ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް، "އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026"ގެ ހދ.އަތޮޅު ބުރުގެ ފުރަތަމަ މެޗު ނައިވާދޫ ކާމިޔާބުކޮށްފިއެވެ.
ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ތަށި އުފުލާލައި، ރާއްޖޭގެ ފުޓްސަލް ރަސްގެފާނުގެ މަގާމުގައި މިވަގުތު އޮތް ނައިވާދޫ މި މެޗު ކާމިޔާބުކުރީ ނޭކުރެންދޫ އާއި ބައްދަލުކުރި މެޗު 3-1 އިން ކާމިޔާބުކޮށްގެންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ނައިވާދޫގެ ޖޯޒީ ނަންބަރު 73 މުހައްމަދު ޝާއިން އެވެ.
މި މުބާރާތުގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފައި ވަނީ 1-0 އިން ހަނިމާދޫގެ މައްޗަށް ކުރި ހޯދި ނޮޅިވަރަންފަރެވެ.
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026"ގެ ހދ.އަތޮޅު ބުރުގެ ދެން ހުރިމެޗުތައް
- ނޮޅިވަރަންފަރު - ހަނިމާދޫ، 13 އޯގަސްޓް
- ނައިވާދޫ - ނޭކުރެންދޫ، 13 އޯގަސްޓް
- ނޮޅިވަރަންފަރު - ކުމުންދޫ، 15 އޯގަސްޓް
- ނޭކުރެންދޫ - ކުރިނބީ، 15 އޯގަސްޓް
- ހަނިމާދޫ - ކުމުންދޫ، 17 އޯގަސްޓް
- ނައިވާދޫ - ކުރިނބި، 17 އޯގަސްޓް
- ސެމީ ފައިނަލް މެޗުތައް، 20 އޯގަސްޓް
- ފައިނަލް މެޗު، 23 އޯގަސްޓް
މި މުބާރާތުގެ ހދ. އަތޮޅުގެ މެޗުތައް ހޯސްޓްކުރާ ރަށަކީ ނޮޅިވަރަންފަރެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުޅޭ ހދ. އަތޮޅުގެ ބުރުގައި ގްރޫޕް އޭގައި ހިމެނެނީ ހޯސްޓްކުރާ ރަށް ނޮޅިވަރަންފަރު، ހަނިމާދޫ އަދި ކުމުންދޫއެވެ. ގްރޫޕް ބީގައި ހިމެނެނީ ރާއްޖޭގެ މިވަގުތު ފުޓްސަލް ރަސްގެފާނު ނައިވާދޫ އާއި ނޭކުރެންދޫ އަދި ކުރިނބީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!