މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ކުޅުދުއްފުށި (1,422 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,422 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ކުޅުދުއްފުށިގެ އެންމެ ފަހުގެ ޚަބަރުތައް

1422 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށީގައި މާދަމާ ރޭ ފައިލޭރިއާ އާއި ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި މާދަމާ ރޭ ފައިލޭރިއާ އާއި ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް

ކުޅުދުއްފުށީ ސިޓީގައި މާދަމާ ރޭ ފައިލޭރިއާ ބައްޔާއި ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވަން ނިންމައިފިއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) އިން ބުނީ، ފައިލޭރިއާ ބައްޔާއި ބެހޭގޮތުން އާންމުންނަށް މަޢުލޫމާތު ހިއްސާކުރުމުގެ ސެޝަނެއް އަންގާރަ ދުވަހު (19 ޑިސެމްބަރު)ގެ ރޭ އޮންނާނެ ކަމަށެވެ. އަދި އެ ސެޝަނަށް އެރަށުގެ ރައްޔިތުންނަށް އެ ހޮސްޕިޓަލުން ވަނީ ދައުވަތުދީފައެވެ. މި ސެޝަން ކުރިއަށް ގެންދަން ނިންމާފައި ވަނީ މާދަމާރޭ 20:30ގައި ކުޅުދުއްފުށީގައި ހުންނަ ހދ. އަތޮޅު ތައުލީމީ މަރު...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި އިތުރު 2 ބިދޭސީއަކު ފައިލޭރިއާ އަށް ޕޮޒިޓިވްވެއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި އިތުރު 2 ބިދޭސީއަކު ފައިލޭރިއާ އަށް ޕޮޒިޓިވްވެއްޖެ

ކުޅުދުއްފުށީ ސިޓީގައި ކުރިއަށް ގެންދިޔަ ބިދޭސީ މަސައްކަތްތެރިން ސްކްރީން ކުރުމުގެ ޕްރޮގްރާމެއްގެ ތެރެއިން ސްކްރީން ކުރި އިތުރު 2 މީހަކު ފައިލޭރިޔާ ބައްޔަށް ޕޮޒިޓިވްވެއްޖެއެވެ. ދުނިޔޭގެ އޭޑްސް ދުވަހާއި ގުޅުވައިގެން ޑިސެމްބަރު 1 އިން 2 އަށް ކުރިއަށް ގެންދިޔަ ބިދޭސީން ސްކްރީން ޕްރޮގްރާމްގެ 17 ބިދޭސީއަކު އެރަށުން ވަނީ ފައިލޭރިއާ އަށް ޕޮޒިޓިވްވެފައެވެ. އެހެންވެ އިތުރު ބިދޭސީން ސްކްރީން ކުރުމުގެ މަސައްކަތް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) އިން އަންނަނީ ކުރަމުންނެވެ. ކޭއާރުއެޗުގެ މީޑިއާ އޮ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި 17 ބިދޭސީއަކު ފައިލޭރިއާ އަށް ޕޮޒިޓިވްވެއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި 17 ބިދޭސީއަކު ފައިލޭރިއާ އަށް ޕޮޒިޓިވްވެއްޖެ

ކުޅުދުއްފުށީ ސިޓީގައި ކުރިއަށް ގެންދިޔަ ބިދޭސީ މަސައްކަތްތެރިން ސްކްރީން ކުރުމުގެ ޕްރޮގްރާމެއްގެ ތެރެއިން ސްކްރީން ކުރި 17 މީހަކު ފައިލޭރިޔާ ބައްޔަށް ޕޮޒިޓިވްވެއްޖެއެވެ. ޑިސެމްބަރު 1 އިން 2 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ދުނިޔޭގެ އޭޑްސް ދުވަހާއި ގުޅުވައިގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ސްކްރީން ކުރި 17 ބިދޭސީއެއް ފައިލޭރިއާ އަށް ޕޮޒިޓިވްވެފައިވާކަން ހާމަކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ އެ ބިދޭސީންނަކީ މިހާރު ވެސ...

ޔުމްނާ ޢަލީ
މަގުލަސްއާއި ކޮރަލްސް މެޗުން އަތޮޅު ލީގް ބަށި މުބާރާތް ހުކުރު ދުވަހު ފަށަނީ 📍 ހދ. ކުޅުދުއްފުށި

މަގުލަސްއާއި ކޮރަލްސް މެޗުން އަތޮޅު ލީގް ބަށި މުބާރާތް ހުކުރު ދުވަހު ފަށަނީ

ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސަތްކަތްކުރާ ކޮމިޓީ ގުޅިގެން ބާއްވާ “ކުޅުދުއްފުށި ބަށިބޯޅަ މުބާރާތް / ހދ. އަތޮޅު ލީގް 2023” ގެ ކުޅުން އަންނަ ހުކުރު ދުވަހު ހަވީރު ކުޅުދުއްފުށީގައި ފަށާނެއެވެ. މި މުބާރާތުގައި ފަސް ޓީމަކުން ވާދަކުރެއެވެ. އެ ޓީމްތަކަކީ ޓީމް ކޮރަލްސް، ދެތަނޑިމާ، ޓީމް މަގުލަސް، ނެއްލައިދޫ ބަށި ޓީމްގެ އިތުރުން ޓީމް ޒިގްޒެގެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހު ހަވީރު ވާދަކުރާނީ […]

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީ ބަހާދަރު ބޯޓު ފަރަށް އަރައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ބަހާދަރު ބޯޓު ފަރަށް އަރައިފި

ކުޅުދުއްފުށީ ސިޓީގެ ބަހާދަރު ބޯޓު ރޭ ނ. ދެކަނަންފަރު ކައިރިން ފަރަށް އަރައިފިއެވެ. އެމްއެންޑީއެފުން ބުނީ މި ބޯޓު ފަރަށް އެރީ މާލެއިން ފުރައިގެން ހދ. ކުޅުދުއްފުށީ ސިޓީ އަށް ދަތުރުކުރަމުން ދަނިކޮށް ކަމަށެވެ. ފަރަށް އެރިއިރު ބޯޓުގައި 10 ފަޅުވެރިންނާއި، ހަ އަންހެނުންނާއި، ހަ ކުޑަކުދިން ހިމެނޭހެން ޖުމްލަ 58 މީހުންނާ އެކު ދަތުރުކުރަމުންދިޔަ އެވެ. ބަހާދަރު ބޯޓު، ނ. ދެކަނަންފަރު ކައިރިން ފަރަށް އަރައިގެން އުޅޭ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް […]

ޔުމްނާ ޢަލީ
ބޮޑުތިލަދުންމައްޗަށް ޓޫރިޒަމްގެ ނަފާ މިހާރުން މިހާރަށް ހޯދުމަށް، މޭޔަރު އާތިފްގެ ތަފާތު ހިޔާލެއް 📍 ހދ. ކުޅުދުއްފުށި

ބޮޑުތިލަދުންމައްޗަށް ޓޫރިޒަމްގެ ނަފާ މިހާރުން މިހާރަށް ހޯދުމަށް، މޭޔަރު އާތިފްގެ ތަފާތު ހިޔާލެއް

ފަތުރުވެރިކަމުގެ ސިނާއަތުން ބޮޑުތިލަދުންމައްޗަށް އެކަށީގެންވާ ނަފާ ހޯދުމަށް މިހާރުން މިހާރަށް ގެނެވިދާނެ މުހިންމު ބަދަލެއް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ހިއްސާ ކުރައްވައިފިއެވެ. އާތިފް ވިދާޅުވީ ރާއްޖެއަށް އަންނަ ސުޕަރޔޮޓްތަކަށް ދޫކުރާ ހުއްދައިގެ ތެރެއިން ވަކި އަދަދެއްގެ ކޯޓާ ރާއްޖޭގެ އުތުރުގެ ސަރަހައްދުތަކަށް ހާއްސަކޮށްގެން ދޫކުރެވޭނެ އިންތިޒާމް ހަމަޖެއްސިދާނެ ކަމަށާއި، މިއީ ވަގުތުން ވަގުތައް ވެސް ގެނެވިދާނެ ބަދަލެއް ކަމަށެވެ. މިވަގުތުވެސް ރާއްޖޭގައި 100 އަށްވުރެ ގިނަ ބޭރުގެ ސުޕަރ...

އިބްރާހިމް ޚަލީލް
ހިމަބިހި ވެކްސިން ދިނުމުގެ ޤައުމީ ކެމްޕޭން ކުޅުދުއްފުށީގައި ލޯންޗްކޮށްފި 📍 ހދ. ކުޅުދުއްފުށި

ހިމަބިހި ވެކްސިން ދިނުމުގެ ޤައުމީ ކެމްޕޭން ކުޅުދުއްފުށީގައި ލޯންޗްކޮށްފި

ހިމަބިހި (މީސްލްސް) ވެކްސިން ދިނުމުގެ ޤައުމީ ކެމްޕެއިނެއް ކުޅުދުއްފުށީ ސިޓީގައި މިއަދު ލޯންޗްކޮށްފިއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނިގޮތުގައި މިއީ ހިމަބިހި (މީސްލްސް) އަދި ރުބެއްލާއިން ރައްކާތެރިކުރުމުގެ ގޮތުން ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ފެށި ހިމަބިޖި ވެކްސިން ދިނުމުގެ ޤައުމީ ކެމްޕޭނެކެވެ. މިކަމަށް ކުޅުދުއްފުށީ ސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ކެމްޕޭން ލޯންޗްކޮށްދެއްވީ ޞިއްޙީ ވުޒާރާގެ ސްޓޭޓް ވަޒީރު، އަޙްމަދު ޤާސިމްއެވެ. ދިވެހިރާއްޖޭގައި އެމްއާރު ވ...

ޔުމްނާ ޢަލީ
މެޖިސްޓްރޭޓް އަލީ އާދަމަށް ކޮމެޓީއަށް ހާޒިރުވާން ފަހު ފުރުސަތު ދީފި 📍 ހދ. ކުޅުދުއްފުށި

މެޖިސްޓްރޭޓް އަލީ އާދަމަށް ކޮމެޓީއަށް ހާޒިރުވާން ފަހު ފުރުސަތު ދީފި

ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅައި، މެސެޖްކުރި ކަމަށް ތުހުމަތުކުރެވޭ، ހދ. ކުޅުދުއްފުށީ ކޯޓުގެ މެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރުމާ ގުޅޭ މައްސަލައިގައި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ޖަވާބުދާރީވާން ހާޒިރު ވުމަށް ފަހު ފުރުސަތު ދީ ފިއެވެ. އަލީ އާދަމާއި ގުޅިގެން ޖޭއެސްސީން ބެލި އެހެން މައްސަލައެއްގައި އޭނާ ހުންނެވި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މަގާމުން މެޖިސްޓްރޭޓް މަގާމަށް 19 ނޮވެންބަރު 2023 ވަނަ ދުވަހު ވަނީ މަގާމު ދަށްކޮށްފައެވެ. ވަރިވާން ކޯޓަށް ދިޔަ […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ކަނބަލުންގެ ނެޓްބޯލް ޗެލެންޖްގެ ޗެމްޕިއަންކަން ފައިވް އަށް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ކަނބަލުންގެ ނެޓްބޯލް ޗެލެންޖްގެ ޗެމްޕިއަންކަން ފައިވް އަށް

ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް ބޭއްވި “ކަނބަލުންގެ ނެޓްބޯލް ޗެލެންޖް 2023” ގެ ޗެމްޕިއަންކަން ފައިވް އިން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު މި މަހު 25 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށީ ސިޓީ ސްޓޭޑިއަމްގައި ކުޅުނުއިރު، ފައިނަލް މެޗުގައި ބައްދަލުކުރީ ފައިވް އާއި ކޭވައިއާރުސީ އެވެ. މި މެޗު 30 ޕޮއިންޓް 25 ޕޮއިންޓުން ކާމިޔާބުކުރީ ފައިވް އެވެ. ފައިނަލް މެޗުގެ […]

އިބްރާހިމް ޚަލީލް
ގުޑުގުޑާ ދޫނިތަކަށް ގޯނާވާފަދަ ކަމެއް ނުކުރުމަށް އެދި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިލްތިމާސެއް 📍 ހދ. ކުޅުދުއްފުށި

ގުޑުގުޑާ ދޫނިތަކަށް ގޯނާވާފަދަ ކަމެއް ނުކުރުމަށް އެދި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިލްތިމާސެއް

ކުޅުދުއްފުށީ ސިޓީގެ ކުޅިއަށް ހިޖުރަކުރާ ގުޑުގުޑާ ދޫނިތަކަށް ގޯނާވާފަދަ ކަމެއް ނުކުރަން ކުޅުދުއްފުށި ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ. މި ދުވަސްވަރު އެރަށު ކުޅިއަށް ދަނީ ގުޑުގުޑާ ދޫނިތައް ހިޖުރަ ކުރަމުންނެވެ. އެ ދޫނިތަކާއެކު ކުޅުދުއްފުށި ސިޓީގެ ކުޅި ސަރަހައްދަށް ވަނީ އިތުރު ހިތްގައިމުކަމެއް ގެނުވާފައެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން މިއަދު ވިދާޅުވީ، ކުޅުދުއްފުށި ކުޅިއަށް ދޭތެރެ ދޭތެރެއިން ޒިޔާރަތްކުރާ ގުޑުގުޑާ ދޫނިތައް އަންނަނީ ރަށަށް އުފާވެރިކަމާއި އިތުރު ދިރުމެއް ގެނެސް ދެމުން ކަމަށެވެ....

ޔުމްނާ ޢަލީ
އައު ސަރުކާރުން ރައްޔިތުންގެ މަންފާއަށްކުރާ ކޮންމެ ކަމަކަށް ފުރިހަމަ އެއްބާރުލުން ލިބޭނެ: މޭޔަރު އާތިފް 📍 ހދ. ކުޅުދުއްފުށި

އައު ސަރުކާރުން ރައްޔިތުންގެ މަންފާއަށްކުރާ ކޮންމެ ކަމަކަށް ފުރިހަމަ އެއްބާރުލުން ލިބޭނެ: މޭޔަރު އާތިފް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ކުޅުދުއްފުށީގެ ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރާ ކޮންމެ މަސައްކަތެއްގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. ރައީސް ޑރ.މުއިއްޒަށާއި ނައިބް ރައީސް ހުސައިން މުހައްމަދަށް މަރުހަބާ ދަންނަވައި މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އާތިފް ވިދާޅުވީ އުންމީދަކީ ޑރ.މުއިއްޒުގެ ޒައާމަތުގައި ދިވެހިރާއްޖެއަށާއި ކުޅުދުއްފުއްޓަށް ތަރައްގީއާއި ތަމައްދުން ގެނުވާނެ ދައުރަކަށް ވ...

އިބްރާހިމް ޚަލީލް
ހަފުތާ 14: ކުޅުދުއްފުށީ އެއާޕޯޓު ޓާމިނަލްގެ ޚިދުމަތްތައް ފުޅާކުރުމަށް މަސައްކަތްފަށައި، ބޮޑެތި ރަށްތަކުގެ މަގު ހަދަން ފެށުން 📍 ހދ. ކުޅުދުއްފުށި

ހަފުތާ 14: ކުޅުދުއްފުށީ އެއާޕޯޓު ޓާމިނަލްގެ ޚިދުމަތްތައް ފުޅާކުރުމަށް މަސައްކަތްފަށައި، ބޮޑެތި ރަށްތަކުގެ މަގު ހަދަން ފެށުން

ހދ. ކުޅުދުއްފުށީ ސިޓީ އެއާޕޯޓު ފަސިންޖަރުންގެ ޓާމިނަލްގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތްތައްފަށައި، މީހުން އުޅޭ ބޮޑެތި ރަށްތަކުގެ މަގު ހަދަން ފެށުންފަދަ ގިނަ އުމުރާނީ މަސައްކަތްތަކެއް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ޕްލޭންގައި ހިމަނައިފިއެވެ. ރޭ މާލޭގެ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އާންމު ކުރެއްވި މި ޕްލޭންގައި މި މަސައްކަތް ފަށަން ހިމަނާފައި ވަނީ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައެވެ. މި ޕްލޭންގެ ގެދޮރުވެރިކަމާއި އުމުރާނީ ތ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ޢަބުދުﷲ ގެއްލުނުތާ 12 ދުވަސް، އަދިވެސް ނުފެނޭ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ޢަބުދުﷲ ގެއްލުނުތާ 12 ދުވަސް، އަދިވެސް ނުފެނޭ

ގެއްލިގެން ހޯދަމުން ދާ ހދ. ކުޅުދުއްފުށި ސިޓީ / ލަންދޫގެ، އަބްދުﷲ އިބްރާހިމް، އަދި ވެސް ނުފެންނަ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. އުމުރުން 39 އަހަރުގެ އަބުދުﷲ އިބްރާހިމް އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ފުލުހުންނަ ރިޕޯޓުކޮށްފައި ވަނީ މި ނޮވެމްބަރު 3 ވަނަ ދުވަހު އެވެ. އެދުވަހުން ފެށިގެން ފުލުހުން ގެންދަވަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރައްވަމުންނެވެ. އަދި އެދުވަހު ފުލުހުން ވަނީ އެކަމުގައި އާންމުންގެ އެހީތެރިކަމަށް ވެސް އެދިލައްވާފަ ވެއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ކުޅުދުއްފުށީ ސިޓީގައި ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުޅުދުއްފުށި ސިޓީ ކައުންސިލުން މިއަދު އިއުލާންކޮށްފިއެވެ. މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރީ ބިޑް މީޓިންގ (މައުލޫމާތު ސެޝަން)ގައި ބައިވެރިވާން ހާޒިރުވާން ޖެހެނީ 14‏ ނޮވެމްބަރ‏ 2023 ދުވަހުގެ 11:00 އަށް ކުޅުދުއްފުށީ ސިޓީ ކައުންސިލަށެވެ. އަދި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމަށްޓަކައި 20‏ ނޮވެމްބަރ‏ 2023‏ގެ 11:00ގެ ކުރިން ރަޖިސްޓަރީވާން ޖެހެއެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން ކުޅުދުއްފުށީ...

ޔުމްނާ ޢަލީ
ކުޅުދުއްފުށި ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި

ހދ. ކުޅުދުއްފުށި ސިޓީ އަށް ނިސްބަތްވާ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ގެއްލިގެން ހޯދަނީ އެރަށު ލަންދޫގެ، އަބްދުﷲ އިބްރާހިމް ކަމަށެވެ. އަދި އެއީ އުމުރުން 39 އަހަރުގެ ޒުވާނެއް ކަމަށެވެ. އެ އިދާރާ އިން ވިދާޅުވީ އޭނާ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު ކަމަށް އާއިލާ އިން މައުލޫމާތު ދީފައިވާ ކަމަށެވެ. އިބްރާހިމްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ […]

މުޙައްމަދު އަފްރާޙް