ހއ. ވަށަފަރު ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް އެޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދަން ޢިއުލާން ކޮށްފިއެވެ.
މިގޮތުން ވަށަފަރު ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ އެރަށު ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް އެޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް 07 ފެބްރުއަރީ 2021 ވާ އާދީއްތަ ދުވަހުން ފެށިގެން 14 ފެބްރުއަރީ 2021 ވާ އާދީއްތަ ދުވަހުގެނިޔަލަށް، ބަންދުނޫން ކޮންމެދުވަހެއްގެ ހެނދުނު 09.00 ން މެންދުރުފަހު 13.00އަށް އެ ކައުންސިލްގެ އިދާރާއިން ބީލަން ފޮތް ގަންނަން ލިބެން ހުންނާނެ ކަމަށެވެ. ބީލަންފޮތުގެ އަގަކީ 200.00 ރުފިޔާ އެވެ.
އެމަސަތްކަތަށް އެދޭ ފަރާތްތަކުގެ މެދުގައި އޮންނަ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021 ފެބްރުއަރީ 15 ދުވަހުގެ މެންދުރު 13:00 ގައިއެވެ. އަދި އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 2021 ފެބްރުއަރީ 28 ދުވަހުގެ މެންދުރު 13:00 ގައިއެވެ.
މި ދެ ބައްދަލުވުން ވެސް އޮންނާނީ އެ ކައުންސިލްގެ އިދާރާގަ އެވެ.
މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދަން ބޭނުން ނަމަ ރަސްމީ ގަޑީގައި އެ ކައުންސިލް އިދާރާގެ 6500039 ނަންބަރު ފޯނަށް ގުޅުމަށް އެ ކައުންސިލުން އެދެއެވެ.
ވަށަފަރު ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން މަޝްރޫޢު އެ ކައުންސިލާއި ހަވާލުކޮށްފައިވަނީ ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް ބާރުވެރިކުރުމުގެ ގޮތުން ގާނޫނަށް ގެނައި އިސްލާހާއެކު، ހެލްތު މިނިސްޓްރީގެ 20 ޕްރޮޖެކްޓެއް 20 ރަށެއްގެ ކައުންސިލްއާ ހަވާލުކުރުމަށް 2020 ވަނަ އަހަރުގެ މާރިޗް 1 ވަނަ ދުވަހު މާލޭ ސިޓީގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގެ ތެރޭގަ އެވެ.
ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ފަސް މިލިއަން ރުފިޔާއިން ދަށުގެ މަޝްރޫއުތައް ކައުންސިލްތައް އަމިއްލަ އަށް ހިންގަން ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. ހެލްތު މިނިސްޓްރީގެ 20 މަޝްރޫއެއް ވެސް ކުރިއަށްގެންދަން ކައުންސިލްތަކާ އޭރު ހަވާލުކުރީ އޭގެ ދަށުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!