ހދ. ކުޅުދުއްފުށީގައި ތިމާވެށި ރައްކާތެރިކުރުމަށް ވަކާލާތުކޮށް ޒުވާނުން ކުރިއަރުވައި، ބިލީފް ޖަމިއްޔާއިން އިސްނަގައިގެން ރަށަށް ހިޖުރަކޮށްގެން މަސައްކަތްކުރާ ބިދޭސީންނަށް ހާއްސަ ކްރިކެޓް މެޗެއް ބާއްވައިފި އެވެ.

މި ކްރިކެޓް މެޗް ހުކުރު ދުވަހު ހެނދުނު ރަށުގެ ސްޓޭޑިއަމްގައި ކުރިއަށް ދިޔައިރު ބިލީފްގެ ވޮލެންޓިއަރުންނާއި ބިދޭސީ މަސައްކަތްތެރިން ވަަރަށް ފޯރީގައި ކްރިކެޓް ކުޅިފައިވެ އެވެ.

Ad
rt

ކްރިކެޓް މެޗް ބިލީފްއިން ބޭއްވި ސަބަބަކީ ރަށުގައި ދިރިއުޅޭ ބިދޭސީންނަށް ވެސް ބޮޑު އީދުގެ އުފާ ހޯދައިދިނުމުގެ މަގުސަދުގަ އެވެ. އީދަކީ ހުރިހާ މުސްލިމުންނަށް ވެސް އަންނަ މުނާސަބަތެއް ނަމަވެސް ބިދޭސީ މަސައްކަތްތެރިންނަށް ގިނަ ފަހަރަށް އެ އުފަލެއް އިހުސާސެއް ނުކުރެވެ އެވެ.

ބިދޭސީ މަސައްކަތެރިންނާއި ބިލީފްގެ ޓީމް ކުޅުނު ކްރިކެޓް މެޗްގެ ތެރެއިން -- ފޮޓޯ: އަވަސް

ގިނަ އިރަށް ދެމިގެންދިޔަ ކްރިކެޓް މެޗްގައި ބިދޭސީން ވަނީ ބިލީފްގެ ޓީމަށް ކްރިކެޓް ވަރަށް ރަނގަޅަށް ދަސްކޮށްދީފަ އެވެ. އަދި ބޮޑު ދަނޑެއްގައި ކުޅެލަން ލިބުނު ފުރަތަމަ ފުރުސަތުގެ ބޭނުން ބިދޭސީން ވެސް ވަރަށް ފުރިހަމައަށް ހިފި އެވެ. އެމީހުން ތިބީ ވަރަށް އުފަލުންނެވެ.

އީދު ފެށުމާއެކު ބިލީފްއިން ފެށި "ވީކޭންއިނިޝިއޭޓް" ކެމްޕެއިންގެ ދަށުން އެންމެ ފުރަތަމަ ވެސް ރަށުގައި އުޅޭ ބިދޭސީންނަށް އީދު ހަދިޔާ ބެހި އެވެ.