މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ހިރިމަރަދޫ (72 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
72 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހިރިމަރަދޫގެ އެންމެ ފަހުގެ ޚަބަރުތައް

72 ޚަބަރުގެ ތެރެއިން
ހިރިމަރަދޫ މީހުން ހަނިމާދޫ އަށް ބަދަލުކުރުމަށް ބޯހިޔާވަހިކަން ގާއިމުކުރަން އެޗްޑީސީ އަށް 📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫ މީހުން ހަނިމާދޫ އަށް ބަދަލުކުރުމަށް ބޯހިޔާވަހިކަން ގާއިމުކުރަން އެޗްޑީސީ އަށް

ހދ. ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދޫ އަށް ބަދަލުކުރުމަށް ބޯހިޔާވަހިކަން ގާއިމުކުރުމުގެ މަޝްރޫޢޫ އާއި ހިރިމަރަދޫ މީހުންނަށް ހަނިމާދޫގައި ބޯހިޔާވަހިކަން ގާއިމުކޮށްދޭ ސަރަހައްދުގެ މުނިސިޕަލް ޚިދުމަތްތައް ގާއިމުކުރަން ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މިއަދު ހަވާލުކޮށްފިއެވެ. ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމައި އެކަން ޢިއުލާންކޮށްފައި ވަނީ 1 ފެބްރުއަރީ 2025 ގައެވެ. ހދ.އަތޮޅުގެ މީހުން އުޅޭ ރަށްތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދަތު...

ޔުމްނާ ޢަލީ
އުތީމަށްފަހު ރައީސް ހދ.އަށް، ފުރަތަމަ މަންޒިލަކީ ހިރިމަރަދޫ 📍 ހދ. ހިރިމަރަދޫ

އުތީމަށްފަހު ރައީސް ހދ.އަށް، ފުރަތަމަ މަންޒިލަކީ ހިރިމަރަދޫ

ރައީސް ޑރ. މުހައްމަދު މުޢިއްޒު ހދ. އަތޮޅަށް ކުރަށްވާ ރަސްމީ ދަތުރުފުޅެއް މިއަދު ފައްޓަވައިފިއެވެ. ރައީސް ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ އަށް ހއ. އުތީމަށް ވަޑައިގެންނެވުމަށްފަހު މެންދުރުފަހު ރައީސް ވަނީ ހދ. އަތޮޅު ދަތުރުފުޅު ފައްޓަވާފައެވެ. މި ދަތުރުފުޅުގައި ފުތަރަމަ މަންޒިލެއް ގޮތުގައި ރައީސް ވަޑައިގަތީ ހިރިމަރަދޫ އަށެވެ. އެރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. މި ދަތުރުފުޅުގައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަ...

ޔުމްނާ ޢަލީ
ހިރިމަރަދޫ މީހުން ބަދަލުކުރުމާއި ގުޅޭގޮތުން ހަނިމާދޫގައި ބޭއްވުނު މަޝްވަރާތައް ވަރަށް ކާމިޔާބު: ވަޒީރު 📍 ހދ. ހަނިމާދޫ

ހިރިމަރަދޫ މީހުން ބަދަލުކުރުމާއި ގުޅޭގޮތުން ހަނިމާދޫގައި ބޭއްވުނު މަޝްވަރާތައް ވަރަށް ކާމިޔާބު: ވަޒީރު

ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރުމާއި ގުޅޭގޮތުން ހަނިމާދޫގައި ކުރިއަށް ގެންދެވުނު މަޝްވަރާތައް ވަރަށް ކާމިޔާބު ކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު އިއްޔެ ވަނީ ހަނިމާދޫއަށް ވަޑައިގެން، ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރުމާއި ގުޅޭގޮތުން ރައްޔިތުންނާއި ބައްދަލުކުރައްވައި މަޝްވަރާކޮށްފައެވެ. އެ ބައްދަލުވުމަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ...

އިބްރާހިމް ޚަލީލް
ހިރިމަރަދޫ ހިމެނޭހެން ބައި-އިލެކްޝަންގެ ގިނަ ގޮނޑިތައް ޕީއެންސީއަށް 📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫ ހިމެނޭހެން ބައި-އިލެކްޝަންގެ ގިނަ ގޮނޑިތައް ޕީއެންސީއަށް

މިއަދު ކުރިއަށް ދިޔަ ބައި-އިލެކްޝަން ތަކުގެ ތެރެއިން ގިނަ ގޮނޑި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބުކޮށްފިއެވެ. މިއަދު ޖުމްލަ 12 ރަށެއްގައި ބައި-އިލެކްޝަން ބާއްވާފައިވާއިރު، ޕީއެންސީން ވަނީ 8 ގޮނޑި ކާމިޔާބުކޮށްފައެވެ. އިދިކޮޅު އެމްޑީޕީ އަށް ދެ ގޮނޑި ލިބުނުއިރު، މިނިވަން ކެންޑިޑޭޓުން ވެސް ވަނީ ދެ ގޮނޑި ކާމިޔާބުކޮށްފައެވެ. މިއަދު ބައި އިލެކްޝަންގައި ހދ.މަކުނުދޫ ކައުންސިލް މެމްބަރެއް ހޮވުމަށް ވޯޓުލުން ބާއްވާފައިވާއިރު، ހިރިމަރަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރ...

ޔުމްނާ ޢަލީ
މަކުނުދޫ އާއި ހިރިމަރަދޫ ހިމެނޭހެން 12 ރަށެއްގައި ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް 📍 ހދ. މަކުނުދޫ

މަކުނުދޫ އާއި ހިރިމަރަދޫ ހިމެނޭހެން 12 ރަށެއްގައި ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް

ހދ. މަކުނުދޫ އާއި ހިރިމަރަދޫ ހިމެނޭހެން 12 ރަށެއްގައި ބައި-އިލެކްޝަންގެ ވޯޓުލުން ފެށިގެން މިއަދު ކުރިއަށް އެބަދެއެވެ. އިލެކްޝަން ކޮމިޝަން (އީސީ) އިން މި ބައި-އިލެކްޝަންތަކުގެ ވޯޓުލުން ކުރިއަށް ގެންދަން ނިންމާފައި ވަނީ މިއަދު ހެނދުނު 8:00 އިން ހަވީރު 16:00 އާއި ހަމައަށެވެ. މިއަދު ބައި އިލެކްޝަންގައި މަކުނުދޫ ކައުންސިލް މެމްބަރެއް ހޮވުމަށް ވޯޓުލުން ކުރިއަށްދާއިރު، ހިރިމަރަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް މެމްބަރަކު ހޮވުން ވެސް މީގެ ތެރޭ ހިމެނިގެން ކުރިއަށް އެބަދެއެވެ. މަކުނުދ...

ޔުމްނާ ޢަލީ
ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރުމުން އަތޮޅުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދޭނެ: އަތޮޅު ކައުންސިލް 📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރުމުން އަތޮޅުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދޭނެ: އަތޮޅު ކައުންސިލް

ހދ.ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަކީ އަތޮޅު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދޭނޭ ނިންމުމެއް ކަމުގައި އެ އަތޮޅު ކައުންސިލުން ބުނެފިއެވެ. ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާކަން ހާމަކޮށްފައި ވަނީ އިއްޔެ ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އަދި އެއްވެސް ފަރާތަކުން މިހާތަނަށް ހާމަކޮށްފައިނުވެއެވެ. ސަރުކާރުގެ މި ނިންމުމާއި ގުޅިގެން މިއަދު ހދ.އަތޮޅު ކައުންސިލުން ނ...

އަލީ އާދިލް
ހިރިމަރަދޫ މީހުން ހަނިމާދުއަށް ބަދަލުކުރަން ނިންމައިފި 📍 ހދ. ހަނިމާދޫ

ހިރިމަރަދޫ މީހުން ހަނިމާދުއަށް ބަދަލުކުރަން ނިންމައިފި

ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން މިއަދު ނިންމައިފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ “ހިރިމަރަދޫގެ ރައްޔިތުން އެދުނު ގޮތަށް” އެ ރަށު ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމަށް ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ. ހިރިމަރަދޫގެ އާބާދީ ވަރަށް ބޮޑަށް މަދުވުމުގެ ސަބަބުން އެ ރަށު މީހުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް ސަރުކާރުގައި އެދެމުން އަންނަތާ މިހާރު ވަނީ އެތައް އަހަރެއް ވެފައެވެ. އެކަމާ...

އިބްރާހިމް ޚަލީލް
އަލިފާންރޯވެ ހިރިމަރަދޫ ސްކޫލް އޮފީސް އަނދާ ހުލިވެއްޖެ 📍 ހދ. ހިރިމަރަދޫ

އަލިފާންރޯވެ ހިރިމަރަދޫ ސްކޫލް އޮފީސް އަނދާ ހުލިވެއްޖެ

ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ސްކޫލު އޮފީހުގައި އަލިފާނުގެ ހާދިސާއެއްހިނގައި، އެތަން އަނދާ ހުލިވެއްޖެއެވެ. މި ހާދިސާއާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން ހިރިމަރަދޫ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ބުނީ، ސްކޫލު އޮފީހުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހުކުރު ވަގުތު ކަމަށާއި، އެ އޮފީހުގައި އަލިފާން ރޯވެފައިވާކަމުގެ މައުލޫމާތުލިބި އަލިފާން ނިއްވުމުގެ މަސައްކަތް ފެށިފައި ވަނީ 1:30 ހާއިރު ކަމަށެވެ. ވަހީދު އިތުރަށް ބުނީ ރަށުގެ ކުދިބޮޑު އެންމެން ނުކުމެ ބާލިދީން ފެންޖަހައިގެންނާއި، ކަ...

އިބްރާހިމް ޚަލީލް
އަހަރުތަކަކަށް ފަހު ހިރިމަރަދޫ ސްކޫލަށް ޕްރިންސިޕަލެއް ހޯދަނީ 📍 ހދ. ހިރިމަރަދޫ

އަހަރުތަކަކަށް ފަހު ހިރިމަރަދޫ ސްކޫލަށް ޕްރިންސިޕަލެއް ހޯދަނީ

ޕްރިންސިޕަލެއް ނެތި އަހަރުތަކެއްވެފައިވާ ހދ.ހިރިމަރަދޫ ސްކޫލަށް ޕްރިންސިޕަލެއް ހޯދަން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އިއުލާން ކޮށްފިއެވެ. އެންމެ ފަހުން އެ ރަށު ސްކޫލުގައި ޕްރިންސިޕަލެއް ހުރީ މީގެ ހަތަރު އަހަރު ކުރިންނެވެ. އެއީ ބިދޭސީ ޕްރިންސިޕަލެކެވެ. އޭނާއާއި މެދު ސްކޫލުގެ ބެލެނިވެރިން ހިތްހަމަނުޖެހިގެން އިހުތިޖާޖް ކުރުމުން މިނިސްޓްރީން އެ ޕްރިންސިޕަލް އެހެން ރަށަކަށް ބަދަލުކުރި ފަހުން ފާއިތުވި މުއްދަތުގައި އެ ރަށުގައި ޕްރިންސިޕަލެއް ނުހުރެއެވެ. ފާއިތުވި ހަތަރު އަހަރު އެ ސްކޫލް ހިންގުމުގައި އިސ...

އިބްރާހިމް ޚަލީލް
ހިރިމަރަދޫ މީހުން ބަދަލުކުރުން އަވަސްކޮށްދޭން އެދިއްޖެ 📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫ މީހުން ބަދަލުކުރުން އަވަސްކޮށްދޭން އެދިއްޖެ

ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ރައްޔިތުން އެ ރަށުން އެހެން ރަށަކަށް ބަދަލުކޮށްދިނުމުގެ ކަންކަން އަވަސްކޮށްދިނުމަށް އެދިއްޖެއެވެ. ލޯކަލް ގަވަމެންޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު އެކްސްގައި ރޭ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެހެން ރަށަކަށް ހިޖުރަ ކުރުމަށް ރައްޔިތުންގެ ގިނަބަޔަކު ބޭނުންވާ، ހިރިމަރަދޫގެ ނެރުތިލަވުމުގެ ސަބަބުން ވަރަށް ގިނަ ތަކުލީފްތައް ރައްޔިތުންނާއި އެ ރަށަށް ދަތުރުކުރާ ފަރާތްތަކަށް ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. މިކަން ސަމާލުކަމަށް ގެނައުމުގެ ގޮތުން އެ ރަށު ކައުންސިލްގެ ރައީސ...

އިބްރާހިމް ޚަލީލް
ހދ.އަތޮޅު ކައުންސިލްގެ ނައިބަކަށް ވަހީދު 📍 ހދ. ހިރިމަރަދޫ

ހދ.އަތޮޅު ކައުންސިލްގެ ނައިބަކަށް ވަހީދު

ހުސްވެފައިވާ ހދ.އަތޮޅު ކައުންސިލްގެ ނައިބް ރައީސްގެ މަގާމަށް، ހިރިމަރަދޫ ކައުންސިލްގެ ރައީސްކަމުގައި ހުންނެވި މުހައްމަދު ވަހީދު އިންތިހާބު ކޮށްފިއެވެ. އޭނާ އެ މަގާމަށް އިންތިހާބު ކޮށްފައި ވަނީ، އިއްޔެ ބޭއްވި ހދ.އަތޮޅު ކައުންސިލްގެ 148 ވަނަ އާންމު ބައްދަލުވުމުގައެވެ. ވުމާއިއެކު 03 އޮކްޓޯބަރ 2024 އިން ފެށިގެން އަތޮޅު ކައުންސިލުގެ ނައިބް ރައީސްގެ ޒިންމާ އުފުއްލަވާނީ ވަހީދުއެވެ. ކުރިން އަތޮޅު ކައުންސިލްގެ ނައިބް ރައީސްގެ މަގާމު ފުރުއްވަމުން ގެންދެވީ ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުލްސައްތާރު ހަސަ...

އިބްރާހިމް ޚަލީލް
ހިރިމަރަދޫގައި ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތް ނިންމާލައިފި

ހިރިމަރަދޫގައި ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތް ނިންމާލައިފި

ހދ. ހިރިމަރަދޫގައި ފެނާއި ނަރުދަމާ އެޅުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމިފައިވާކަމަށް ކޮންޓްރަކްޝަން އެންޑް އިންފްރާސްޓަކްޗާ މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ހިރިމަރަދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢު ނިމިފައިވާ ކަމަށެވެ. އެ މަޝްރޫޢު ނިމުމާއިއެކު، އެ މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު އިސްމާޢީލް ޙަމީދު އަދި ޑެޕިއުޓީ މިނިސްޓަރ ޢަލީ ސަލީމް އިސްވެ، އެ މިނިސްޓްރީ އާއި އެމްޑަބްލިޔުއެސްސީގެ ޓެކްނިކަލް ޓީމުންދަނީ މި މަޝްރޫޢުގެ އިންސްޕެކްޓްކުރުމާއި ކޮމިޝަންކުރުމުގެ މަސ...

ޔުމްނާ ޢަލީ
"ހިރިމަރަދޫ ފޯވާޑް" ތިލަދުންމަތީގައި ހުރި އެންމެ މޮޅު އެއް ފޯވާޑް 📍 ހދ. ހިރިމަރަދޫ

"ހިރިމަރަދޫ ފޯވާޑް" ތިލަދުންމަތީގައި ހުރި އެންމެ މޮޅު އެއް ފޯވާޑް

“ހިރިމަރަދޫ ފޯވާޑް” މިހެން ބުނެފިނަމަ ތިލަދުންމަތީގެ ފުޓްބޯޅަ އާއިލާގައި އޭނާ ނުދަންނަ މީހަކު ނުހުންނާނޭ ބުނުން ދޮގަކަށް ނުވާނެއެވެ. ހދ.ހިރިމަރަދޫއަށް އުފަން މުހައްމަދު ނަޝީދު (ފޯވާޑް) އަކީ ފޯވާޑެއްގައިގައި ހުންނަން ކޯޗުން ބޭނުންވާ ވަރަށް ގިނަ ކަންކަން ފުރިހަމަވާ ކުޅުންތެރިއެކެވެ. ސްޕީޑް ބާރެވެ. ދެފައިނަ ބޯޅަ ޖެހުމުގެ ގާބިލްކަމާއި، ކޮއްޓާ ނެއްޓުމުގެ ހުނަރެވެ. ނަޝީދު ފާހަގަ ވަނީ ގޯލާއި ރައްޓެހިވެފައި ލިބޭ މަދު ފުރުސަތުތައް އެންމެ އެކަށީގެންވާ ގޮތުގައި ބޭނުން ހިފާ އިތުބާރު ފޯވާޑެއްގެ ގޮތުގައެވެ. ދ...

އިބްރާހިމް ޚަލީލް
ހިރިމަރަދޫ ރައްޔިތުން ތުލުސްދޫއަށް ބަދަލުވުމަށް ސަރުކާރުގައި އެދިއްޖެ 📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫ ރައްޔިތުން ތުލުސްދޫއަށް ބަދަލުވުމަށް ސަރުކާރުގައި އެދިއްޖެ

ހދ. ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ހިޖުރަކުރުމަށް، ކުރަންމުން އަންނަ މަސައްކަތުގެ ތެރެއިން ލޯކަލް ގަވަރނަންސް މިނިސްޓަރު އާދަމް ޝަރީފްއާ ބައްދަލުކޮށް އެކަމުގެ މަޢުލޫމާތު ހިއްސާކޮށްފި އެވެ. މިބައްދަލުވުމުގައި ހިރިމަރަދޫ ރައްޔިތުން ވަޒަންވެރިވާން ބޭނުންވަނީ، ކ. ތުލުސްދޫއަށް ކަމުގައި ސަރުކާރަށް ވަނީ އަންގައިފަ އެވެ. މިނިސްޓަރު އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުވާން ނިންމާފައިވާކަން ކައުންސިލްގެ މެންބަރުން އަންގާފައިވާ...

އިބްރާހިމް އަސްވާޤް
މީސްކޮޅު މަދު ހިރިމަރަދޫއަށް ފުޓްބޯޅާގައި ތާރީހީ ކާމިޔާބެއް 📍 ހދ. ހިރިމަރަދޫ

މީސްކޮޅު މަދު ހިރިމަރަދޫއަށް ފުޓްބޯޅާގައި ތާރީހީ ކާމިޔާބެއް

ހދ.އަތޮޅުގައި އޮތް އެންމެ އާބާދީ ކުޑަ އެއް ރަށަކީ ހިރިމަރަދޫއެވެ. މީސްކޮޅު މަދުވެފައި ކުޅިވަރުގެ ވަސީލަތްތައް މަދުނަމަވެސް އަތޮޅުގައި ބޭއްވޭ ގިނަ ފުޓްބޯޅަ މުބާރާތްތަކުގައި އެ ރަށް އަންނަނީ ވާދަކުރަމުންނެވެ. މިހާތަނަށް ފުޓްބޯޅާގައި އަތޮޅުތެރޭ މާ ބޮޑު ކާމިޔާބެއް ހޯދިފައި ނުވި ނަމަވެސް ގިނަ މުބާރާތްތަކެއްގައި، އެ ރަށުން ޓީމެއް ބައިވެރިވެ ވާދަކުރުމުން، ފެނިގެންދާ ހަގީގަތަކީ އެއީ ފުޓްބޯޅައަށް ލޯބިކުރާ ބަޔަކު ދިރިއުޅެމުން އަންނަ ރަށެއްކަމެވެ. 2009 ވަނަ އަހަރު ހދ.އަތޮޅު މުބާރާތުގެ ސެމީ ފައިނަލަށް ދަތުރ...

އިބްރާހިމް ޚަލީލް