މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ބިލެތްފަހި (80 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
80 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ބިލެތްފަހިގެ އެންމެ ފަހުގެ ޚަބަރުތައް

80 ޚަބަރުގެ ތެރެއިން
ބިލެތްފަހީގައި ކުރިޔަށް ގެންދިޔަ ހޭންޑްބޯލް ތަމްރީނު ކާމިޔާބުކަމާއެކު ނިންމާލައިފި 📍 ށ. ބިލެތްފަހި

ބިލެތްފަހީގައި ކުރިޔަށް ގެންދިޔަ ހޭންޑްބޯލް ތަމްރީނު ކާމިޔާބުކަމާއެކު ނިންމާލައިފި

ށ. ބިލެތްފަހީގައި ކުރިޔަށް ގެންދިޔަ، ހޭންޑްބޯލް ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިއީ ބިލެތްފަހީ ކައުންސިލާއި އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ) ގުޅިގެން އެ ރަށުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމްގައި ޖުމްލަ 42 ފަރާތަކުން ބައިވެރިވެފައިވެއެވެ. ބިލެތްފަހީ ރައީސް ޙުސައިން ފުއާދު “ތިލަދުން”އަށް މައުލޫމާތު ދެއްވި ގޮތުގައި، ހޭންޑްބޯލް ކޯޗެއްގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މި ޕްރޮގ...

ފާތިމަތު ސަޙާ
ބިލެތްފަހީ ސްކޫލް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތަށް ކައުންސިލްގެ ބޮޑު އެހީތެރިކަމެއް 📍 ށ. ބިލެތްފަހި

ބިލެތްފަހީ ސްކޫލް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތަށް ކައުންސިލްގެ ބޮޑު އެހީތެރިކަމެއް

ބިލެތްފަހީ ސްކޫލުން ކުރިއަށް ގެންދާ ޑިޖިޓަލައިޒޭޝަން ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން، އެ ރަށު ކައުންސިލްގެ ފަރާތުން އެ ސްކޫލަށް ޓީވީއެއް ހަދިޔާކޮށްފިއެވެ. ކައުންސިލުން ސްކޫލަށް ހަދިޔާކޮށްފައި ވަނީ 55 އިންޗީގެ 4K UHD ގޫގުލް ސުމާޓް ވައިފައި ޓީވީއެކެވެ. މި އެހީތެރިކަމަކީ ސްކޫލުގެ ކިޔަވައިދިނުން ޒަމާނީ ފެންވަރަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ދިން އެހީއެކެވެ. މިކަމާ ގުޅޭގޮތުން ބިލެތްފަހީ ކައުންސިލްގެ ރައީސް ޙުސައިން ފުއާދު “ތިލަދުން” އަށް މަޢުލޫމާތު ދެއްވަމ...

ފާތިމަތު ސަޙާ
ބިލެތްފަހި ކައުންސިލް ސްޕޯޓްސް ފިއެސްޓާގެ ޗެމްޕިއަންކަން ކްރިސްޓަލް އެފްޓީ ހޯދައިފި 📍 ށ. ބިލެތްފަހި

ބިލެތްފަހި ކައުންސިލް ސްޕޯޓްސް ފިއެސްޓާގެ ޗެމްޕިއަންކަން ކްރިސްޓަލް އެފްޓީ ހޯދައިފި

ށ. ބިލެތްފަހި ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި “ބިލެއްފަހި ކައުންސިލް ސްޕޯޓްސް ފިއެސްޓާ” ގެ ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކްރިސްޓަލް އެފްޓީން ހޯދައިފިއެވެ. މި މުބާރާތުގެ ރަނަރަޕް މަޤާމު ހޯދާފައިވަނީ ދަ ޗެލެންޖާސް އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމު، ކްރިސްޓަލް އެފްޓީއަށް 15,000 ރުފިޔާގެ ފައިސާގެ އިނާމު ހަވާލުކޮށްފައިވާއިރު، ރަނަރަޕް ޓީމު ދަ ޗެލެންޖާސްއަށް ވަނީ 7,500 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. މި މުބާރާތުގެ ޚާއްޞަ މަޤާމުތަކަށް ހޮވުނު ފަރާތްތަކަށް ވެސް އެ ކައުންސިލުން ވަނީ ޓްރޮފީ...

ފާތިމަތު ސަޙާ
''ބިލެތްފަހި ކައުންސިލް ސްޕޯޓްސް ފިއެސްޓާ'' މިމަހު 15 ގައި ފަށަނީ 📍 ށ. ބިލެތްފަހި

''ބިލެތްފަހި ކައުންސިލް ސްޕޯޓްސް ފިއެސްޓާ'' މިމަހު 15 ގައި ފަށަނީ

ށ.ބިލެތްފަހީގައި ކުލަގަދަކޮށް ބޭއްވުމަށް ހަމަޖެހިފައިވާ “ބިލެތްފަހި ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2026” ގެ ރަސްމީ ގުރުއަތުލުމުގެ ރަސްމިއްޔާތު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ 10 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހުގެ ރޭ 9:00ގައި ބިލެތްފަހީ ކައުންސިލް އިދާރާގައެވެ. މި މުބާރާތަކީ އެ ރަށުގެ ރައްޔިތުން އެންމެ އިންތިޒާރުކުރާ އެއް ކުޅިވަރު ޢީދެވެ. ބިލެތްފަހި ކައުންސިލުން މައުލޫމާތުދޭ ގޮތުގައި، ރަށުގެ އެކި ޓީމުތަކުގެ މެދުގައި ބާއްވާ މި ބޮޑު ކުޅިވަރު ފިއެސްޓާ ފެށުމަށް...

ފާތިމަތު ސަޙާ
ބިލެތްފަހީ ބަނދަރުން ހިތްފަސޭހަކަން ލިބިދިނުމަށް މާގަސް އިންދާ ޕޮޓް ބަހައްޓައިފި 📍 ށ. ބިލެތްފަހި

ބިލެތްފަހީ ބަނދަރުން ހިތްފަސޭހަކަން ލިބިދިނުމަށް މާގަސް އިންދާ ޕޮޓް ބަހައްޓައިފި

ށ.ބިލެތްފަހީ ބަނދަރު ހިތްފަސޭހަތަނަކަށް ހެދުމަށް މާގަސް ޕޮޓް ބެހެއްޓުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. އެ ރަށު ކައުންސިލުން އިންތިޒާމްކޮއްފައިވާ މި ހަރަކާތަކީ ބަނދަރު ޒީނަތްތެރިކުރުމުގެ ގޮތުންނާއި، ރަށަށް ޒިޔާރަތްކުރާ ފަރާތްތަކާއި، ބަނދަރަށް އައިސް އުޅޭ ކުދި ބޮޑު އެންމެންނަށް އެ ތަނަކީ ހިތްފަސޭހަ މާހައުލަކަށް ހެދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދެވުނު ހަރަކާތެއްކަމަށް އެ ކައުންސިލުން މައުލޫމާތު ދީފައިވެއެވެ. ސިމެންތިން ހަދާފައި ހުރި ބޮޑެތި މި ޕޮޓްތަކުގައި ތަފާތު އެކި ކުލަކުލައިގެ މަލިކުރުވ...

ފާތިމަތު ސަޙާ
ބިލެތްފަހީ ޑަބްލިޔުޑީސީ އާއި ފުލުހުން ގުޅިގެން ސައިބާ އެވެއާނަސް ޕްރޮގުރާމެއް 📍 ށ. ބިލެތްފަހި

ބިލެތްފަހީ ޑަބްލިޔުޑީސީ އާއި ފުލުހުން ގުޅިގެން ސައިބާ އެވެއާނަސް ޕްރޮގުރާމެއް

ށ. ބިލެތްފަހި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ) އާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން، އެ ރަށުގައި ސައިބަރ އެވެއާނަސް ޕްރޮގުރާމެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ. ށ. އަތޮޅު ޕޮލިހުން މަޢުލޫމާތު ދިން ގޮތުގައި، މި ޕްރޮގުރާމުގެ ސެޝަންތައް ޚާއްސަކޮށްފައިވަނީ ބިލެތްފަހީ ސްކޫލުގެ ގްރޭޑް 6 ން ފެށިގެން މަތީގެ ދަރިވަރުންގެ އިތުރުން ރަށުގެ ޢާންމު ރައްޔިތުންނަށެވެ. މި ސެޝަންތަކުގެ މައިގަނޑު މަޤްޞަދަކީ އިންޓަނެޓާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމުގައި ރައްކާތެރ...

ޔުމްނާ ޢަލީ
ބިލެއްފަހީގެ ޞިއްޙީމަރުކަޒުގެ ޚިދުމަތް 16 ގަޑިއިރަށް ބަދަލުކޮށްފި 📍 ށ. ބިލެތްފަހި

ބިލެއްފަހީގެ ޞިއްޙީމަރުކަޒުގެ ޚިދުމަތް 16 ގަޑިއިރަށް ބަދަލުކޮށްފި

ކުރިން އަށް ގަޑިއިރު ޚިދުމަތް ދެމުން ދިޔަ، ބިލެއްފަހީގެ ޞިއްޙީމަރުކަޒުގެ ޚިދުމަތް 16 ގަޑިއިރަށް ބަދަލުކޮށްފިއެވެ. ބިލެއްފަހީ ޞިއްޙީމަރުކަޒުގެ ޒިންމާދާރު ވެރިޔާ ޢަލީ ސާމިރު ”ތިލަދުން” އަށް ވިދާޅުވީ މި ބަދަލު ގެނައުމާއެކު މިހާރު އެ ރަށު ޞިއްޙީމަރުކަޒުގައި ފަސް ނަރުހުން މަސައްކަތް ކުރައްވާ ކަމަށާއި، ޚިދުމަތް ފޯރުކޮށްދޭ ވަގުތު އިތުރުވުމާ ގުޅިގެން  ލުއި ފަސޭހަކަމާއެކު، ޚިދުމަތް ލިބިގެންދާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް އޮންނާނެ ކަމަށެވެ. މީގެ އިތުރުން ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އާ އިމާރާތުގ...

ފާތިމަތު ސަޙާ
ބިލެތްފަހި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ބޮޑުބައި ނިމިއްޖެ 📍 ށ. ބިލެތްފަހި

ބިލެތްފަހި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ބޮޑުބައި ނިމިއްޖެ

ށ. ބިލެތްފަހި ބަނދަރު އަޕްގްރޭޑް ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ބޮޑުބައި ނިމި، މަޝްރޫޢު ނިމުމަކާ ގާތްވެފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އެ ވުޒާރާއިން ބުނިގޮތުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ 93 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އެމް.ޓީ.ސީ.ސީން މަޢުލޫމާތު ދޭ ގޮތުގައި، މިހާރު މި މަޝްރޫޢޫގެ ސައިޓުގައި ކުރިއަށްދަނީ ބަނދަރުގެ ބޭރު...

އަޙްމަދު ވަހީދު
ވައިކަރަދޫ އާއި ބިލެތްފަހީގައި އައު މިސްކިތް އިމާރާތްކުރުމަށް ހަވާލުކޮށްފި 📍 ހދ. ވައިކަރަދޫ

ވައިކަރަދޫ އާއި ބިލެތްފަހީގައި އައު މިސްކިތް އިމާރާތްކުރުމަށް ހަވާލުކޮށްފި

ހދ. ވައިކަރަދޫ އަދި ށ. ބިލެތްފަހީގައި މިސްކިތެއް އިމާރާތްކުރުމަށް އަމިއްލަ ދެ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ މަސައްކަތުގެ ދަށުން ހދ. ވައިކަރަދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތަކާއެކު ޤުރުއާން ސެންޓަރެއް އެޅުމަށް ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައެވެ. އަދި ށ. ބިލެތްފަހި، ބ. ކަމަދޫ ބ. ފެހެންދޫ އަދި ބ. ފުޅަދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތް އިމާރާތް ކުރުމަށް އެސް.އޭ.އެސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ވަނީ ހަވާލުކޮށްފައެވެ. ބިލްތެފަހީގައި އިމާރާތްކުރާ މި...

އައިޝަތު އައިނީ އާމިރު
ށ.ފޭދޫ އާއި ބިލެތްފަހީ ފިޓްނަސް ސެންޓަރުގައި ބިންގާ އަޅައިފި 📍 ށ. ފޭދޫ

ށ.ފޭދޫ އާއި ބިލެތްފަހީ ފިޓްނަސް ސެންޓަރުގައި ބިންގާ އަޅައިފި

ށ. ފޭދޫ އަދި ށ. ބިލެތްފަހީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފިއެވެ. މި މަޝްރޫޢުތަކުގެ އިމާރާތުގައި ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރަމުންދާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ފޭދޫ އަށާއި ބިލެތްފައްސަށް ކުރެއްވި ޒިޔާރާތުގައެވެ. ސަރުކާރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ހަވާލުކޮށްގެން ޤާއިމްކުރާ ފޭދޫ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިދެއްވީ ކުޅިވަރާއި ހ...

އައިޝަތު އައިނީ އާމިރު
ބިލެތްފަހީގައި ތަރައްޤީކުރާ އެއަރޕޯޓް 30 މަސްދުވަހުގެ ތެރޭގައި ހުޅުވާނެކަމުގެ ޔަޤީންކަން 📍 ށ. ބިލެތްފަހި

ބިލެތްފަހީގައި ތަރައްޤީކުރާ އެއަރޕޯޓް 30 މަސްދުވަހުގެ ތެރޭގައި ހުޅުވާނެކަމުގެ ޔަޤީންކަން

ށ. ބިލެތްފަހީގައި ތަރައްޤީކުރާ އެއަރޕޯޓަށް ބޭނުންވާ ބިންހިއްކައި، ގިނަވެގެން 30 މަސްދުވަހުގެ ތެރޭގައި މަސައްކަތްތައް ނިންމަވައި، އެއަރޕޯޓް ހުޅުވައިދެއްވާނެކަމުގެ ޔަޤީންކަން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ ބިލެތްފައްސަށް ވަޑައިގެން ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި ވަނީ ބިލެތްފަހި އެއަރޕޯޓް ތަރައްގީކޮށް އޮޕަރޭޓް ކުރުމުގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކ...

ޔުމްނާ ޢަލީ
ބިލެތްފަހި ބިންހިއްކައި އެއާޕޯޓު ތަރައްގީކޮށް ހިންގަން އެމްއޭސީއެލްއަށް 📍 ށ. ބިލެތްފަހި

ބިލެތްފަހި ބިންހިއްކައި އެއާޕޯޓު ތަރައްގީކޮށް ހިންގަން އެމްއޭސީއެލްއަށް

ށ. ބިލެތްފަހި އެއަރޕޯޓް ތަރައްގީކޮށް އޮޕަރޭޓް ކުރުމުގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބިލެތްފައްސަށް ވަޑައިގެން ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހުޝާމް އަލީ އެވެ. އެމްއޭސީއެލްގެ ފަ...

ޔުމްނާ ޢަލީ
ބިލެތްފައްސާއި ގޮއިދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގައި ބިންގާ އަޅައިފި 📍 ށ. ގޮއިދޫ

ބިލެތްފައްސާއި ގޮއިދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގައި ބިންގާ އަޅައިފި

ށ. ބިލެއްފަހީ އަދި ގޮއިދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފިއެވެ. މި ދެ ރަށުގެ ފުލުހުންގެ މަރުކަޒުގައި ބިންގާ އަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ގޮއިދޫ އަށާއި ބިލެތްފައްސަށް ކުރެއްވި ދަތުރުފުޅުގައައި، އެކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ. މިގޮތުން އެ ދެ ރަށުގެ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވާދެއްވީ ދާޚިލީ ސަލާމަތާ ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް...

އައިޝަތު އައިނީ އާމިރު
ބިލެތްފަހީގައި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ޕްލޭނެއް އެކުލަވާލުމަށް މަޝްވަރާކޮށްފި 📍 ށ. ބިލެތްފަހި

ބިލެތްފަހީގައި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ޕްލޭނެއް އެކުލަވާލުމަށް މަޝްވަރާކޮށްފި

ށ. ބިލެތްފަހީގެ ފަތުރުވެރިކަމުގެ މުސްތަގުބަލާއި ގުޅޭ ގޮތުން މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފިއެވެ. މި ބައްދަލުވުމަކީ ބިލެތްފަހީ ކައުންސިލުގެ ފަރާތުން ފަތުރުވެރިކަމުގެ ދާއިރާގެ ޚާއްޞަ ތަޖުރިބާކާރު މާހިރެއްކަމަށްވާ ޢަބުދުﷲ އާއިއެކު ކުރިއަށް ގެންދެވުނު ބައްދަލުވުމެކެވެ. މިގޮތުން އޮންލައިންކޮށް ބޭއްވި މި ބައްދަލުވުމާއި ގުޅޭ ގޮތުން ބިލެތްފަހީ ކައުންސިލުން އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، މި ބައްދަލުވުމަކީ ވަރަށް ފުދުންތެރި އަދި ފައިދާ ހުރި ބައްދަލުވުމެއް ކަމަށާއި މި ބައްދަލުވުމުގ...

އައިޝަތު އައިނީ އާމިރު
ބިލެތްފަހީ ދަތުރުގައި ވަޒީރަށް އެންމެ ފާހަގަކޮށްލެވުނީ ފުލުހުންގެ ޚިދުމަތާއި ގުޅޭގޮތުން ކުޑަކުދިން ހުށަހެޅި ރޯލްޕްލޭ 📍 ށ. ބިލެތްފަހި

ބިލެތްފަހީ ދަތުރުގައި ވަޒީރަށް އެންމެ ފާހަގަކޮށްލެވުނީ ފުލުހުންގެ ޚިދުމަތާއި ގުޅޭގޮތުން ކުޑަކުދިން ހުށަހެޅި ރޯލްޕްލޭ

ޤައުމީ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން ށ. އަތޮޅު ބިލެތްފައްސަށް ކުރެއްވި ޒިޔާރަތަކީ، އުފާވެރިކަމާއި އުއްމީދު އާކޮށްދިން ކާމިޔާބު ޒިޔާރަތެއް ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ. މިއަހަރުގެ ޤައުމީ ދުވަސް ށ.އަތޮޅުން، އަތޮޅު ފެންވަރުގައި ފާހަގަކުރުމަށް ށ.ބިލެތްފަހީގައި ވަނީ މިދިޔަ މަހު 29 އިން 30 އަށް ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތްތަކުގައި ޝަރަފްވެރިއެއްގެ ގޮތުގައި ވަޒީރު މާރިޔާވެސް ބައިވެރިވެވަޑައިގަތެވެ. ޤައުމީ ދު...

އައިޝަތު އައިނީ އާމިރު