މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ނޮޅިވަރަމް (216 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
216 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނޮޅިވަރަމްގެ އެންމެ ފަހުގެ ޚަބަރުތައް

216 ޚަބަރުގެ ތެރެއިން
މިއަދުން މިއަދަށް ނޮޅިވަރަމަށް އެހީތެރިނުވެވިއްޖެނަމަ ޞިއްޙީ ކާރިސާއެއް ކުރިމަތިވެދާނެ: މޮސްޓާ 📍 ހދ. ނޮޅިވަރަމް

މިއަދުން މިއަދަށް ނޮޅިވަރަމަށް އެހީތެރިނުވެވިއްޖެނަމަ ޞިއްޙީ ކާރިސާއެއް ކުރިމަތިވެދާނެ: މޮސްޓާ

ކޯވިޑްގެ ހާލަތުގެ ވަރަށް ބޮޑަށް ގޯސްވެފައި ވަނީ ހދ. ނޮޅިވަރަމަށް ބޭނުންވާ ސިއްހީ އެހީތެރިކަން މިއަދުން މިއަދަށް ފޯރުކޮށް ނުދެއްވިޖެނަމަ އެރަށަށް ޞިއްޙީ ކާރިސާއެއް ކުރިމަތިވެދާނެ ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްނަދު ނަޝީދު ޢަބުދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ. މޮސްޓާ މިހެން ވިދާޅުވީ ނޮޅިވަރަމާއި ނޮޅިވަރަންފަރަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލިސްއަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައި، އެ މައްސަލާގެ ބަހުސްގައި މިއަދު ދެއްކެވި ވާހަކާގައެވެ. ބޭސް ލިބުމުގައި ނޮޅިވަރ...

އަލީ އާދިލް
ނޮޅިވަރަމާއި ނޮޅިވަރަންފަރަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ގޮވައިލާ ކުއްލި މައްސަލައެއް 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަމާއި ނޮޅިވަރަންފަރަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ގޮވައިލާ ކުއްލި މައްސަލައެއް

ކޯވިޑް ބަލީގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާ ހދ. ނޮޅިވަރަމާއި ނޮޅިވަރަންފަރަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލިސްއަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފިއެވެ. މަޖިލިސްއަށް މި މައްސަލަ ހުށަހަޅުއްވާފައި ނޮޅިވަރަމް ދާއިރާގައި މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ. މޮސްޓާ ހުށަހަޅުއްވާފައިވާ މި މައްސަލައިގައި ވިދާޅުވެފައި ވަނީ، ކޯވިޑް-19ގެ މި ހާލަތުގައި ނޮޅިވަރަމް ދާއިރާ މިއަދު ވަނީ ނާޒުކު ހާލަތެއްގައިކަމަށެވެ. މިގޮތުން އާބާދީގައި 2770 އަށްވުރެ ގިނަ މީހުން...

އަޒްފާ ރަޝީދު
ނޮޅިވަރަމުން ޕޮޒިޓިވްވި މީހުންގެ އަދަދު 180 އަށް އަރައިފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމުން ޕޮޒިޓިވްވި މީހުންގެ އަދަދު 180 އަށް އަރައިފި

ހދ. ނޮޅިވަރަމުން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 180 އަށް އަރައިފިއެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް، މުޙައްމަދު މުސްތަފާ “ތިލަދުން”އަށް ވިދާޅުވީ، ރެޔާއި ހަމައަށް އެރަށުން 180 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިހާތަނަށް އެރަށުން ޖުމްލަ 687 ސާމްޕަލެއް ވަނީ ނަގާފައެވެ. “ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާބަނޑު އެކަކު ހިމެނޭ. މީގެ އިތުރުން 10 އަހަރުން ދަށުގެ 65 ކުދިންނާއި 65 އަހަރުން މަތީގެ 6 މީހުންނާއި ދާއިމީ ބޭސްކާ 6 މީހުން ހިމެނޭ” […]

އަލީ އާދިލް
ކަރަންޓީނުގައި ހުރި މީހަކު ހޭނެތިގެން ނޮޅިވަރަމް ސިއްހީ މަރުކަޒަށް ގެންގޮސްފި 📍 ހދ. ނޮޅިވަރަމް

ކަރަންޓީނުގައި ހުރި މީހަކު ހޭނެތިގެން ނޮޅިވަރަމް ސިއްހީ މަރުކަޒަށް ގެންގޮސްފި

ހދ. ނޮޅިވަރަމްގައި ކޯވިޑް ޖެހިގެން ހޯމް ކަރަންޓީނުގައި ހުރި ބަލި މީހެއް ހާލު ގޯސްވެ އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފިއެވެ. އެމީހާ ސިއްހީ މަރުކަޒަށް ގެންދިޔައީ ރަށުގައި އެމްބިއުލާންސެއް ނެތުމުން ބަލިމީހުން އުފުލަން ބޭނުންކުރާ ޕިކަޕްގައެވެ. އެއީ އަންހެނެކެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިސަލް، ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ ވަނީ މިކަން “ތިލަދުން”އަށް ކަށަވަރުކޮށް ދެއްވާފައެވެ. “އަޅުގަނޑު މިވަގުތު މިހިރީ ސިއްހީ މަރުކަޒުގައި، ހާލު ދެރެވެގެން ގެނައި މީހާއަށް މިހާރު ދަނީ އަވަސް ފަރުވާ...

ޔުމްނާ ޢަލީ
ކޯވިޑް ބަލީގެ ހާލަތު ގޯސްވެފައިވާ ނޮޅިވަރަމްގައި ކާފިއު ވަގުތު އިތުރުކޮށްފި 📍 ހދ. ނޮޅިވަރަމް

ކޯވިޑް ބަލީގެ ހާލަތު ގޯސްވެފައިވާ ނޮޅިވަރަމްގައި ކާފިއު ވަގުތު އިތުރުކޮށްފި

ކޯވިޑް-19 ބަލިމަޑުކަން ފެތުރި ހާލަތު ގޯސްވެފައިވާ ހދ.ނޮޅިވަރަންގައި، ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ކާފިއު ހިންގާ ވަގުތު އިތުރުކޮށްފިއެވެ. ކޯވިޑްއާއި ގުޅިގެން ފާއިތުވި އޯގަސްޓް މަހުގެ 31 ވަނަ ދުވަހުން ފެށިގެން އެ ރަށުގައި ވަނީ ބަލިން ރައްކާތެރިވުމުގެ ގޮތުން ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެ ދުވަހުން ފެށިގެން އިއްޔެއާއި ހިސާބަށް އެ ރަށުގައި 18:00 އިން ހެނދުނު 06:00  އަށް އައިސްފައިވަނީ ކާފިއު ހިންގަމުންނެވެ. ނަމަވެސް ބަލީގެ ހާލަތު އަދިވެސް ގޯސްކޮށް [...

އިބްރާހިމް ޚަލީލް
ނޮޅިވަރަމްގައި ކަރަންޓީނު ކުރެވިފައިވާ ގެތަަކަށް މާޖިދުގެ އެހީތެރިކަން 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމްގައި ކަރަންޓީނު ކުރެވިފައިވާ ގެތަަކަށް މާޖިދުގެ އެހީތެރިކަން

ކޯވިޑް ބަލީގެ ބިރުވެރިކަން ބޮޑުވެ، ހިތްދަތި ތަޖުރިބާ ކުރަމުންދާ ހދ. ނޮޅިވަރަމް ރައްޔިތުންގެ ތެރެއިން މިވަގުތު ކަރަންޓީނު ކުރެވިފައިވާ ގެތަކުގެ މީހުންނަށް ނޮޅިވަރަމް، ސަވާރީ، އަބްދުލް މާޖިދު އެހީތެރިކަން ފޯރުކޮށްދީފިއެވެ. މިގޮތުން މިވަގުތު ނޮޅިވަރަމްގެ ކަރަންޓީނު ކުރެވިފައިވާ 120 ގެއިންކުރެ ކޮންމެ ގެއަކަށް މާޖިދު ވަނީ ހަދިޔާ ޕެކެއް ދީފައެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް، ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ “ތިލަދުން”އަށް ވިދާޅުވީ މާޖިދުގެ މި ދީލަތި އެހީތެރިކަން މިވަގުތު އެރަށުގައި...

ޙުސައިން ޝަހުދީ
ނޮޅިވަރަން ސިއްހީ މަރުކަޒުގައި ވޮލެންޓިއަރކޮށް މަސައްކަތް ކޮށްދޭނެ މީހުން ހޯދަނީ 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަން ސިއްހީ މަރުކަޒުގައި ވޮލެންޓިއަރކޮށް މަސައްކަތް ކޮށްދޭނެ މީހުން ހޯދަނީ

ހދ. ނޮޅިވަރަންގައި ކޯވިޑް-19 ގެ ހާލަތު ގޯސްވެ އެ ރަށު ސިއްހީ މަރުކަޒުގައި ވޮލެންޓިއަރކޮށް މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުމުގެ މަސައްކަތް އެ މަރުކަޒުން ފަށައިފިއެވެ. މިކަމާއި ގުޅިގެން އެ މަރުކަޒުން އާންމު ކޮށްފައުވާ ނޯޓްގައި ވިދާޅުވެފައި ވަނީ ނޮޅިވަރަން ސިއްހީ މަރުކަޒުގައި ވޮލެންޓިއަރ ކޮށް މަސައްކަތް ކޮށްދޭނެ ފަރާތްތަކެއް ބޭނުންވެފައިވާ ކަމަށެވެ. ވުމާއެކު މިކަމަށް ޝައުގު ވެރިވާ ފަރާތްތަކުން 7575566 ނަންބަރަށް ނަމާއި އެޑްރެސް އަދި ގުޅޭނެ ނަމްބަރު ފޮނުވައި ދެއްވުމަށެވެ. ނޮޅިވަރަންގައި ތިންހާހާއ...

އިބްރާހިމް ޚަލީލް
އެޑްމޭން އާއި ފަރިރީތިން ނޮޅިވަރަމު ރައްޔިތުންނަށް 1.2 ޓަނުގެ ރޯމަސް ހަދިޔާ ކޮށްފި 📍 ހދ. ނޮޅިވަރަމް

އެޑްމޭން އާއި ފަރިރީތިން ނޮޅިވަރަމު ރައްޔިތުންނަށް 1.2 ޓަނުގެ ރޯމަސް ހަދިޔާ ކޮށްފި

ކުޅުދުއްފުށި ސިޓީގައި ހިންގާ އެޑްމޭން ފިހާރަ އަދި ފަރިރީތި ފިހާރައިގެ ފަރާތުން މިވަގުތު މޮނިޓަރިންފެ ހާލަތުގައި އޮތް ހދ. ނޮޅިވަރަމުގެ ރައްޔިތުންނަށް ރޯ މަސް ހަދިޔާކޮށްފިއެވެ. ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން ނޮޅިވަރަމު ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ހުސައިން (ސެންޓޭ) ވިދާޅުވީ ކުޅުދުއްފުށީ އެޑްމޭން ފިހާރަ އަދި ފަރިރީތި ފިހާރައިން އެރަށު ރައްޔިތުންނަށް 1.2 ޓަނުގެ މަސް ހަދިޔާކުރެއްވި ކަމަށެވެ. އަދި މިހާރު ވަނީ ހުރިހާގެއަކަށް އެ މަސްތައް ބަހާ ނިންމާފަކަމަށްވެސް ސެންޓޭ ފާހަގަކުރެއްވިއެވެ....

އަޙްމަދު އަރުޝަމް
ނޮޅިވަރަމްގެ ހާލަތު ވަރަށް ގޯސް، ސިއްހީ މަރުކަޒުގައި އާބާދީއާއި އެކަށޭނަ ވަސީލަތެއްނެތް: މުސްތަފާ 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމްގެ ހާލަތު ވަރަށް ގޯސް، ސިއްހީ މަރުކަޒުގައި އާބާދީއާއި އެކަށޭނަ ވަސީލަތެއްނެތް: މުސްތަފާ

ކޯވިޑް ބަލީގެ ނުރައްކަލުގެ ސަބަބުން ހދ. ނޮޅިވަރަމްގެ ހާލަތު ވަރަށް ގޯސްވެފައިވާ ކަމަށާއި، އެރަށުގެ ސިއްހީ މަރުކަޒުގައި އާބާދީއާއި އެކަށޭނަ ވަސީލަތެއްނެތް ކަމަށް ނޮޅިވަރަމް ކައުންސިލުން ވިދާޅުވެއްޖެއެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް، ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ “ތިލަދުން”އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ކޯވިޑްގެ ނުރައްކާ އެރަށަށް ވަނީ އިންތިހާއަށް ވެރިވެފައި ކަމަށެވެ. 28 އޯގަސްޓްއިން ފެށިގެން ރޭގެ ނިޔަލަށް އެރަށުން 125 މީހަކު އެރަށުން ޕޮަޒިޓިވްވެފައިވާއިރު، ރަށުގެ އ...

އަލީ އާދިލް
ނޮޅިވަރަމުން ކޯވިޑަށް ފަރުވާ ހޯދަމުންދިޔަ މީހަކު ށ. އަތޮޅު ފެސިލިޓީއަށް ބަދަލުކޮށްފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމުން ކޯވިޑަށް ފަރުވާ ހޯދަމުންދިޔަ މީހަކު ށ. އަތޮޅު ފެސިލިޓީއަށް ބަދަލުކޮށްފި

ހދ. ނޮޅިވަރަމް ސިއްހީ މަރުކަޒުގައި ކޯވިޑް-19 ބައްޔަށް ފަރުވާ ހޯދަމުންދިޔަ މީހެއްގެ ހާލަތު ގޯސްވަމުން ދާތީ، ށ. ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރަށް އެމީހާ ބަދަލުކޮށްފިއެވެ. މި މީހާއަކީ ހާލަތު ގޯސްވުމުން ރޭގެ ވަގުތެއްގައި ނޮޅިވަރަމް ސިއްހީ މަރުކަޒަށް ގެންދެވުނު އަންހެނެކެވެ. އެމީހާ ސީ އެމްބިއުލާންސްގައި ފުނަދޫއަށް ފުރުވާލާފައި ވަނީ ރޭ މެންދަމު 12:45 ހާއިރުއެވެ. އެމީހާގެ އެހީތެރިއެއްގެ ގޮތުގައި އޭނާގެ ފިރިމީހާ ގޮސްފައިވާއިރު ފިރިމީހާއަކީ...

ޙުސައިން ޝަހުދީ
ނޮޅިވަރަމުން ޕޮޒިޓިވްވީ އަދަދު 109، އެންބިއުލާންސްގެ ޚިދުމަތް ނުލިބޭތީ ބަލިމީހުން އުފުލަނީ ޕިކަޕުގައި! 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމުން ޕޮޒިޓިވްވީ އަދަދު 109، އެންބިއުލާންސްގެ ޚިދުމަތް ނުލިބޭތީ ބަލިމީހުން އުފުލަނީ ޕިކަޕުގައި!

ހދ. ނޮޅިވަރަމުން ކޯވިޑް19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 109 އަށް އެރިއިރު އެރަށުގެ ހާލަތު އިންތިހާއަށް ގޯސްވެއްޖެ އެވެ. އެރަށުން ވާހަކަ ދެއްކި ޒުވާނަކު މި ނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށުގައި އެންބިއުލާންސްގެ ޚިދުމަތް ނުލިބި ހައެއްކަ މަސް ވެދާނެ ކަމަށެވެ. އަދި މިހާލަތުގައި ކޯވިޑް އަށް ޕޮޒިޓިވް ވެފައިވާ ފަރާތްތައް ސިއްހީ މަރުކަޒާއި ހަމައަށް ގެންދަނީވެސް އެކި ފަހަރު އެކި އުޅަންދު ތަކުގައެވެ. އެގޮތުން ކޯވިޑް19 އަށް ޕޮޒިޓިވްވެ ހާލުދެރަވި ދެ ބަލިމީހަކު […]

ޖަލްވާން ޖާދުﷲ
ނޮޅިވަރަމުން ޕޮޒިޓިވްވި މީހުންގެ އަދަދު 84 އަށް އަރައިފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމުން ޕޮޒިޓިވްވި މީހުންގެ އަދަދު 84 އަށް އަރައިފި

ހދ. ނޮޅިވަރަމުން އިތުރު ބަޔަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ، އެރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު 84 އަށް އަރައިފިއެވެ. ނޮޅިވަރަމުން މިމަހުގެ 1 ވަނަ ދުވަހު ވަނީ ރެންޑަމް 11 ސާމްޕަލަކާއި، 17 ފްލޫ ސާމްޕަލަކާއި އަދި ކޮންޓެކްޓް ޓްރޭސިންގެ ގޮތުގައި 50 މީހެއްގެ ސާމްޕަލް ނަގާފައެވެ. މީގެތެރެއިން ފްލޫ ސާމްޕަލަކާއި އަދި ކޮންޓެކްޓް ޓްރޭސިންގެ ގޮތުގައި ނެގި ސާމްޕަލްތަކުން 20 ސާމްޕަލެއް ވަނީ ޕޮޒިޓިވްވެފައެވެ. އެރަށުން މިހާތަނަށް 278 ސާމްޕަލް ނެގިފާވާއިރު އޭގެތެރެއިން ކޯވިޑް-19 އަށް […]

އަޙްމަދު އަރުޝަމް
ނޮޅިވަރަމުން އިތުރު 23 މީހުން ޕޮޒިޓިވްވެ، އަދަދު 63 އަށް 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމުން އިތުރު 23 މީހުން ޕޮޒިޓިވްވެ، އަދަދު 63 އަށް

ހދ. ނޮޅިވަރަމުން ކޯވިޑް-19އަށް އިތުރު 23 މީހުން ޕޮޒިޓިވްވެ، އެރަށުން ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު 63 އަށް އަރައިފިއެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް، ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ “ތިލަދުން”އަށް ވިދާޅުވީ، އޯގަސްޓް 30 ވަނަ ދުވަހު ނެގުނު ސާމްޕަލްތަކެއްގެ ނަތީޖާ ރޭގައި ލިބުނުއުރު އިތުރު 23 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، މިހާތަނަށް ނެގެމުން އަންނަނީ 28 އޯގަސްޓް ކްލަސްޓާއާއި ގުޅުންހުރި މީހުންގެ ސާމްޕަލްތައް ކަމަށާއި، އަދި ރެންޑަމް ސާމްޕަލް ނެގުމުގެ […]

ޙުސައިން ޝަހުދީ
ނޮޅިވަރަމުގައި ކޮވިޑް ފެތުރޭތީ ފިޔަވަޅުތައް ވަރުގަދަކޮށްފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމުގައި ކޮވިޑް ފެތުރޭތީ ފިޔަވަޅުތައް ވަރުގަދަކޮށްފި

ހދ. ނޮޅިވަރަމުގައި ހަލުވިކަމާއެކު ކޮވިޑް-19 ބަލި ފެތުރެމުންދާތީ އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ. އެރަށު ކައުންސިލުން ހާމަކުރެއްވިގޮތުގައި އެރަށުގައި އެޅި ފިޔަވަޅުތައް އަޅަން ނިންމާފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެރަށުން ކޮވިޑްގެ ޕޮޒިޓިވް ކޭސްތަކެއް ފެނި، ހަލުވިކަމާއެކު ރަށުތެރޭގައި ބަލި ފެތުރެމުންދާތީ އެވެ. އެގޮތުން، އެޅުނު ފިޔަވަޅުތަކުގެ ތެރޭގައި ހަވީރު 18:00 ފެށިގެން ހެނދުނު 06:00 އަށް ކާފިއުގެ ވަގުތު އިތުރުކުރުމާއި ކާފިއު ނޫން ވަގުތުތަކުގައި ބޭރަށް ނިކުންނައިރު...

އަޙްމަދު އަރުޝަމް
ނޮޅިވަރަމުން އިތުރު 4 މީހުން ޕޮޒިޓިވް ވެއްޖެ 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމުން އިތުރު 4 މީހުން ޕޮޒިޓިވް ވެއްޖެ

ހދ. ނޮޅިވަރަމުން އިތުރު 4 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މައުލޫމާތު ލިބިފާވާގޮތުގައި އިއްޔެ އެރަށުން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ކުރިއަށް ގެންދާ ކޮންޓެކްޓް ޓްރޭސިންގައި ނެގުނު 14 ސާމްޕަލްގެ ތެރެއިން 4 ސާމްޕަލް ވަނީ ޕޮޒިޓިވް ވެފައެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް، ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ “ތިލަދުން”އަށް ވިދާޅުވީ، އިއްޔެ އެ ރަށުން ފެނިފައިވަނީ 7 ޕޮޒިޓިވް ކޭސް ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 5 ކުޑަކުދިންނާއި ބޮޑު 2 […]

އަޙްމަދު އަރުޝަމް