މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,622 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9622 ޚަބަރުގެ ތެރެއިން
"ހޮލިޑޭ ކަޕް 2026": ނައިވާދޫގެ އާ ފުޓްސަލް ޖީލެއް ބިނާކުރުމުގެ ފޯރި ގަދަވަނީ 📍 ހދ. ނައިވާދޫ

"ހޮލިޑޭ ކަޕް 2026": ނައިވާދޫގެ އާ ފުޓްސަލް ޖީލެއް ބިނާކުރުމުގެ ފޯރި ގަދަވަނީ

ނައިވާދޫ ޓްރޭނާސް ސްޕޯޓްސް ކުލަބުން އިންތިޒާމުކޮށްގެން ހުޅުމާލޭގައި ބާއްވާ ކުޑަކުދިންގެ ފުޓްސަލް މުބާރާތް “ހޮލިޑޭ ކަޕް 2026” ގެ ތައްޔާރީތައް ބާރަށް ކުރިއަށްދާއިރު، މިދިޔަ އަހަރަށްވުރެ މިއަހަރުގެ ތަރުހީބު ބޮޑުވެ، މުބާރާތުގެ ފޯރި ގަދަވެއްޖެއެވެ. ގްރޭޓަރ މާލޭ ސަރަހައްދުގައި ދިރިއުޅޭ ނައިވާދޫގެ ކުޑަކުދިންނަށް ހާއްސަކޮށްގެން ބާއްވާ މި މުބާރާތް އޮންނާނީ އަންނަ އޭޕްރީލް މަހުގެ 11 އަދި 18 ވަނަ ދުވަހު ހުޅުމާލޭ ތްރީޓޮޕް ފުޓްސަލް ދަނޑުގައެވެ. މުބާރާތުގެ މެނޭޖަރ އަދި ކުލަބުގެ ހިނގާ ކޮމިޓީގެ ލަފާދޭ […]

Thiladhun
ނައިވާދޫގެ "ސުޕަރ ސަޕޯޓަރ" އަބްދުﷲގެ އަގު ވަޒަންކޮށްފި 📍 ހދ. ނައިވާދޫ

ނައިވާދޫގެ "ސުޕަރ ސަޕޯޓަރ" އަބްދުﷲގެ އަގު ވަޒަންކޮށްފި

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ވޭތުވެދިޔަ 8 މުބާރާތުގައިވެސް ނައިވާދޫ ޓީމަށް ކެނޑިނޭޅި ސަޕޯޓްކުރަމުން އަންނަ ކުޅުދުއްފުށި ސިޓީއަށް އުފަން އަބްދުﷲ މުޙައްމަދުގެ އިޚުލާޞްތެރި ސަޕޯޓުގެ އަގު، ނައިވާދޫ ޓްރޭނާރސް ސްޕޯޓްސް ކުލަބުން މިއަދު ވަޒަންކޮށްފިއެވެ. ޢަބުދުﷲގެ އަގުވަޒަން ކުރަމުން ނައިވާދޫ ޓްރެއިނާސް އިން ބުނީ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ނައިވާދޫ ޓީމުން ހޯދަމުންދާ ކާމިޔާބީތަކުގެ ފަހަތުގައި އޮތް އެންމެ ބޮޑު އެއް ބާރަކީ އެ ޓީމުގެ ސަޕޯޓަރުންކަމަށެވެ. އަބްދުﷲ މުޙައްމަދަކީ ކުޅުދުއްފުށި ސިޓީއަށް ނިސްބަތ...

ޝިއުނާ އާދަމް
ދިއްދޫގައި ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކެއް ހިމެނޭ އާއިލާއަކަށް އުފާވެރިކަން 📍 ހއ. ދިއްދޫ

ދިއްދޫގައި ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކެއް ހިމެނޭ އާއިލާއަކަށް އުފާވެރިކަން

ހއ. ދިއްދޫގައި ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކެއް ހިމެނޭ އާއިލާއެއްގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި އެ އާއިލާ ދިރިއުޅޭ ގެ މަރާމާތުކުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި އޯގާތެރި މަސައްކަތަކީ “ދި ފައުންޑޭޝަން” އާއި “އެހީ ޖަމިއްޔާ” ގެ އިތުރުން ދިއްދޫގެ ދީލަތި އެހީތެރިންގެ ބުރަ މަސައްކަތުން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ. ދި ފައުންޑޭޝަނުން ބުނިގޮތުގައި މި މަޝްރޫޢުގެ ދަށުން ދިއްދޫގެ ޕޫލްރަސަމް ގޭގެ އާބާތުރަ ފިލުވުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން...

ޔުމްނާ ޢަލީ
ކޭއާރުއެޗުގައި އަންހެނުންނަށް ހާއްސަ "ކަނބާވެނި" ކްލިނިކް ހުޅުވައިފި

ކޭއާރުއެޗުގައި އަންހެނުންނަށް ހާއްސަ "ކަނބާވެނި" ކްލިނިކް ހުޅުވައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ “އުފަންވެނި” ސެންޓަރުގައި އަންހެނުންގެ ޞިއްޙަތަށް ޚާއްޞަކޮށްގެން ގާއިމްކުރި “ކަންބާވެނި” ކްލިނިކް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މި ކްލިނިކް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ހެލްތު އޮނަރަބަލް ޢަބްދުﷲ ނާޒިމް އިބްރާހީމެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ހާމަކުރި ގޮތުގައި، މިއީ ރާއްޖޭގެ އުތުރުގެ ސަރަޙައްދުތަކުގައި އަންހެނުންނަށް ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ހަރުދަނާކުރުމަށްޓަކައި ކުރެވުނު މުހިންމު މަސައްކަތެކެވެ. މި އައު...

ޔުމްނާ ޢަލީ
ނުރައްކާތެރި މިންވަރަށް ވައި ނުސާފު، ކުޅުދުއްފުއްޓާއި ވިލިނގިލި ހިމެނޭ ސަރަހައްދު ރެޑް އެލާޓްގައި

ނުރައްކާތެރި މިންވަރަށް ވައި ނުސާފު، ކުޅުދުއްފުއްޓާއި ވިލިނގިލި ހިމެނޭ ސަރަހައްދު ރެޑް އެލާޓްގައި

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު ވެސް ދުންފުނީގެ (Haze) އަސަރުކޮށް، ވައި ނުރައްކާތެރި މިންވަރަކަށް ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސަސްގެ ތަފާސް ހިސާބުތަކާ ހަވާލާދީ އެޗްޕީއޭ އިން ބުނީ، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިކަމުގެ އަސަރު ކުރާނެ ކަމަށެވެ. ވައިގެ ކޮލިޓީ ހުރި މިންވަރު އެޗްޕީއޭ އިން އާންމުކުރި މައުލޫމާތަށް ބަލާއިރު، ވިލިމާލޭގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ...

ޔުމްނާ ޢަލީ
ނަރުދޫ ރަމްޒު އެކަޑަމީން ތަރައްގީކުރި ''ބަނޑަހަމަގު ބީޗް'' ބޭނުންކުރަން ފަށައިފި 📍 ށ. ނަރުދޫ

ނަރުދޫ ރަމްޒު އެކަޑަމީން ތަރައްގީކުރި ''ބަނޑަހަމަގު ބީޗް'' ބޭނުންކުރަން ފަށައިފި

ށ. ނަރުދޫ ރަމްޒު ސްޕޯޓްސް އެކަޑަމީގެ އިޖުތިމާއީ ސިޔާސަތުގެ ދަށުން އެ ރަށުގައި ތަރައްގީކުރި ”ބަނޑަހަމަގު ބީޗް” ގެ މަސައްކަތް ނިންމައި، އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލައިފިއެވެ. ނަރުދޫ ރަމްޒު ސްޕޯޓްސް އެކަޑަމީން ބުނީ މި ބީޗަކީ ނަރުދޫ ރައްޔިތުންނާއި އެ ރަށަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ހިތްހަމަޖެހުމަށްޓަކައި ތަރައްގީކުރި ތަނެއް ކަމަށެވެ. މި މަޝްރޫއު ނިމި، މިހާރު އެ ސަރަހައްދުގެ ބޭނުން ރައްޔިތުން ދަނީ ކުރަމުންނެވެ. މި މަޝްރޫއަކީ ށ. އަތޮޅު ކައުންސިލުން އެ އަތޮޅުގެ ޖަމިއްޔާތަކަށް […]

ޔުމްނާ ޢަލީ
އަހަރެއް ތެރޭ ނިންމާގޮތަށް ފުނަދޫ ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރުގެ ބިންގާ އަޅައިފި 📍 ށ. ފުނަދޫ

އަހަރެއް ތެރޭ ނިންމާގޮތަށް ފުނަދޫ ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރުގެ ބިންގާ އަޅައިފި

މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ދަށުން ށ. ފުނަދޫ ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރުގެ ބިންގާ އަޅައިފިއެވެ. 17,500 އަކަފޫޓުގެ ބިމެއްގައި ދެ ފަންގިފިލައަށް ފުރިހަމަ ވަޞީލަތްތަކާއެކު ޤާއިމް ކުރާ މި ސެންޓަރުގައި ތަފާތު ދާއިރާތަކުން އަމަލީ ތަމްރީނު ދިނުމަށް މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން، ތަފާތު ކްލާސް ރޫމްތަކާއި، ފަހުގެ ވަސީލަތްތަކާއެކު އައި.ސީ.ޓީ ލެބޯޓަރީއެއް ހުރެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި، ސްޓާފް ރޫމަކާއި، ދަރި...

އައިޝަތު ޢާދަމް
އުތުރު ސަރަހައްދުގެ އައިނު ފިހާރަ ކުޅުދުއްފުށީގައި ހުޅުވައިފި

އުތުރު ސަރަހައްދުގެ އައިނު ފިހާރަ ކުޅުދުއްފުށީގައި ހުޅުވައިފި

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމް.ސީ.ޖީ.އެޗް) ގެ ދަށުން ހިންގާ ހަތަރު ވަނަ އައިނު ފިހާރަ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ރަސްމީކޮށް ހުޅުވައިފިއެވެ. މި ފިހާރަ ހުޅުއްވައިދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީ.އީ.އޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖްމަންޓާއި މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މިއީ އައިނު ހެއްދުމަށް އ...

ޔުމްނާ ޢަލީ
ތަށި ގެނެސްދިން ޓީމަށް ނައިވާދޫ ރައްޔިތުންގެ ލޯބި ބަންޑުންކޮށްލައިފި 📍 ހދ. ނައިވާދޫ

ތަށި ގެނެސްދިން ޓީމަށް ނައިވާދޫ ރައްޔިތުންގެ ލޯބި ބަންޑުންކޮށްލައިފި

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ތަށި އުފުލާލި ހދ. ނައިވާދޫގެ ޓީމު އިއްޔެ އެރަށަށް ދިޔުމުން ރައްޔިތުންގެ ލޯބި ޓީމަށް ބަންޑުންކޮށްލައިފިއެވެ. އެއް ފްލައިޓަކުން ޓީމަށް ޖާގަ ނުލިބުމުން އިއްޔެ ޓީމު ދަތުރުކުރީ ދެ ފްލައިޓަކުންނެވެ. އެއީ ހަނިމާދޫ މަގުންނާއި ކުޅުދުއްފުށީ ސިޓީ މަގުންނެވެ. މެންދުރެއްހާއިރު ފުރަތަމަ ފްލައިޓްގައި ޓީމު ދަތުރުކުރި ކުޅުންތެރިން ތަށި ހިފައިގެން ދިޔައީ ފިނެއަށެވެ. ދެވަނަ ފްލައިޓްގައި އައި ކުޅުންތެރިން ވެސް ފިނޭން ވަނީ ޓީމާއި ގުޅިފައެވެ. ޓީމު ނައިވާދޫ […]

ޝިއުނާ އާދަމް
ގޯލްޑަން ފުޓްސަލް ތަށި ބޮޑު ތިލަދުންމަތިން ފުރަތަމަ ފިނެޔަށް، ހަވީރު ނައިވާދޫ އަށް ގެންދާނެ 📍 ހދ. ފިނޭ

ގޯލްޑަން ފުޓްސަލް ތަށި ބޮޑު ތިލަދުންމަތިން ފުރަތަމަ ފިނެޔަށް، ހަވީރު ނައިވާދޫ އަށް ގެންދާނެ

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ތަށި ބޮޑު ތިލަދުންމައްޗަށް މިއަދު ގެންގޮސްފިއެވެ. ހދ. ނައިވާދޫ ހޯދި މި ތަށި ފުރަތަމަ ގެންގޮސްފައި ވަނީ އެ އަތޮޅު ފިނެއަށެވެ. ޓީމް ނައިވާދޫގެ އެސިސްޓެންޓް ކޯޗު އަހްމަދު ސިނާން ”ތިލަދުން” އަށް ބުނީ އެތަށި ނައިވާދޫ އަށް ގެންދިޔުން އޮންނާނީ މިއަދު ހަވީރުކަމަށެވެ. ”މިހާރު ދެވަނަ ފްލައިޓުން އައި ކުޅުންތެރިން މިރަށަށް އެ އަންނަނީ، އެ ކުޅުންތެރިންނާއެކު ހަވީރު 16:15 އަށް ތަށި ހިފައިގެން ރަށަށް ދާނަން” […]

ޝިއުނާ އާދަމް
ސްޕޯޓްސް އެވޯޑުގެ ކާމިޔާބީ އަށް ޝިމްލާ އަށް ކެލާ ކައުންސިލްގެ މަރުޙަބާ 📍 ހއ. ކެލާ

ސްޕޯޓްސް އެވޯޑުގެ ކާމިޔާބީ އަށް ޝިމްލާ އަށް ކެލާ ކައުންސިލްގެ މަރުޙަބާ

ސްޕޯޓްސް އެވޯޑްގައި ”ޓެކްނިކަލް އޮފިޝަލް އޮފްދަ އިޔަރ”ގެ އެވޯޑް ލިބުނު ހއ. ކެލާ/ފައިންރޯޒް، އައިޝަތު ޝިމްލާ (ޝިމް) އަށް އެރަށު ކައުންސިލުން މަރުހަބާ ކިޔައިފިއެވެ. ކެލާ ކައުންސިލުން ވަނީ ޝިމްގެ މި ކާމިޔާބީ އަކީ ރަން ވަނައެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި ޝިމްގެ މި ކާމިޔާބީ އަށް އެ ކައުންސިލާއި ކެލާ ރައްޔިތުންގެ ނަމުގައި މަރުޙަބާ ކިޔާފަވެއެވެ. ޝިމް އަކީ ހޭންޑް ބޯލްގެ ދަނޑުގައި އިތުބާރު ލިބިފައިވާ ރްފެރީއެކެވެ. 2022 ވަނަ އަހަރު ހޭންޑް ބޯލް ރެފްރީ ކޯސް […]

ޔުމްނާ ޢަލީ
ނުރައްކާ މިންވަރަކަށް ދުންފުހުގެ އަސަރު، ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށް 

ނުރައްކާ މިންވަރަކަށް ދުންފުހުގެ އަސަރު، ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށް 

ރާއްޖޭގެ ސަރަހައްދުގައި ނުރައްކާ މިންވަރަކަށް ދުންފުހުގެ އަސަރު ހުރި ކަމަށާއި، ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށް މިކަމުގެ އަސަރު ބޮޑަށް ކުރާނެތީ ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން އިލްތިމާސް ކޮށްފިއެވެ. މެޓް އޮފީހުން މިއަދު ހާމަކުރި ގޮތުގައި، ދުންފުހުގެ އަސަރު މުޅި ރާއްޖެއަށް ކުރަމުންދާއިރު، ބައެއް ސަރަހައްދުތަކުގައި ދުރު ފެންނަ މިންވަރު ވަނީ ތިން ކިލޯމީޓަރަށް ވުރެ ދަށަށް ގޮސްފައެވެ. ކުރިއަށް އޮތް ފަސް ދުވަހު ވެސް އިރުއުތުރުން އަންނަ ވަޔާއެކު […]

އިބްރާހިމް އަސްވާޤް
ބޮޑު ތިލަދުންމަތީގެ ފަސް ސްކޫލެއްގައި ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމާލައިފި 📍 ހއ. އިހަވަންދޫ

ބޮޑު ތިލަދުންމަތީގެ ފަސް ސްކޫލެއްގައި ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމާލައިފި

ބޮޑު ތިލަދުންމަތީގެ ފަސް ސްކޫލެއްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ ހއ. އިހަވަންދޫ ސުކޫލާއި، ހއ. އަތޮޅު ތައުލީމީ މަރުކަޒާއި، ކުޅުދުއްފުށި ސިޓީ އަފީފުއްދީން ސުކޫލާއި، ޖަލާލުއްދީން ސުކޫލުގެ އިތުރުން ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނެވެ. މި ފެބުރުވަރީ މަހުގެ 7 އިން 12 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ނިންމުމަށް ވަކިވަކި ރަސްމިއްޔާތުތަކެއް ވަނީ ބާއްވާފައެވެ. އެގޮތުން ކުޅު...

ޔުމްނާ ޢަލީ
އިންތިޚާބަކާ ނުލައި ޕީއެންސީ އަށް 69 ގޮނޑި، ބޮޑު ތިލަދުން މަތިން 12 ގޮނޑި

އިންތިޚާބަކާ ނުލައި ޕީއެންސީ އަށް 69 ގޮނޑި، ބޮޑު ތިލަދުން މަތިން 12 ގޮނޑި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، ވޯޓަކާ ނުލައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ޖުމްލަ 69 ގޮނޑި ކަށަވަރުވެއްޖެއެވެ.  މީގެ ތެރޭގައި ބޮޑު ތިލަދުންމަތީގެ ރަށްތަކުން އެކަނިވެސް އެ ޕާޓީން ވަނީ 12 ގޮނޑި ކަށަވަރުވެފައެވެ. ޕީއެންސީ އަށް ބޮޑު ތިލަދުންމަތިން ލިބުނު ގޮނޑިތަކުގެ ތެރޭގައި ހއ. އުތީމު ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުވި ޢަބްދުﷲ ރަޝީދާއި، އެ ރަށު ކައުންސިލްގެ އަންހެނުންނަށް ޚާއްޞ...

ޝިއުނާ އާދަމް
ކުޅުދުއްފުށީ ސިޓީގައި އިމިގްރޭޝަންގެ އައު އޮފީހެއް ހުޅުވައިފި

ކުޅުދުއްފުށީ ސިޓީގައި އިމިގްރޭޝަންގެ އައު އޮފީހެއް ހުޅުވައިފި

ކުޅުދުއްފުށި ސިޓީގައި އިމިގްރޭޝަންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގެ މަގުސަދުގައި، އެ ސިޓީގައި އިމިގްރޭޝަންގެ އައު އޮފީހެއް މިއަދު ހެނދުނު ރަސްމީކޮށް ހުޅުވައިފިއެވެ. މި އައު އޮފީސް ހުޅުއްވައިދެއްވީ މިއަދު ހެނދުނު ކުޅުދުއްފުށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޑެޕިއުޓީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަޙްމަދު އަޝްފާން އެވެ. މޯލްޑިވިސް އިމިގްރޭޝަނުން މަޢުލޫމާތު ދޭ ގޮތުގައި، މި އައު އޮފީސް ގާއިމުކުރުމުގެ މައިގަނޑު ބޭނުމަކީ އެ ސަރަހައްދުގައި ދެމުންދާ އިމިގްރޭޝަންގެ ޚިދުމަތްތައް މިހާ...

ޝިއުނާ އާދަމް