ހއ. ވަށަފަރު ބިން ހިއްކުމާއި، އެ އަތޮޅު ހޯރަފުށީގެ ބިން ހިއްކުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނައިފިއެވެ.

ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

Ad
rt

މި ބަޖެޓްގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮޖެކްޓު (ޕީއެސްއައިޕީ) ތަކަށް 8.6 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ހިމަނާފައިވާއިރު، ބޮޑު ތިލަދުންމަތިން ހއ. އަތޮޅުގެ ދެ ރަށެއްގެ ބިން ހިއްކަން މުޅިން އަލަށް ބަޖެޓްގައި ހިމަނާފަވެއެވެ.

މިގޮތުން ވަށަފަރުގެ ބިން ހިއްކުމާއި ކޯސްޓަލް ޕްރޮޓެކްޝަން ބަޖެޓްގައި ހިމަނާފައިވާއިރު، ހޯރަފުށީގެ ބިން ހިއްކުމާއި ހައުސިން ޔުނިޓްތައް ގާއިމު ކުރުން ވެސް ވަނީ ބަޖެޓުގައި ހިމަނާފައެވެ.

ވަށަފަރުގެ ބިން ހިއްކުމާއި ކޯސްޓަލް ޕްރޮޓެކްޝަނަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ވަނީ 4،600،00 ރުފިޔާއެވެ. ހޯރަފުށީގެ ބިން ހިއްކުމާއި ހައުސިން ޔުނިޓްތައް ގާއިމު ކުރުމަށް ހިމަނާފައި ވަނީ ވެސް ހަމަ އެ އަދަދެވެ.

މީގެ އިތުރުން މިހާރުވެސް ކޮންޓްރެކްޓް ކުރެވިފައިވާ ތުރާކުނުގެ ބިން ހިއްކުމަށް އަންނަ އަހަރަށް 4،064،798 ރުފިޔާ ވަނީ ހިމަނާފައެވެ.

އަންނަ އަހަރުގެ ބަޖެޓުގެ މަސައްކަތް އަދި މަޖިލީހުގައި ނުފެށެއެވެ.