ހއ. މުރައިދޫގެ ނިޔާ އެކަޑެމީއާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ " މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026"ގެ ދެވަނަ ދުވަހުގެ މެޗުތައް ހަނިމާދޫ އާއި ވަށަފަރު ކާމިޔާބުކޮށްފިއެވެ.

މި މުބާރާތުގައި އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ވަށަފަރު ވަނީ ސީދާ ތިން ސެޓުން މުރައިދޫ ބަލިކޮށްފައެވެ. މިއީ މުބާރާތުގައި ވަށަފަރުގެ ފުރަތަމަ މެޗެވެ. މުރައިދޫ ވަނީ ފުރަތަމަ މެޗުގައި ފިނޭ އަތުން ހަމަ މި ނަތީޖާއިން ބަލިވެފައެވެ.

Ad
rt

ރޭ ކުޅުނު މެޗަކީ ހަނިމާދޫ އާއި ފިނޭގެ ވެސް ދެވަނަ މެޗެވެ. މި މެޗުގައި ހަނިމާދޫ ވަނީ ވާދަވެރިކުޅުމަކަށް ފަހު 3-2 ސެޓުން ފިނޭ އަތުން މޮޅުވެފައެވެ. މި މުބާރާތުގައި ފުރަތަމަ ދުވަހު ކުޅުނު މެޗުގައި ހަނިމާދޫ ވަނީ 3-1 އިން ހަނިމާދޫ ކެލާ ބަލިކޮށްފައެވެ. އެހެންކަމުން މިއީ މުބާރާތުގައި ހަނިމާދޫގެ ދެވަނަ މޮޅެވެ. މި މުބާރާތުގައި ފިނޭގެ ފުރަތަމަ މެޗުގައި ސީދާ ތިން ސެޓުން ވަނީ މުރައިދޫ ބަލިކޮށްފައެވެ.

މި މުބާރާތުގައި މިއަދު ހަވީރު ފިއްލަދޫ ނުކުންނާނީ ބާރަށާ ދެކޮޅަށެވެ. އަދި ރޭގަނޑު އޮންނާނީ ދިއްދޫ އާއި ކުޅުދުއްފުށީ ސިޓީގެ ކުރިމަތިލުމެކެވެ.

މި މުބާރާތުގައި ހއ. އަދި ހދ އިން ޖުމްލަ 10 ރަށުން ބައިވެރިވެފައިވެއެވެ.

އެއީ: ހދ. އަތޮޅުން ހަނިމާދޫ، ފިނޭ، ނޮޅިވަރަމް އަދި ކުޅުދުއްފުށި ސިޓީ އެވެ. ހއ. އަތޮޅުން ވަށަފަރު، ދިއްދޫ، މުރައިދޫ، ކެލާ، ފިއްލަދޫ އަދި ބާރަށެވެ.

މި މުބާރާތުގެ ޗެމްޕިއަންޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމަށް ކަނޑައަޅާފައިވަނީ 5000 ރުފިޔާގެ ފައިސާގެ އިނާމެވެ.