ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީގައި ބާއްވާ ކަސްރަތު ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިއީ ހޯރަފުށީ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ގުޅިގެން އެ ރަށު ކަނބަލުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.

Ad
rt

އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ފަށާ މި ޕްރޮގްރާމަކީ 20 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން އެކަމަށް ހާއްސަ ކޮށްފައިވާ ގޫގުލް ފޯމް ފުރިމަހަ ކުރުމަށް ފަހު ސަބްމިޓް ކުރުމަށް އެ ކައުންސިލުން އެދެއެވެ.

މި ޕްރޮގްރާމްގެ ބައިވެރިންގެ އަތުން ފީއެއްގެ ގޮތުގައި 200 (ދުއިސައްތަ) ރުފިޔާގެ ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.