މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ކުޅުދުއްފުށި (1,422 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,422 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކުޅުދުއްފުށިގެ އެންމެ ފަހުގެ ޚަބަރުތައް

1422 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށީ ފެން ޕްލާންޓަށް ދިމާވި މައްސަލަ ދެހަފްތާ ތެރޭ ޙައްލުކުރެވޭނެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ފެން ޕްލާންޓަށް ދިމާވި މައްސަލަ ދެހަފްތާ ތެރޭ ޙައްލުކުރެވޭނެ

ކުޅުދުއްފުށީގައި ޤާއިމުކޮށްފައި ހުންނަ ތާޒާ ފެން އުފައްދާ ކާރުޚާނާގެ މެޝިނަށް ދިމާވި މައްސަލަ ދެހަފްތާގެ ތެރޭގައި ހައްލުކުރެވޭނެ ކަމަށް އެމް ޑަބުލިއު އެސް ސީ އިން ބުނެފިއެވެ. އެކުންފުނީގެ އޮފިޝަލަކު އޮންލައިން . ނޫހަކަށްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މެޝިނަށް ދިމާވީ ލޭބަލްގެ ކޮލިޓީގެ މައްސަލައެއް ކަމަށާއި ، އެމައްސަލަ ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޙައްލު ކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޝިނަށް މައްސަލަ ދިމާވެ ފެން ބަންދު ކުރުން ވަގުތީގޮތުން މެދުކެނޑިފައިވާކަން އެތަނުން ފެން ގަންނަ...

Thiladhun
ކުޅުދުއްފުށީގައި ފެންކާރުޚާނާއެއްގައި މައްސަލަ ޖެހި ފެން ބަންދު ކުރުމަށް ހުރަސްތަކެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ފެންކާރުޚާނާއެއްގައި މައްސަލަ ޖެހި ފެން ބަންދު ކުރުމަށް ހުރަސްތަކެއް

ކުޅުދުއްފުށީގައި ގާއިމުކޮށްފައި ހުންނަ ތާޒާ ފެން އުފައްދާ ކާރުހާނާގެ މެޝިނެއްގައި މައްސަލަ ޖެހި ފުޅީގައި ފެން ބަންދުކުރުން ހުއްޓިއްޖެ އެވެ. “ތިލަދުން” އަށް އެނގިފައިވާ ގޮތުގައި މައްސަލަ ޖެހުނީ ފުޅި ބަންދުކުރަން ހުންނަ މެޝިންތަކުގައި ތެރެއިން މެޝިނެއްގަ އެވެ. އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މި ކާރުހާނާގައި ހުރި މެޝިނަކަށް މައްސަލަ ޖެހި ފުޅީގައި ފެން ބަންދުކުރުން ހުއްޓިފައިވަނީ އިއްޔެ އެވެ. މެޝިނުގައި މައްސަލަ ޖެހި ފެން ބަންދުކުރުމަށް މަޑުޖެހުމުން އެކަން ވަނީ އެތަނު...

Thiladhun
ކުޅުދުއްފުށީގެ މަސްވެރިން އިއްޔެ ބޭނި މަސް ނުކިރިފައި! 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގެ މަސްވެރިން އިއްޔެ ބޭނި މަސް ނުކިރިފައި!

ހދ. ކުޅުދުއްފުށީގެ މަސްވެރިން އިއްޔެ ބޭނި މަސް ހުރީ ނުކިރިފައިކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް ވިދާޅުވެެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާސިރު ވިދާޅުވީ ކުޅުދުއްފުށީގެ މަސްވެރިން އިއްޔެ ބޭނި މަސްވެސް ނުކިރޭ ކަމަށާއި އެކަމާ ގުޅޭގޮތުން މިފްކޯއަށްވެސް ވާހަކަ ދެކެވިފައިވާ ކަމަށެވެ. “އަޅުގަނޑު މިފްކޯއާވެސް ވާހަކަ ދައްކާލިން އެކަމަކުވެސް މި ދިމާވާ މައްސަލަ އަކީ މިފްކޯގައި މި ވަގުތު އޮތީ މަސް ކިރޭ އެންމެ ބޯއްޓެއް” […]

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށީ ދެ ގެއަކުން ރިހާކުރު ފުޅިއަކާއި ތެލުލި ބަނބުކެޔޮ ދަޅެއް ވަގަށްނަގައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ދެ ގެއަކުން ރިހާކުރު ފުޅިއަކާއި ތެލުލި ބަނބުކެޔޮ ދަޅެއް ވަގަށްނަގައިފި

ހދ. ކުޅުދުއްފުށީ ދެކުނު އަވަށުގައި ހުންނަ ދެ ގެއަކަށް ވަގު ވަދެ ރިހާކުރު ފުޅި އަކާއި ތެލުލި ބަނބުކެޔޮ ދަޅެއް ވަގަށް ނަގައިފި އެވެ. ކުޅުދުއްފުށީ އޮންލައިން އިން ރިޕޯޓްކުރާ ގޮތުގައި ދެ ގެޔަކަށް ވަގު ވަދެފައިވަނީ މި މަހުގެ އަށާރަ ވަނަ ދުވަހު ރޭގަނޑުގެ ވަގުތެއްގައި ކަމަށާއި އަދި އެ ދެގެއިންވެސް ވައްކަންކޮށްފައިވަނީ ބަދިގެއިން ކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެތަނުން އެއް ގެއަކުން ރިހާކުރު ފުޅިއެއްގެ އިތުރުން ކަރަންޓް ޖަގަކާއި ކޮފީ މިކްސްޗަރެއް ވަގަށް […]

އަބްދުﷲ ޝަފީޢު
ކުޅުދުއްފުށީ އެއާޕޯޓުން ތިލަދުންމައްޗަށް ހިނިތުންވުން! 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ އެއާޕޯޓުން ތިލަދުންމައްޗަށް ހިނިތުންވުން!

ކުޅުދުއްފުށީ އެއާޕޯޓަށްކައި ކުޅީގެ ބޮޑު ބައެއް ގުރުބާން ކުރަން ޖެހުން އެއީ ދެރައެކެވެ. އެކަމަކު، އެއަށްވުރެ ރައްޔިތުން އުފާވަނީ އެ ތަނަށް ފްލައިޓް ޖައްސާތަން ފެނުމުންނެވެ.

ނ. ހަސަން
📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ފަޅު ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

ކުޅުދުއްފުށީ ފަޅު ގެއެއްގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާންގަނޑު ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ނިއްވާލައިފިއެވެ. އެމްއެންޑީއެފް އިން ބުނީ ކުޅުދުއްފުށީ “ހަވިރީނައިޓް” ނަމަކަށް ކިޔާ ފަޅު ގެއެއްގައި ހުރި ކުނިތަކެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ނޯތް އެރިއާގެ ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެފައިވާކަމަށެވެ. އަދި މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ ފަތިހު 5:12 ގައި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އެމްއެނ...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށީ ކޯޕަރޭޓިވް ސޮސައިޓީ އިން ހިންގަން އުޅުނީ ބޮޑު ޖަރީމާއެއް: އާތިފް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ކޯޕަރޭޓިވް ސޮސައިޓީ އިން ހިންގަން އުޅުނީ ބޮޑު ޖަރީމާއެއް: އާތިފް

ހދ.ކުޅުދުއްފުށީގައި ހިންގަމުން އަންނަ ކުޅުދުއްފުށީ ކޯޕަރޭޓިވް ސޮސައިޓީ އިން ހިންގަން އުޅުނީ ބޮޑު ޖަރީމާއެއް ކަމަށާއި އެތައް ބަޔަކަށް ބޮޑު ގެއްލުމެއް ނުލިބި ސަލާމަތްވީތީ ޙަމްދު ކުރާ ކަމަށް ކުޅުދުއްފުށީ ހދ އަތޮޅު ކައުންސިލް މެންބަރު އަޙްމަދު އާތިފް ވިދާޅުވެއްޖެއެވެ. އާތިފް މިހެން ވިދާޅުވެފައިވަނީ، ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ. މި ޕޯސްޓްގައި ކުޅުދުއްފުށީ ކޯޕަރޭޓިވް ސޮސައިޓީ އިން ހިންގަން އުޅެނީ ކޮން ޖަރީމާއެއްކަން އާތިފް ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް “ތިލަދުން” އަށް އެނގިފައިވާ ގޮތުގައި އާތ...

Thiladhun
ރެޑް ކްރެސެންޓްގެ މަސައްކަތަކީ ކުޅުދުއްފުއްޓަށް މުހިންމު މަސައްކަތްތަކެއް: ކައުންސިލް 📍 ހދ. ކުޅުދުއްފުށި

ރެޑް ކްރެސެންޓްގެ މަސައްކަތަކީ ކުޅުދުއްފުއްޓަށް މުހިންމު މަސައްކަތްތަކެއް: ކައުންސިލް

ހދ ކުޅުދުއްފުށީގައި ހިންގަމުން އަންނަ ދިވެހި ރެޑް ކްރެސެންޓްގެ ބްރާޗަކީ ކުޅުދުއްފުށީގެ ތަަރައްޤީގައި މުހިންމު ރޯލެއް އަދާ ކުރަމުން  އަންނަ ބައެއް ކަމަށާއި އެމީހުންގެ މަސައްކަތަކީ މުހިންމު މަސައްކަތެއް ކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުﷲ ލަތީފް ވިދާޅުވެއްޖެއެވެ. ދިވެހި ރެޑް ކްރެސެންޓަށް 10 އަހަރު ފުރުމާއި ގުޅިގެން އެމީހުންގެ މަސައްކަތް އަގު ވަޒަން ކުރުމުގެ ގޮތުން ނެރުއްވި ވީޑިއޯ ބަޔާނެއްގައި ކައުންސިލްގެ ރައީސް ވިދާޅުވީ،  ކުޅުދުއްފުށީގައި ހުޅުވިފައި ހުންނަ ދިވެހި ރެޑް ކްރަސެންޓަކީ ވަރ...

Thiladhun
ޢީދު ފާހަގަކުރަން ބިލީފް އިން ބިދޭސީންނަށް ކްރިކެޓް މެޗެއް! 📍 ހދ. ކުޅުދުއްފުށި

ޢީދު ފާހަގަކުރަން ބިލީފް އިން ބިދޭސީންނަށް ކްރިކެޓް މެޗެއް!

ހދ. ކުޅުދުއްފުށީގައި ތިމާވެށި ރައްކާތެރިކުރުމަށް ވަކާލާތުކޮށް ޒުވާނުން ކުރިއަރުވައި، ބިލީފް ޖަމިއްޔާއިން އިސްނަގައިގެން ރަށަށް ހިޖުރަކޮށްގެން މަސައްކަތްކުރާ ބިދޭސީންނަށް ހާއްސަ ކްރިކެޓް މެޗެއް ބާއްވައިފި އެވެ.

އަބްދުﷲ ޝަފީޢު
ކުޅުދުއްފުށީ މަށިމާލި ޕެރޭޑަށް ޝިދާތާގެ ނުރުހުން 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ މަށިމާލި ޕެރޭޑަށް ޝިދާތާގެ ނުރުހުން

އެއްވެސް މީހަކަށް އެއްވެސް ޒާތަކަށް ބުލީކުރެވިގެން ނުވާނެކަމަށްް ވިދާޅުވެ ކުޅުދުއްފުށީ މާލި ޕެރޭޑަށް ރައްދުވާ ގޮތަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ފާޑު ވިދާޅުވެއްޖެ އެވެ. ކުޅުދުއްފުށީގެ މަށި މާލެ ޕެރޭޑްގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވާން ފެށުމާ އެކުހެން ޝިދާތާ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއްވެސް ޒާތެއްގެ އެއްވެސް ކަހަލަ ބުލީކުރުމެއް ބަލައި ނުގަނެވޭ ކަމަށާއި އެކަމާ ދެކޮޅަށް އަޑުއުފުލަން ޖެހޭ ކަމަށެވެ. “(އޭގެ ތެރޭގައި) އަޅުގަނޑާ އަދި ތިބާއަށް ކުރެވޭ (ބުލީވެސް) ހިމެނޭ،”ޝިދާތާ […]

އިބްރާހިމް އަސްވާޤް
📍 ހދ. ކުޅުދުއްފުށި

އަމިއްލަ ފަރާތަކުން ކުޅުދުއްފުށީގައި އާސާރެއް ހުޅުވައިފި

“ރަށްވެހި އާސާރު” ގެ ނަމުގައި ކުޅުދުއްފުށީގައި އާސާރީ ތަކެތީގެ އާސާރެއް ހުޅުވައިފިއެވެ. އަމިއްލަ ފާރާތެއްކަމަށްވާ ކުޅުދުއްފުށީ ކޮކާހަނދުވަރު، އާރިފް ޢަލީ އޭނާގެ ގޭގައި ތަރައްޤީކުރި މިއާސާރު ހުޅުއްވައިދެއްވީ ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރ ޖަމްޝީދު މުޙައްމަދާއި ، ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރ ޔާސިރު ޢަބްދުއްލަތީފެވެ. މިއަދު ހެނދުނު ކުޅުދުއްފުށީ ކޮކާހަނދުވަރުގޭގައި ހުޅުވި މިއާސާރުގައި ކުޅުދުއްފުށީގައި ބޭނުން ކޮށްފައިވާ ތަފާތު އާާސާރީތަކެތި ހު...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށީ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށައިފި

ކުޅުދުއްފުށީ އެއާޕޯޓްގެ ޓާމިނަލްގެ މަސައްކަތް ނިންމާ އޮޕަރޭޝަނަށް ގެނެސް އެ އެއާޕޯޓަށް މިއަދު ޝެޑިއުލް ދަތުރުތައް ފަށައިފި އެވެ. ކުޅުދުއްފުށީ އެއާޕޯޓަށް މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފެށީ މިއަދު ހެނދުނު އެވެ. ކުޅުދުއްފުށީ އެއާޕޯޓްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޝެޑިއުލް ދަތުރުތައް ފައްޓަވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހެއިރެވެ. ކުޅުދުއްފުށީ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފެށުމަށްފަހު މިއަދު އެ އެއާޕޯޓްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރި...

އަބްދުﷲ ޝަފީޢު