މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ހޯރަފުށި (343 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
343 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހޯރަފުށިގެ އެންމެ ފަހުގެ ޚަބަރުތައް

343 ޚަބަރުގެ ތެރެއިން
ހޯރަފުށީގައި ބޯޓް ބީޗިން އޭރިއާއެއް ތަރައްގީ ކުރަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީގައި ބޯޓް ބީޗިން އޭރިއާއެއް ތަރައްގީ ކުރަނީ

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީގައި ބޯޓް ބީޗިން އޭރިއާއެއް ތަރައްގީ ކުރުމަށް އަމަލީ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ. ހޯރަފުށީ ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ބަވަނަ ޕްރައިވެޓް ލިމިޓެޑް އާ އެވެ. އެ ރަށުގެ ދެކުނު ތުނޑި ސަރަހައްދުގައި ތަރައްގީކުރާ ބޯޓް ބީޗިން އޭރިއާ އާއި ގުޅޭގޮތުން މައުލޫމާތު ދެމުން އެ ރަށު ކައުންސިލުގެ ރައީސް މުހައްމަދު ވަހީދު ބުނީ މިހާރު ފެށުމަށް ތައްޔާރުވަމުން މިދަނީ ބޯޓް ބީޗިންގެ ފުރަތަމަ މަރުހަލާ ކަމަށާއި، މި މަރުހަލާގެ […]

އިބްރާހިމް ޚަލީލް
ހޯރަފުށީ ޑަބްލިއުޑީސީގެ ކަނބާފާނު އެވޯޑަށް ކުރިމަތިލާން ފުޅުވާލައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީ ޑަބްލިއުޑީސީގެ ކަނބާފާނު އެވޯޑަށް ކުރިމަތިލާން ފުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން މި އަހަރުގެ އަންހެނުންގެ ދުވަހަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ “ކަނބާފާނު އެވޯޑް” އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި އެވޯޑަކީ ތަފާތު ދާއިރާތަކުން އެ ރަށަށް ފާހަގަކޮށްލެވޭ ހިދުމަތްތައް ކޮށްދެއްވާފައިވާ ކަނބަލުންގެ، ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ދޭ އެވޯޑެކެވެ. މި އެވޯޑް މައިގަނޑު ފަސް ދާއިރާއަކުން ވަނީ ދިނުމަށް ނިންމާ...

އިބްރާހިމް ޚަލީލް
ހޯރަފުށީ ހާފްވޭ ހައުސްގެ މަސައްކަތް ނިންމާލައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީ ހާފްވޭ ހައުސްގެ މަސައްކަތް ނިންމާލައިފި

ހއ. ހޯރަފުށީގައި ގާއިމުކުރާ ޖުވެނައިލް ޖަސްޓިސް ޔުނިޓް، ހާފްވޭ ހައުސްގެ މަސައްކަތް ނިންމާލައިފިއެވެ. ސަރުކާރުން މި މަސައްކަތް ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުންޏާއި މަސައްކަތް ހަވާލު ކުރީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. މިއީ ހޯމް މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އިން ހިންގާ ތަނެކެވެ. މިއީ ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ ދަށުން ކުށުގެ ވެއްޓަށް ހުށަހެޅޭ ކުޑަކުދިން އަނބުރާ މުޖުތަމައަށް ނެރުމު...

އަޙްމަދު ވަހީދު
އޭޕްރިލުން ފެށިގެން މޯލްޑިވިއަނުން ހޯރަފުއްޓަށް ހަފުތާއަކު 4 ދަތުރު 📍 ހއ. ހޯރަފުށި

އޭޕްރިލުން ފެށިގެން މޯލްޑިވިއަނުން ހޯރަފުއްޓަށް ހަފުތާއަކު 4 ދަތުރު

މިއަހަރުގެ އެޕްރީލް މަހުން ފެށިގެން ގައުމީ އެއާލައިން، މޯލްޑިވިއަނުން ހއ. ހޯރަފުއްޓަށް ހަފުތާގެ ހަތަރު ދުވަހު، ދަތުރުކުރާނެ ކަމަށް އެ އެއާލައިނުން ބުނެފިއެވެ. މޯލްޑިވިއަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އޭޕްރީލް މަހުން ފެށިގެން އާދިއްތަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު، ހޯރަފުއްޓަށް ފުލައިޓުތައް ބާއްވާނެ ކަމަށެވެ. އޭޕްރިލް އމަހުން ފެށިގެން ބަދަލު ގެންނައިރު މާޗު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ދަތުރުތައް ބާއްވާނީ މިހާރު ޝެޑިއުލްކޮށްފައިވާ ގޮތަށް ކަމަށް ވެސް އެ ކުންފުނިން […]

އަޙްމަދު ވަހީދު
ހޯރަފުށީގައި ބާއްވާ ކަސްރަތު ޕްރޮގްރާމްގައި ބައިވެރިވާން ހުޅުވާލައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީގައި ބާއްވާ ކަސްރަތު ޕްރޮގްރާމްގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީގައި ބާއްވާ ކަސްރަތު ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ ހޯރަފުށީ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ގުޅިގެން އެ ރަށު ކަނބަލުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ. އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ފަށާ މި ޕްރޮގްރާމަކީ 20 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން އެކަމަށް ހާއްސަ ކޮށްފައިވާ ގޫގުލް...

އިބްރާހިމް ޚަލީލް
ގޯލްޑަން ފުޓްސަލް: މާރަންދޫ، އިހަވަންދޫ، ހޯރަފުށި، އުތީމް އަދި ވަށަފަރު ފެށީ މޮޅަކުން 📍 ހއ. ހޯރަފުށި

ގޯލްޑަން ފުޓްސަލް: މާރަންދޫ، އިހަވަންދޫ، ހޯރަފުށި، އުތީމް އަދި ވަށަފަރު ފެށީ މޮޅަކުން

“ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024” ރޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުތަކުގައި ފަށާފައިވާއިރު، ހއ.އަތޮޅުގެ ފުރަތަމަ ބުރުގައި މާރަންދޫ، އިހަވަންދޫ، ހޯރަފުށި، އުތީމް އަދި ވަށަފަރުން ކުޅުން މެޗުތައް ކާމިޔާބުކުރި އިރު ބާރަށާއި ދިއްދޫ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. މިއަހަރު ހއ. އަތޮޅުން ވަނީ 12 ޓީމަކުން ބައިވެރިވެފައެވެ. އެހެންކަމުން އެ އަތޮޅުގެ އަތޮޅު ބުރު ކުރިއަށް ދަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ހަތަރު ގްރޫޕުގެ ތެރެއިން އެންމެ މޮޅު 8 ޓީމު […]

އިބްރާހިމް ޚަލީލް
ހޯރަފުށީ ޑަބްލިއުޑީސީގެ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީ ޑަބްލިއުޑީސީގެ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފިއެވެ. މި މުބާރާތަށް ހުށަހަޅާ ލޯގޯގައި އަންހެނުންގެ ތަރައްގީއާއި ހޯރަފުށި ރަމްޒުކޮށްދޭން ޖެހެއެވެ. އަދި މީގެއިތުރުން އެ ރަށަށް ހާއްސަ ކަމެއް ނުވަތަ ކަންތައްތަކެއް ނުވަތަ އެ ރަށުގެ ސަގާފަތެއް ނުވަތަ އެ ރަށުގެ ތާރީހް ހިމަނަން ޖެހެއެވެ. ހުށަހަޅާ ލޯގޯތަކުގެ ތެރެއިން އެ ކޮމެޓީން ފާސްކުރާ ލޯގޯ ފަރުމާކުރާ ފަރާތަށް 5000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް […]

އިބްރާހިމް ޚަލީލް
ހޯރަފުށީ "ކްލައުޑް ސްޕޯޓްސް ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް" ގެ ޗެމްޕިއަންކަން 22 ސްޕޯޓްސް ކްލަބަށް 📍 ހއ. ހޯރަފުށި

ހޯރަފުށީ "ކްލައުޑް ސްޕޯޓްސް ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް" ގެ ޗެމްޕިއަންކަން 22 ސްޕޯޓްސް ކްލަބަށް

ހއ.ހޯރަފުށީ ހަހެތި ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ބޭއްވި ” ކްލައުޑް ސްޕޯޓްސް ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2023″ ގެ ޗެމްޕިއަންކަން 22 ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު މިދިޔަ ހޮނިހިރު ދުވަހު ކުޅެފައިވާއިރު، ފައިނަލުގައި ބައްދަލުކުރީ ހޯރަފުށީ 22 ސްޕޯޓްސް ކްލަބާއި އިހަވަންދޫ އެންވީކޭއެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 2-2 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 3-1 ގެ ނަތީޖާއިން […]

އިބްރާހިމް ޚަލީލް
ހޯރަފުށީގައި ބާއްވާ ކްލައުޑް ސްޕޯޓްސް ހަހެތި ޔޫތު ފުޓްސަލް ޗެލެންޖުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީގައި ބާއްވާ ކްލައުޑް ސްޕޯޓްސް ހަހެތި ޔޫތު ފުޓްސަލް ޗެލެންޖުގައި ބައިވެރިވާން ހުޅުވާލައިފި

ހއ.ހޯރަފުށީ ހަހެތި ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ބާއްވާ ” ކްލައުޑް ސްޕޯޓްސް ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2023″ ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތަކީ 21 އަހަރުން ދަށުގެ ފަރާތްތަކަށް ހާއްސަ ކޮށްފައިވާ މުބާރާތެކެވެ. މި މުބާރާތުން ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ޖުމްލަ ހަ ޓީމަށެވެ. އެއީ ހޯރަފުށިން ހަތަރު ޓީމަށާއި އެ އަތޮޅު ތެރެއިން ދެ ޓީމަށެވެ. މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ހޯރަފުށީގައި ފުޓްސަލް ކުޅޭ 21 […]

އިބްރާހިމް ޚަލީލް
ބާވީސް ބަލިކޮށް ދަންމަރު ޔުނައިޓެޑުން ހޯރަފުށީ ކައުންސިލް ކަޕް ކާމިޔާބުކޮށްފި 📍 ހއ. ހޯރަފުށި

ބާވީސް ބަލިކޮށް ދަންމަރު ޔުނައިޓެޑުން ހޯރަފުށީ ކައުންސިލް ކަޕް ކާމިޔާބުކޮށްފި

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލުން އިންތިޒާމް ކޮށްގެން ބޭއްވި “އެޗްއާރުއެފް ސީސީ ކަޕް 2023” ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ބާވީސް ސްޕޯޓްސް ކްލަބް ބަލިކޮށް ދަންމަރު ޔުނައިޓެޑުން ޗެމްޕިއަންކަން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހޯރަފުށީ ފުޓްބޯޅަ ދަނޑުގައި ކުޅުންއިރު، މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 0-0 ގެ ނަތީޖާއިން އެއްވަރު ވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ދަންމަރުން ކުރިހޯދީ 3-1 ގެ […]

އިބްރާހިމް ޚަލީލް
ހޯރަފުށީގައި ކަނބަލުންނަށް ހާއްސަ ކޮށްގެން ބޭއްވި ވޮލީ ކޭމްޕް ކާމިޔާބު ކަމާއިއެކު ނިންމާލައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީގައި ކަނބަލުންނަށް ހާއްސަ ކޮށްގެން ބޭއްވި ވޮލީ ކޭމްޕް ކާމިޔާބު ކަމާއިއެކު ނިންމާލައިފި

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކަނބަލުންނަށް ހާއްސަކޮށްގެން އެ ރަށުގައި ކުރިއަށް ގެންދިޔަ ވޮލީ ކޭމްޕް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. މި ކޭމްޕަކީ އެ ރަށު ކްލަބް ޖީއެސް އިން އިންތިޒާމްކޮށް ހޯރަފުށީ ޕޮލިހާއި އެ ރަށު ކައުންސިލް، ޑަބްލިއުޑީސީ، ކްރައިމް ޕްރެވެންޝަން އެންޑް ޕަބްލިކް އެފެއާޒްގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންގޮސްފައިވާ ކޭމްޕެކެވެ. މި ކޭމްޕް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 3 ވަނަ ދުވަހުން ފެށިގެން 12 ދުވަހުގެ ނިޔަލަށެވެ. މި ކޭމްޕްގެ ނިންމުމުގެ ރަސްމިއްޔާތު […]

އިބްރާހިމް ޚަލީލް
ހޯރަފުށީގައި ކަނބަލުންނަށް ހާއްސަ ކޮށްގެން ބާއްވާ ވޮލީ ކޭމްޕް ފަށައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީގައި ކަނބަލުންނަށް ހާއްސަ ކޮށްގެން ބާއްވާ ވޮލީ ކޭމްޕް ފަށައިފި

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކަނބަލުންނަށް ހާއްސަކޮށްގެން އެ ރަށުގައި ކުރިއަށް ގެންދާ ވޮލީ ކޭމްޕް ފަށައިފިއެވެ. މި ކޭމްޕަކީ ކްލަބް ޖީއެސް އިން އިންތިޒާމްކޮށް ހޯރަފުށީ ޕޮލިހާއި އެ ރަށު ކައުންސިލް، ޑަބްލިއުޑީސީ، ކްރައިމް ޕްރެވެންޝަން އެންޑް ޕަބްލިކް އެފެއާޒްގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ކޭމްޕެކެވެ. ޖުމްލަ 47 ބައިވެރިންނާއިއެކު ހޯރަފުށީ ވޮލީ ކޯޓުގައި އިއްޔެ މި ކޭމްޕް ފަށާފައިވާއިރު، ކޭމްޕެ މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ. މި ކޭމްޕް ކުރިއަށް […]

އިބްރާހިމް ޚަލީލް
ބާރަށާއި އުލިގަމާއި ތުރާކުނުގެ އިތުރުން ހޯރަފުށީގެ ދެވަނަ ފިޔަވަހީގެ މަގުތައް ހަދަން ބަޖެޓް ކޮށްފި 📍 ހއ. ބާރަށް

ބާރަށާއި އުލިގަމާއި ތުރާކުނުގެ އިތުރުން ހޯރަފުށީގެ ދެވަނަ ފިޔަވަހީގެ މަގުތައް ހަދަން ބަޖެޓް ކޮށްފި

ހއ. އަތޮޅުގެ ބާރަށް، އުލިގަމު، ތުރާކުނުގެ މަގު ހެދުމުގެ އިތުރުން ހޯރަފުށީގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހި އަންނަ ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނައިފިއެވެ. އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮޖެކްޓު (ޕީއެސްއައިޕީ) މަޝްރޫޢު ތަކަށް 8.6 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ހިމަނާފައެވެ. މި މަޝްރޫޢުތަކުގެ ތެރޭގައި ބޮޑު ތިލަދުންމަތިން ހއ. އަތޮޅުގެ ހަތަރު ރަށެއްގެ މަގު ހެދުމަށް ވަނީ ހިމަނާފައެވެ. މީގެ ތެރެ...

ޔުމްނާ ޢަލީ
ވަށަފަރާއި ހޯރަފުށީގެ ބިން ހިއްކަން ބަޖެޓްގައި ހިމަނައިފި 📍 ހއ. ހޯރަފުށި

ވަށަފަރާއި ހޯރަފުށީގެ ބިން ހިއްކަން ބަޖެޓްގައި ހިމަނައިފި

ހއ. ވަށަފަރު ބިން ހިއްކުމާއި، އެ އަތޮޅު ހޯރަފުށީގެ ބިން ހިއްކުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނައިފިއެވެ. ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓްގައި  ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮޖެކްޓު (ޕީއެސްއައިޕީ) ތަކަށް 8.6 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ހިމަނާފައިވާއިރު، ބޮޑު ތިލަދުންމަތިން ހއ. އަތޮޅުގެ ދެ ރަށެއްގެ ބިން ހިއްކަން މުޅިން އަލަށް ބަޖެޓްގައި ހިމަނ...

ޔުމްނާ ޢަލީ
ހޯރަފުށި ތަމްސީލު ކުރާނެ ކުޅިވަރު ޓީމުތަކެއް އެކުލަވާލަނީ 📍 ހއ. ހޯރަފުށި

ހޯރަފުށި ތަމްސީލު ކުރާނެ ކުޅިވަރު ޓީމުތަކެއް އެކުލަވާލަނީ

ހއ. ހޯރަފުށި ތަމްސީލު ކުރާނެ ކުޅިވަރު ޓީމުތަކެއް އެކުލަވާލަން ނިންމައި، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ނަން ނޯޓު ކުރުމަށް އެރަށު ކައުންސިލުން ހުޅުވާލާއިފިއެވެ. އެ ކައުންސިލުން ކުރައްވާފައިވާ އިއުލާނެއްގައި ވަނީ ވޮލީބޯލް، ހޭންޑް ބޯލް އަދި ފުޓްސަލުން އެރަށް ތަމްސީލުކުރާނެ ޓީމުތަކެއް އެކުލަވައިލުމަށް ބޭނުންވާ ކަމަށެވެ. އެގޮތުން ވޮލީ ބޯލުގައި އަންހެން އަދި ފިރިހެން ޓީމު ނެގުމަށް ނިންމާފައިވާއިރު، ހޭންޑްބޯލް ގައި ނަގަނީ އަންހެން ޓީމެކެވެ. އަދި ފުޓްސަލްގައި ނަގަނީ ފިރިހެން ޓީމެކެވެ. މި ޓީމުތަކުގައ...

މުޙައްމަދު އަފްރާޙް