ހދ. ނޮޅިވަރަމް ސްކޫލްގެ މަލްޓިޕާޕަސް ހޯލް އަޅަން މިއަދު ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވިދާޅުވީ، ނޮޅިވަރަމް ސްކޫލްގެ މަލްޓިޕާޕަސް ހޯލް އެޅުމުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި މިއަދު ސޮއިކޮށްފަވާކަމަށެވެ.

Ad
rt

މި މަސައްކަތް ހަވާލުކޮށްފައި ވަނީ، ނޯތް ކޯސްޓް ކޮންޓްރެކްޓަރސް ޕްރައިވެޓް ލިމިޓެޑާއެވެ.

މި މަސައްކަތް ހަވާލުކުރީ 365 ދުވަސްތެރޭގައި ނިންމާގޮތަށެވެ.

މި މަސައްކަތަށް 15,073,651.92 ރުފިޔާ ޚަރަދުވާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ނޮޅިވަރަމް ސްކޫލްގައި 630 އަށް ވުރެ ގިނަ ދަރިވަރުން އުނގެނެމުން އަންނައިރު، އެ ސްކޫލަކީ ދެ ދަންފަޅިއަށް ކިޔެވުން ކުރިއަށް ގެންދާ ސްކޫލެކެވެ.

މިއަހަރުގެ ދިރާސީ އަހަރު ފެށުމާއި އެކު އެރަށުގައި އަލަށް އިމާރާތްކުރި 6 ކުލާސް ރޫމްގައި ކިޔަވައިދިނުމަށް ވަނީ ފަށާފަ އެވެ.