📍 ހދ. ހަނިމާދޫ
ހަނިމާދޫ ކައުންސިލުން ހުށަހެޅި މައްސަލާގައި ގާނޫނީ ހައްލެއް ހޯދުމަށް ވާނީ އިރުޝާދުދީފައި: ފުލުހުން
ހދ. ހަނިމާދޫ ބިމެއް ސާފުކުރަމުން ދާތީ އެކަމާއި ގުޅޭގޮތުން އެ ރަށު ކައުންސިލުން ހުށަހަޅާފައިވާ ކަންބޮޑުވުންތަކާ ގުޅިގެން، އެ މައްސަލައިގައި ޖިނާއީ ކުށެއް އެކުލެވިގެން ނުވާކަމަށާއި އެހެންވެ އެކަން މަދަނީ ގޮތުން ގާނޫނީ ހައްލެއް ހޯދުމަށް އިރުޝާދު ދީފައިވާކަމަށް ފުލުހުން މިރޭ ބުނެފިއެވެ. އެ ބިމަކީ ހދ. ހިރިމަރަދޫ ރައްޔިތުން ހަނިމާދޫ އަށް ބަދަލުކުރުމަށް ހިރިމަރަދޫ މީހުންނަށް ގޯތިދީ، ގެ އެޅުމަށް ސާފުކުރަމުންދާ ބިމެކެވެ. އެ ބިން ސާފުކުރަމުންދާ މަންޒަރުފެންނަ ފޮޓޯއެއް މީސް މީޑިއާގައި ހިއްސާކުރަމުން ހަނިމާ...