📍 ށ. ނަރުދޫ
ނަރުދޫން ކޯވިޑަށް ޕޮޒިޓިވް އެންމެން ރަނގަޅުވެއްޖެ
ށ. ނަރުދޫން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 11 މީހުންވެސް އެބަލިން ރަނގަޅުވެއްޖެއެވެ. އެ ހުރިހާ މީހުންވެސް އެބަލިން ރަނގަޅު ވުމުން މިއަދު ވަނީ ނަރުދޫއަށް ގެންގޮސްފައެވެ. ނަރުދޫ ކައުންސިލް މެމްބަރު މުޙައްމަދު ނިޒާރު “ތިލަދުން” އަށް ވިދާޅުވީ އެރަށުން ކޯވިޑަށް ޕޮޒިޓިވްވި އެންމެންވެސް މިހާރު ބަލިން ފަސޭހަވުމުން ރަށަށް ގެނެސްފައިވާ ކަމަށެވެ. މިކަންވަނީ ކައުންސިލް މެމްބަރު ނިޒާރުގެ އިތުރުން އެރަށުގެ ކައުންސިލް ރައީސް އަހުމަދު އާރިފްވެސް ކަށަވަރުކޮށް ދެއްވާފައެވެ. ނިޒާރު ވިދާޅުވީ އެރަށުން އެބަލި ހުރިތޯ...