ހދ. ނޮޅިވަރަމް ފުޓްސަލް ދަނޑުގައި ޓާފް އަޅައިދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ.
މިކަމާއި ގުޅިގެން މިއަދު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ މި މަސައްކަތް ކޮށްދިނުމަށް އެދި އަންދާސީ ހިސާބް ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން މި މަހުގެ 22 ވަނަ ދުވަހުގެ 13:00 ގެ ކުރިން ކައުންސިލް ނަމްބަރަށް (6520043) ގުޅުއްވައި ނުވަތަ އޮންލައިންކޮށް ރަޖިސްޓަރީ ވުމަށެވެ.
އޮންލައިންކޮށް ރަޖިސްޓަރީވުމަށް: https://forms.gle/J3z8sp27v4YQjt179
މި މަސައްކަތައް އެދި ބީލަށް ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކުގެ އިތުރުން އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މި މަސައްކަތް ކޮށްދިނުމަށް އެދި އަންދާސީ ހިސާބު ހުށަހެޅުމަށް ބާއްވާ ބައްދަލުވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރ މަހުގެ 1 ވަނަ ދުވަހު 11:00 ގައި ނޮޅިވަރަމް ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
ނޮޅިވަރަމް ފުޓްބޯޅަ ދަނޑު، މިހާރު މި ދަނޑުގެ މަސައްކަތް ވަނީ ޓާފް އެޅުމާއި ހަމައަށް ގޮސްފައި،
މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިނުވާއިރު، އަންދާސީ ހިސާބާއިގުޅޭ އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން މި މަހުގެ 22 ވަނަ ދުވަހުގެ 13:00 ގެ ކުރިން ނޮޅިވަރަމް ކައުންސިލަށް މެއިލް ކުރެއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ.
މެއިލް އެޑްރެސް: info@nolhivaran.gov.mv
ބީލަން ފޮތް: https://storage.googleapis.com/gazette.gov.mv/docs/iulaan/105130.docx
ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް އަދި ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ މިއަދު ''ތިލަދުން'' އަށް ވިދާޅުވިގޮތުގައި، އެރަށު ދަނޑުގައި ޓާފް އެޅުމުގެ ކުރިން ކުރަންޖެހޭ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިންމާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!