މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ނަރުދޫ (148 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
148 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނަރުދޫގެ އެންމެ ފަހުގެ ޚަބަރުތައް

148 ޚަބަރުގެ ތެރެއިން
ނަރުދޫ އަމާޒު ބޯޓުގެ ފަޅުވެރިއަކު ޕޮޒިޓިވްވެއްޖެ 📍 ށ. ނަރުދޫ

ނަރުދޫ އަމާޒު ބޯޓުގެ ފަޅުވެރިއަކު ޕޮޒިޓިވްވެއްޖެ

ށ. ނަރުދޫ އަމާޒް ބޯޓުގެ ފަޅުވެރިއެއް ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. އަމާޒު ބޯޓުގެ ފަޅުވެރިއެއް ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓް ކުރުމުންނެވެ. ނަރުދޫ ކޯވިޑް ޓާސްކް ފޯހުގެ އޮފިޝަލެއް “ތިލަދުން”އަށް ވިދާޅުވީ މާލެއަށް ކުރި ދަތުރަކަށްފަހު އެ ބޯޓު ނަރުދޫގައި ބަނދަރު ކުރީ މީގެ ތިން ދުވަސް ކުރިންކަމަށެވެ. “ކައުންސިލާއި، ސިއްހީ މަރުކަޒާއި، ޓާސްކް ފޯހާއި ދެންވެސް މި މަސައްކަތުގައި ޝާމިލް ފަރާތްތަކުން ނިންމާފައިވާ ގޮތަށް އެ ބޯޓުން އެއްވެސް ފަޅުވެރިއަކަށް ރަށު ތެރެއަކަށ...

ޙުސައިން ޝަހުދީ
ނަރުދޫ އާއި ކުމުންދޫން ވެސް ފަލަސްތީނުގެ ދިފާއުގައި ބަޔާން ނެރެފި 📍 ށ. ނަރުދޫ

ނަރުދޫ އާއި ކުމުންދޫން ވެސް ފަލަސްތީނުގެ ދިފާއުގައި ބަޔާން ނެރެފި

އިސްރާއިލުން ފަލަސްތީނަށް ދެމުންގެންދާ ނުރައްކާތެރި، ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް ހދ.ކުމުންދޫ ކައުންސިލުންނާއި ށ.ނަރުދޫ ކައުންސިލުން ވެސް ބަޔާން ނެރެފިއެވެ. މުޅި އިސްލާމީ އުއްމަތް ފަލަސްތީނުގެ ރައްޔިތުނާއި މަސްޖިދުލް އަޤްޞާ ދިފާއުގައި ތެދުވުމަށް ދެ ކައުންސިލްގެ ބަޔާންގައި ގޮވާލައިފައިވެއެވެ. އަދި،  ޔަހޫދީ އިޒްރޭލްގެ ޓެރަރިސްޓް ހަމަލާތަކުން ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުން ޝަހީދުކޮށް، ގެދޮރުތައް ސުންނާފަތިކޮށް ހިދުމަތްތަަކުން މަހުރޫމްވެފައިވާއިރު އިޒްރޭލްގެ ހަމަލާތައް ބައިނަލްއަގްވާމީ ފެ...

އައިޝަތު އިލްމާ އަދުނާން
ނަރުދޫ ކައުންސިލަރުން ހުވާކުރި ދަރުބާރަށް ފުރައްސާރަކޮށް ލިޔުންތަކެއް ލިޔެފި 📍 ށ. ނަރުދޫ

ނަރުދޫ ކައުންސިލަރުން ހުވާކުރި ދަރުބާރަށް ފުރައްސާރަކޮށް ލިޔުންތަކެއް ލިޔެފި

ށ. ނަރުދޫ ކައުންސިލަރުން މިއަދު ހުވާކުރި ދަރުބާރަށް ފުރައްސާރަކޮށް ލިޔުންތަކެއް ލިޔެފިއެވެ. ނަރުދޫގައި ކައުންސިލުން ހުވާކުރުމުގެ ދަރުބާރު ބާއްވާފަ ވަނީ އެރަށުގައި އަންހެނުން ކުރިން ނަމާދުކުރަން ބޭނުން ކުރި މިސްކިތެއްގައެވެ. އެތަން މިހާރު ބޭނުން ކުރަނީ ޕްރީ ސްކޫލެއް ހިންގާށެވެ. މިއަދު އަލިވިލުނު އިރު އެ އިމާރާތުގައި، މިއަދުގެ ރަސްމިއްޔާތަކީ ކޮން ރަސްމިއްޔާތެއްކަން އަންގައިދިދިނުމަށް ހަރުކޮށްފަވާ ބެނާގެ ތިރީގައި އޮތީ އެ ރަސްމިއްޔާތަށް ފުރައްސާރަކޮށް ލިޔެފައެވެ. މީގެއިތުރުން އެ އިމާރާތުގެ ބޭރުގައާއ...

އަލީ އާދިލް
ނަރުދޫ ފެނަކަ މުވައްޒަފުން: އިޖުތިމާއީ ކަންކަމުގައި ވެސް ނަމޫނާއެއް 📍 ށ. ނަރުދޫ

ނަރުދޫ ފެނަކަ މުވައްޒަފުން: އިޖުތިމާއީ ކަންކަމުގައި ވެސް ނަމޫނާއެއް

ށ. ނަރުދޫ ފެނަކަ ބްރާންޗް މުވައްޒަފުން ވެގެން ގޮސްފައި މި ވަނީ، އެ މުވައްޒަފުންގެ ރަސްމީ މަސައްކަތުގެ އިތުރުން އެ ރަށުގައި އިޖުތިމާއީ ގޮތުން ވެސް ހަރަކާތްތެރި ވަމުންއަންނަ ނަމޫނާ މުވައްޒަފުން ތަކަކަށެވެ. މިގޮތުން އެ މުވައްޒަފުންގެ އިސްނެގުމުގެ މަތިން އިއްޔެ ވަނީ ނަރުދޫގެ ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތެއް ހިންގާފައެވެ. މި ހަރަކާތް ހިންގާފައި ވަނީ ރަށުގެ އެހެން މުއައްސަސާތަށާއި، ރައްޔިތުންނަށް ވެސް ދަޢުވަތުދީ، އެފަރާތްތަކާއި ވެސް ގުޅިގެންނެވެ. 2021: ނަރުދޫ ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތް ނަރުދޫ […...

ޙުސައިން ޝަހުދީ
ލޮނުގެ އަސަރުކޮށް ނަރުދޫގެ ގިނަ އަދަދެއްގެ ފަތްކެޔޮ ގަސްތަކެއް މަރުވަނީ 📍 ށ. ނަރުދޫ

ލޮނުގެ އަސަރުކޮށް ނަރުދޫގެ ގިނަ އަދަދެއްގެ ފަތްކެޔޮ ގަސްތަކެއް މަރުވަނީ

މިހިނގާ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުގެ ރޭ ށ. ނަރުދޫއަށް އެރި އުދައިގެ ސަބަބުން ލޮނުގެ އަސަރުކޮށް އެރަށުން ގިނަ ޢަދަދެއްގެ ފަތްކެޔޮ ގަސްތަކެއް މަރުވަމުން އެބަދެއެވެ. ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގެ ރޭ ނަރުދޫއަށް އުދަ އެރީ މެންދަމު 2:00 އިން 2:30 އާއި ދެމެދުގެ ވަގުތެއްގައެވެ. އަދި އެރޭ އެރަށަށް އުދައެރުމުގެ ސަބަބުން 8 ގެއަށް ލޮނު ވަދެ، 3 ގެއެއްގެ ގެއާއި ބަދިގެއަށް ލޮނުވަދެ ބައެއް ގެއްލުން ވެފައިވެއެވެ. ނަރުދޫއަށް އުދައަރައި […]

ޔުމްނާ ޢަލީ
ނަރުދޫއަށް އުދަ އަރައި ބައެއް ގޭތަކަށް ގެއްލުން ވެއްޖެ 📍 ށ. ނަރުދޫ

ނަރުދޫއަށް އުދަ އަރައި ބައެއް ގޭތަކަށް ގެއްލުން ވެއްޖެ

ށ. ނަރުދޫއަށް އުދަ އަރައި ބައެއް ގޭތަކަށް ލޮނުވަދެ، ގެއްލުންތަކެއް ވެއްޖެއެވެ. ނަރުދޫއަށް އުދަ އަރާފައި ވަނީ ރޭ މެންދަމު 2:00 އިން 2:30 އާއި ދެމެދުގެ ވަގުތެއްގައެވެ. ނަރުދޫ ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ނިޒާރު ”ތިލަދުން” އަށް ވިދާޅުވީ އެރަށަށް އުދައެރުމުގެ ސަބަބުން 8 ގެއަށް ލޮނު ވަދެފައިވާ ކަމަށެވެ. އަދި 3 ގެއެއްގެ ގެއާއި ބަދިގެއަށް ލޮނުވަދެ ބައެއް ގެއްލުން ވެފައިވާ ކަމަށް ނިޒާރު ވިދާޅުވިއެވެ. ”ރޭ 2 ޖަހާކަށްހާއިރުން ފެށިގެން ރައްޔިތުން […]

ޙުސައިން ޝަހުދީ
ނަރުދޫ ދަނޑުވެރިންގެ ސުލްހަވެރި މުޒާހަރާއެއް 📍 ށ. ނަރުދޫ

ނަރުދޫ ދަނޑުވެރިންގެ ސުލްހަވެރި މުޒާހަރާއެއް

ށ. ނަރުދޫގެ ގިނަ ދަނޑުބިން ތަކަކަށް ބަޔަކު ބޮޑެތި ގެއްލުންތަކެއް ދިނުމާއި ގުޅިގެން، ދަނޑުވެރިންގެ ހައްގުތައް ހިމާޔަތް ކޮށްދިނުމަށް ގޮވާލައި، އެރަށުގެ ދަނޑުވެރިން މިއަދުގެ ހަވީރު ސުލްޙަވެރި މުޒާހަރާއެއް ކޮށްފިއެވެ. މިއަދު ހަވީރު 4:00 އިން ފެށިގެން ގަޑިއިރެއްހާއިރަށް ދެމިގެން ދިޔަ މި މުޒާހަރާގައި ވަނީ އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި، އެރަށުގެ ކައުންސިލުން ވެސް ބައިވެރިވެފައެވެ. ނަރުދޫގައި މިއަދު ހަވީރު ކުރިއަށް ގެންދިޔަ މި ސުލްހަވެރި އިހުތިޖާޖަކީ މީގެ އެއްދުވަސްކުރިން އެރަށު ދަނޑުވެރިންތަކ...

މުޙައްމަދު އިނާން
ނަރުދޫގެ ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތަކެއް ދީފި 📍 ށ. ނަރުދޫ

ނަރުދޫގެ ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތަކެއް ދީފި

ށ. ނަރުދޫގެ ގިނަ ދަނޑުބިން ތަކަކަށް ބަޔަކު ބޮޑެތި ގެއްލުންތަކެއް ދީފިއެވެ. ނަރުދޫ ކައުންސިލުން މިކަމުގެ މަޢުލޫމާތު “ތިލަދުން” އާއި ހިއްސާކުރަމުން ބުނެފައިވަނީ ދަނޑުބިން ތަކަށް ގެއްލުންތަކެއް ދީފައިވާކަމުގެ ރިޕޯރޓް އެންމެ ފުރަތަމަ އެރަށުގެ ކައުންސިލަށް ލިބިފައިވަނީ ރޭގެ ފަތިހު 5:30 ގައި ކަމަށެވެ. އަދި މި މަޢުލޫމާތު ކައުންސިލަށް ލިބި މާ ގިނައިރުތަކެއްނުވެ ފުލުހުންވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާކަމަށް ކައުންސިލުން ބުނެފައިވެ އެވެ. އެރަށުގެ ކައުންސިލްގެ ރައީސް އަޙްމަދު އާރިފް ވިދާޅުވީ އެ...

މުޙައްމަދު އިނާން
ނަރުދޫ ދަނޑުވެރިން، ހިތްވަރާއިއެކު ދަނޑުހެއްދުމުގައި 📍 ށ. ނަރުދޫ

ނަރުދޫ ދަނޑުވެރިން، ހިތްވަރާއިއެކު ދަނޑުހެއްދުމުގައި

ށ. ނަރުދޫއަކީ އުތުރުގެ ރަށްތަކުގެ ތެރެއިން އެއްގޮތަށް ވުރެ ގިނަ ގޮތް ގޮތުން ނަމޫނާއަކަށް ބެލުން ރަނގަޅު ރަށެއްކަން ވޭތުވި ދުވަސްތަކުގައި އެރަށުގެ ރައްޔިތުން ވަނީ ސާބިތު ކޮށްދީފައި އެވެ. ދުނިޔެ ތަޖުރިބާ ކުރަމުން މިދާ ކޯވިޑްގެ ބަލިމަޑުކަމުގެ ތެރެއިން ރާއްޖޭގެ އަތޮޅަކުން އެންމެ ގިނަ މީހުން އެއްފަހަރާހެން އެންމެ ފުރަތަމަ ޕޮޒިޓިވްވި ރަށަކީ ނަރުދޫއެވެ. ރާއްޖެއަށް ކޯވިޑްގެ ބަލިމަޑުކަން ފެތުރެންފެށި ދުވަސްވަރު، މުޅިންއަލަށް ރާއްޖޭގެ ރަށަކުން ކުރާންޖެހުނު ތަޖުރިބާގައި ބިރާއި، ސިހުމާއި ކަންބޮޑުވުމުގެ ތެރެ...

ޙުސައިން ޝަހުދީ
ހަނިމާދޫ އަދި ނަރުދޫ ހިމެނޭހެން 9 ރަށެއްގެ ގެސްޓް ހައުސްތައް މިއަދު ހުޅުވާލަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫ އަދި ނަރުދޫ ހިމެނޭހެން 9 ރަށެއްގެ ގެސްޓް ހައުސްތައް މިއަދު ހުޅުވާލަނީ

ކޯވިޑާއި ގުޅިގެން ބޯޑަރު ބަންދު ކުރުމާއިއެކު، ބަންދުކުރި ފަތުރުވެރިކަމުގެ ދާއިރާގެ ގެސްޓް ހައުސްތައް މިއަދު އަލުން ހުޅުވާލާއިރު 9 ރަށެއްގެ 16 ގެސްޓް ހައުސްއެއް ހުޅުވާލާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ. ކޯވިޑާއި ގުޅިގެން މިއަހަރުގެ މާޗް 17 ގައި ބަންދުކުރި ގެސްޓު ހައުސްތައް އަލުން ހުޅުވާލާއިރު ރަށު ފެންވަރުގައި ރައްކާތެރިކަމުގެގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ފުރިހަމަކުރުމަށްފަހު، ގެސްޓް ހައުސްތައް ހުޅުވުމުގެ އެއްވެސް އިޢުތިރާޒެއްނެތްކަމަށް މިހާތަނަށް 9 ރަށަކުން ޓޫރިޒަމް މިނިސްޓްރީއަށް އަނ...

ޝިއުނާ އާދަމް
އަބްދުއް ރައްޒާޤު މޫސާގެ ވަކިވެދިޔުން - ނަރުދޫގެ ރައްޔިތުންނަށް ލިބިގެންދިޔަ މާޔޫސްކަމެއް! 📍 ށ. ނަރުދޫ

އަބްދުއް ރައްޒާޤު މޫސާގެ ވަކިވެދިޔުން - ނަރުދޫގެ ރައްޔިތުންނަށް ލިބިގެންދިޔަ މާޔޫސްކަމެއް!

މީގެ ދެ ދުވަހެއްގެ ކުރިން، 8 އޮކްޓޯބަރ 2020 ވީ ބުރާސްފަތި ދުވަހަކީ އުތުރުގެ ރަށެއްކަމުގައިވާ ށ.ނަރުދޫ ރައްޔިތުންނަށް ހިތާމައިން ފުރިގެންވީ ދުވަހެކެެވެ. އެރަށުގެ ރަށްޔިތުންނަށާއި އަދި ހަމަ އެހެންމެ، އެ ރަށް، ރަށަކަށް ހެދުމުގައި ކުރެއްވި އެންމެހާ މަސައްކަތްތަކެއްގައި އަމަލީ ގޮތުން ހަރަކާތްތެރިވި، ކުރީގެ ކުޑަކަތީބު އަބްދުއް ރައްޒާޤު މޫސާ ފަނާކުރުވަނިވި ދުނިޔެއާ ވަކިވެ ދިޔަ ޚަބަރު ލިބުނު ހިސާބުންނެވެ. އާދޭހެވެ. ރަށަށް ޚިދުމަތް ކޮށްދެއްވާފައިހުރި މިފަދަ ލާމަސީލް ސަޙްސިއްޔަތެއް ވަކިވެގެން ދާކަށް ހަމަ...

މުޙައްމަދު އިނާން
ނަރުދޫ މަލަމަތިން ޒަމާންވީ "ބޮޑު ނިކަގަސް" ގެއްލިއްޖެ 📍 ށ. ނަރުދޫ

ނަރުދޫ މަލަމަތިން ޒަމާންވީ "ބޮޑު ނިކަގަސް" ގެއްލިއްޖެ

އާދީއްތަ ވިލޭރޭ އައި ގަދަ ކޮޅިގަނޑެއްގައި ށ. ނަރުދޫގައި ހުރި ޒަމާންވީ، ބޮޑު ނިކަގަސް ވެއްޓުމަކީ ވެށި ދެކެ ލޯބިވާ މީހުންނަށް ފުން ހިތާމައެއް ގެނުވި ކަމެއްކަން ގައިމެވެ. މިދިޔަ އާދީއްތަ ވިލޭރޭ މެންދަމު އެކަކުން ފަތިހު ފަހަކާއި ދެމެދު ނަރުދޫއަށް ޖެހުނު ގަދަވައިގައި ވަނީ އެ ނިކަ ގަހުގެ އިތުރުން އެތައް އަނބުގަހަކާއި، ޖާފާނު ރުއްތަކާއި، ބިލެތް އުނި ތަކާއި އަދި މިނޫން ވެސް އެކި ކަހަލަ ގަސްތައް މުލުން ލުހި ބިމާއި ހަމަވެފައެވެ. ނަރުދޫގެ ކުރީގެ […]

އަޙްމަދު ވަހީދު
ގަދަ ކޮޅިގަނޑެއްގައި ނަރުދޫއަށް ގެއްލުންތަކެއް 📍 ށ. ނަރުދޫ

ގަދަ ކޮޅިގަނޑެއްގައި ނަރުދޫއަށް ގެއްލުންތަކެއް

ރޭ މެންދަމުގެ ށ. ނަރުދޫއަށް އައި ގަދަ ކޮޅިގަނޑުގައި އެރަށުގެ އެންމެ ބޮޑު ދެ ނިކަ ގަސްވެއްޓި، ރައްޔިތުންގެ ގިނަ އަދަދެއްގެ ރުއްގަހަށް ގެއްލުން ވެއްޖެއެވެ. ނަރުދޫއަށް ރޭ އައި ކޮޅުގަނޑުގެ ވައި އެންމެ ގަދަވީ ރޭ މެންދަމު 1 ޖަހާކަށްހާއިރުއެވެ. ފަތިހު ފަހެއް ޖަހަންދެން އެރަށަށް ވަރަށް ގަދައަށް ވައި ޖެހުނެވެ. ރޭގެ ކޮޅިގަނޑުގައި ނަރުދޫގެ ރައްޔިތުންގެ ގިނަ ޢަދެއްގެ ގަސްގަހާ ގެއްސަށް ގެއްލުންވެ، އެތައް ގަހެއް ބިމާ ހަމަވެފައިވާ ކަމަށް ނަރުދޫ ކައުންސިލް މެންބަރު […]

ޔުމްނާ ޢަލީ
ނަރުދޫއަށް ދުވާލުގެ ވަގުތުގައި ކަރަންޓުދެނީ އިރުގެ ހަކަތައިން 📍 ށ. ނަރުދޫ

ނަރުދޫއަށް ދުވާލުގެ ވަގުތުގައި ކަރަންޓުދެނީ އިރުގެ ހަކަތައިން

ށ. ނަރުދޫއަށް ދުވާލުގެ ވަގުތުގައި ކަރަންޓުދިނުމަށް އިރުގެ ހަކަތައިން އުފައްދާ ކަރަންޓުން ބޭނުންކުރަން ފަށައިފިއެވެ. މިކަމާއި ގުޅިގެން ތިލަދުންއަށް މަޢުލޫމާތު ހިއްސާކުރަމުން ނަރުދޫ އިންޖީނުގެ ހިންގުމާއި ހަވާލުވެ ހުރި ޑެޕިއުޓީ މެނޭޖަރ އަލީ ރަމްޒީ ވިދާޅުވީ މިވަގުތު ސޯލާއިން ކަރަންޓު ދެމުންދަނީ ހެނދުނު 7:30 އިން ހަވީރު 5:30 އަށް ކަމަށެވެ. ސޯލާ ސިސްޓަމް ބޭނުން ކުރަން ފެށުމާއެކު ދުވާލަކަށް 200 ލީޓަރ ސޭވް ކުރެވޭނެކަމަށާއި އެއީ 130 ކިލޯ ވޯޓްކަމަށް ރަމްޒީ ވިދާޅުވިއެވެ. އަދި މިބަދަލުގެ ސަބަބުން އެރަށުގައި...

އިބްރާހިމް އަސްވާޤް
އަމާޒު ބޯޓުގެ ދަތުރުތައް އަލުން ފަށައިފި 📍 ށ. ނަރުދޫ

އަމާޒު ބޯޓުގެ ދަތުރުތައް އަލުން ފަށައިފި

އަމާޒު ބޯޓުގެ ކެޕްޓަން ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ދަތުރުތައް މެދުކަނޑާލި ށ. ނަރުދޫ އަމާޒު ބޯޓުގެ ދަތުރުތައް އަލުން ފަށައިފިއެވެ. އާންމު ހާލަތަށް ބަދަލުވުމުން އެ ބޯޓުގެ ދަތުރުތައް މާލެއަށް ފަށާފައިފަނީ އިއްޔެއެވެ. ނަރުދޫ ކައުންސިލް މެމްބަރު މުޙައްމަދު ނިޒާރު “ތިލަދުން” އަށް ބުނީ އަމާޒު ބޯޓުގެ ދަތުރުތައް އަލުންފެށީ ކަމާބެހޭ އިދާރާތަކުގެ އިރުޝާދު ހޯދުމަށް ފަހުގައި ކަމަށެވެ. އަމާޒު ބޯޓުގެ ކެޕްޓަން ކޯޑަށް ޕޮޒިޓިވްވިކަން އެނގުނީ 25 އޭޕްރިލް 2020 ވަނަ ދުވަހުއެވެ. އެ […]

ޔުމްނާ ޢަލީ