📍 ހދ. ހަނިމާދޫ
ގޯތި ދޫކުރެވޭތޯ މަސައްކަތް ކުރަމުން އަންނަތާ ދެއަހަރު ވެއްޖެ: ހަނިމާދޫން ކައުންސިލް
ހދ. ހަނިމާދޫއިން ދިރިއުޅުމަށް ގޯތި ދޫކުރެވޭތޯ މަސައްކަތް ކުރަމުން އަންނަތާ ދެ އަހަރެއްހާ ދުވަސް ވެއްޖެކަމަށް ހަނިމާދޫ ކައުންސިލުން ބުނެފިއެވެ. ހަނިމާދޫ ކައުންސިލުން މިއަދު ބުނީ، އެ ކައުންސިލުން ގޯތި ނުދީ ތިބީކަމަށް ބަޔަކު ރަށުތެރޭގައި ދޮގު މަޢުލޫމާތު ފަތުރަމުން އަންނަ ކަމަށާއި، 2018 ވަނަ އަހަރުން ފެށިގެން ހަނިމާދޫން ގޯތި ދޫކުރެވޭތޯ އެކައުންސިލަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ. އެކަމާއި ގުޅިގެން ހަނިމާދޫ ކައުންސިލުން މިއަދު މައުލޫމާތު އާންމުކުރަމުން ބުނެފައިވަނީ ހަނިމ...