މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ނައިވާދޫ (154 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
154 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނައިވާދޫގެ އެންމެ ފަހުގެ ޚަބަރުތައް

154 ޚަބަރުގެ ތެރެއިން
ހޮލިޑޭ ކަޕްގެ ނައިވާދޫ އޮޑިޝަން ޑިސެމްބަރު ޗުއްޓީގައި ރަށުގައި ބާއްވަނީ 📍 ހދ. ނައިވާދޫ

ހޮލިޑޭ ކަޕްގެ ނައިވާދޫ އޮޑިޝަން ޑިސެމްބަރު ޗުއްޓީގައި ރަށުގައި ބާއްވަނީ

ހދ. ނައިވާދޫ ޓްރޭނާރސް ސްޕޯޓްސް ކުލަބުގެ ފަރާތުން މާލެ ސަރަހައްދުގައި ދިރިއުޅޭ ނައިވާދޫގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު އިންތިޒާމްކުރާ ފޯރިގަދަ “ހޮލިޑޭ ކަޕް”ގެ ނައިވާދޫ އޮޑިޝަން މި އަހަރުގެ ޑިސެމްބަރު ޗުއްޓީގައި ނައިވާދޫގައި ބޭއްވުމަށް ރާވަމުންދާކަމަށް އެ ކުލަބުން ހާމަކޮއްފިއެވެ. ޓްރޭނާރސް ސްޕޯޓްސް އެކަޑަމީގެ ކޯޑިނޭޓަރ އަޙުމަދު އާފާޤް “ތިލަދުން”އަށް ބުނީ، މިއީ ރަށުގައި ދިރިއުޅޭ ގިނަ ކުދިންތަކެއްގެ ހުވަފެނެއްކަމަށާއި އެ ކުދިން ނުހަނު ބޭނުންވާ ކަމެއްކަމަށެވެ. ނަމަވެސް މި ފުރުސަތު ދ...

ފާތިމަތު ސަޙާ
ނައިވާދޫ ކައުންސިލްގެ އުއްމީދަށްވުރެ "މަންފާ ދަތުރު" ފުރިހަމަ؛ ރައްޔިތުން ތިބީ ވަރަށް އުފަލުން 📍 ހދ. ނައިވާދޫ

ނައިވާދޫ ކައުންސިލްގެ އުއްމީދަށްވުރެ "މަންފާ ދަތުރު" ފުރިހަމަ؛ ރައްޔިތުން ތިބީ ވަރަށް އުފަލުން

ހދ. ނައިވާދޫގައި  ކުރިއަށް ގެންދިޔަ ދީނީ ފޯރަމް ”މަންފާ ދަތުރު”، ކައުންސިލުން އުއްމީދު ކުރި ވަރަށް ވުރެ މާ ފުރިހަމަކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ. ނައިވާދޫ ޓްރޭނާސް ސްޕޯޓްސް ކްލަބުން އިސްނަގައިގެން، ނައިވާދޫ ކައުންސިލް އަދި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އތމ) ގުޅިގެން “ވަޙްދަތުގެ ނޫރު 2026” ނަމުގައި 3 ދުވަހަށް ކުރިއަށް ގެންދިޔަ މި ފޯރަމަށް އެ ރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުޚީބެއް ލިބިފައިވާކަމަށް އެ ރަށު […]

ސަލާމާ ޢަބްދުލް ޢަލީމް
އަލީ ރަމީޒް މިފަހަރުގެ މަންފާ ދަތުރުގައި ބައްޕަގެ ރަށް ނައިވާދޫ އަށް 📍 ހދ. ނައިވާދޫ

އަލީ ރަމީޒް މިފަހަރުގެ މަންފާ ދަތުރުގައި ބައްޕަގެ ރަށް ނައިވާދޫ އަށް

މަންފާ ޖަމިއްޔާއިން ރާއްޖޭގެ އެކި ރަށްތަކުގައި ކުރިއަށްގެންދާ ސިލްސިލާ ދީނީ ޕްރޮގްރާމް ”މަންފާ ދަތުރު”ގެ ޕްރޮގްރާމްތައް ހދ. ނައިވާދޫގައި މިއަދު ފަށައިފިއެވެ. ނައިވާދޫގައި މި ޕްރޮގްރާމް ކުރިއަށް ގެންދަނީ “ވަޙްދަތުގެ ނޫރު 2026″ގެ ނަމުގައި، ނައިވާދޫ ޓްރޭނާސް ސްޕޯޓްސް ކްލަބުން އިސްނަގައިގެން، ނައިވާދޫ ކައުންސިލް އަދި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އތމ) ގުޅިގެންނެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް މަންފާ ޓީމު މިއަދު ނައިވާދޫ އަށް ދިޔުމުން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ....

ފާތިމަތު ސަޙާ
ނައިވާދޫގެ ޒުވާނުންނަށް ނަފްސާނީ ދުޅަހެޔޮކަމުގެ ސެޝަނެއް މާދަމާ 📍 ހދ. ނައިވާދޫ

ނައިވާދޫގެ ޒުވާނުންނަށް ނަފްސާނީ ދުޅަހެޔޮކަމުގެ ސެޝަނެއް މާދަމާ

ހދ.ނައިވާދޫގައި ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރި ކުރުވުމުގެ ސެޝަނެއް މާދަމާ އޮންނާނެކަމަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ބުނެފިއެވެ. މިއީ ކޮންމެ މަހަކު ވެސް ރަށުގެ ޒުވާނުންނަށް އަމާޒުކޮށް، ބޭއްވުމަށް ހަމަޖެހިފައިވާ ސިލްސިލާ ސެޝަންތަކުގެ ތެރެއިން ދެ ވަނަ ސެޝަނެވެ. ނައިވާދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމްކޮށްގެން، “އަހަރެން އަހަންނަށްޓަކައި”ގެ ނަމުގައި ކުރިއަށް ގެންދާ މި ސެޝަންގެ މައިގަނޑު މަޤްޞަދަކީ، ނަފްސާނީ ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށ...

ސަލާމާ ޢަބްދުލް ޢަލީމް
ނައިވާދޫގެ މަގުތަކަށް އެއްވަރުކޮށް ރީތިކުރުމަށް ވެލިއެޅުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި 📍 ހދ. ނައިވާދޫ

ނައިވާދޫގެ މަގުތަކަށް އެއްވަރުކޮށް ރީތިކުރުމަށް ވެލިއެޅުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި

ހދ،ނައިވާދޫގެ މަގުތައް ރީތިކޮށް، އެއްވަރު ކުރުމުގެ މަޤްޞަދުގައި މަގުތަކަށް ވެލި އެޅުމުގެ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތުގައި ރަށުގެ އެންމެހާ ލޮބުވެތި ރައްޔިތުން ޢަމަލީގޮތުން ބައިވެރިވެދެއްވުމަށް، އެ ކައުންސިލުން ދައުވަތުދީފައިވާއިރު، މި މަސައްކަތް ފަށާފައި ވަނީ މިއަދު ހަވީރު 16:30ގައި އެ ރަށުގެ ވޮލީ ކޯޓު ސަރަޙައްދުންނެވެ. މީގެ އިތުރުން ނައިވައިދޫ ކައުންސިލުން މިދިޔަ ހޮނިހިރު ދުވަހު، ރަށުގެ ބަނދަރު ސަރަޙައްދާއި، ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތެއްވަނީ ކުރިއަށް ގެންގޮސްފައެވެ....

ފާތިމަތު ސަޙާ
ނައިވާދޫގެ ބަނދަރާއި ގޮނޑުދޮށް ސާފުކުރުމުގެ ބޮޑު ހަރަކާތެއް 📍 ހދ. ނައިވާދޫ

ނައިވާދޫގެ ބަނދަރާއި ގޮނޑުދޮށް ސާފުކުރުމުގެ ބޮޑު ހަރަކާތެއް

ހދ.ނައިވާދޫގެ ބަނދަރު ސަރަޙައްދާއި ގޮނޑުދޮށް ސަރަޙައްދު ސާފުކުރުމުގެ ހަރަކާތެއް ބޭއްވުމަށް އެ ކައުންސިލުން ނިންމައިފިއެވެ. ނައިވާދޫ ކައުންސިލުން ބުނެފައި ވަނީ މި ހަރަކާތަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޓީމެއް އެރަށަށް ކުރަން ހަމަޖެހިފައިވާ ޒިޔާރަތާއި ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތެއް ކަމަށެވެ. އެ ޓީމަކީ ޗާލު ދިވެހިރާއްޖެ އެވޯޑަށް އެރަށް ނޮމިނޭޓްވެފައިވާތީ ކުރާ އެ ރަށަށް ޒިޔާރަތްކުރާ ޓީމެކެވެ. ނައިވާދޫގެ ބަނދަރު ސަރަޙައްދާއި ގޮނޑުދޮށް ސަރަޙައްދު ސާފުކުރުމުގެ ހަރަކާތް ފެށ...

ފާތިމަތު ސަޙާ
ނައިވާދޫގެ ސިވިވިލް ސާވިސް މުވައްޒަފުން ތާޒާކުރުމަށް ޕްރޮގްރާމެއް 📍 ހދ. ނައިވާދޫ

ނައިވާދޫގެ ސިވިވިލް ސާވިސް މުވައްޒަފުން ތާޒާކުރުމަށް ޕްރޮގްރާމެއް

ހދ.ނައިވާދޫގެ ސިވިލް ސަރވިސް އިދާރާތަކުގެ މުވައްޒަފުން، ސިވިލް ސަރވިސް ޤަވާޢިދަށް އަޙުލުވެރިކުރުވުމުގެ ޕްރޮގްރާމެއް އެ ރަށުގައި ކުރިއަށް ގެންގޮސްފިއެވެ. ނައިވައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) މުސްޠަފާ އިބްރާހީމް “ތިލަދުން”އަށް ވިދާޅުވީ، މި ޕްރޮގްރާމަކީ ސިވިލްސާވިސްގެ ބައެއް  ޤަވާޢިދުތަކަށް ބަދަލުތަކެއް އަންނަމުންދާތީއާއެކު، ޤަވާޢިދުތަކަށް އަހުލުވެރިކުރުވުމަށް ބޭއްވި ޕްރޮގްރާމެއް ކަމަށެވެ. އޭގެއިތުރުން، އެސްޖީ ވިދާޅުވި ގޮތުގައި ނައިވާދޫ ފަދަ ކުޑަކުޑަ މުޖުތަމައެއްގައި ހަމައެކަނި ކައު...

ފާތިމަތު ސަޙާ
އެންމެން ހައިރާންކޮށްލުމަށްފަހު ފުޓްސަލް ރަސްގެފާނު ނައިވާދޫ ބަލިކޮށް ހަނިމާދޫ ތަށި އުފުލާލައިފި 📍 ހދ. ނައިވާދޫ

އެންމެން ހައިރާންކޮށްލުމަށްފަހު ފުޓްސަލް ރަސްގެފާނު ނައިވާދޫ ބަލިކޮށް ހަނިމާދޫ ތަށި އުފުލާލައިފި

“އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026″ގެ ހދ.އަތޮޅު ބުރުގެ ޗެމްޕިއަންކަން ހަނިމާދޫ ހޯދައިފިއެވެ. ހަނިމާދޫ މި މުބާރާތުގެ ތަށި އުފުލައިލީ މިރޭ ކުޅުނު ފައިނަލް މެޗުގައި ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ތަށި ކާމިޔާބުކޮށް ފުޓްސަލްގައި ބޮޑެތި މުބާރާތްތަކުން 12 ތަށި ހޯދާފައިވާ މިވަގުތު ރާއްޖޭގެ ފުޓްސަލް ރަސްގެފާނު ނައިވާދޫ 2-0 އިން ބަލިކޮށްގެންނެވެ. މެޗުގައި ހަނިމާދޫގެ ދެ ލަނޑުވެސް ފެނިގެން ދިޔައީ ފުރަތަތަމަ ހާފުގައެވެ. މިގޮތުން ހަނިމާދޫ އަށް ފުރަތަމަ ލަނޑު ޖަހައިދިނީ އަލީ […]

ޔުމްނާ ޢަލީ
ނައިވާދޫ އާއި ހަނިމާދޫ ކުރިމަތިލާ ބޮޑު ފައިނަލް މިރޭ 📍 ހދ. ނައިވާދޫ

ނައިވާދޫ އާއި ހަނިމާދޫ ކުރިމަތިލާ ބޮޑު ފައިނަލް މިރޭ

“އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026″ގެ ހދ.އަތޮޅު ބުރުގެ ފައިނަލްގައި ރާއްޖޭގެ މިވަގުތުގެ ފުޓްސަލް ރަސްގެފާނު ނައިވާދޫ އާއި ފުޓްބޯޅާގައި ހދ.އަތޮޅުގެ ކާމިޔާބު ރަށެއްކަމަށްވާ ހަނިމާދޫ ކުރިމަތިލާނެއެވެ. މި ބުރުގެ ފައިނަލަށް ނައިވާދޫ ދަތުރުކުރީ ކުޅުނު ދެ މެޗުން ވެސް މޮޅު ސެމީ އަށް ދަތުރުކޮށް ސެމީގައި 5-0 އިން ނޮޅިވަރަންފަރު ބަލިކޮށްގެންނެވެ. ހަނިމާދޫ ފައިނަލަށް ދަތުރުކުރީ އެއް މެޗުން މޮޅު ސެމީގައި ނޭކުރެންދޫގެ މައްޗަށް 2-1 އިން ކުރި ހޯދައިގެންނެވެ. މި ފައިނަލް ފަށާނީ މިރޭ […]

ޔުމްނާ ޢަލީ
ނޮޅިވަރަންފަރު އަތުން ބޮޑު މޮޅެއް ހޯދައި ނައިވާދޫ ފައިނަލަށް 📍 ހދ. ނައިވާދޫ

ނޮޅިވަރަންފަރު އަތުން ބޮޑު މޮޅެއް ހޯދައި ނައިވާދޫ ފައިނަލަށް

“އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026″ގެ ހދ.އަތޮޅު ބުރުގެ ފައިނަލްގެ ދެވަނަ ޖާގަ ނައިވާދޫ ކަށަވަރުކޮށްފިއެވެ. ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ތަށި އުފުލާލައި، ރާއްޖޭގެ ފުޓްސަލް ރަސްގެފާނުގެ މަގާމުގައި މިވަގުތު އޮތް ނައިވާދޫ މިރޭ ކުޅުނު ހދ. އަތޮޅު ބުރުގެ ސެމީ ފައިނަލް މެޗު ކާމިޔާބުކުރީ ނޮޅިވަރަންފަރާއި ބައްދަލުކުރި މެޗު 5-0 އިން ކާމިޔާބުކޮށްގެންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ނޮޅިވަރަންފަރުން ވަނީ ގަދަފަދަ ނައިވާދޫ ހިފަހައްޓައި ލަނޑެއްޖެހި ނުދީ ހާފު ނިންމާލާފައެވެ. މި […]

ޔުމްނާ ޢަލީ
ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕްގެ ހދ.އަތޮޅުގެ ސެމީ ފައިނަލް މެޗުތައް މިއަދު 📍 ހދ. ނައިވާދޫ

ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕްގެ ހދ.އަތޮޅުގެ ސެމީ ފައިނަލް މެޗުތައް މިއަދު

“އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026″ގެ ހދ.އަތޮޅު ބުރުގެ ސެމީ ފައިނަލް މެޗުތައް މިއަދު ކުޅޭނެއެވެ. މިގޮތުން މިއަދު ކުޅޭ ސެމީގެ ފުރަތަމަ މެޗުގައި ކުޅޭނީ ގްރޫޕް އޭގެ އެއްވަނަ ހޯދި ހަނިމާދޫ އާއި ގްރޫޕް ބީގެ ދެވަނަ ހޯދި ނޭކުރެންދޫ އެވެ. މި މެޗު ފަށާނީ މިއަދު ހަވީރު 16:45 ގައެވެ. ސެމީގެ ދެވަނަ މެޗު ފަށާނީ މިރޭ 20:30 ގައެވެ. މި މެޗުގައި ކުޅޭނީ ގްރޫޕް ބީ އިން އެއްވަނަ ހޯދި މިވަގުތު ރާއްޖޭގެ ފުޓްސަލް […]

ޔުމްނާ ޢަލީ
ދެ މެޗުން ވެސް މޮޅުވެ ނައިވާދޫ ސެމީއަށް، ދެވަނަ ޖާގަ ނޭކުރެންދޫ އަށް 📍 ހދ. ނައިވާދޫ

ދެ މެޗުން ވެސް މޮޅުވެ ނައިވާދޫ ސެމީއަށް، ދެވަނަ ޖާގަ ނޭކުރެންދޫ އަށް

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026″ގެ ހދ.އަތޮޅު ބުރުގައި ގްރޫޕް ”ބީ”ގެ ސެމީފައިނަލްގެ ޖާގަތައް ނައިވާދޫ އަށާއި ނޭކުރެންދޫ އަށް ކަށަވަރުވެއްޖެއެވެ. މި ގްރޫޕްގެ ސެމީގެ ޖާގަތައް ކަށަވަރުވީ މިރޭ ނައިވާދޫ އާއި ކުރިނބީގެ ކުރިމަތިލުމުގައި 4-1 އިން ނައިވާދޫ މޮޅުވި މެޗަށް ފަހުއެވެ. މި ނަތީޖާއާއެކު ނައިވާދޫ ސެމީއަށް ދަތުރުކުރީ ކުޅުނު ދެމެޗުން ވެސް މޮޅުވެގެން ހަ ޕޮއިންޓާއެކުގައެވެ. ދެ މެޗުން ވެސް ބަލިވުމުން ކުރިނބީ އަށް މުބާރާތް ނިމުނުއިރު، ކުރިނބީ މެޗުން ހޯދާފައިވާ ތިން […]

ޝިއުނާ އާދަމް
ރާއްޖޭގެ ފުޓްސަލް ރަސްގެފާނު ނައިވާދޫ މުބާރާތް ފެށީ އިތުބާރާއެކު 📍 ހދ. ނައިވާދޫ

ރާއްޖޭގެ ފުޓްސަލް ރަސްގެފާނު ނައިވާދޫ މުބާރާތް ފެށީ އިތުބާރާއެކު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް، “އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026″ގެ ހދ.އަތޮޅު ބުރުގެ ފުރަތަމަ މެޗު ނައިވާދޫ ކާމިޔާބުކޮށްފިއެވެ. ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ތަށި އުފުލާލައި، ރާއްޖޭގެ ފުޓްސަލް ރަސްގެފާނުގެ މަގާމުގައި މިވަގުތު އޮތް ނައިވާދޫ މި މެޗު ކާމިޔާބުކުރީ ނޭކުރެންދޫ އާއި ބައްދަލުކުރި މެޗު 3-1 އިން ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮ...

ޝިއުނާ އާދަމް
ނައިވާދޫގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް މަޝްވަރާ ބައްދަލުވުމެއް 📍 ހދ. ނައިވާދޫ

ނައިވާދޫގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް މަޝްވަރާ ބައްދަލުވުމެއް

ހދ. ނައިވާދޫގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ޙައްލުކުރުމަށްޓަކައި، މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވެއެވެ. މި ބައްދަލުވުމަކީ އެ ރަށު ކައުންސިލާއި، ޕޮލިސް ޕޯސްޓް ގުޅިގެން ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ. ހދ. އަތޮޅު ޕޮލިހުން ބުނިގޮތުގައި މި ބައްދަލުވުމުގައި، ބިދޭސީންނާ ގުޅޭ ގަވާއިދުތަކާއި އުސޫލުތަކަށް ފުރިހަމައަށް ބޯލެނބުމާއި ރަށުގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ހދ. ނައިވާދ...

ފާތިމަތު ސަޙާ
ނައިވާދޫ ކައުންސިލްގެ މިނިވަން ވޮލީ މުބާރާތް ފަށައިފި 📍 ހދ. ނައިވާދޫ

ނައިވާދޫ ކައުންސިލްގެ މިނިވަން ވޮލީ މުބާރާތް ފަށައިފި

ހދ. ނައިވާދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ތިންވަނަ މިނިވަން ވޮލީބޯޅަ މުބާރާތް ފަށައިފިއެވެ. ނައިވާދޫ ކައުންސިލުން މި މުބާރާތް ކުރިއަށް ގެންދަނީ އަންހެން އަދި ފިރިހެން ޑިވިޒަނަށް ހުޅުވާލައިގެންނެވެ. މި މުބާރާތުގެ ފިރިހެން ޑިވިޒަންގައި ހަތަރު ޓީމު ވާދަކުރެއެވެ. އެއީ ސީ ވިއު، ގިޒަމްބޯ، ޓޮއްޓޮލާ އަދި ދަންފުޅިއެވެ. އަންހެން ޑިވިޒަންގައި ކަނބުރު ޖޭއާރު، ކަނބުރު، ވަން ޓަޗް، ރަންރިހި އަދި ރަބްޔީ ހިމެނޭހެން ފަސް ޓީމު ވާދަކުރެއެވެ. މި މުބާރާތުގެ ދެ […]

ޔުމްނާ ޢަލީ