މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,623 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9623 ޚަބަރުގެ ތެރެއިން
ނޮޅިވަރަމުގައި އެކްސްރޭ އާއި ދަތުގެ ފަރުވާ ފެށުމަށް ބޭނުންވާ އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމުގައި އެކްސްރޭ އާއި ދަތުގެ ފަރުވާ ފެށުމަށް ބޭނުންވާ އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި

ހދ. ނޮޅިވަރަމް ޞިއްޙީމަރުކަޒުގައި ދަތުގެ ފަރުވާ އާއި އެކްސްރޭގެ ޚިދުމަތް ފެށުމަށްޓަކައި އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް ކުރުމަށް ބަޔަކާއި ހަވާލުކޮށްފި އެވެ. މިނިސްޓްރީ އޮފް ހެލްތުން މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އެލްއެމްއޭ އިންވެސްޓަމްނޓް ނަމަކަސް ކިޔާ ކުންފުންޏަކާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދުއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސްޓޭޓް މިނިސްޓަރ ފޯ ހެލްތު އިސްމާޢިލް ޝަރީފްއެވެ. އަދި...

އަލީ އާދިލް
މަސްވެރި އިހަވަންދޫ ފޮޓޯ ޗެލެންޖް އެންމެ ގިނަ ބަޔަކަށް ކަމުދިޔަ ފޮޓޯ 📍 ހއ. އިހަވަންދޫ

މަސްވެރި އިހަވަންދޫ ފޮޓޯ ޗެލެންޖް އެންމެ ގިނަ ބަޔަކަށް ކަމުދިޔަ ފޮޓޯ

ހއ.އަތޮޅާއި ބޮޑުތިލަދުންމަތީގެ ސަރަހައްދު މަސްވެރިކަމާގުޅޭ މައުލޫމާތާއި ފޮޓޯ ގެނެސްދޭ ”މަސްވެރި އިހަވަންދޫ” ފޭސްބުކް ޕޭޖުން ކުރިއަށް ގެންދިޔަ މަސްވެރި އިހަވަންދޫ ފޮޓޯ ޗެލެންޖް އެންމެ މަގްބޫލް ފޮޓޯގެ ގޮތުގައި ހދ މަކުނުދޫ މިލާނޯ މުހައްމަދު އާސިފު ހަސަން ރަޝީދު ހުށަހެޅި ފޮޓޯ ހޮވިއްޖެއެވެ. ”މަސްވެރި އިހަވަންދޫ” ފޭސްބުކް ޕޭޖުން ވަނީ މިދިޔަ ނޮވެމްބަރު 26 ގައި މި ޗެލެންޖަށް ހުޅުވާލާފައެވެ. އެ ޕޭޖުން މި ޗެލެންޖަށް ފޮޓޯ ހުށަހެޅުމަށް ދިން ސުންގަޑިއަކީ 9 ޑިސެމްބަރު ދުވަހުގެ ރޭ 12:00 […]

ޔުމްނާ ޢަލީ
މަގުލަސްގެ މައްޗަށް ކުރި ހޯދައި ފައިނަލްގެ ދެވަނަ ޖާގަ ކުމުންދޫ ބީޗު ސިޓީއަށް 📍 ހދ. ކުމުންދޫ

މަގުލަސްގެ މައްޗަށް ކުރި ހޯދައި ފައިނަލްގެ ދެވަނަ ޖާގަ ކުމުންދޫ ބީޗު ސިޓީއަށް

ހދ.އަތޮޅު ކަންސިލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ “ތިލަދެކުނު ފުޓްސަލް މުބާރާތް 2025″ގެ ފިރިހެން ޑިވިޜަން ސެމީ ފައިނަލް ދެވަނަ މެޗުން މޮޅުވެ ކުމުންދޫގެ ބީޗް ސިޓީ ސްޕޯޓްސް ކްލަބް ފައިނަލަށް ދަތުރުކޮށްފިއެވެ. ބީޗު ސިޓީ ފައިނަލަށް ދަތުރުކުރީ ރޭ ނައިވާދޫގައި ކުޅެވުނު ސެމީގެ މެޗުގައި 2-0 އިން ކުޅުދުއްފުށީ ސިޓީގެ މަގުލަސްކްލަބް ބަލިކޮށްގެންނެވެ. މި މެޗުގައި ކުމުންދޫ ބީޗު ސިޓީގެ ފުރަތަމަ ގޯލް ޖަހައިދިނީ ފުރަތަމަ ހާފުގައި ނެގި ކޯނަރެއް ގޯލްގެ ތެރެއަށް ވައްދާލައިގެން ޖާޒީ ނަންބަރު […]

ޔުމްނާ ޢަލީ
ނައިވާދޫ ދެ ޓީމުގެ ކުރިމަތިލުގައި ޓްރެއިނާސް މޮޅުވެ ފައިނަލަށް 📍 ހދ. ނައިވާދޫ

ނައިވާދޫ ދެ ޓީމުގެ ކުރިމަތިލުގައި ޓްރެއިނާސް މޮޅުވެ ފައިނަލަށް

ހދ.އަތޮޅު ކަންސިލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ “ތިލަދެކުނު ފުޓްސަލް މުބާރާތް 2025″ގެ ފިރިހެން ޑިވިޜަން ސެމީ ފައިނަލް ފުރަތަމަ މެޗު ނައިވާދޫ ޓްރޭނާސް ސްޕޯޓްސް ކްލަބް ކާމިޔާބުކޮށް ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ. އަންގާރަ ދުވަހުގެ ރޭ ކުޅުނު މި މުބާރާތުގެ ފިރިހެން ޑިވިޜަން ސެމީ ފައިނަލް ފުރަތަމަ މެޗުގައި ބައްދަލުކުރީ މުބާރާތް އޮންނަ ރަށަށް ނިސްބަތްވާ ޓްރޭނާސްގެ އިތުރުން އަޅޭ އެފްސީއެވެ. ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ފުރަތަމަ ލީޑުނެގީ ޓްރޭނާސް އިންނެވެ. އެއީ ފުރަތަމަ […]

ޔުމްނާ ޢަލީ
މުޅި މުބާރާތުގައި މޮޅު ކުޅުމެއްދެއްކި ފިނެއަށް ހިތްދަތި ނަތީޖާއެއް، ނޮޅިވަރަންފަރު ފައިނަލަށް 📍 ހދ. ނޮޅިވަރަންފަރު

މުޅި މުބާރާތުގައި މޮޅު ކުޅުމެއްދެއްކި ފިނެއަށް ހިތްދަތި ނަތީޖާއެއް، ނޮޅިވަރަންފަރު ފައިނަލަށް

ހދ.އަތޮޅު ކަންސިލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ “ތިލަދެކުނު ފުޓްސަލް މުބާރާތް 2025″ގެ އަންހެން ޑިވިޜަން ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ހަނި ތަފާތަކުން ފިނޭގެ  ޑެޒަޔަރ ކްރޫ ސްޕޯޓްސް (ވީއައިއީ)އަތުން މޮޅެއް ހޯދައި، ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް ފައިނަލަށް ދަތުރުކޮށްފިއެވެ. މިއަދު ހަވީ ކުޅުނު މި މެޗުގައި ފިނޭ ބަލިވީ 0-1 އިންނެވެ. މި މެޗުން ފިނޭ ބަލިވެ މުބާރާތުން ވަކިވާންޖެހުނު ނަމަވެސް އެ ޓީމުން ވަނީ މުޅި މުބާރާތުގައި ވަރަށް މޮޅު ކުޅުމެއް ދައްކާފައެވެ. އަންހެން […]

ޔުމްނާ ޢަލީ
ތިލަދެކުނު ފުޓްސަލް: ބޮޑު މޮޅެއް ހޯދައި އަންހެން ޑިވިޜަންގެ ފައިނަލްގެ ފުރަތަމާ ޖާގަ ކުމުންދޫއަށް 📍 ހދ. ކުމުންދޫ

ތިލަދެކުނު ފުޓްސަލް: ބޮޑު މޮޅެއް ހޯދައި އަންހެން ޑިވިޜަންގެ ފައިނަލްގެ ފުރަތަމާ ޖާގަ ކުމުންދޫއަށް

ހދ.އަތޮޅު ކަންސިލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ “ތިލަދެކުނު ފުޓްސަލް މުބާރާތް 2025″ގެ އަންހެން ޑިވިޜަން ސެމީ ފައިނަލް ފުރަތަމަ މެޗުގައި ހަނިމާދޫގެ މައްޗަށް ބޮޑު މޮޅެއް ހޯދައި ކުމުންދޫ ސްޕޯޓްސް ކްލަބް ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ. ކުމުންދޫ ފައިނަލްގެ ޖާގަ ކަށަވަރުކުރީ މިއަދު ހަވީރު ކުޅުނު އަންހެން ޑިވިޜަންގެ ސެމީގެ ފުރަތަމަ މެޗުގައި 0-4 އިން ހަނިމާދޫ ބަލިކޮށްގެންނެވެ. މި މެޗު ފަށައި މެޗުގެ 4 ވަނަ މިނިޓްގައި ކުމުންދޫ އިން ވަނީ ލަނޑުޖަހައި ލީޑް […]

ޔުމްނާ ޢަލީ
ޅައިމަގު ސްކޫލްގެ ކްލަބް ލަކުސަނައިން ނެރޭ ލުއިފޮތް ''ފަށަން''ގެ ދެވަނަ އަދަދު ނެރެފި 📍 ށ. ޅައިމަގު

ޅައިމަގު ސްކޫލްގެ ކްލަބް ލަކުސަނައިން ނެރޭ ލުއިފޮތް ''ފަށަން''ގެ ދެވަނަ އަދަދު ނެރެފި

ށ. ޅައިމަގު ސްކޫލްގެ ”ކްލަބް ލަކުސަނަ”އިގެ ފަރާތުން ނެރޭ ލުއިފޮތް ”ފަށަން”ގެ ދެވަނަ އަދަދު ނެރެފިއެވެ. މި ލުއި ފޮތަކީ ކްލަބް ލަކުސަނައިގެ ފަރާތުން މަހަކު އެއްފަހަރު ނެރޭ ލުއި ފޮތުގެ ސިލްސިލާގެ ދެވަނަ ފޮތެވެ. މި ފޮތުގައި ހިމެނޭ ލިޔުންތަކަށް ބަލާއިރު ތާރީޚްގެ ބައިގައި ”ށ.އަތޮޅުގައި ސިއްޚީ ޚިދުމަތް ދޭ ފުރަތަމަ މަރުކަޒު”ގެ ސުރުޚީގެ ދަށުގައި ގެނެސްދީފައިވާ ލިޔުމުގައި ށ.އަތޮޅުގައި އެންމެ ފުރަތަމަ ސިއްޚީ ޚިދުމަތްދޭ މަރުކަޒެއް ޤާއިމުކޮށް ޚިދުމަތްފަށާފައި ވަނީ 25 ޑިސެމްބަރު 1970 […]

ޔުމްނާ ޢަލީ
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑުކޮށް، އިތުރު ކައުންސިލަރުންނަށް ނަސޭހަތް ދީފި

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑުކޮށް، އިތުރު ކައުންސިލަރުންނަށް ނަސޭހަތް ދީފި

ހއ. ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު، މުސާރަ ނުހިނގާ ގޮތަށް ތިން މަސް ދުވަހަށް ސަސްޕެންޑުކޮށް، ކައުންސިލްގެ އެހެން ކައުންސިލަރުންނަށް ނަސޭހަތްތެރިވުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމައިފިއެވެ. އެލްޖީއޭއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، ވަހީދު ސަސްޕެންޑުކުރަން ނިންމީ މައްސަލައިގެ ކުޑަބޮޑު މިނަށް ބެލުމަށް ފަހުގައެވެ. މިގޮތުން، އެލްޖީއޭއަށް ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅިގެން ޖުމްލަ އަށް މައްސަލައެއްގެ އިންކުއަރީއެއް ހިންގުމަށް ފަހުގައެވެ. ވަހީދު ސަސްޕެންޑުކުރަން ނިނ...

އަލީ އާދިލް
ތިލަދެކުނު ފުޓްސަލް މުބާރާތުގެ ސެމީގެ މެޗުތައް މިއަދު

ތިލަދެކުނު ފުޓްސަލް މުބާރާތުގެ ސެމީގެ މެޗުތައް މިއަދު

ހދ.އަތޮޅު ކަންސިލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ “ތިލަދެކުނު ފުޓްސަލް މުބާރާތް 2025″ގެ ސެމީ ފައިނަލް މެޗުތައް މިއަދު ކުޅޭނެއެވެ. ނައިވާދޫގައި ކުރިއަށްދާ މި މުބާރާތުގެ ސެމީގެ މެޗުތައް އޮންނާނީ މިއަދު ހަވީރާއި މިރެއެވެ. ހަވީރު ކުޅޭނީ އަންހެން ޑިވިޜަންގެ ސެމީގެ މެޗުތަކެވެ. ރޭގަނޑު ކުޅޭނީ ފިރިހެން ޑިވިޜަންގެ ސެމީގެ މެޗުތަކެވެ. މިގޮތުން ހަވީރު 15:45 ގައި ފަށާ އަންހެން ޑިވިޜަންގެ ސެމީގެ ފުރަތަމަ މެޗުގައި ކުޅޭނީ ކުމުންދޫ ސްޕޯޓްސް ކްލަބާއި ޓީމް ހަނިމާދޫއެވެ. 16:45 ގައި ފަށާ […]

ޔުމްނާ ޢަލީ
ޔުނިޓީ ސްޕޯޓްސް އެކަޑަމީން ފުނަދޫ ދައްފަޅު ކައިރީގައި އައު ބެންޗުތަކެއް ބަހައްޓައިފި 📍 ށ. ފުނަދޫ

ޔުނިޓީ ސްޕޯޓްސް އެކަޑަމީން ފުނަދޫ ދައްފަޅު ކައިރީގައި އައު ބެންޗުތަކެއް ބަހައްޓައިފި

ށ. ފުނަދޫ ސްކޫލާ ކައިރީގައި ހިތްފަސޭހަ މާހައުލެއްގައި، ގުދުރަތީ ރީތިކަން ފެންނަން ހުންނަ “ދައްފަޅު” ކައިރީގައި، އެރަށު ޔުނިޓީ ސްޕޯޓްސް އެކަޑަމީން އާ ބެންޗުތަކެއް ބަހައްޓައިފިއެވެ. އެ އެކަޑަމީން ބުނީ، މި މަސައްކަތުގެ ސަބަބުން އެ ސަރަހައްދަށް ޒިޔާރަތްކުރާ މީހުންނާއި ބެލެނިވެރިންނަށް ހިތްފަސޭހަކަމާއެކު ތިބެވޭނެ އިންތިޒާމެއް ވަނީ ހަމަޖެހިފައިކަމަށެވެ. ފުނަދޫ ޔުނިޓީ އެކަޑަމީން ކުރިއަށް ގެންދިޔަ މި މަޝްރޫޢުއަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ މަޝްރޫޢުއެކެވެ. އ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ހޮނިހިރު ބާޒާރު ތަރައްގީކުރުމުގެ ފުރަތަމަ މަރުހަލާ ނިންމައި ހުޅުވާލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ހޮނިހިރު ބާޒާރު ތަރައްގީކުރުމުގެ ފުރަތަމަ މަރުހަލާ ނިންމައި ހުޅުވާލައިފި

ކުޅުދުއްފުށީ ސިޓީ ހޮނިހިރު ބާޒާރު ސަރަހައްދު ތަރައްޤީކުރުމުގެ މަސައްކަތުގެ ފުރަތަމަ މަރުހަލާ ނިންމާލައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިއަދު ބުނީ ހޮނިހިރު ބާޒާރު ސަރަހައްދުގެ ފުރަތަމަ މަރުހަލާގެ މަސައްކަތް ނިމި ބޭނުންކުރުމަށް މިހާރު ހުޅުވާލާފައިވާކަމަށެވެ. ސިޓީ ކައުންސިލުން މި މަސައްކަތްކޮށްފައި ވަނީ  ބާޒާރުގެ އަސްލު ނުގެއްލޭގޮތައް އެތަނުން ޚިދުމަތް ފޯރުކޮށްދޭ މީހުންނަށާއި، ޚިދުމަތް ހޯދާ މީހުންނަށް ވަރަށްބޮޑު ލުއިކަން ލިބޭނެގޮތަށެވެ. ހޮނިހިރު ބާޒާރު ތަރައްޤީކުރާނީ އަސްލު ނުގެއްލޭ ގޮތަށް:...

ޔުމްނާ ޢަލީ
ށ.އަތޮޅު ކައުންސިލްގެ ލާމަސީލު މުވައްޒަފަކަށް ސާމިޔާ، ހީވާގި މުވައްޒަފަކަށް މުޙައްމަދު

ށ.އަތޮޅު ކައުންސިލްގެ ލާމަސީލު މުވައްޒަފަކަށް ސާމިޔާ، ހީވާގި މުވައްޒަފަކަށް މުޙައްމަދު

ށ.އަތޮޅު ކައުންސިލްގެ 2025 ވަނަ އަހަރުގެ ލާމަސީލު މުވައްޒަފަކަށް ސީނިއަރ ކައުންސިލް އޮފިސަރ ސާމިޔާ ޙަސަން އަދި އެންމެ ހީވާގި މުވައްޒަފަކަށް ސަޕޯޓް ވޯކަރ ޙަސަން މުޙައްމަދު ހޮވިއްޖެއެވެ. ށ. އަތޮޅު ކައުންސިލުން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އަހަރީ ހަފްލާގައި ވަނީ އެކައުންސިލްގެ މުވައްޒަފުންގެ މަސައްކަތުގެ އަގުވަޒަންކޮށްފައެވެ. 2025 ވަނަ އަހަރުގެ ލާމަސީލު މުވައްޒަފާއި، ހީވާގި މުވައްޒަފުގެ އިތުރުން އަހަރުގެ ހިއްމަތްތެރި މުވައްޒަފުންނަށް ޕްރިންސިޕަލް އެކައުންޓް އޮފިސަރ އަހުމަދު ހުމޫދު އަދި އެސިސްޓެންޓ...

ޔުމްނާ ޢަލީ
ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2025: ބައިވެރިވާ ޓީމުތައް ފައިނަލްވެ، ފެށުމަށް ތައްޔާރުވަނީ

ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2025: ބައިވެރިވާ ޓީމުތައް ފައިނަލްވެ، ފެށުމަށް ތައްޔާރުވަނީ

އެންމެން އިންތިޒާރުކުރަމުން އައި ހއ.ހޯރަފުށީ ހަހެތި ޖަމިއްޔާއިން އިންތިޒާމްކޮށްގެން ބާއްވާ 21 އަހަރުން ދަށުގެ (ޔޫ-21) “ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2025” ގައި ބައިވެރިވާ ޓީމުތައް ރަޖިސްޓްރީކޮށް ނިމި، މުބާރާތް ފެށުމަށް ތައްޔާރުވަމުން އެބަދެއެވެ. މިއީ މި މުބާރާތް ބާއްވާ ހަވަނަ ފަހަރެވެ. މި އަހަރުގެ މުބާރާތުގައި ޖުމްލަ ހަ ޓީމަކަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދިޔައިރު، މުބާރާތުގައި ބައިވެރިވުމަށް ހަމަޖެހިފައިވާ ޓީމުތައް މިހާރު ވަނީ ފައިނަލްވެފައެވެ. މުބާރާތުގައި ބައިވެރިވުމަށް ކަނޑައެޅިފައިވާ ވ...

އަލީ އާދިލް
މުވައްޒަފުންގެ އަގުވަޒަންކުރުމާއެކު ށ.އަތޮޅު ކައުންސިލްގެ އަހަރީ ހަފްލާ ބާއްވައިފި

މުވައްޒަފުންގެ އަގުވަޒަންކުރުމާއެކު ށ.އަތޮޅު ކައުންސިލްގެ އަހަރީ ހަފްލާ ބާއްވައިފި

ށ. އަތޮޅު ކައުންސިލްގެ 2025 ވަނަ އަހަރުގެ މުވައްޒަފުންގެ އަހަރީ ހަފްލާ ބުރާސްފަތި ދުވަހުގެރޭ ބާއްވައިފިއެވެ. ށ.އަތޮޅު ކައުންސިލުން ބުނިގޮތުގައި މިއީ ކައުންސިލްގެ މުވައްޒަފުން ކުރި ގިނަ މަސައްކަތްތަކާއި، ފާއިތުވި އަހަރު ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް، އެކަންކަމަށް ޝުކުރު އަދާކުރުމަށް ބޭއްވުނު ހަރަކާތެއްކަމަށެވެ. މި އަހަރީ ރޭގެ ހަފްލާގައި، ކައުންސިލްގެ ލާމަސީލު މުވައްޒަފާއި، ހީވާގި މުވައްޒަފާއި އަދި ޚިދުމަތްތެރި މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑުދީފައިވެއެވެ. މި މުވައްޒަފުންނަށް ށ.އަތޮޅު ކައ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ މަށިކުޅީގެ ދެކުނު މަގު ހިތްފަސޭހަ ހިނގާމަގެއްގެ ގޮތުގައި ތަރައްޤީކުރުމަށް ބީލަމަށް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ މަށިކުޅީގެ ދެކުނު މަގު ހިތްފަސޭހަ ހިނގާމަގެއްގެ ގޮތުގައި ތަރައްޤީކުރުމަށް ބީލަމަށް

ހދ. ކުޅުދުއްފުށި ސިޓީގެ މަށިކުޅީގެ ދެކުނު މަގު، ހިތްފަސޭހަ ހިނގާމަގެއްގެ ގޮތުގައި ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން އިޢުލާނުކޮށްފިއެވެ. މި ފުރުސަތު ހުޅުވާލައި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ، މި ކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ ޕްރީ ބިޑް މީޓިންގ (މަޢުލޫމާތު ސެޝަން) އޮންނާނީ 10 ޑިސެމްބަރު 2025 ވަނަ ދުވަހު (ބުދަ) 11:00 ގައެވެ. މި މަޢުލޫމާތު ސެޝަންގައި މި މަސައްކަތުގެ ތަފްޞީލް ހާމަކުރާގޮތަށް ހަމަޖެހިފައިވާއިރު، އަންދާސީ ހިސާބު ހުށަހެޅުމަށް ޝައުގުވެރިވާ ފަރ...

ޔުމްނާ ޢަލީ