މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ނޮޅިވަރަމް (216 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
216 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނޮޅިވަރަމްގެ އެންމެ ފަހުގެ ޚަބަރުތައް

216 ޚަބަރުގެ ތެރެއިން
ހަނިމާދޫ އާއި ނޮޅިވަރަމް ފުޓުބޯޅަދަނޑުގައި ލައިޓިން ސިސްޓަމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިއުލާންކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ އާއި ނޮޅިވަރަމް ފުޓުބޯޅަދަނޑުގައި ލައިޓިން ސިސްޓަމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިއުލާންކޮށްފި

ހދ. ހަނިމާދޫ އާއި ނޮޅިވަރަމް ފުޓުބޯޅަދަނޑުގައި ލައިޓިން ސިސްޓަމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަން އަލުން ޢިއުލާން ކޮށްފިއެވެ. މިކަމަށް ވަކިވަކިން ކޮށްފައިވާ ދެ އިއުލާނާއި ގުޅިގެން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ވިދާޅުވެފައި ވަނީ، މި ދެރަށުގައި މި މަސައްކަތްތައް ކުރާނެ ބަޔަކު ހޯދަން އަލުން އިއުލާންކޮށްފައި ވަނީ ކުރިން ކުރި ޢިއުލާނުގެ މައުލޫމާތަށް ބަދަލު އައިސްފައިވާތީ ކަމަށެވެ. މި ދެ ރަށުގެ ފުޓުބޯޅަދަނޑުގައި ލައިޓިން ސިސްޓަމް ޤާއިމް ކުރުމުގެ މަސައްކަތްތަކަށް ޝައު...

ޔުމްނާ ޢަލީ
ނޮޅިވަރަމް ސްކޫލްގެ މަލްޓިޕާޕަސް ހޯލް އަޅަން ހަވާލުކޮށްފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ސްކޫލްގެ މަލްޓިޕާޕަސް ހޯލް އަޅަން ހަވާލުކޮށްފި

ހދ. ނޮޅިވަރަމް ސްކޫލްގެ މަލްޓިޕާޕަސް ހޯލް އަޅަން މިއަދު ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވިދާޅުވީ، ނޮޅިވަރަމް ސްކޫލްގެ މަލްޓިޕާޕަސް ހޯލް އެޅުމުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި މިއަދު ސޮއިކޮށްފަވާކަމަށެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ، ނޯތް ކޯސްޓް ކޮންޓްރެކްޓަރސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް ހަވާލުކުރީ 365 ދުވަސްތެރޭގައި ނިންމާގޮތަށެވެ. މި މަސައްކަތަށް 15,073,651.92 ރުފިޔާ ޚަރަދުވާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. ނޮޅިވަރަމް ސްކޫލް...

ޔުމްނާ ޢަލީ
ނޮޅިވަރަމް ސުކޫލުގެ ބެލެނިވެރިންގެ އުދާސްތައް، އެދެނީ އަވަސް ހައްލެއް 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ސުކޫލުގެ ބެލެނިވެރިންގެ އުދާސްތައް، އެދެނީ އަވަސް ހައްލެއް

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަޢުލީމް ހާސިލް ކުރަމުންދާ ދަރިވަރުންގެ މެދުގައި، އެ ދަރިވަރުން ހޯދާ ނަތީޖާއާއި ގުޅުވައި ޤައުމީ ފެންވަރެއްގައި ވަނަތައް ހޮވައި ހައްޤު ޝަރަފް ދެމުން އަންނައިރު، ރާއްޖޭގެ ރަށްފުށުގައި ހުރި ސްކޫލްތަކުގައި ދަރިވަރުންގެ ތަޢުލީމާއި ސީދާ ގުޅުންހުރި ވަސީލަތްތައް ހަމަހަމަ ގޮތެއްގައި ޤާއިމް ކުރެވިފައިވޭތޯ މިއީ ކޮށްލަން ރަނގަޅު ސުވާލެކެވެ. ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމަކީ އެ އަތޮޅުގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށެވެ. މިވަގުތު އެ ރަށު ސްކޫލުގައި ޖުމްލަ 630 އަށް...

އިބްރާހިމް ޚަލީލް
ނޮޅިވަރަމްގައި ވޮލީ ކޯޓެއް އަޅައިދޭނެ ފަރާތެއް ހޯދަނީ

ނޮޅިވަރަމްގައި ވޮލީ ކޯޓެއް އަޅައިދޭނެ ފަރާތެއް ހޯދަނީ

ހދ. ނޮޅިވަރަމްގައި ވޮލީ ކޯޓެއް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް މިއަދު ޢިއުލާންކޮށްފިއެވެ. ނޮޅިވަރަމްގައި ވޮލީ ކޯޓެއް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން ކުރި ޢިއުލާންގައިވާ ގޮތުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މިގޮތުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވ...

ޔުމްނާ ޢަލީ
ނިޝާމާ މަރާލީ ކަރުގައި އެއްޗެއް އަޅާ ނޭވާ ހާސްކޮށްލައިގެން: ފުލުހުން 📍 ހދ. ނޮޅިވަރަމް

ނިޝާމާ މަރާލީ ކަރުގައި އެއްޗެއް އަޅާ ނޭވާ ހާސްކޮށްލައިގެން: ފުލުހުން

ހދ. ނޮޅިވަރަމްގައި މަރާލާފާއި އޮއްވާ ފެނުނު އެރަށު ނިޝާމާ މުހައްމަދު މަރާލީ ކަރުގައި އެއްޗެއް އަޅާ ނޭވާ ހާސްކޮށްލައިގެންކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ. އުމުރުން 28 އަހަރުގެ ނިޝާމާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދާފައިވަނީ އިންޑިއާއިން ނެވެ. އަދި ޕޯސްޓްމޯޓަމްއަށް ފަހު، އޭނާގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ މިއަދު އެވެ. ފުލުހުން މިރޭ މީޑިއާތަކަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ ޕޯސްޓްމޯޓަމްގެ ވަގުތީ ރިޕޯޓު ލިބިފައިވާކަމަށެވެ. “އެ ރިޕޯޓްގައިވާ ގޮތުން ނިޝާމާ މަރާލާފައިވަނީ ކަރުގައި އެއްޗެ...

އަލީ އާދިލް
ޕޯސްޓްމޯޓަމް ހެދުމަށް ނިޝާމާގެ ހަށިގަނޑު ބޭރަށް ފޮނުވާލައިފި 📍 ހދ. ނޮޅިވަރަމް

ޕޯސްޓްމޯޓަމް ހެދުމަށް ނިޝާމާގެ ހަށިގަނޑު ބޭރަށް ފޮނުވާލައިފި

ހދ. ނޮޅިވަރަމްގައި ނިޔާވެފައި އޮއްވާ ފެނުނު އެރަށު ނިޝާމާ މުހައްމަދުގެ ހަށިގަނޑު، ޕޯސްޓްމޯޓަމް ހެދުމަށް މިއަދު ރާއްޖެއިން ބޭރަށް ފޮނުވާލައިފިއެވެ. ޕޯސްޓްމޯޓަމް ހެދުމަށް ނިޝާމާގެ ހަށިގަނޑު ފޮނުވާލާފައި ވަނީ އިންޑިއާ އަށެވެ. ނޮޅިވަރަމް، ހިތައްގިނިވާގޭ، އުމުރުން 28 އަހަރުގެ ނިޝާމާ އޭނާ ދިރިއުޅޭ ކޮޓަރީގެ ތެރޭގައި ނިޔާވެފައި އޮއްވާ ފެނިފައި ވަނީ މިމަހުގެ 10 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. ނިޝާމާގެ މަރުގެ ތުހުމަތުގައި އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލް ވަނީ ކޯޓު އަމުރެއްގެ ދަށުން ހަމަ އެދުވަ...

ޔުމްނާ ޢަލީ
ނޮޅިވަރަމްގައި ހާއްސަ ދަރުހެއް ބާއްވައިފި، މައުޞޫޢު އަކީ ''ގެވެށި އަނިޔާ'' 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމްގައި ހާއްސަ ދަރުހެއް ބާއްވައިފި، މައުޞޫޢު އަކީ ''ގެވެށި އަނިޔާ''

ހދ. ނޮޅިވަރަމްގައި ހާއްސަ ދަރުހެއް ރޭ ބާއްވައިފިއެވެ. މި ދަރުސް ކުރިއަށް ގެންގޮސްފައި ވަނީ ”ގެވެށި އަނިޔާ” މި މައުޟޫޢު އަށެވެ. ނޮޅިވަރަމް ކައުންސިލާއި، ޖަމިއްޔަތުއް ސަލަފް ގުޅިގެން ކުރިއަށް ގެންދިޔަ މި ދަރުސް އޮތީ ރޭ 20:30 ގައި ނޮޅިވަރަމް، ”މާ ބަގީޗާ” ގައެވެ. މި ދަރުސް ދެއްވާފައި ވަނީ، އައްޝައިޚް އަޙްމަދު ސަމީރެވެ. ޖަމިއްޔަތުއް ސަލަފްގެ ހަފްތާ ބަންދު ދަރުސް ސިލްސިލާގެ ދަށުން ގެންދިޔަ މި ދަރުސްއަށް އަޑު އަހަން ނޮޅިވަރަމްގެ ގިނަ ބަޔަކު […]

ޔުމްނާ ޢަލީ
ނިޝާމާގެ މަރު: ފައިސަލް އަމިއްލައަށް މަރުވާން އުޅުނު މައްސަލައިގާ ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަނީ 📍 ހދ. ނޮޅިވަރަމް

ނިޝާމާގެ މަރު: ފައިސަލް އަމިއްލައަށް މަރުވާން އުޅުނު މައްސަލައިގާ ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަނީ

ހދ. ނޮޅިވަރަމް، ނިޝާމާ މުހައްމަދު މަރާލި ކަމުގެ ތުހުމަތު ހައްޔަރުކޮށްފައިވާ އޭނާގެ ފިރިމީހާ، އދ. ފެންފުށީ، ރޯސްވިލާ، އަބޫބަކުރު ފައިސަލް އަމިއްލައަށް މަރުވާން އުޅުނު މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލައިދިނުމަށް ހުށަހަޅައިފި އެވެ. މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ މެދުވެރިކޮށް އެކަން ބަލައިދިނުމަށް ހުށަހަޅާފައިވަނީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ. އޭނާ ހުށަހެޅުއެއްވި މައްސަލައިގާ ވަނީ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބޭ މީހުން ބެލެހެއްޓު...

މުޙައްމަދު އަފްރާޙް
ނިޝާމާގެ މަރު: ފިރިމީހާ، ފައިސަލްގެ ބަންދަށް 15 ދުވަސް 📍 ހދ. ނޮޅިވަރަމް

ނިޝާމާގެ މަރު: ފިރިމީހާ، ފައިސަލްގެ ބަންދަށް 15 ދުވަސް

ހދ. ނޮޅިވަރަމްގައި މަރާލާފައި އޮތް ކަމަށް ޝައްކުކުރެވޭ އެރަށު ނިޝާމާ މުޙައްމަދުގެ ފިރިމީހާ، އދ. ފެންފުށީ، ރޯސްވިލާ، އަބޫބަކުރު ފައިސަލްގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ނިޝާމާގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ފައިސަލްގެ ބަންދަށް، ކޯޓުން 15 ދުވަސް ދީފައިވާކަމަށެވެ. ނިޝާމާ ދިރިއުޅުނު ނޮޅިވަރަމް ހިތައްގިނިވާގޭ ކޮޓަރި ތެރޭގައި ހޭނެތިފައި އޮއްވައި ފެނުނީ މި ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. ނޮޅިވަރަމްގައި މީހަކު މަރާލައިގެނ...

ޔުމްނާ ޢަލީ
ނިޝާމާގެ ޕޯސްޓްމޯޓަމް ހަދަނީ 📍 ހދ. ނޮޅިވަރަމް

ނިޝާމާގެ ޕޯސްޓްމޯޓަމް ހަދަނީ

ހދ. ނޮޅިވަރަމްގައި މަރާލާފައި އޮތް ކަމަށް ޝައްކުކުރެވޭ އެރަށު ނިޝާމާ މުޙައްމަދުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ނޮޅިވަރަމް، ހިތައްގިނިވާގޭ، އުމުރުން 28 އަހަރުގެ ނިޝާމާގެ ހަށިގަނޑު މިހާރު ވަނީ ކުޅުދުއްފުށީ ސިޓީއަށް ގެންގޮސްފައެވެ. އަދި އޭނާގެ ހަށިގަނޑު މާލެ ގެނައުމަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ. މި މައްސަލައާއިގުޅިގެން ފުލުހުން ވަނީ އދ. ފެންފުށީ، ރޯސްވިލާ، އަބޫބަކުރު ފައިސަލް (އ32) ކޯޓު އަމުރެއްގެ ދަށުން ހައް...

ޔުމްނާ ޢަލީ
ނޮޅިވަރަމްގައި މަރާލާފައި އޮތް ކަމަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެ

ނޮޅިވަރަމްގައި މަރާލާފައި އޮތް ކަމަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެ

ހދ. ނޮޅިވަރަމްގައި މަރާލާފައި އޮތް ކަމަށް ޝައްކުކުރެވޭ އަންހެނަކު ފެނިއްޖެއެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް އަދި ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ ”ތިލަދުން” އަށް ވިދާޅުވީ އެރަށުގައި އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށެވެ. ”އެ އަންހެން މީހާ މިހާރު އޮތީ ސިއްހީ މަރުކަޒުގައި، އޭނާގެ ފުރާނަ ނެތްކަން ޔަޤީން، ފުލުހުން ދަނީ މައްސަލަ ތަޙްޤީޤް ކުރައްވަމުން” މުސްތަފާ ވިދާޅުވިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެން މީހާ މަރުވެފައި ވަނީ ފިރިމީހާގެ ޢަމަލުކަންކަމަށް ތުހުމަތު ކު...

ތިލަދުން
ނޮޅިވަރަމްގައި ވާހަކަ ދެއްކުމާއި އަޑުއިވުމުގެ ދަތިތައް ހުރި ފަރާތްތަކަށް ކޭމްޕެއް 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމްގައި ވާހަކަ ދެއްކުމާއި އަޑުއިވުމުގެ ދަތިތައް ހުރި ފަރާތްތަކަށް ކޭމްޕެއް

ހދ. ނޮޅިވަރަމްގައި، ވާހަކަ ދެއްކުމާއި އަޑުއިވުމުގެ ދަތިތައް ހުރި ފަރާތްތަކަށް ކޭމްޕެއް ބާއްވަން އެރަށު ކައުންސިލުން ނިންމައިފިއެވެ. މި ކޭމްޕަކީ ނޮޅިވަރަމް ކައުންސިލާއި، ”އާރކް” އަދި ”ބިއުޓިފުލް އައިސް ޑައުންސިންޑްރޯމް ގުޅިގެން ކުރިއަށް ގެންދާ ކޭމްޕެކެވެ. ނޮޅިވަރަމް ކައުންސިލުން ވިދާޅުވާގޮތުގައި، މި ކޭމްޕް ޚާއްޞަ ކުރެވިފައި ވަނީ ވާހަކަ ދެއްކުމާއި އަޑުއިވުމުގެ ދަތިތައް ހުރި އުމުރުން 18 އަހަރުން ދަށުގެ ފަރާތްތަކަށެވެ. މި ކޭމްޕްގައި ބަލި ދެނެގަތުމާއި، ސްޕީޗް ތެރަޕިސްޓުންނަށް ދެއްކުމުގެ ޚިދުމަތް ދިނު...

ޔުމްނާ ޢަލީ
ނޮޅިވަރަމް ފުޓްސަލް ދަނޑުގައި ޓާފް އަޅައިދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ފުޓްސަލް ދަނޑުގައި ޓާފް އަޅައިދޭނެ ފަރާތެއް ހޯދަނީ

ހދ. ނޮޅިވަރަމް ފުޓްސަލް ދަނޑުގައި ޓާފް އަޅައިދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން މިއަދު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ މި މަސައްކަތް ކޮށްދިނުމަށް އެދި އަންދާސީ ހިސާބް ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން މި މަހުގެ 22 ވަނަ ދުވަހުގެ 13:00 ގެ ކުރިން ކައުންސިލް ނަމްބަރަށް (6520043) ގުޅުއްވައި ނުވަތަ އޮންލައިންކޮށް ރަޖިސްޓަރީ ވުމަށެވެ. އޮންލައިންކޮށް ރަޖިސްޓަރީވުމަށް: https://forms.gle/J3z8sp27v4YQjt179 މި މަސައްކަތައް އެދި...

އިބްރާހިމް ޚަލީލް
ނޮޅިވަރަމް ވޮލީ ޓީމަށް ލިބުނު ފައިސާ އެރަށު ސްކޫލަށް ހަދިޔާކޮށްފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ވޮލީ ޓީމަށް ލިބުނު ފައިސާ އެރަށު ސްކޫލަށް ހަދިޔާކޮށްފި

ހދ. އަތޮޅުކައުންސިލް ވޮލީމުބާރާތް 2022 ގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ނޮޅިވަރަމް ކައުންސިލް ރިކްރިއޭޝަން ކްލަބް (ނޮޅިވަރަމް ސީއާރުސީ) އަށް ލިބުނު ފައިސާގެ އިނާމު ސްކޫލުގެ ޑިޖިޓަލައިޒް ޕްރޮގްރާމަށް ޓީވީގަތުމަށް ހަދިޔާކޮށްފިއެވެ. މި މިބާރާތުގެ ޗެޕްޕިއަންކަން ހޯދި ނޮޅިވަރަމް ސީއާރުސީއަށް ފައިސާގެ އިނާމުގެ ގޮތުގައި 20،000 ރުފިޔާ ވަނީ ލިބިފައެވެ. ނޮޅިވަރަމް ކައުންސިލުން ވިދާޅުވި ގޮތުގައި ނޮޅިވަރަމް ސްކޫލުގެ ޑިޖިޓަލައިޒް ޕްރޮގްރާމަށް ޓީވީގަތުމަށް އެފައިސާ ސްކޫލަށް ހަދިޔާ ކުރަން އެ ކްލަބުން...

ޙުސައިން ޝަހުދީ
ހދ. އަތޮޅު ވޮލީ މުބާރާތުގެ ފިރެހެން ޑިވިޜަންގެ ޗެމްޕިއަން ޓީމަކަށް ނޮޅިވަރަމް ސީއާރުސީ 📍 ހދ. ނޮޅިވަރަމް

ހދ. އަތޮޅު ވޮލީ މުބާރާތުގެ ފިރެހެން ޑިވިޜަންގެ ޗެމްޕިއަން ޓީމަކަށް ނޮޅިވަރަމް ސީއާރުސީ

ހދ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ނޮޅިވަރަންފަރުގައި ކުރިޔަށްގެންދިޔަ ފިރިހެން ޑިވެޜަންގެ ވޮލީ މުބާރާތުގެ ޗެމްޕިންކަން ނޮޅިވަރަމް ސީއާރުސީ ހޯދައިފިއެވެ. ނޮޅިވަރަމް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ނޮޅިވަންފަރު ސްޕޯރޓްސް ކުލަބާއި ބައްދަލުކޮށް ސީދާ 3 ސެޓުން މޮޅުވެ މެޗު ކާމިޔާބު ކޮށްގެންނެވެ. ވާދަވެރި ކުޅުމަކަށްފަހު ފުރަތަމަ ސެޓް ނޮޅިވަރަމުން ގެންދިޔައީ 27-25 ން ނެވެ. ދެވަނަ ސެޓު 25-22 ން ދިޔައިރު ތިންވަނަ ސެޓު ގެންދިޔައީ 25-18 ން ނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާ […]

އަލީ ރިޔާޟް