މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ހަނިމާދޫ (781 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
781 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހަނިމާދޫގެ އެންމެ ފަހުގެ ޚަބަރުތައް

781 ޚަބަރުގެ ތެރެއިން
ކައުންސިލްގެ ހުއްދަ ނެތި ހަނިމާދޫއިން ރުއްގަސް ބޭރު ކުރުން މަނާކޮއްފި 📍 ހދ. ހަނިމާދޫ

ކައުންސިލްގެ ހުއްދަ ނެތި ހަނިމާދޫއިން ރުއްގަސް ބޭރު ކުރުން މަނާކޮއްފި

ހދ. ހަނިމާދޫ ކައުންސިލްގެ ހުއްދަނެތި އެ ރަށުން ރުއްގަސް ބޭރުކުރުން އެ ކައުންސިލުން މަނާކޮއްފިއެވެ. ހަނިމާދޫ ކައުންސިލްގެ ރައީސް ޢަލީ އިބްރާހީމް “ތިލަދުން”އަށް ވިދާޅުވީ، މިހާރު އެ ރަށު ބަނދަރުން ރުއްގަސް ބޭރު ކުރަމުން ދަނީީ ކައުންސިލުން ހުއްދަ ދީފައިވާ ގޮތަށް ނޫންކަމަށެވެ. މީގެއިތުރުން ކައުންސިލުން މައުލޫމާތުދޭ ގޮތުގައި އެކަން މަނާ ކުރަން ޖެހުނީ، ރުއްގަސް ބޭރުކުރުމުގެ ތެރޭގައި ބަނދަރަށް އެކި ކަހަލަ ގެއްލުންތައް ލިބެމުންދާތީކަމަށެވެ. އެ ރަށުން، ރުއްގަސް ބޭރުކުރާ ފަރާތްތަކުން ލޭންޑިންގ ކްރާފްޓްތަކަ...

ފާތިމަތު ސަޙާ
މުރައިދޫ ވެޓެރަންސް ވޮލީ: ވާދަވެރި ކުޅުމަކަށްފަހު ހަނިމާދޫ އާއި ކެލާ އަށް ކާމިޔާބު 📍 ހއ. ކެލާ

މުރައިދޫ ވެޓެރަންސް ވޮލީ: ވާދަވެރި ކުޅުމަކަށްފަހު ހަނިމާދޫ އާއި ކެލާ އަށް ކާމިޔާބު

ހއ. މުރައިދޫގެ ނިޔާ އެކަޑެމީއާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ” މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026″ގެ ހޮނިހިރު ދުވަހުގެ މެޗުތައް ހަނިމާދޫ އާއި ކެލާ ކާމިޔާބުކޮށްފިއެވެ. މިއަދުގެ މެޗުތައް ވެސް ފެނުނީ ވަރަށް ވާދަވެރުކޮށެވެ. ހަވީރު ކުޅުނު މެޗުގައި ހަނިމާދޫ މުރައިދޫ އަތުން މޮޅުވީ 4-1 ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓް މުރައިދޫ ވަނީ 17-25 އިން ގެންގޮސްފައެވެ. ބާކީ ސެޓުތައް ހަނިމާދޫ ގެންދިޔައީ […]

ޔުމްނާ ޢަލީ
މުރައިދޫ ވެޓެރަންސް ވޮލީ: ހަނިމާދޫއަށް ތިންވަނަ މެޗު ވެސް ކާމިޔާބު، ފިނޭ އަށް މޮޅެއް 📍 ހއ. ކެލާ

މުރައިދޫ ވެޓެރަންސް ވޮލީ: ހަނިމާދޫއަށް ތިންވަނަ މެޗު ވެސް ކާމިޔާބު، ފިނޭ އަށް މޮޅެއް

ހއ. މުރައިދޫގެ ނިޔާ އެކަޑެމީއާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ” މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026″ގެ ބުރާސްފަތި ދުވަހުގެ މެޗުތައް ހަނިމާދޫ އާއި ފިނޭ ކާމިޔާބުކޮށްފިއެވެ. ބުރާސްފަތި ދުވަހު ހަވީރު ފިނޭ އާއި ކެލާގެ ފޯރިގަދަ ކުރިމަތިލުމުގައި ފިނޭ މޮޅުވީ 3-2 ސެޓުންނެވެ. ބުރާސްފަތި ދުވަހުގެ ރޭ ކުޅުނީ ހަނިމާދޫ އާއި ވަށަފަރެވެ. މި މެޗު ހަނިމާދޫ ކާމިޔާބުކުރީ 3-1 ސެޓުންނެވެ. މި ނަތީޖާ އަށް ބަލާއިރު […]

ޔުމްނާ ޢަލީ
މުރައިދޫ ވެޓެރަންސް ވޮލީ: ހަނިމާދޫ ދެވަނަ މޮޅު ހޯދިއިރު ވަށަފަރު ފެށީ މޮޅަކުން 📍 ހއ. މުރައިދޫ

މުރައިދޫ ވެޓެރަންސް ވޮލީ: ހަނިމާދޫ ދެވަނަ މޮޅު ހޯދިއިރު ވަށަފަރު ފެށީ މޮޅަކުން

ހއ. މުރައިދޫގެ ނިޔާ އެކަޑެމީއާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ” މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026″ގެ ދެވަނަ ދުވަހުގެ މެޗުތައް ހަނިމާދޫ އާއި ވަށަފަރު ކާމިޔާބުކޮށްފިއެވެ. މި މުބާރާތުގައި އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ވަށަފަރު ވަނީ ސީދާ ތިން ސެޓުން މުރައިދޫ ބަލިކޮށްފައެވެ. މިއީ މުބާރާތުގައި ވަށަފަރުގެ ފުރަތަމަ މެޗެވެ. މުރައިދޫ ވަނީ ފުރަތަމަ މެޗުގައި ފިނޭ އަތުން ހަމަ މި ނަތީޖާއިން ބަލިވެފައެވެ. […]

ޔުމްނާ ޢަލީ
މުރައިދޫ ވެޓެރަންސް ވޮލީ: ފުރަތަމަ ދެމެޗު ހަނިމާދޫ އާއި ފިނޭ އަށް 📍 ހއ. މުރައިދޫ

މުރައިދޫ ވެޓެރަންސް ވޮލީ: ފުރަތަމަ ދެމެޗު ހަނިމާދޫ އާއި ފިނޭ އަށް

ހއ. މުރައިދޫގެ ނިޔާ އެކަޑެމީއާއި އެ ރަށު ކައުންސިލް ގުޅިގެން ” މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026″ މިއަދު ހަވީރު ފަށައިފިއެވެ. މި މުބާރާތް ފަށާފައި ވަނީ ހދ. ހަނިމާދޫ އާއި ހއ. ކެލާގެ މެޗުންނެވެ. ހަވީރު 16:15 ގައި ފެށި މި މެޗު 3-1 ސެޓުން ކާމިޔާބު ކުރީ ހަނިމާދޫ ޓީމެވެ. މި މުބާރާތުގެ ދެވަނަ މެޗެއް ވެސް ވަނީ މިއަދު ކުޅެފައެވެ. ރޭގަނޑު  20:30 ގައި ފެށި […]

ޔުމްނާ ޢަލީ
ހަނިމާދޫ އުތުރު ރާޅުގަނޑު ސަރަޙައްދު ތަރައްޤީކުރުމަށް ސާވޭއާއި ޑިޒައިނިން މަސައްކަތް ވެސް ޝެރެޓް ސްޓޫޑިއޯ އަށް 📍 ހދ. ހަނިމާދޫ

ހަނިމާދޫ އުތުރު ރާޅުގަނޑު ސަރަޙައްދު ތަރައްޤީކުރުމަށް ސާވޭއާއި ޑިޒައިނިން މަސައްކަތް ވެސް ޝެރެޓް ސްޓޫޑިއޯ އަށް

ހދ. ހަނިމާދޫ އުތުރު ރާޅުގަނޑު ސަރަޙައްދު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އެ ސަރަޙައްދު ސާރވޭކޮށް، ޑިޒައިންކުރުމުގެ އިތުރުން ޑީޓެއިލްޑް ޑްރޯވިންގތައް ތައްޔާރުކުރުމުގެ މަސައްކަތް “ޝެރެޓް ސްޓޫޑިއޯ”އާ ހަވާލުކޮށްފިއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ހަނިމާދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަލީ އިބްރާހީމެވެ. އަދި ޝެރެޓް ސްޓޫޑިއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އިސްވެރިޔާއެވެ. ޖުމްލަ 162,000 ރުފިޔާއަށް ހަވާލުކުރެވުނު މި މަ...

ޔުމްނާ ޢަލީ
ހަނިމާދޫގައި މަސްވެރިންނަށް ޚާއްޞަ ޓީ-ޖެޓީއެއް، ސާވޭއާއި ޑިޒައިނިން މަސައްކަތް ޙަވާލުކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި މަސްވެރިންނަށް ޚާއްޞަ ޓީ-ޖެޓީއެއް، ސާވޭއާއި ޑިޒައިނިން މަސައްކަތް ޙަވާލުކޮށްފި

ހދ.ހަނިމާދޫ ފުއްޓަރު ސަރަޙައްދުގައި ޓީ-ޖެޓީއެއް އެޅުމުގެ ސާރވޭއާއި، ޑިޒައިނިންގ މަސައްކަތް ޝެރެޓް ސްޓޫޑިއޯއާ ޙަވާލުކޮށްފިއެވެ. ހަނިމާދޫ ކައުންސިލުން މަޢުލޫމާތުދޭ ގޮތުގައި، މަސްވެރިކަމަށް ޚާއްޞަކޮށް ޤާއިމު ކުރުމަށް ހަމަޖެހިފައިވާ، މި ޖެޓީ އެޅުމުގެ މައިގަނޑު މަޤްޞަދަކީ، އެ ރަށުގެ މަސްވެރިންނަށް ލުއިފަސޭހަތަކެއް ހޯދައިދިނުމެވެ. މި މަޝްރޫޢުގެ ސާރވޭއާއި ޑިޒައިންގެ މަސައްކަތް ނިމުމުން، ޖެޓީގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ބީލަމަށް ހުޅުވާލާނެކަމަށާއި، މި ޓީ-ޖެޓީ ޤާއިމުކުރެވުމުން، ހަނިމާދޫގެ މަސްވެރި...

ފާތިމަތު ސަޙާ
ހަނިމާދޫ އަންހެނުންގެ ކޮމެޓީގެ އެހީތެރިކަމެއް އެ ރަށު ސްކޫލަށް 📍 ހދ. ހަނިމާދޫ

ހަނިމާދޫ އަންހެނުންގެ ކޮމެޓީގެ އެހީތެރިކަމެއް އެ ރަށު ސްކޫލަށް

ހދ.ހަނިމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އތމކ)ގެ ފަރާތުން، އެ ރަށު ސްކޫލްގެ އިންފޮމޭޝަން ޓެކްނޮލޮޖީ (އައި.ޓީ) ވަސީލަތްތައް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ހާޑްޑްރައިވް ހަދިޔާކޮއްފިއެވެ. އެ ރަށު އތމ ކޮމެޓީން މައުލޫމާތު ދޭ ގޮތުގައި މީގެ އެންމެ ބޮޑު މަޤްޞަދަކީ ސްކޫލުގެ ދަރިވަރުންނަށް އައި.ޓީ ދާއިރާއިން ލިބެމުންދާ ފުރުސަތުތައް ފުޅާކޮށް، ޑިޖިޓަލް ވަސީލަތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ސްކޫލަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމެވެ. 500 ޖީބީގެ އެސް އެސް ޑީ، 10 ހާޑ...

ފާތިމަތު ސަޙާ
ހަނިމާދޫ ކައުންސިލުން އެރަށު ސްކޫލަށް ރަށު ޕިކަޕެއް ހަދިޔާކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ކައުންސިލުން އެރަށު ސްކޫލަށް ރަށު ޕިކަޕެއް ހަދިޔާކޮށްފި

ހދ.ހަނިމާދޫ ކައުންސިލުން، ހަނިމާދޫ ސްކޫލުގެ ދުވަހީ މަސައްކަތްތަކާއި އެކި ކަންކަމުގައި ބޭނުން ކުރުމަށްޓަކައި އެސްކޫލަށް 1.5 ޓަނުގެ ރަށު ޕިކަޕެއް ހަދިޔާކޮށްފިއެވެ. އިއްޔެ ހަނިމާދޫ ސްކޫލްގައި ބޭއްވި ޚާއްޞަ ރަސްމިޔާތެއްގައި މި އުޅަނދު ސްކޫލާ ޙަވާލުކޮށްދެއްވީ ހަނިމާދޫ ކައުންސިލްގެ މެމްބަރުންނެވެ. ހަނިމާދޫ ސްކޫލުން މި އުޅަނދާ ޙަވާލުވެލެއްވީ އެ ސްކޫލްގެ އިސްވެރިންނެވެ. ހަނިމާދޫ ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ޕިކަޕަކީ ސްކޫލުގެ ތަފާތު އިދާރީ މަސައްކަތްތަކަށާއި، އިތުރު ހަރަކާތްތަކަށް ބޭނުންވާ...

ފާތިމަތު ސަޙާ
ކުރިމަގު ޖަމިއްޔާއިން ހަނިމާދޫ އަންހެނުންގެ ކޮމިޓީއަށް ބިއްލޫރި ފުޅި ހަދިޔާކޮއްފި 📍 ހއ. ދިއްދޫ

ކުރިމަގު ޖަމިއްޔާއިން ހަނިމާދޫ އަންހެނުންގެ ކޮމިޓީއަށް ބިއްލޫރި ފުޅި ހަދިޔާކޮއްފި

ހއ. ދިއްދޫ ކުރިމަގު ޖަމިއްޔާއިން، ހދ. ހަނިމާދޫ ކައުންސިލްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމކ) އަށް ބިއްލޫރި ފުޅި ހަދިޔާ ކޮއްފިއެވެ. އެ ޖަމިއްޔާއިން ކުރިއަށް ގެންދާ ބިއްލޫރި ފުޅި ހަދިޔާ ކުރުމުގެ ޚާއްޞަ ޕްރޮގްރާމްގެ ދަށުން، ހަނިމާދޫ އަންހެނުންގެ ކޮމިޓީއަށް ޖުމްލަ 168 ބިއްލޫރި ފުޅި ވަނީ ހަދިޔާކޮށްފައެވެ. މި އެހީތެރިކަމަށްޓަކައި، ހަނިމާދޫ އަންހެނުންގެ ކޮމެޓީއާއި ހަނިމާދޫ ކައުންސިލުން ވަނީ ކުރިމަގު ޖަމިއްޔާއިން ޝުކުރުއަދާކޮށްފައެވެ. މިއީ ކުރިމަގު ޖަމިއްޔާއިން ކުރިއަށްގެންދާ “ޕްލާ...

ފާތިމަތު ސަޙާ
ހަނިމާދޫ ކައުންސިލުން ބާއްވާ އޮފީސްތަކުގެ ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތް ފަށައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ކައުންސިލުން ބާއްވާ އޮފީސްތަކުގެ ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތް ފަށައިފި

ހދ. ހަނިމާދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ “އިންޓަރ އޮފީސް ޓޯނަމެންޓް 2026” ކުލަގަދަ ރަސްމިއްޔާތަކާއެކު ރޭ ފަށައިފިއެވެ. މި މުބާރާތަކީ އެ ރަށުގެ މުއައްސަސާތަކުގެ މެދުގައި އެކުވެރިކަން ބަދަހިކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މުބާރާތެކެވެ. ފުރަތަމަ މެޗުތައް އެއްވަރު މުބާރާތުގެ ހޭންޑްބޯލް އިވެންޓުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ހަނިމާދޫ ކައުންސިލާއި ހަނިމާދޫ ހެލްތު ސެންޓަރެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު ނިމުނީ 4-4 އިން ދެ ޓީމު އެއްވަރުވެގެންނެވެ. މި މެޗު...

ފާތިމަތު ސަޙާ
މިލަންދޫގައި ކަތިވަޅިއަކުން ހަމަލާދޭން އުޅުނު ޒުވާނާ އަނެއްކާވެސް ބަންދަށް 📍 ހދ. ހަނިމާދޫ

މިލަންދޫގައި ކަތިވަޅިއަކުން ހަމަލާދޭން އުޅުނު ޒުވާނާ އަނެއްކާވެސް ބަންދަށް

ށ. މިލަންދޫގައި ކަތިވަޅިއެއް ބޭނުންކޮށްގެން މީހަކަށް ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އުމުރުން 22 އަހަރުގެ ފިރިހެނެއްގެ ބަންދަށް ކޯޓުން އަނެއްކާވެސް 15 ދުވަސް އިތުރުކޮށްފިއެވެ. އޭނާގެ މައްޗަށް ކުރަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި ބިރުދެއްކުމުގެ ތުހުމަތެވެ. މި މައްސަލައާ ގުޅިގެން މިލަންދޫއަށް ނިސްބަތްވާ އެ މީހާ ހައްޔަރުކޮށްފައިވަނީ އޮގަސްޓު މަހުގެ މެދެއްހާތަނުގައެވެ. އޭނާގެ ބަންދަށް އެންމެ ފުރަތަމަ 16 އޮގަސްޓު 2026 ގައި ކޯޓުން ދިނީ 12 ދުވަހުގެ މުއްދަތެކެ...

އަލީ އާދިލް
ހަނިމާދޫ އަށް އައު ޖެންސެޓެއް، ހޯރަފުއްޓާއި މިލަންދޫ އަށް އައު ޖަނަރޭޓަރު ފޮނުވައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ އަށް އައު ޖެންސެޓެއް، ހޯރަފުއްޓާއި މިލަންދޫ އަށް އައު ޖަނަރޭޓަރު ފޮނުވައިފި

ފެނަކަ ކޯޕަރޭޝަނުން ރަށްރަށުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ހދ. ހަނިމާދޫ، ހއ. ހޯރަފުށި އަދި ށ. މިލަންދޫއަށް އައު ޖަނަރޭޓަރު ސެޓުތަކެއް ފޮނުވައިފިއެވެ. ފެނަކައިން މައުލޫމާތު ދިން ގޮތުގައި، ހދ. ހަނިމާދޫގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ފުރިހަމަކުރުމަށްޓަކައި އެ ރަށަށް ވަނީ 1200 ކިލޯވޮޓުގެ އައު ޖެންސެޓެއް ގެންގޮސްފައެވެ. މިއާއެކު، ކުރިން 3500 ކިލޯވޮޓުގައި ހުރި އެ ރަށު އިންޖީނުގޭގެ ކަރަންޓު އުފެއްދުމުގެ ޖުމްލަ ޤާބިލުކަން، މި ޖެންސެޓް ބޭނުންކުރަން ފެށުމުން 4400 ކިލޯވޮޓަށް މަތިވެގ...

ޔުމްނާ ޢަލީ
އެންމެން ހައިރާންކޮށްލުމަށްފަހު ފުޓްސަލް ރަސްގެފާނު ނައިވާދޫ ބަލިކޮށް ހަނިމާދޫ ތަށި އުފުލާލައިފި 📍 ހދ. ނައިވާދޫ

އެންމެން ހައިރާންކޮށްލުމަށްފަހު ފުޓްސަލް ރަސްގެފާނު ނައިވާދޫ ބަލިކޮށް ހަނިމާދޫ ތަށި އުފުލާލައިފި

“އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026″ގެ ހދ.އަތޮޅު ބުރުގެ ޗެމްޕިއަންކަން ހަނިމާދޫ ހޯދައިފިއެވެ. ހަނިމާދޫ މި މުބާރާތުގެ ތަށި އުފުލައިލީ މިރޭ ކުޅުނު ފައިނަލް މެޗުގައި ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ތަށި ކާމިޔާބުކޮށް ފުޓްސަލްގައި ބޮޑެތި މުބާރާތްތަކުން 12 ތަށި ހޯދާފައިވާ މިވަގުތު ރާއްޖޭގެ ފުޓްސަލް ރަސްގެފާނު ނައިވާދޫ 2-0 އިން ބަލިކޮށްގެންނެވެ. މެޗުގައި ހަނިމާދޫގެ ދެ ލަނޑުވެސް ފެނިގެން ދިޔައީ ފުރަތަތަމަ ހާފުގައެވެ. މިގޮތުން ހަނިމާދޫ އަށް ފުރަތަމަ ލަނޑު ޖަހައިދިނީ އަލީ […]

ޔުމްނާ ޢަލީ
ހަނިމާދޫ ކައުންސިލްގެ ޖަވާހިރުލް ޤުރުއާން މުބާރާތުގެ ތަރިންނަކީ މާކިން އާއި އަންޖަލް 📍 ހދ. ހަނިމާދޫ

ހަނިމާދޫ ކައުންސިލްގެ ޖަވާހިރުލް ޤުރުއާން މުބާރާތުގެ ތަރިންނަކީ މާކިން އާއި އަންޖަލް

ހދ. ހަނިމާދޫ ކައުންސިލްގެ “ޖަވާހިރުލް ޤުރުއާން މުބާރާތް 1448” ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. ހަނިމާދޫ ސްކޫލް  ގުޅިގެން ބޭއްވި މި މުބާރަތުގެ އެންމެ ޚާއްޞަ އަދި ފަޚުރުވެރި ދެ މަގާމު ހާސިލްކޮށްފައި ވަނީ ޖަވާހިރުލް ޤުރުއާން އެވޯޑާއި ރަންތާޖު ޙާޞިލް ކުރީ މުޅި މުބާރާތުގެ ހިތުން ކިޔެވުމުގެ ގޮފިން 1 ވަނަ ހޯދި، އެ ރަށު، ސިޑްނީ، މާކިން ބިން މުޙައްމަދު އަޝްރަފާއި، މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ ހޯދާފައިވާ ގަހާ، އާމިނަތު […]

ފާތިމަތު ސަޙާ