މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ހޯރަފުށި (343 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
343 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހޯރަފުށިގެ އެންމެ ފަހުގެ ޚަބަރުތައް

343 ޚަބަރުގެ ތެރެއިން
ހޯރަފުށީގެ ޚިދުމަތްތެރިންގެ އަގުވަޒަން ކުރުމަށް ދޭ އެވޯޑްތަކަށް ކުރިމަތިލާން ހުޅުވާލައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީގެ ޚިދުމަތްތެރިންގެ އަގުވަޒަން ކުރުމަށް ދޭ އެވޯޑްތަކަށް ކުރިމަތިލާން ހުޅުވާލައިފި

ހއ. ހޯރަފުއްޓަށް އެކިދާއިރާތަކުން ފާހަގަ ކޮށްލެވޭފަދަ ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން “ހޯރަފުށީ ޑޭ” ނަމުގައި މި އަހަރު ވެސް ދުވަހެއް ފާހަގަކުރުމަށް ހޯރަފުށީ ކައުންސިލުން ނިންމައިފިއެވެ. ހޯރަފުށީ ކައުންސިލުން އިސްނަގައިގެން “ހޯރަފުށީ ޑޭ” ނަމުގައި ފުރަތަމަ އެވޯޑް ނައިޓެއް ބާއްވާފައިވަނީ ފާއިތުވި އަހަރުއެވެ. މިއީ މި އެވޯޑް ނައިޓް އެ ކައުންސިލުން ބާއްވާ ދެވަނަ އަހަރެވެ. މި އަހަރު މި ދުވަސް ފާހަގަ ކުރަން ހޯރަފުށީ ކައުންސިލުން ނިންމާފައި ވަނީ 18 އޯގަސްޓް […]

އިބްރާހިމް ޚަލީލް
ހޯރަފުށީ "އިސްކޮއި ޕާކު" ހުޅުވައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީ "އިސްކޮއި ޕާކު" ހުޅުވައިފި

ހއ. ހޯރަފުށީގައި ތަރައްގީކުރި “އިސްކޮއި ޕާކު” ހުޅުވައިފި ހުޅުވައިފިއެވެ. މި ޕާކު ހުޅުވާފައިވަނީ މިއަހަރުގެ އަޟުހާ އީދާއި ގުޅިގެން އެރަށުގައި ކުރިއަށް ގެންދިޔަ އީދުވެދުމާ ދިއުމާއި އީދު ބަޑި ރޯކުރުމާ އެކުގައެވެ. އެރަށު ކައުންސިލުން ވިދާޅުވެފައިވަނީ މި ޕާކު ހުޅުވީ ގިނަ އަދަދެއްގެ ރައްޔިތުންނާއި ކުޑަކުދިންނާ އިސްރަށްވެހީންގެ ބައިވެރި ވުމާއެކުގައި ކަމަށެވެ. “އައި އޭސީ ރެފްރިޖިރޭޝަން” ގެ ސީއެސްއާރުގެ ތެރެއިން ގާއިމް ކޮށްފައިވާ މި ޕާކު ފަރުމާ ކުރެވިފައިވަނީ ރަށުގެ ތާރިހާއި ގުޅޭ އަދި އިސްރަށްވެހީންނާ ވެ...

މުޙައްމަދު އަފްރާޙް
ހޯރަފުށީ ޖީއެސް ވޮލީބޯޅަ މުބާރާތް ޑިސެމްބަރު 20 ގައި ފަށަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީ ޖީއެސް ވޮލީބޯޅަ މުބާރާތް ޑިސެމްބަރު 20 ގައި ފަށަނީ

ހއ.ހޯރަފުށީ ކުލަބް ޖީއެސްގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ޖީއެސް ވޮލީބޯލް ޓޯނަމެންޓް 2023” މި އަހަރުގެ ޑިސެމްބަރ މަހުގެ 20 ވަނަ ދުވަހު ފަށަން އެ ކުލަބުން ތާވަލު ކޮށްފިއެވެ. މި މުބާރާތަކީ ހޯރަފުށީގެ ކުލަބް ޖަމްޢިއްޔާތަކަށާއި ސަރުކާރު އޮފީތަކަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށާއި، އަމިއްލަ ކުންފުނިތަކަށާއި، ވިޔަފާރިތަކަށް ހުޅުވާލައިގެން ހޯރަފުށީ ކުލަބް ޖީއެސްގެ ފަރާތުން ކުރިއަށް ގެންދާ މުބާރާތެކެވެ. ސެޕްޓެމްބަރ މަހުގެ ތިންވަނަ ދުވަހު މި މުބާރާތުގައި ޓީމް ރަޖިސްޓަރީ ކުރުމަށް ހުޅު...

އިބްރާހިމް ޚަލީލް
ހޯރަފުށީ އިންޓަނޭޝަނަލް ޕްރީސްކޫލަށް އުއްޗުގެ ފަރާތުން 1.1 މިލިއަން ރުފިޔާގެ އެހީއެއް 📍 ހއ. ހޯރަފުށި

ހޯރަފުށީ އިންޓަނޭޝަނަލް ޕްރީސްކޫލަށް އުއްޗުގެ ފަރާތުން 1.1 މިލިއަން ރުފިޔާގެ އެހީއެއް

ހއ. ހޯރަފުށީގައި އަޅަމުން އަންނަ އިންޓަނޭޝަނަލް ޕްރީސްކޫލަށް މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) 1،171،558 ރުފިޔާ މިއަދު ހަދިޔާކުރައްވައިފިއެވެ. ހޯރަފުށީ އިންޓަނޭޝަނަލް ޕްރީސްކޫލްގެ އަމަލީ މަސައްކަތް ފެށީ 11 މެއި 2022 ގައެވެ. މި ސްކޫލްގެ މަސައްކަތް ފެށީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއެސްއާރު ނުވަތަ އިޖުތިމާއީ ޒިންމާގެ ދަށުން ލިބުނު އެހީތެރިކަމާއެކުގައެވެ. އުއްޗުގެ ފަރާތުން މިއަދު މިސްކޫލްގެ މަސައްކަތަށް 1،171،558 ރުފިޔާގެ އެހީއެއް ދެއްވިއިރު...

ޔުމްނާ ޢަލީ
ހޯރަފުށީ ކައުންސިލުން ހެއްދުމުގެ މަސައްކަތް ފެށި އަނބު ދަނޑަކާއި ރުއްގަނޑަށް ގެއްލުންދީފި 📍 ހއ. ހޯރަފުށި

ހޯރަފުށީ ކައުންސިލުން ހެއްދުމުގެ މަސައްކަތް ފެށި އަނބު ދަނޑަކާއި ރުއްގަނޑަށް ގެއްލުންދީފި

ހއ. ހޯރަފުށީ ކައުންސިލުން އެރަށުގައި އަނބު ފާމަކާއި ރުއްގަނޑެއް ހެއްދުމުގެ ގެ އަމަލީ މަސައްކަތް އިއްޔެ ފަށާފައިވަނިކޮށް، އެ އަނބުފާމާއި ކުރުނބާ ރުއްގަނޑުގައި އިއްޔެ އިންދި ގަސްތަކަކާއި ރުއްތަކަކަށް ބަޔަކު ގެއްލުންދީފިއެވެ. މި އަނބު ފާމާއި ކުރުނބާ ރުއްގަނޑު ގެ އަމަލީ މަސައްކަތް އިއްޔެ ފައްޓަވައި ދެއްވީ، ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) އާއި ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު އެވެ. އަނބުފާމާއި ރުއްގަނޑުގެ މަސައްކަތް ފެށީ ޒަމާނުއްސުރެ އެ ރަށުގައި އޮތް ބޮޑު ކުނި […]

ޔުމްނާ ޢަލީ
ހޯރަފުށީ ކައުންސިލުން އަނބު ދަނޑަކާއި ކުރުނބާ ރުއްގަނޑެއް ހެއްދުމުގެ މަސައްކަތް ފަށައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީ ކައުންސިލުން އަނބު ދަނޑަކާއި ކުރުނބާ ރުއްގަނޑެއް ހެއްދުމުގެ މަސައްކަތް ފަށައިފި

ހޯރަފުށީ ކައުންސިލްގެ އަނބު ފާމް އާއި ކުރުނބާ ރުއްގަނޑު ގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފިއެވެ. ހޯރަފުށީ ކައުންސިލުން ވިދާޅުވިގޮތުގައި އެ ކައުންސިލުގެ ފަރާތުން އެ ރަށުގައި އަނބު ފާމެއް ގާއިމުކޮށް، ރުއް ގަނޑެއް ހެއްދުމުގެ މަސައްކަތް އިއްޔެ ވަނީ ފަށާފައެވެ. މި އަނބު ފާމާއި ކުރުނބާ ރުއްގަނޑު ގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ، ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) އާއި ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު އެވެ. މި އަނބު ފާމް […]

ޙުސައިން ޝަހުދީ
''ރަންތާޖު ޤުރުއާން'' މުބާރާތުން ހޯރަފުށީ ސުޖާއު ސަރ އަށް ފަޚުރުވެރި ވަނައެއް 📍 ހއ. ހޯރަފުށި

''ރަންތާޖު ޤުރުއާން'' މުބާރާތުން ހޯރަފުށީ ސުޖާއު ސަރ އަށް ފަޚުރުވެރި ވަނައެއް

ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ޤުރުއާން މުބާރާތުން ހއ. ހޯރަފުއްޓަށް ނިސްބަތްވާ އަހުމަދު ސުޖާއު (ސުޖާއު ސަރ) ފަޚުރުވެރި ވަނަ އެއް ހޯދައިފިއެވެ. ރާއްޖޭގެ 6 ސަރަހައްދަކުން 111 މީހުން ބައިވެރިވި މި މުބާރާތުގެ ފައިނަލް ބުރަށް ދަތުރުކޮށް ސުޖާއު ވަނީ މުޅި ރާއްޖެއިން ހަތަރު ވަނަ ހޯދާފައެވެ. ސުޖާއު އަކީ ހއ. ހޯރަފުށީގައި ހުންނަ ހއ. އަތޮޅު މަދަރުސާގެ ޤުރްއާން މުދައްރިސެކެވެ. ސުޖާއުގެ މި ކާމިޔާބަށް އަތޮޅު މަދަރުސާއިން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ. […]

ޔުމްނާ ޢަލީ
ޗާގޯސް މައްސަލަ ރާއްޖެކޮޅަށް ނިމުނީި ރައީސްގެ ދުރުވިސްނުންފުޅުގެ ސަބަބުން: ހޯރަފުށި ކައުންސިލް 📍 ހއ. ހޯރަފުށި

ޗާގޯސް މައްސަލަ ރާއްޖެކޮޅަށް ނިމުނީި ރައީސްގެ ދުރުވިސްނުންފުޅުގެ ސަބަބުން: ހޯރަފުށި ކައުންސިލް

ޗާގޮސް މައްސަލަ ރާއްޖެކޮޅަށް ނިމުނީި ރައީސްގެ ހިކުމަތާއި ދުރުވިސްނުންފުޅުގެ ސަބަބުން ކަމަށް ތިލަދުންމަތި އުތުރުބުރީ ހޯރަފުށި ކައުންސިލުން ބުނެފިއެވެ. އެކައުންސިލުން މިހެން ބުނީ ރާއްޖެއާއި މޮރިޝަސް އާއި ދެމެދު ފުށުއަރާ ކަނޑުގެ އިމުގެ މައްސަލަ 58 އަހަރަށްފަހު، ދިވެހިން ބޭނުންވިގޮތަށް އިންޓަރނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމުމާއި ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ. އިޓްލޮސްގެ ނިންމުމާއި ގުޅިގެން 4687 އަކަ ކިލޯ މީޓަރުގެ ބޮޑުބައެއް ރާއްޖެއަށް ވަނީ ލިބިފައެވެ. […]

މުޙައްމަދު އަފްރާޙް
އަތޮޅު އިޙްޔާ ފޯރަމްތަކުގެ 1 ވަނަ ހޯރަފުއްޓަށް 📍 ހއ. ހޯރަފުށި

އަތޮޅު އިޙްޔާ ފޯރަމްތަކުގެ 1 ވަނަ ހޯރަފުއްޓަށް

އިސްލާމިކް މިނިސްޓްރީން އަތޮޅުތަކަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ އަތޮޅު އިޙްޔާ ފޯރަމްތަކުގެ 1 ވަނަ ހއ. ހޯރަފުއްޓަށް ލިބިއްޖެއެވެ. 1444 ވަނަ އަހަރު ރަމަޟާންމަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ އިޙްޔާ ފޯރަމްގެ ތެރެއިން އަތޮޅު އިޙްޔާ ފޯރަމްތަކުގެ 1 ވަނަ އިނާމް ހއ. ހޯރަފުއްޓަށް ލިބުނުކަން އިއުލާން ކުރީ ހުކުރު ދުވަހުގެ ރޭ ފުވައްމުލައް ސިޓީގައި ބޭއްވި އަތޮޅު އިޙްޔާ ފޯރަމްގައެވެ. އިޙްޔާ ފޯރަމް ބޭއްްވި ހުރިހާ އަތޮޅެއްގެ ގުރުއަތުނެގުން އޮތީ […]

ޔުމްނާ ޢަލީ
ހޯރަފުށީގައި ހޮސްޕިޓަލެއް އަޅައިދޭނެ ބަޔަކު ހޯދަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީގައި ހޮސްޕިޓަލެއް އަޅައިދޭނެ ބަޔަކު ހޯދަނީ

ހއ. ހޯރަފުށީ ހޮސްޕިޓަލު އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ. ފިނޭންސް މިނިސްޓްރީން ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ގޮތުގައި މި ބީލަންތަށް ކުރިއަށްގެންދާނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ “ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު” އާ އެގޮތަށް ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން ފިނޭންސްގެ “ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑ...

މުޙައްމަދު އަފްރާޙް
ހޯރަފުށި ހާފްވޭ ހައުސަވެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް 📍 ހއ. ހޯރަފުށި

ހޯރަފުށި ހާފްވޭ ހައުސަވެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ހއ. ހޯރަފުށީ ޖުވެނައިލް ޖަސްޓިސް ޔުނިޓް (ހާފްވޭ ހައުސް) އިމާރާތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ރޫފް ސްޓްރަކްޗާ ހެދުމުގެ މަސައްކަތް ނިމިފައެވެ. އެ ސައިޓުގައި މިހާރު ކުރިއަށްދަނީ ރޫފިން ޝީޓް ހަރުކުރުމާއި ޕްލާސްޓަރިންގެ މަސައްކަތެވެ. ހޯރަފުށީގައި އިމާރަތްކުރުމުގެ މަސައްކަތް ފަށާފައިވާ ހާފްވޭ ހައުސްއަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގައ...

އަޙްމަދު ވަހީދު
މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ހޯރަފުށިން ދެ މީހަކު ހައްޔަރުކޮށްފި 📍 ހއ. ހޯރަފުށި

މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ހޯރަފުށިން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ހއ. ހޯރަފުށިން ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވި ގޮތުގައި މަސްތުވާތަކެއްޗާ ދެކޮޅަށް އެ ޚިދުމަތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހޯރަފުށިން ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ. ހޯރަފުށީގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައި ވަނީ އެ ރަށު ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މާރިޗު 30 ވަނަ ދުވަހުއެވެ. އެ އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން 32 އަހަރުގެ ފިރިހެނަކާއި 41 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފަ...

ޔުމްނާ ޢަލީ
ބޯގަންވިލާއިން ހޯރަފުށި ޒީނަތްތެރި ކުރުމަށް ހާއްސަ ޕްރޮގްރާމެއް 📍 ހއ. ހޯރަފުށި

ބޯގަންވިލާއިން ހޯރަފުށި ޒީނަތްތެރި ކުރުމަށް ހާއްސަ ޕްރޮގްރާމެއް

ބޯގަންވިލާ މަލުގެ ކުލަތަކުން ހއ.ހޯރަފުށި ޒީނަތްތެރި ކުރުމުގެ ގޮތުން ހާއްސަ ޕްރޮގްރާމެއް ހިންގުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. “ހޯރަފުށީގެ ކޮންމެ ގެއަކުން، ކޮންމެ އިދާރާއަކުން ބޯގަންވިލާގެ ޗާލުކަން” މި ޝިއާރުގެ ދަށުން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމިގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށަކީ ފެހިކަންގަދަ ތިމާވެއްޓެއް ލިބިގެންވާ ރަށަކަށް ހެދުމާއި އެ ރަށަކީ މާމެލާމެލިން ޒީނަތްތެރިވެފައިވާ ރަށަކަށް ހެދުމެވެ. ގޭ ދޮރޯށި މަތިން ފެންނަ ގޮތަށް ބޯގަންވިލާ ހައ...

އިބްރާހިމް ޚަލީލް
ހޯރަފުށި ސަލީމަށް ހާޓް އެޓޭކެއް ޖެހި، ފަރުވާ ދެނީ 📍 ހއ. ހޯރަފުށި

ހޯރަފުށި ސަލީމަށް ހާޓް އެޓޭކެއް ޖެހި، ފަރުވާ ދެނީ

ރާއްޖޭގެ ކުޅަދާނަ ނޫސްވެރިޔާ ހޯރަފުށީ މުހައްމަދު ސަލީމަށް ރޭ ހާޓް އެޓޭކެއް ޖެހި ފަރުވާދޭން ފަށައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް ފަރުވާދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލުގެ ސީސީޔޫ ގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސަލީމްގެ ހާލު ގޯސްވީ ރޭ ފަތިހުގެ ވަގުތެއްގައެވެ. 2000 ވަނަ އަހަރުގެ ކުރީކޮޅާއި ހަމައަށް ނޫސްވެރިކަމުގައި ފާހަގަ ކޮށްލެވުނު ސަލީމް ވަނީ ‘ހަވީރު’ ނޫހުގެ ސަބް އެޑިޓަރުކަމާއި ‘މިއަދު’ ނޫހުގެ އެޑިޓަރުކަން ވެސް ކުރައްވާފައެވެ. މީގެ އިތުރުން ނޫސްވެރިކަމުގެ ދާއިރާއިން ގައުމީ އިނ...

މުޙައްމަދު އަފްރާޙް
ހޯރަފުއްޓާއި ހަނިމާދޫ ހިމެނޭހެން ހަތަރު ރަށެއްގައި ސްވިމިންގ ޕްލެޓްފޯމެއް ޤާއިމްކުރުމަށް ސޮއިކޮށްފި 📍 ހއ. ހޯރަފުށި

ހޯރަފުއްޓާއި ހަނިމާދޫ ހިމެނޭހެން ހަތަރު ރަށެއްގައި ސްވިމިންގ ޕްލެޓްފޯމެއް ޤާއިމްކުރުމަށް ސޮއިކޮށްފި

ހއ. ހޯރަފުއްޓާއި ހދ. ހަނިމާދޫ ހިމެނޭހެން 4 ރަށެއްގައި ސްވިމިންގ ޕްލެޓްފޯމެއް ޤާއިމްކުރުމަށް ސޮއިކޮށްފިއެވެ. ސްވިމިންގ ޕްލެޓްފޯމް ގާއިމުކުރަނީ ހޯރަފުއްޓާއި ހަނިމާދޫގެ އިތުރުން ގއ. ވިލިނގިއްޔާއި އައްޑޫ ސިޓީ މަރަދޫފޭދޫގަ އެވެ. މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ފަރާތުން މި މަސައްކަތް ކުރަން ޙަވާލުކޮށްފައިވަނީ ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއެވެ. ހޯރަފުއްޓާއި ހަނިމާދޫ ފްލޯޓިންގ ސުވިމިންގ ޕްލެޓްފޯމް ޤާއިމުކުރުމަށް ހަވާލުކޮށްފައިވަނީ އެއް މިލިއަން ތިރީސް ދެހާހަށ...

މުޙައްމަދު އަފްރާޙް