ހދ. ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ހިޖުރަކުރުމަށް، ކުރަންމުން އަންނަ މަސައްކަތުގެ ތެރެއިން ލޯކަލް ގަވަރނަންސް މިނިސްޓަރު އާދަމް ޝަރީފްއާ ބައްދަލުކޮށް އެކަމުގެ މަޢުލޫމާތު ހިއްސާކޮށްފި އެވެ.
މިބައްދަލުވުމުގައި ހިރިމަރަދޫ ރައްޔިތުން ވަޒަންވެރިވާން ބޭނުންވަނީ، ކ. ތުލުސްދޫއަށް ކަމުގައި ސަރުކާރަށް ވަނީ އަންގައިފަ އެވެ.
މިނިސްޓަރު އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުވާން ނިންމާފައިވާކަން ކައުންސިލްގެ މެންބަރުން އަންގާފައިވާ ކަމަށެވެ. އަދި އެރަށުގެ ރައްޔިތުން ބޭނުންވަނީ ކ. ތުލުސްދޫއަށް ބަދަލުވާން ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ހިރިމަރަދޫއަކީ ހދ. އަތޮޅުގެ އެންމެ ކުޑަ އާބާދީ އޮތް ރަށެވެ. އެންމެ ފަހުން ހެދި ބޯހިމެނުމުގެ ނަތީޖާއިން ދައްކާގޮތުގައި ރަށުގެ ދިރިއުޅޭ އާބާދީއަކީ 293 އެވެ.
ކުރިން ހިރިމަރަދޫ ކައުންސިލުން ބުނެފައިވަނީ، ރައްޔިތުން މާލެ ސަރަހައްދަށް ހިޖުރަކުރުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުގައި ދަންނަވާފައިވާނެ ކަމަށެވެ. މިގޮތުން ބޯހިޔާވަހިކަމާއި، ރަނގަޅު ތަޢުލީމާއި ސިއްޙީ ނިޒާމް ފުރިހަމަކަމާއެކު ލިބޭނެ ސަރަހައްދަކަށް ބަދަލުވުމަށް ރައްޔިތުންގެ ޚިޔާލު ހޯދަމުންދާކަން ކައުންސިލުން ހާމަކޮށްފައިވެއެވެ.
ހިރިމަރަދޫ ރައްޔިތުން މާލެ ސަރަޙައްދަށް ހިޖުރަކުރަން ހުށައަޅައިފި
މި ކަމާއި ގުޅޭގޮތުން ރައްޔިތުންނާ މަޝްވަރާކުރުމަށް ކައުންސިލުން ވަނީ މި މީގެކުރިން އޮންލައިން ބައްދަލުވުމެއް ބާއްވާފަ އެވެ. މި ބައްދަލުވުމަށް ރަށުން ބޭރުގައި ދިރިއުޅޭ ފަރާތްތަކާއި، ރިސޯޓުތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި މަޝްވަރާކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!