުތައް އޮންނާނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރާއި އާދިއްތަ ދުވަހާއި އަންގާރަ އަދި ބުރާސްފަތި ދުވަހު އެވެ. ދެކޮޅަށް ދަތުރުތައް އޮންނައިރު، ދަތުރު ރޫޓާއި ގަޑިތަކާއި އަގުތައްވެސް އެމްޓީސީސީން ވަނީ އިއުލާންކޮށްފަ އެވެ. ކެލާއިން ކުޅުދުއްފުއްޓަށް ހެނދުނު 6:30 ގައި ދަތުރުތައް ފަށާއިރު، ކުޅުދުއްފުށިން ކެލާއަށް ދަތުރުތައް އޮންނާނީ މެންދުުރުފަހު 2:30ގައި އެވެ. މި ރޫޓުގެ އަގުތައް އުޅެނ...

އިބްރާހިމް އަސްވާޤް
ގެއްލިގެން ހޯދަމުން ދިޔަ ދުވަސްވީ މީހަކު އޮޔާދަނިކޮށް ސަލާމަތްކޮށްފި 📍 ހއ. ވަށަފަރު

ގެއްލިގެން ހޯދަމުން ދިޔަ ދުވަސްވީ މީހަކު އޮޔާދަނިކޮށް ސަލާމަތްކޮށްފި

މިއަދު ފަތިހުގެ ވަގުތެއްގައި ވަށަފަރުން ގެއްލިގެން ހޯދަމުން ދިޔަ ދުވަސްވީ މީހަކު މޫދުގައި އޮޔާދަނިކޮށް ސަލާމަތްކޮށްފިއެވެ. ވަށަފަރު ކައުންސިލްގެ ނައިބްރައީސް ރައޫފް ތިދަލުންއަށް މަޢުލޫމާތުދެއްވިގޮތުގައި މިމީހާއަކީ އުމުރުން 70 އަހަރަށް ވުރެމަތީ މީހެއްކަމަށާއި ރޭގަފަތިހުގެ ވަގުތެއްގައި އެރަށުމީހެއް ގެއްލިގެން އާއިލާއިން އެކައުންސިލަށް 6:10 ހާއިރު ރިޕޯޓް ކުރުމުން ކައުންސިލުން ރައްޔިތުންގެ އެހީތެރިކަމަށް އެދިފައިވާކަމަށެވެ. ރައްޔިތުންނިކުމެ ރަށުގެ އެކި ސަރަޙައްދާއި މޫދު ސަރަޙައްދު ބަލަމުން ދަނިކޮށް...

ޔުމްނާ ޢަލީ