މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. އިހަވަންދޫ (513 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
513 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

އިހަވަންދޫގެ އެންމެ ފަހުގެ ޚަބަރުތައް

513 ޚަބަރުގެ ތެރެއިން
އިހަވަންދޫގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ވެމްކޯއާއި ހަވާލުކުރަން ނިންމައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ވެމްކޯއާއި ހަވާލުކުރަން ނިންމައިފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި ހަވާލު ކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. ކައުންސިލުން ނިންމާފައިވަނީ އެ ރަށުގެ މަގުތަކާއި ޕާކުތަކާއި އާންމުތަންތަން ކުނިކަހައި ސާފުކޮށް، ކުނިނެގުމާއި ކުނި މެނޭޖްކުރުމުގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް، މަހަކަށް 100000 (އެއްލައްކަ) ރުފިޔާގެ ގްރާންޓަކާއިއެކު ވެމްކޯއާއި އެ މަސައްކަތް ހަވާލުކުރުމަށެވެ. މިކަމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރަމުން އިހަވަންދޫ ކައުނ...

އިބްރާހިމް ޚަލީލް
އިހަވަންދޫ ކައުންސިލްގެ އެފްބީ ޕޭޖުގެ ކޮންޓްރޯލް އަނބުރާ ކައުންސިލް ދަށަށް 📍 ހއ. އިހަވަންދޫ

އިހަވަންދޫ ކައުންސިލްގެ އެފްބީ ޕޭޖުގެ ކޮންޓްރޯލް އަނބުރާ ކައުންސިލް ދަށަށް

ހެކްކޮށްފައިވާ ހއ.އިހަވަންދޫ ކައުންސިލް ފޭސްބުކް ޕޭޖްގެ ކޮންޓްރޯލް އަނބުރާ އެ ކައުންސިލްގެ ދަށަށް ގެނެސްފިއެވެ. އިހަވަންދޫ ކައުންސިލް ފޭސްބުކް ޕޭޖް ހެކްކޮށްފައި ވަނީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. އެ ކައުންސިލް ފޭސްބުކް ޕޭޖަކީ މީގެ ނުވަވަރަކަށް އަހަރު ކުރިން ހަދާފައިވާ ޕޭޖެކެވެ. އެ ޕޭޖަކީ ކައުންސިލުން ހިންގާ ހަރަކާތްތަކާއި، ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ތަފާތު މައުލޫމާތު ތާޒާކަންމަތީ ފޯރުކޮށްދިނުމަށް އެ ކައުންސިލުން ބޭނުން ކުރަމުން އަންނަ ވަސީލަތެކެވެ. ޕޭޖް ހެކްކުރުމަށް ފަހު، ޕޭ...

އިބްރާހިމް ޚަލީލް
އިހަވަންދޫ ކައުންސިލުން ތަރައްގީކުރި އައުޓްޑޯ ޖިމް ހުޅުވައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ކައުންސިލުން ތަރައްގީކުރި އައުޓްޑޯ ޖިމް ހުޅުވައިފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލުން “އިހަމަ” ނަމުގައި އެ ރަށުގައި ތަރައްގީކުރި އައުޓްޑޯ ޖިމް ރަސްމީކޮށް ހުޅުވައި ބޭނުންކުރަން ފަށައިފިއެވެ. “އިހަމަ” މި ނަމުން ރަމްޒު ކޮށްދެނީ އިހަވަންދޫ ހަށިހެޔޮ މައިޒާނެވެ. އެ ރަށު ޓާފް ފުޓްބޯޅަ ދަނޑު ސަރަހައްދުގައި ހަދާފައިވާ އެ ޖިމް ރަސްމީކޮށް ހުޅުވާފައިވަނީ ރޭ އެކަމަށްޓަކައި އެ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ މި އައުޓްޑޯ ޖިމާއި ގުޅޭގޮތުން މައުލޫމާތު ދެމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ބުނީ، މި ޕްރޮޖެކްޓަކީ […]

އިބްރާހިމް ޚަލީލް
އިހަވަންދޫ ފެހިކުރުމަށް މާފަހިން ގަސް ހަދިޔާކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ފެހިކުރުމަށް މާފަހިން ގަސް ހަދިޔާކޮށްފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ފެހިކުރުމަށް ބޭނުންވާ ގަސް އެ އަތޮޅު މާފަހިން ހަދިޔާކޮށްފިއެވެ. ހއ.މާފައްސަކީ ސީގަލް ގްރޫޕުގެ ފަރާތުން ދަނޑުވެރިކަން ކުރަމުން އަންނަ ރަށެކެވެ. ސީގަލް ގްރޫޕްގެ ފަރާތުން އިހަވަންދޫ ފެހިކުރުމަށް ބޭނުންވާ ގަސް ހަދިޔާ ކުރުމުގެ ޕްރޮގްރާމްގެ ދަށުން ވަނީ 205 ގަސް ހަދިޔާކޮށްފައެވެ. ހަދިޔާކޮށްފައިވާ ގަސްތަކުގެ ތެރޭގައި ހިޔާލިބޭފަދަ ގަސްތަކާއި ބަގީޗާ ގަސްތައް ހިމެނެއެވެ. އިހަވަންދޫ ފެހިކުރުމުގެ ޕްރޮގްރާމާއި ގުޅޭގޮތުން މައުލޫމާތު ދެމުމުން އެ ރަށު ކައުންސިލުގެ ރައީސް އަހްމަ...

އިބްރާހިމް ޚަލީލް
އިހަވަންދޫގެ ރައްޔިތުންގެ އުއްމީދުތައް ހަޤީޤަތަކަށް ހަދައިދޭނަން: ރައީސް 📍 ހއ. އިހަވަންދޫ

އިހަވަންދޫގެ ރައްޔިތުންގެ އުއްމީދުތައް ހަޤީޤަތަކަށް ހަދައިދޭނަން: ރައީސް

ހއ. އިހަވަންދޫ އަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް އެރަށުގެ ތަރައްޤީގެ މަސައްކަތްތަކަށް އިސްކަން ދެއްވައި، ރަށުގެ ރައްޔިތުންގެ އުއްމީދުތައް ޙަޤީޤަތަކަށް ހައްދަވައިދެއްވާނެކަމަށް ރައީސް  ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް އިއްޔެ ފެއްޓެވި ދަތުރުފުގައި ހަތަރު ވަނަ މަންޒިލެއް ގޮތުގައި އިއްޔެ އިހަވަންދޫ އަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ދެއްކެވިވާހަކަފުޅުގައި ވަނީ އެރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ގިނަގުނަ ކަންތ...

ޔުމްނާ ޢަލީ
އިހަވަންދޫ އެއްގަމު ލައިސަންސް ޓްރެކް ހުޅުވައި ހިދުމަތް ފަށައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ އެއްގަމު ލައިސަންސް ޓްރެކް ހުޅުވައި ހިދުމަތް ފަށައިފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ އެއްގަމު ލައިސަންސް ޓްރެކްގެ ރަސްމީކޮށް ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ. އެ ޓްރެކް ރަސްމީކޮށް ހުޅުވާފައި ވަނީ މި މަހު 20 ވަނަ ދުވަހުގެ ރޭ ޓްރެކް ސަރަހައްދުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ބުނީ އެ ރަށަކީ ވަރަށް ގިނަ ހަރު އުމުރުފުރާގެ މީހުންނާއި ދެ ޖިންސްގެ ޒުވާނުން އެއްގަމު އުޅަނދު ދުއްވާ ރަށެއް ކަމަށާއި، ވުމާއިއެކު އެ […]

އިބްރާހިމް ޚަލީލް
އިހަވަންދޫ މަގު ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ މަގު ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި

ހއ. އިހަވަންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއު ފައްޓަވައިދެއްވީ ކޮންޓްރަކްޝަން މިނިސްޓަރު އަބްދު މުއްތަލިބު އާއި ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރުއެވެ. އިހަވަންދޫ މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން އާރުޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގައެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 102.8 މިލިއަން ރުފިޔާއަށެވެ. އާރުޑީސީން ބުނި ގޮ...

އަޙްމަދު ވަހީދު
އިހަވަންދޫ އައިސް ޕްލާންޓް މައްސަލަ ހައްލުކޮށް، ރަށު ކައިރީ ވަދު ކަނދުފައްޗެއް އަޅައިދޭން އެދިއްޖެ 📍 ހއ. އިހަވަންދޫ

އިހަވަންދޫ އައިސް ޕްލާންޓް މައްސަލަ ހައްލުކޮށް، ރަށު ކައިރީ ވަދު ކަނދުފައްޗެއް އަޅައިދޭން އެދިއްޖެ

ހއ. އިހަވަންދޫ އައިސް ޕްލާންޓް ހުއްޓިފައިވާ މައްސަލައަށް ހައްލެއް ހޯދުމަށާއި، އިތުރު ކަންތައްތަކަކާއިގުޅޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއިއެކު އިހަވަންދޫ ކައުންސިލުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާ ހިންގާފައި ވަނީ އިހަވަންދޫ ކައުންސިލުން އެރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރުގެ ވުޒާރާތަކާއި، ކުންފުނިތަކާއި ހިއްސާކުރުމަށް މިހާރު ވެރިރަށް މާލެއަށް ކުރަމުންދާ ދަތުރުގެ ތެރެއިންނެވެ. މިގޮތުން އިހަވަންދޫ ކައުންސިލުން އިއްޔެ ވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެ...

ޔުމްނާ ޢަލީ
އިހަވަންދޫ އިމަގުގެ "މަންސަފާ" ޕްރޮގްރާމް މޮޅަދޫ ސްކޫލުގައި ކުރިއަށް ގެންގޮސްފި 📍 ހއ. މޮޅަދޫ

އިހަވަންދޫ އިމަގުގެ "މަންސަފާ" ޕްރޮގްރާމް މޮޅަދޫ ސްކޫލުގައި ކުރިއަށް ގެންގޮސްފި

ހއ. އިހަވަންދޫގައި ފުޅާ ދާއިރާއެއްގައި އިޖުތިމާއީ ހަރަކާތްތައް ހިންގަމުން އަންނަ، އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިން ”މަންސަފާ”ގެ ނަމުގައި ކުރިއަށް ގެންދާ އުނގަންނައި ދިނުމުގެ ޕްރޮގްރާމް އެ އަތޮޅު މޮޅަދޫ ސްކޫލުގައި ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް، އެ ސްކޫލުގެ ގްރޭޑް 9 އަދި 10 ގެ ދަރިވަރުންނަށެވެ. މިއީ ރާއްޖޭގެ މަދަރުސާތަކުގެ ދަރިވަރުން ”އޭ” ލެވެލް […]

އިބްރާހިމް ޚަލީލް
އިހަވަންދޫ ރަމްޒުކޮށްދޭނެ މޮނިއުމެންޓު ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ރަމްޒުކޮށްދޭނެ މޮނިއުމެންޓު ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ރަމްޒުކޮށްދޭ މޮނިއުމެންޓް ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. މިކަމަށް ބީލަށް ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން އަންނަ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުގެ ކުރިން އެ ކައުންސިލަށް ގުޅައިގެން (65000256) ނުވަތަ މެއިލް ކޮށްގެން (procurement@ihavandhoo.gov.mv) ބީލަމުގައި ރަޖިސްޓަރީވާން ޖެހެއެވެ. މި މަސައްކަތާއި ގުޅޭގޮތުން މައުލޫމާތު އޮޅުން ފިލުވަން ބޭނުންވާ ފަރާތްތަކުން ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހުގެ ކުރިން މެއިލް ކުރުމަށް އެ...

އިބްރާހިމް ޚަލީލް
ގޯލްޑަން ފުޓްސަލް: މާރަންދޫ، އިހަވަންދޫ، ހޯރަފުށި، އުތީމް އަދި ވަށަފަރު ފެށީ މޮޅަކުން 📍 ހއ. ހޯރަފުށި

ގޯލްޑަން ފުޓްސަލް: މާރަންދޫ، އިހަވަންދޫ، ހޯރަފުށި، އުތީމް އަދި ވަށަފަރު ފެށީ މޮޅަކުން

“ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024” ރޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުތަކުގައި ފަށާފައިވާއިރު، ހއ.އަތޮޅުގެ ފުރަތަމަ ބުރުގައި މާރަންދޫ، އިހަވަންދޫ، ހޯރަފުށި، އުތީމް އަދި ވަށަފަރުން ކުޅުން މެޗުތައް ކާމިޔާބުކުރި އިރު ބާރަށާއި ދިއްދޫ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. މިއަހަރު ހއ. އަތޮޅުން ވަނީ 12 ޓީމަކުން ބައިވެރިވެފައެވެ. އެހެންކަމުން އެ އަތޮޅުގެ އަތޮޅު ބުރު ކުރިއަށް ދަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ހަތަރު ގްރޫޕުގެ ތެރެއިން އެންމެ މޮޅު 8 ޓީމު […]

އިބްރާހިމް ޚަލީލް
ޝިފާޢު އާއި ދެކޮޅަށް އިހަވަންދޫ ކައުންސިލްގެ ބަޔާނެއް 📍 ހއ. އިހަވަންދޫ

ޝިފާޢު އާއި ދެކޮޅަށް އިހަވަންދޫ ކައުންސިލްގެ ބަޔާނެއް

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު  މުޙައްމަދު ޝިފާޢު ޢަމަލުކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ ވިންދާ ޝުޢޫރާއި ދެކޮޅަށްކަމަށް ބުނެ، އިހަވަންދޫ ކައުންސިލުން ބަޔާނެއް ނެރެފިއެވެ. އިހަވަންދޫ ކައުންސިލްގެ ހަ މެންބަރަކު ސޮއިކުރައްވާފައިވާ މި ބަޔާނުގައި ބުނެފައިވާ ގޮތުގައި އެމްޑީޕީގެ މަޖިލިސް މެންބަރުން ގެންދަވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުބާރުނެތްކަމުގެ ވޯޓު ނެގުމަށް ޤާނޫނުއަސާސީގައި އޮންނަ އިޖުރާޢަތްތަކުގެ ބޭރުން ޢަމަލު ކުރައްވަމުންނެވެ. އެއީ ފިނ...

ޔުމްނާ ޢަލީ
މުހައްމާ އިހަވަންދޫ ދާއިރާއަށް، ވިދާޅުވީ ދެމިހުންނަވާނީ ރައްޔިތުންނަށްޓަކައި ކަމަށް 📍 ހއ. އިހަވަންދޫ

މުހައްމާ އިހަވަންދޫ ދާއިރާއަށް، ވިދާޅުވީ ދެމިހުންނަވާނީ ރައްޔިތުންނަށްޓަކައި ކަމަށް

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޯލިޝަން)އިން ބާއްވާ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ ވާދަކުރައްވަން އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބުދުﷲ (މުހައްމާ) ފޯމު ހުށަހަޅުއްވައިފިއެވެ. މި ޕްރައިމަރީގެ ވޯޓުލުން ބާއްވަން ނިންމާފައި ވަނީ 23 ޑިސެންބަރު 2023 ގައެވެ. ޕީޕީއެމް/ޕީއެންސީ އިއްތިހާދުގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަށް  ވަން ފޯމު ހުށަހެޅުއްވިކަން މީސްމ...

ޔުމްނާ ޢަލީ
އެންވީކޭ ބަލިކޮށް ޖަންގަލް އިން އިހަވަންދޫ ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި 📍 ހއ. އިހަވަންދޫ

އެންވީކޭ ބަލިކޮށް ޖަންގަލް އިން އިހަވަންދޫ ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބޭއްވި އިހަވަންދޫ ކައުންސިލް ކަޕް ފުޓްސަލް މުބާރާތް 2023، ގެ ޗެމްޕިއަންކަން ޖަންގަލް އިން ކާމިޔާބު ކޮށްފިއެވެ. އިއްޔެ ހަވީރު އިހަވަންދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމް ކަމަށްވާ އެންވީކޭއާއި ޖަންގަލް އެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި […]

އިބްރާހިމް ޚަލީލް
އިހަވަންދޫ ސްކޫލްގެ 25 ވަނަ ދިވެހި އަދަބީ ފޯވަހީގައި ތަފާތު ގިނަ އަދަބީ ހަރަކާތްތަކެއް 📍 ހއ. އިހަވަންދޫ

އިހަވަންދޫ ސްކޫލްގެ 25 ވަނަ ދިވެހި އަދަބީ ފޯވަހީގައި ތަފާތު ގިނަ އަދަބީ ހަރަކާތްތަކެއް

ހއ. އިހަވަންދޫ ސްކޫލުގައި ހުއްޓެމެއްނެތި އަދަބީ ހަރަކާތްތަކާއި މުބާރަތްތައް ބާއްވަމުންދާތާ 25 އަހަރު ފުރޭ ރިހި ޚިދުމަތުގެ ރިހި ފަންސަވީހުގެ ހަރަކާތްތައް ބޮޑު ތަރުހީބަކާއިއެކު ކުރިއަށް ގެންގޮސްފިއެވެ. ރިހި ފަންސަވީހުގެ މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ ދެވަނަ ދުވަހުން ފެށިގެން އަށްވަނަ ދުވަހުގެ ނިޔަލަށެވެ. މި ހަރަކާތަކީ އެ ސްކޫލުގެ ތާރީޚުގައި އެއްމެ ގިނަ ދަރިވަރުން ބައިވެރިވެގެން ކުރިއަށްގެންދިޔަ ހަރަކާތެވެ. ފަންސަވީސް ވަނަ ދިވެހި އަދަބީ ފޯވަހީގައި ކުރިއަށް ގެންދިޔަ މުބާރާތްތަކ...

އިބްރާހިމް ޚަލީލް