މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ކުޅުދުއްފުށި (1,422 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,422 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކުޅުދުއްފުށިގެ އެންމެ ފަހުގެ ޚަބަރުތައް

1422 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށީ އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭން ނިންމައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭން ނިންމައިފި

ކުޅުދުއްފުށީ ސިޓީގައި ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް އެ ރަށު ކޯވިޑް ޓާސްކް ފޯސްއިން ނިންމައިފިއެވެ. ކޯވިޑް ކޭސްތައް އިތުރު ވުމާއި ގުޅިގެން އެޗްޕީއޭއިން ކުޅުދުއްފުށި މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ 22 ޖަނަވަރީ 2022 ވަނަ ދުވަހުއެވެ. މިވަގުތު ވެސް އެ ރަށް މޮނީޓަރިންގައި އޮތްއިރު އިއްޔެ (25 ޖަނަވަރީ 2022) އެކަނި ވެސް އެ ރަށުން މި ބައްޔަށް 49 ފަރާތެއް ވަނީ ޕޮޒިޓިވެ، ޖުމްލަ މި ބަލި ޖެހިފައިވާ […]

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީ ގޮނޑުދޮށުން ވެއްޔާއި އަކިރި ނުނަގަން އިލްތިމާސް ކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ގޮނޑުދޮށުން ވެއްޔާއި އަކިރި ނުނަގަން އިލްތިމާސް ކޮށްފި

ހދ.ކުޅުދުއްފުށި ސިޓީގެ ގޮނޑުދޮށުން ވެއްޔާއި އަކިރި ނުނެގުމަށް އެ ސިޓީ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. ކުޅުދުއްފުށީގެ ގޮނޑުދޮށުން ވެއްޔާއި އަކިރި ނެގުމުގެ މައްސަލައާއި ގުޅިގެން 24 ޖަނަވަރީ 2022 ވީ ހޯމަ ދުވަހު އެ ރަށު ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ މިހާރަކަށް އައިސް ގިނަ ފަރާތްތަކުން އެ ރަށުގެ ގޮނޑުދޮށުން ވެއްޔާއި އަކިރި ނަގާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. ގޮނޑުދޮށުން ވެއްޔާއި އަކިރި ނެގުމަކީ ރަށްގިރުމަށް މެދުވެރިވެ ރަށަށް މިކަމުގެ ނޭދެވޭ އަސަރު ކުރާނެ […]

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީ ކޮރަލް ފުޓްބޯޅަ ދަނޑުގައި ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ކޮރަލް ފުޓްބޯޅަ ދަނޑުގައި ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ.ކުޅުދުއްފުށީ ސިޓީގެ ކޮރަލް ފުޓްބޯޅަ ދަނޑުގައި ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ސިޓީ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން 26 ޖަނަވަރީ 2022 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެ ކައުންސިލަށް ވަޑައިގެން ނުވަތަ އެ އިދާރާގެ ނަމްބަރަށް (6527177) ގުޅުއްވައިގެން ނުވަތަ https://forms.office.com/r/fty81aAbu9 މި ފޯމް މެދުވެރިކޮށް ރަޖިސްޓަރީ ވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ. މި ބީލަމާއި ގުޅޭގޮތުން މަޢުލޫމާތު […]

އިބްރާހިމް ޚަލީލް
ޖަލާލުއްދީން ސްކޫލުގައި 8 ކުލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ކުޅުދުއްފުށި

ޖަލާލުއްދީން ސްކޫލުގައި 8 ކުލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ.ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގައި އަށް ކުލާސް ރޫމް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން އިޢުލާން ކޮށްފިއެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ މަތިން ޖަލާލުއްދީން ސްކޫލުގައި އަށް ކުލާސް ރޫމް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން ފުރަތަމަ އިޢުލާން ކޮށްފައި ވަނީ 03 ޖަނަވަރީ 2022 ގައެވެ. ނަމަވެސް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ މިނިސްޓްރީން ވަނީ މި މަސައްކަތަށް ކޮށްދިނުމަށް އެދި ބީލަން ހ...

އިބްރާހިމް ޚަލީލް
އިތުރު 27 މީހުން ޕޮޒިޓިވްވެ ކުޅުދުއްފުށީގެ އަދަދު 100 އިން މައްޗަށް 📍 ހދ. ކުޅުދުއްފުށި

އިތުރު 27 މީހުން ޕޮޒިޓިވްވެ ކުޅުދުއްފުށީގެ އަދަދު 100 އިން މައްޗަށް

އިތުރު 27 މީހުން މިއަދު ކޮވިޑް19 އަށް ޕޮޒިޓިވްވެ ކުޅުދުއްފުށި ސިޓީ ގެ އެކްޓިވް ކޭސްގެ އަދަދު 102 އަށް އަރައިފި އެވެ. މިފަހުން އެސިޓީއިން ޕޮޒިޓިވް ކޭސްތައް ފެންނަން ފަށާފައިވަނީ މިދިއަ ޑިސެމްބަރ މަހުގެ 20 ވަނަ ދުވަހުއެވެ. އަދަދުތައް 100 މައްޗަށް އަރާފައިވާ އިރުވެސް މިފަހަރު އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައެއް ނުވެއެވެ. ކުޅުދުއްފުށި ސިޓީގައި ކޮވިޑް ކޭސްތައް އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ރީޖަނަލް ހޮސްޕިޓަލުންވަނީ އިލްތިމާސްކޮށްފަ އެވެ. ކުޅުދުއްފުށި ސިޓީ...

ޝިއުނާ އާދަމް
އުރީދޫ ކޮރަލް ކަޕްގެ ޗެމްޕިއަންކަން މީޓިއޯސްއަށް 📍 ހދ. ކުޅުދުއްފުށި

އުރީދޫ ކޮރަލް ކަޕްގެ ޗެމްޕިއަންކަން މީޓިއޯސްއަށް

ހދ.ކުޅުދުއްފުށީ ކުލަބް ކޮރަލްސްގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “އުރީދޫ ކޮރަލް ކަޕް 2021” ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން މީޓިއޯސް ޓީމުން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅެފައި ވަނީ 05 ޖަނަވަރީ 2022 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށީ ސްޕޯޓްސް އެރީނާ ފުޓްސަލް ދަނޑުގައެވެ. މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ޓީމް ރެޑިޝްއާއި ޓީމް މީޓިއޯސްއެވެ. ފައިނަލް މެޗު 3-1 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ […]

އިބްރާހިމް ޚަލީލް
ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމަންޓްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހދ. ކުޅުދުއްފުށި

ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމަންޓްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހދ. ކުޅުދުއްފުށީގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ ޒިގްޒެގް ފޯ ޔޫތު ލިންކޭޖުން އިންތިޒާމް ކޮށްގެން އެ ރަށުގައި ހުރި ސަރުކާރު މުއައްސަސާތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ “ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމަންޓް” ގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ކުޅުދުއްފުށީ ސްޕޯޓްސް އެރީނާގެ ފުޓްސަލް ދަނޑުގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ 09 ޖަނަވަރީ 2022 ގެ...

އިބްރާހިމް ޚަލީލް
ހިރަފުސް ކަޕްގެ ޗެމްޕިއަންކަން ވައިލެޓަށް 📍 ހދ. ކުޅުދުއްފުށި

ހިރަފުސް ކަޕްގެ ޗެމްޕިއަންކަން ވައިލެޓަށް

ހދ.ކުޅުދުއްފުށީ ހިރަފުސް ފުޓްބޯޅަ ޓީމްގެ ފަރާތުން އިންތިޒާމް ކޮށްގެން އެ ރަށުގައި ކުރިއަށް ގެންދިޔަ “ބަދަހި ހިރަފުސް ކަޕް 2021” ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވައިލްޓް ޓީމުން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅެފައި ވަނީ 29 ޑިސެމްބަރ 2021 ވީ ބުދަ ދުވަހު ހަވީރު ކުޅުދުއްފުށީ ހިރަފުސް ފުޓްބޯޅަ ދަނޑުގައެވެ. ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ޓީމް ވައިލެޓާއި ފެމެލީ ބޭކަރީއެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު ދެ ޓީމް އޮތީ […]

އިބްރާހިމް ޚަލީލް
ކުޅުދުއްފުށި ސިޓީގައި ފިނި މައިޒާނެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީގައި ފިނި މައިޒާނެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި

ކުޅުދުއްފުށި ސިޓީގެ ހުޅަނގު ފަރާތު އަތިރިމަތީ ސަރަހައްދުގައި ފިނި މައިޒާންއެއް ތަރައްޤީ ކުރާނެ ފަރާތެއް ހޯދުމަށް އެކައުންސިލުން އިއުލާންކޮށްފިއެވެ. އެކައުންސިލުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެއިދާރާއިންދޭ މައުލޫމާތާއި އެއްގޮތަށް ކުޅުދުއްފުށީ ހުޅަނގު ފަރާތު އަތިރިމަތީ ސަރަހައްދުގައި ފިނި މައިޒާނެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަަމަށާއި މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި ފެށޭ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހުގެ 10:00 ގެ ކުރިން ރަޖިސްޓްރީ ވުމަށް އެދިލައްވާ ކ...

އައިޝަތު ނަސާޔާ
"ބޭސިކްސް އޮފް އެންޓަރޕްރިނިއަރޝިޕް" ނަމުގައި ކުޅުދުއްފުށި ސިޓީގައި ވެބިނާއެއް 📍 ހދ. ކުޅުދުއްފުށި

"ބޭސިކްސް އޮފް އެންޓަރޕްރިނިއަރޝިޕް" ނަމުގައި ކުޅުދުއްފުށި ސިޓީގައި ވެބިނާއެއް

“ބޭސިކްސް އޮފް އެންޓަރޕްރިނިއަރޝިޕް” ނަމުގައި ކުޅުދުއްފުށި ސިޓީގައި ވެބިނާއެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި މި ވެބިނާއަކީ އެކައުންސިލާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓް ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. އެގޮތުން ޒޫމް މެދުވެރިކޮށް އޮންލައިންކޮށް ކުރިއަށް ގެންދެވޭ މި ވެބިނާގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަދި މިނިސްޓްރީ އޮފް އިކޮނޮމިކ...

އައިޝަތު ނަސާޔާ
ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ވިލުންވެރި ފެސްޓު ނިންމާލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ވިލުންވެރި ފެސްޓު ނިންމާލައިފި

މިއަހަރުގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހދ. ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންދިޔަ ވިލުންވެރި ފެސްޓުގެ ލިޔުމާއި ކުރެހުމުގެ މުބާރާތުން ވަނަތަކަށް ދިޔަ ފަރާތްތަކަށް އިނާމު ދެއްވައިފިއެވެ. ރޭގައި ކުރިއަށް ގެންދިޔަ މި އިނާމު ދިނުމުގެ ރަސްމިއްޔާތު ގައި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރގެ އިތުރުން އެންޑީއެމްއޭގެ ޑެޕިއުޓީ ސީ.އީ.އޯ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އާއި އަދި މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ)، ކުޅު...

އައިޝަތު ނަސާޔާ
އަފީފުއްދީން ސްކޫލްގެ 25 ކެޑޭޓަކަށް މަގާމުގެ ކުރިއެރުން ދީފި 📍 ހދ. ކުޅުދުއްފުށި

އަފީފުއްދީން ސްކޫލްގެ 25 ކެޑޭޓަކަށް މަގާމުގެ ކުރިއެރުން ދީފި

ކުޅުދުއްފުށީ ސިޓީގެ ޢަފީފުއްދީން ސްކޫލްގެ 25 ކެޑޭޓަކަށް މަގާމުގެ ކުރިއެރުން ދީފިއެވެ. އަފީފުއްދީން ސްކޫލްގެ ކެޑޭޓް ދަރިވަރުންނަށް މަގާމުގެ ކުރިއެރުން ދިނުމުގެ ރަސްމިއްޔާތު އޮތީ މިމަހުގެ 22 ވަނަ ދުވަހު ހަވީރު 16:00 ގައި އެ ސްކޫލްގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ގައުމީ ދިފާއީ ބާރުގެ ނޯދަން އޭރިއާގެ ޑެޕިއުޓީ ކޮމާންޑަރު ލެފްޓިނެންޓް ކާނަލް މުހައްމަދު ނާޒިމް އެވެ. މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާނަށް އަފީފުއްދީން ސްކޫލްގެ ފަރާތުން ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ. އެ ސްކޫލްގެ […]

ޝިއުނާ އާދަމް
ކުނިކޮށީގައި އަލިފާން ރޯކުރުމަކީ މަނާކަމެއް: ކުޅުދުއްފުށީ ސިޓީ ކައުންސިލް 📍 ހދ. ކުޅުދުއްފުށި

ކުނިކޮށީގައި އަލިފާން ރޯކުރުމަކީ މަނާކަމެއް: ކުޅުދުއްފުށީ ސިޓީ ކައުންސިލް

ހދ. ކުޅުދުއްފުށި ސިޓީގެ ކުނިކޮށީގައި އާއްމު ފަރާތްތަކުން އަލިފާން ރޯ ކުރަމުންދާތީ ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެކަން މަނާކޮށްފިއެވެ. އެކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މި ދުވަސްވަރަކީ އިރުވައި މޫސުންކަމުން މިގޮތަށް އަމަލު ކުރުމުގެ ސަބަބުން ކުނިކޮށިން އަރާ ދުންތައް ރަށުތެރެއަށް ފެތުރި ސަރަހައްދުގެ ގެތަކަށާއި، މުއައްސަސާތަކަށް އަންނަނީ ނުހަނު ދަތި އުނދަގޫތަކާއި ކުރިމަތިވަމުންކަމަށެވެ. ކުނިއުކާލުން ފިޔަވައި އިތުރު އެއްވެސް ބޭނުމަކަށް ކުނިކޮށްޓަށް ނުވަނުމަށް ކައުންސިލުނ...

އައިޝަތު ނަސާޔާ
ކުޅުދުއްފުށީގައި ގާއިމުކުރި ކޮމިއުނިޓީ ޖިމް ހުޅުވައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ގާއިމުކުރި ކޮމިއުނިޓީ ޖިމް ހުޅުވައިފި

ކުޅުދުއްފުށީ ސިޓީގައި ސަރުކާރުން ގާއިމުކުރި ކޮމިއުނިޓީ ޖިމް މިއަދު ހުޅުވައިފިއެވެ. މި ޖިމަކީ މިނިސްޓްރި އޮފް ޔޫތް ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ކުޅުދުއްފުށީ ސިޓީ ކޮމިއުނިޓީ ސެންޓަރުގައި ޤާއިމްކޮށްދީފައިވާ ޖިމެކެވެ. މި ޖިމް ހުޅުވައިދެއްވައި، މިކަމާގުޅިގެން ބޭއްވުނު ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައި ވަނީ ކުޅުދުއްފުށީ ސިޓީގެ ކުޅިވަރު އަދި އިޖުތިމާއީ ޚިދުމަތްތެރިއެއްކަމަށް އަބޫބަކުރު ހުސެން (ޕެލޭ) އެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރަފްވެރި މެހެމާނު ޕެލޭ ވަނ...

ޔުމްނާ ޢަލީ
އުރީދޫ އިން ކުޅުދުއްފުށި ސިޓީން ޔޫރަޕާއި ސިންގަޕޫރު ގުޅުވާލަދޭ ސަބްމެރިން ކޭބަލެއް އަޅަނީ 📍 ހދ. ކުޅުދުއްފުށި

އުރީދޫ އިން ކުޅުދުއްފުށި ސިޓީން ޔޫރަޕާއި ސިންގަޕޫރު ގުޅުވާލަދޭ ސަބްމެރިން ކޭބަލެއް އަޅަނީ

އުރީދޫ މޯލްޑިވްސް އިން ކުޅުދުއްފުށި ސިޓީން ސިންގަޕޫރާއި ޔޫރަޕު ގުޅުވާލުމަށް ޕީސް ސަބްމެރިން ކޭބަލެއް އަޅަން އިންވެސްޓްކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ޕީސް ކޭބަލަކީ ކަސްޓަމަރުންނަށް މެދުކެނޑުމެއް ނެތި ފެންވަރު ރަނގަޅު ހިދުމަތް ފޯރުކޮށްދިނުމަށް، ބައިނަލްއަޤްވާމީ ޑޭޓާ ފޯރުކޮށްދިނުމުގެ ގާބިލްކަން އިތުރުކޮށް ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ އިތުރަށް ވަރުގަދަ ކޮށްދޭ ސަބްމެރިން ކޭބަލް ސިސްޓަމެކެވެ. މި ކޭބަލްގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ އިތުރަށް ހަރުދަނާވެ، ކުރިއަރަމުން އ...

އަޙްމަދު ވަހީދު