މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ނޮޅިވަރަމް (216 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
216 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނޮޅިވަރަމްގެ އެންމެ ފަހުގެ ޚަބަރުތައް

216 ޚަބަރުގެ ތެރެއިން
ދެވަނަ ދައުރެއްގައި އެންމެ އިސްކަމެއް ދޭނެ އެއް ރަށަކަށް ނޮޅިވަރަމް، ރައީސްގެ ގިނަ ވައުދުފުޅުތަކެއް! 📍 ހދ. ނޮޅިވަރަންފަރު

ދެވަނަ ދައުރެއްގައި އެންމެ އިސްކަމެއް ދޭނެ އެއް ރަށަކަށް ނޮޅިވަރަމް، ރައީސްގެ ގިނަ ވައުދުފުޅުތަކެއް!

މި ސަރުކާރުން މަސައްކަތްކުރަމުން ދަނީ ބޮޑުތިލަދުންމައްޗަށް ބޮޑު ބަދަލެއް ގެނައުމަށް ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު މެންދުރު ހދ. ނޮޅިވަރަމަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެ މަސައްކަތްތައް ކުރިއަށް ގެންދެވޭނީ އިތުރު ފުރުސަތެއް ދީގެން ކަމަށާއި އެހެން ބަޔަކު ވެރިކަމަށް އައިސްފި ނަމަ، އެ ބަދަލު ގެނައުން ހުއްޓުވުމުގެ ބިރު އޮންނާނެ ކަމަށެ...

މުޙައްމަދު އަފްރާޙް
ބަސް ބުނުމުގެ ހައްގު ހޯދުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވީ ގާސިމް: ވަހީދު 📍 ހދ. ނޮޅިވަރަމް

ބަސް ބުނުމުގެ ހައްގު ހޯދުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވީ ގާސިމް: ވަހީދު

ބަސް ބުނުމުގެ ހައްގު ހޯދުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު، ރިޔާސީ ކެންޑިޑޭޓް އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެމްބަރު ގާސިމް އިބްރާހިމް ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ގާސިމްގެ ރިޔާސީ ކެމްޕޭންގައި ހދ. ނޮޅިވަރަމަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ވަހީދު ވިދާޅުވީ ހިޔާލު ފާޅުކުރުމާއި މުޒާހަރާ ކުރުމާއި ބަސް ބުނުމުގެ ހައްގު ހޯދުމުގައި އެންމެ މުހިންމު […...

މުޙައްމަދު އަފްރާޙް
ހިރަފުސް ބަލިކޮށް ނޮޅިވަރަމް ސެމީއަށް 📍 ހދ. ނޮޅިވަރަމް

ހިރަފުސް ބަލިކޮށް ނޮޅިވަރަމް ސެމީއަށް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި މިއަދު ނޮޅިވަރަމް ހުވާސްއާއި ހިރަފުސް ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗު ކާމިޔާބު ކޮށް މުބާރާތުގެ ސެމީ ފައިނަލުން ހުވާސް އިން ޖާގަ ހޯދައިފިއެވެ. މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ހުވާސް އިން ހިރަފުސްގެ މައްޗަށް ކުރި ހޯދީ 3-1 ގެ ނަތީޖާއިންނެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ހުވާސް […]

އިބްރާހިމް ޚަލީލް
މި އަހަރު ކުޅުދުއްފުށީ ޗެމްޕިއަންޝިޕްގައި ހަނިމާދޫ، ނޮޅިވަރަމް، ނޮޅިވަރަންފަރު އަދި ނައިވާދޫ ވާދަކުރާނެ 📍 ހދ. ކުޅުދުއްފުށި

މި އަހަރު ކުޅުދުއްފުށީ ޗެމްޕިއަންޝިޕްގައި ހަނިމާދޫ، ނޮޅިވަރަމް، ނޮޅިވަރަންފަރު އަދި ނައިވާދޫ ވާދަކުރާނެ

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގައި ހދ އަތޮޅުގެ ހަތަރު ރަށަކުން ބައިވެރިވެއްޖެއެވެ. މި މުބާރާތަކީ ޖުމްލަ އަށް ޓީމަށް ފުރުޞަތު ދޭ ގޮތަށް ސިޓީ ކައުންސިލުން ފަރުމާކޮށްފައިވާ މުބާރާތެކެވެ. މި މުބާރާތް ފުރަތަމަ ބާއްވާފައިވަނީ ފާއިތުވި އަހަރުއެވެ. އެ އަހަރު މި މުބާރާތް ހުޅުވާލީ ކުޅުދުއްފުށީގެ ކުލަބް ޖަމިއްޔާތަކަށެވެ. މި އަހަރުވެސް ފުރަތަމަ މި މުބާރާތް ހުޅުވާލީ ކުޅުދުއްފުށީގެ ކުލަބް ޖަމިއްޔާތަކަށެވެ. ހުޅުވާލި ފުރުޞަތުގެ ދަށު...

އިބްރާހިމް ޚަލީލް
ނޮޅިވަރަމްގައި ޕަބްލިކް ސްޕީކިން ވޯކްޝޮޕެއް، ބައިވެރިވާން ހުޅުވާލައިފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމްގައި ޕަބްލިކް ސްޕީކިން ވޯކްޝޮޕެއް، ބައިވެރިވާން ހުޅުވާލައިފި

ހދ. ނޮޅިވަރަމްގައި ބާއްވާ ޕަބްލިކް ސްޕީކިން ވޯކްޝޮޕްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ. މި ވޯކްޝޮޕާއިގުޅޭގޮތުން ނޮޅިވަރަމް ބްރައިޓް އެސޯސިއޭޝަން ނައިބު ރައީސް ހަސަން ރަޝީދު ”ތިލަދުން” އަށް ވިދާޅުވީ، މި ވޯކްޝޮޕަކީ ރާއްޖޭގެ އެކި ސަރަޙައްދު ތަކުގައި ”ވެށި- ބާރު” ގެ ނަމުގައި ކުރިއަށް ގެންދާ ކޮމިޔުނިޓީ ޕްރޮގްރާމް ގެ ދަށުން އެރަށުގައި ހިންގާ ޕްރޮގްރާމެއް ކަމަށެވެ. ނޮޅިވަރަމްގައި މި ވޯކްޝޮޕް ހިންގަނީ އެރަށު ބްރައިޓް އެސޯސިއޭޝަން އާއި މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިޔުނިޓީ […]

ޔުމްނާ ޢަލީ
މަސްތުވާތަކެތީގެ ނެޓްވޯކް ބޮޑުވާތީ ނޮޅިވަރަމަށް ނުތަނަވަސްކަން 📍 ހދ. ނޮޅިވަރަމް

މަސްތުވާތަކެތީގެ ނެޓްވޯކް ބޮޑުވާތީ ނޮޅިވަރަމަށް ނުތަނަވަސްކަން

ފާއިތުވި އަހަރުގެ ޑިސެމްބަރު މަހު ނޮޅިވަރަމުން 28 އަހަރުގެ އަންހެނަކު މަރާލާފައި އޮވާފެނުނެވެ. އެ މަރަށް ތުހުމަތުކުރެވި އޭނާގެ ފިރިމީހާ ހައްޔަރު ކުރެވުނެވެ. އެއީ މަސްތުވާތަކެތީގެ ދިގު މާޒީއެއް އޮތް މީހެކެވެ. މި އަހަރުތެރޭ ނޮޅިވަރަމް ފެނަކަ ބްރާންޗްގެ އެސިސްޓެންޓް މެނޭޖަރ މަސްތުވާތަކެއްޗާއިއެކު ހައްޔަރު ކުރިއެވެ. އެ މައްސަލާގައި އޭނާ ވަޒީފާއިން ވަކިކުރިއެވެ. މި ހަފްތާތެރޭ ނޮޅިވަރަމު ބަނދަރުން އެ ރަށު ސްކޫލްގެ އިސްލާމް ޓީޗަރު މަސްތުވާތަކެއްޗާއި އެކު ފުލުން ވަނީ ހައްޔަރު ކޮށްފައެވެ. މި ކަންކަމުން [...

އިބްރާހިމް ޚަލީލް
މަސްތުވާ ތަކެއްޗާއިއެކު ނޮޅިވަރަމުން މީހަކު ހައްޔަރުކޮށްފި 📍 ހދ. ނޮޅިވަރަމް

މަސްތުވާ ތަކެއްޗާއިއެކު ނޮޅިވަރަމުން މީހަކު ހައްޔަރުކޮށްފި

ހދ. ނޮޅިވަރަމުން މަސްތުވާ ތަކެއްޗާއިއެކު މީހަކު ހައްޔަރު ކޮށްފިއެވެ. މި ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހަވީރުގެ ވަގުތެއްގައި ހަޔަރު ކޮށްފައި ވަނީ ނޮޅިވަރަމް ސްކޫލްގެ އިސްލާމް ޓީޗަރެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ކުޅުދުއްފުށިން ނޮޅިވަރަމަށް އައިވަގުތު ފުލުހުން އެ ރަށު ބަނދަރުމަތިން އޭނާ ބަލައި ފާސްކުރުމުގެ ތެރޭ މަސްތުވާތަކެތިކަމަށް ސައްކުކުރެވޭ އެއްޗެހި އަޅާފައިވާ ރަބަރު ޕެކެޓްތަކެއް އޭނާ އަތުން ފެނުމާއި ގުޅިގެންނެވެ. މިނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނޮޅިވަރަމް ސްކޫލުގައ...

އިބްރާހިމް ޚަލީލް
ހަނިމާދޫ އާއި ނޮޅިވަރަމްގައި އެމްޓީސީސީގެ ވޯކިން އިންޓަވިއުތަކެއް، މުސާރަ ވެސް ރަނގަޅު 📍 ހދ. ހަނިމާދޫ

ހަނިމާދޫ އާއި ނޮޅިވަރަމްގައި އެމްޓީސީސީގެ ވޯކިން އިންޓަވިއުތަކެއް، މުސާރަ ވެސް ރަނގަޅު

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހދ. ހަނިމާދޫ އާއި އެއަތޮޅު ނޮޅިވަރަމްގައި ވޯކިންގ އިންޓަރވިއުތަކެއް މާދަމާ ބޭއްވުމަށް ނިންމައި، އެކަން ހާމަކޮށްފިއެވެ. އެ ކުންފުނިން ބުނީ މިއީ އެ ކުންފުނީގެ އެކިދާއިރާތަކުން މީހުން ހޯދަން ބާއްވާ ވޯކް-އިން އިންޓަވިއުތަކެއް ކަމަށެވެ. މި އިންޓަރވިއުތައް މޮޅިވަރަމް ގައި ކުރިއަށްދާނީ މާދަމާ މެންދުރުފަހު 3 ން  ހަވީރު ޖަހަންދެން ކަމަށާއި ހަނިމާދޫގައި ކުރިއަށް ދާނީ މި މާރިޗު މަހުގެ 30 ވަނަ ދުވަހު މެންދުރުފަހު 3 ން […]

މުޙައްމަދު އަފްރާޙް
ނޮޅިވަރަމްގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގުރާމްގެ ނިމުން ފާހަގަކޮށްފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމްގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގުރާމްގެ ނިމުން ފާހަގަކޮށްފި

ހދ. ނޮޅިވަރަމްގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގުރާމްގެ ނިމުން ފާހަގަކޮށްފިއެވެ. މި ޕްރޮގްރާމަކީ، ނޮޅިވަރަމު އަންހެންނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާއި ނޮޅިވަރަމް ޕޮލިސް ސްޓެޝަން ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ކަސްރަތު ޕްރޮގުރާމް ކުރިއަށް ގެންދިޔައީ އެއް މަސްދުވަހުގެ މުއްދަތަށް، 15 ފެބުރުއަރީން 15 މާރިޗް 2023 އަށެވެ. މި ޕްރިގުރާމްގެ މަގުސަދަކީ ނޮޅިވަރަންގެ ރައްޔިތުންނަކީ ދުޅަހެޔޮ ފުރިހަމަ ސިއްޙަތެއްގައި ތިބޭ ބަޔަކަށް ހެދުމާއި، ރައްޔިތުންނާއި ފުލުހުންގެ މެދުގައި އޮންނަ...

ޙުސައިން ޝަހުދީ
ނޮޅިވަރަމްގައި ޒަމާނީ ދަނޑުވެރިކަމަށް ބޭނުންވާ 4 ފެހި ގެއާއި ފެންދޭ ނިޒާމު ގާއިމުކޮށްފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމްގައި ޒަމާނީ ދަނޑުވެރިކަމަށް ބޭނުންވާ 4 ފެހި ގެއާއި ފެންދޭ ނިޒާމު ގާއިމުކޮށްފި

“ޒަކާތު ނަފާ” ޕްރޮގްރާމްގެ ދަށުން ހދ. ނޮޅިވަރަމްގައި ގާއިމުކުރި 4 ގްރީންހައުސް (ފެހިގެ) އާއި ފެންދޭ ނިޒާމުގެ މަސައްކަތް ނިންމާލައިފިއެވެ. ޒަކާތު ނަފާ ޕްރޮގްރާމަކީ އިސްލާމިކް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ އިން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފަށާ ފުރަތަމަ ރަށަކަށް ނޮޅިވަރަމް ވާއިރު، މި ދަނޑުތަކަކީ 5000 އަކަފޫޓުގެ ބިމެއްގައި ހަދާފައިވާ ދަނޑުތަކެކެވެ. އެގްރޯނެޓުން ބުނީ މި 4 ގްރީންހައުސްއަކީ ފަރޓިގޭޝަން ސިސްޓަމްއާއެކު ބޮޑުމިނުގައި 16 ފޫޓް 50 ފޫޓުގެ ހިމެނޭ 4 ގްރީންހައުސް ކަމަށެވެ. […]

މުޙައްމަދު އަފްރާޙް
ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ޚަދީޖާ އެދެނީ ތިޔަފަރާތްތަކުގެ އެހީތެރިކަމަށް 📍 ހދ. ނޮޅިވަރަންފަރު

ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ޚަދީޖާ އެދެނީ ތިޔަފަރާތްތަކުގެ އެހީތެރިކަމަށް

ހދ. ނޮޅިވަރަންފަރު، ކަރަންކާގޭ ޚަދީޖާ އަބްދުﷲ އަކީ އުރަމަތީ ކެންސަރަށް ފަރުވާ ކުރަމުން އަންނަ މީހެކެވެ. އުމުރުން 65 އަހަރުގެ ޚަދީޖާ ފާއިތުވި އަހަރުގެ ސެޕްޓެމްބަރ މަހުން ފެށިގެން އަންނަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ކެންސަރަށް ފަރުވާ ހޯދަމުންނެވެ. ޚަދީޖާގެ ބައްޔާއި ގުޅޭގޮތުން “ތިލަދުން” އަށް މަޢުލޫމާތު ހިއްސާކުރަމުން ޚަދީޖާގެ ހުރި ހަމައެކަނި ދަރިފުޅު، އަލީ ނަސީރު ބުނެފައި ވަނީ، މަންމައަށް އުނދަގޫތަކެއް ވާތީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު ކުޅުދުއްފުށީ ރީޖަނަލް […]

އިބްރާހިމް ޚަލީލް
ނޮޅިވަރަމް ފުޓްބޯޅަ ދަނޑުގައި އަޅަން ބަހައްޓާފައި ހުރި ޓާފްތަކުގައި އަނެއްކާ ވެސް ރޯކޮށްލައިފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ފުޓްބޯޅަ ދަނޑުގައި އަޅަން ބަހައްޓާފައި ހުރި ޓާފްތަކުގައި އަނެއްކާ ވެސް ރޯކޮށްލައިފި

ހދ. ނޮޅިވަރަމް ފުޓްބޯޅަ ދަނޑުގައި އެޅުމަށް ގެނެސްފައި ހުރި ޓާފް ރޯލުތަކުގައި އަނެއްކާ ވެސް ރޯކޮށްލައިފިއެވެ. ނޮޅިވަރަމުގައި ޓާފް އަޅައިގެން ފުޓްބޯޅަ ދަނޑެއް ތަރައްޤީ ކުރުމަށް އެ ރަށަށް ގެންގޮސްފައި ހުރި ޓާފްތަކުގައި ފާއިތުވި ޖަނަވަރީ މަހު 30 ވަނަ ދުވަހުގެ ރޭ ވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުން ތަކެއް ވެފައެވެ. އެ ފަހަރު ވެސް ޝައްކުކޮށްފައި ވަނީ ބަޔަކު އެ ތަކެތީގައި ރޯކޮށްލީ ކަމަށެވެ. މި ހާދިސާއާއި ގުޅޭގޮތުން “ތިލަދުން” އަށް […]

އިބްރާހިމް ޚަލީލް
ނޮޅިވަރަމްގައި ޓާފް ތަކުގައި ރޯކޮށްލި މައްސަލާގައި ހާމިދުގެ ތުހުމަތު މަހްލޫފަށް 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމްގައި ޓާފް ތަކުގައި ރޯކޮށްލި މައްސަލާގައި ހާމިދުގެ ތުހުމަތު މަހްލޫފަށް

ހދ. ނޮޅިވަރަމް ފުޓްބޯޅަ ދަނޑުގައި އަޅަން ގެންގޮސްފައި ހުރި ޓާފް ތަކުގައި ރޯކޮށްލި މައްސަލާގައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ޕޮލިސް ބޯޑުގައި ހިމެނިވަޑައިގަންނަވާ ހާމިދު އަބްދުލްޢަފޫރު ތުހުމަތުގެ އިނގިލި ދިއްކުރައްވައިފިއެވެ. ނޮޅިވަރަމްގައި މި ސަރުކާރުން ޓާފް އަޅައިގެން ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވާ ފުޓްބޯޅަ ދަނޑުގައި އަޅަން ގެންގޮސްފައިވާ ޓާފްތަކުގައި ބަޔަކު ރޯކޮށްލީ އަންގާރަ ދުވަހުގެރެއެވެ. 2019 ވަނަ އަހަރުގެ ފަހު ކޮޅުން ފެށިގެން އެރަށަށް ގެންގޮސްފައި ހު...

ޔުމްނާ ޢަލީ
ނޮޅިވަރަމް ދަނޑުގައި އަޅަން ގެންގޮސްފައި ހުރި ޓާފް ތަކުގައި ރޯކޮށްލައިފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ދަނޑުގައި އަޅަން ގެންގޮސްފައި ހުރި ޓާފް ތަކުގައި ރޯކޮށްލައިފި

ހދ. ނޮޅިވަރަމް ފުޓްބޯޅަ ދަނޑުގައި އަޅަން ގެންގޮސްފައި ހުރި ޓާފް ތަކުގައި ރޯކޮށްލައިފިއެވެ. ކުޅިވަރާބެހޭ ވަޒީރު އަހްމަދު މަޚްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ޓާފްތަކުގައި ރޯކޮށްލީ ޓާފް އަޅަން ތިން ދުވަހަށްވެފައި ވަނިކޮށް ކަމަށެވެ. މަޚްލޫފް ވިދާޅުވީ، ‏އެތައް މިލިއަން ރުފިޔާގެ ގެއްލުންދީ ގަސްތުގައި ރަށުގެ ތަރައްގީއަށް ހުރަސްއެޅުމަކީ ވަރަށް ދެރަ އަދި ފިނޑި އަމަލެއް ކަމަށެވެ. ”އެތައް ގޮންޖެހުންތަކާއިއެކު ދިގުލައިގެންދިޔަ ނޮޅިވަރަމްގެ ފުޓުބޯޅަ ދަނޑުގައި ޓާރފް އަޅަން 3 ދުވަހަށް ވުމާއެކު ބަޔަކު މ...

ޔުމްނާ ޢަލީ
ނޮޅިވަރަމުގައި ނިއުގެ ފުޓްބޯޅަ އެކަޑަމީއެއް، ބައިވެރިވާން ހުޅުވާލައިފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމުގައި ނިއުގެ ފުޓްބޯޅަ އެކަޑަމީއެއް، ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ފުޓްބޯޅަ އެކަޑަމީ އެއް ހިންގަން ނިންމައި، ބައިވެރިވުމަށް ހުޅުވާލައިފިއެވެ. ނޮޅިވަރަމު ކައުންސިލް އިދާރާ އިން ވިދާޅުވެފައިވަނީ ނިއުރޭޑިއަންޓް ސްޕޯރޓްސް ކްލަބްގެ ފަރާތުން އެ ރަށުގައި ފުޓްބޯޅަ އެކަޑަމީއެއް ހިންގުމުގެ މައިގަނޑު މަޤުޞަދަކީ އެ ކުލަބުން ދިވެހި ފުޓްބޯޅަ ކުރިއަރުވައި ތަރައްގީ ކުރުމުގެ ދުރުރާސްތާ ޕްލޭނެއްގެ ދަށުން، ފުޓްބޯޅައަށް މޮޅު، ކުޅަދާނަ ދަރިންތަކެއް އުފެއްދުން ކަމަށެވެ. އެ ކުލަބްގެ ފަރާތުން ރާއްޖޭގެ އެކި ސަރަހައ...

އިބްރާހިމް ޚަލީލް