މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,621 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9621 ޚަބަރުގެ ތެރެއިން
ތަފްޞީލް: 12 އަހަރުން ނުނިމުނު "އުލިގަމު ސިޓީ ހޮޓާ"

ތަފްޞީލް: 12 އަހަރުން ނުނިމުނު "އުލިގަމު ސިޓީ ހޮޓާ"

އުލިގަމުގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީ ކުރުމަށް 36 ހެކްޓަރުގެ ބިން ދޫކޮށްފައިވެ އެވެ. މީގެ 12 އަހަރު ކުރިން ސިޓީ ހޮޓަލެއް އެ ރަށުގައި ތަރައްގީ ކުރުމަށް ދޫކޮށްފައިވީ ނަމަވެސް އެ ތަނުގައި ސިޓީ ހޮޓަލެއް ތަރައްގީކުރެވިފައެއް ނުވެ އެވެ. އެހެންކަމުން މިރިޕޯޓުގައި ބަލައިލާނީ އުލިގަމު ސިޓީ ހޮޓަލަށް ވީގޮތުގެ ތަފްޞީލަށެވެ. އުލިގަމު ސިޓީ ހޮޓެލް މިއަދާހަމައަށް އައިއިރުވެސް ނުނިމި ދިގުލައިގެން ދިޔަ ސަބަބުތަކާއި އެކަމުގައި އެކި ސަރުކާރުތަކުން ކަންކޮށްފައިވާ ގޮތުގެ މައްޗަށެވެ. ހއ. އުލިގަމުގައި 4 […]

ޝިއުނާ އާދަމް
ވީ.އެސް.އާރ.ސީ ވޮލީބޯޅަ މުބާރާތުގެ މީޑިއާ ޕާރޓްނަރަކަށް "ތިލަދުން" 📍 ހދ. ފިނޭ

ވީ.އެސް.އާރ.ސީ ވޮލީބޯޅަ މުބާރާތުގެ މީޑިއާ ޕާރޓްނަރަކަށް "ތިލަދުން"

ހދ.އަތޮޅަށް އަމާޒުކޮށްގެން ހިންގޭ ވީ.އެސް.އާރ.ސީ ވޮލީބޯޅަ މުބާރާތެ މީޑިޔާ ޕާރޓްނަރަކަށް “ތިލަދުން” ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިކަމަށްޓަކާ އިއްޔެ ބޭއްވުނު ހަފްލާއެއްގައި ފިނޭ ވައި ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ގެފަރާތުން ސޮއިކުރެއްވީ އެޖަމްޢިއްޔާގެ ރައީސް މުޙައްމަދު ޝިހާމްއެވެ. “ތިލަދުން” ގެ ފަރާތުން ސޮއިކުރެއްވީ ނޫހުގެ ފައުންޑަރ ޙުސައިން ޝަޤީފް އެވެ. މި މުބާރާތަކީ ހދ އަތޮޅަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. އެގޮތުން މިއަހަރު މިމުބާރާތުގައި ހދ. އަތޮޅުގެ 6 ރަށަކުން...

ފާތިމަތު ސިނާޒާ

ނޮޅިވަރަމުން ގޯތި ލިބިފައިވާ ފަރާތްތައް އިޢުލާން ކޮށްފި

ހދ.ނޮޅިވަަރަމުން ދިރިއުޅުމަށް 3000 އަކަފޫޓުގެ 75 ބަންޑާރަ ގޯތި ދޫކުރުމަށް ކުރި އިޢުލާނާއި ގުޅިގެން ކުރިމަތިލާފައި ވާ ފަރާތް ތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބިފައިވާ މީހުންގެ ލިސްޓް އިޢުލާން ކޮށްފިއެވެ. ފޮއިންޓު ދީފައިވަނީ ކައިވެނީގެ ބަޔާއި އުމުރު، ދަރިން އަދި މައިންބަފައިންގެ ބަޔާއި އެކު ޖުމްލަ 4 ބަޔަކަށް ބަހަލައިގެންނެވެ. އެގޮތުން އެންމެ މަތިން 48 ފޮއިންޓު ލިބިފައި ވާއިރު އެންމެ ދަށުން ލިބިފައިވަނީ 33 ޕޮއިންޓެވެ. އިޢުލާން ކޮށްފައި އެވަނީ އެރަށުން ބަންޑާރަ […]

ފާތިމަތު ސިނާޒާ
ރުއްގަސް ނެގުމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް “ސޭވް މޯލްޑިވްސް ކެންޕޭން” ގެ ރައްދު

ރުއްގަސް ނެގުމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް “ސޭވް މޯލްޑިވްސް ކެންޕޭން” ގެ ރައްދު

ހއ. ބާރަށް އަދި ކެލާ އާއި ށ. ފޯކައިދޫއިން ރުއްގަސް ނަގަމުންދާ ކަމުގެއަޑު ގަދަވެފައި ވަނިކޮން އެންވަޔަރަމެންޓް މިނިސްޓްރީ އާއި އީޕީއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް “ސޭވް މޯލްޑިވްސް ކެންޕޭން”އިން ރައްދު ދީފިއެވެ. މިނިސްޓްރީ އޮފް އެންވައިރަމަންޓް އާއި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީ.ޕީ.އޭ) އިން 6 އޮކްޓޫބަރު 2019 ގައި އާންމުކުރި ނޫސް ކޮންފަރެންސާއި ގުޅިގެން ރައްދު ދެއްވަމުން “ސޭވް މޯލްޑިވްސް ކެންޕޭން” އިން ބުންފައިވަނީ ދިވެހި ރާއްޖޭގެ ރައްޔިތުން ދިރިއުޅޭ ރަށްރަށުން، ފަޅުރ...

އިބްރާހިމް އަސްވާޤް
ހޯރަފުށީ ކައުންސިލުން އެމް.ޑީ.އެން ގެ ރިޕޯޓް ހަރުކަށި ޢިބަރާތުން ކުށްވެރި ކޮށްފި 📍 ހއ. ހޯރަފުށި

ހޯރަފުށީ ކައުންސިލުން އެމް.ޑީ.އެން ގެ ރިޕޯޓް ހަރުކަށި ޢިބަރާތުން ކުށްވެރި ކޮށްފި

މޯލްޑިވިއަން ޑިމޮކުރަސީ ނެޓްވޯރކް ( އެމް.ޑީ.އެން ) އިން އިސްލާމް ދީނުގެ އަސާސްތަކާއި ޚިލާފް ވާހަކަތަށް ބަޔާން ކޮށްފައިވާތީއާއި ޤުރުއާނުގެ ނައްސުތަކުން ސާބިތުވާ ކަންތައްތަކަށް ކަނޑައެޅިގެން އިންކާރުކޮށްފައިވާތީ ހޯރަފުށީ ކައުންސިލުން އެއަމަލު ހަރުކަށި އިބާރަތުން ކުށްވެރިި ކޮށްފިއެވެ. މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް އިން “ ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް“ ގެ ނަމުގައި އާންމު ކުރި ރިޕޯޓާއި ގުޅޭގޮތުން އެކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެމް.ޑީ.އެން އ...

ފާތިމަތު ސިނާޒާ
ހޯރަފުށީގެ މާސްޓަރ ޕްލޭންއަށް ހިޔާލާއި މަޝްވަރާ ހޯދައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީގެ މާސްޓަރ ޕްލޭންއަށް ހިޔާލާއި މަޝްވަރާ ހޯދައިފި

ހޯރަފުށީގެ ދެމެހެއްޓެނިވި ތަރައްގީއާއި ހަމަށް ވާސިލްވުމާއި ގުޅޭގޮތުން ރައްޔިތުންނާއި މަޝްވަރާ ކޮށްފިއެވެ. ހޯރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު، އަހްމަދު ސަލީމް ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސަލީމް ވިދާޅުވީ އިސްލާމް ދީނަށް ލޯބިކުރާ، ރަށްދެކެ ލޯބިވާ، ހުނަރުވެރި ޖީލެއް އުފެދުމަކީ ތަރައްގީގެ އެންމެ މުހިންމު އެއް ތަނބު ކަމަށެވެ. މިމަހުގެ ފަސް ވަނަ ދުވަހު ކުރިޔަށް ގެންދިޔަ މި މަޝްވަރާ ބައްދަލުވުމު...

Thiladhun
ބާރަށުން 600 އަށް ވުރެ ގިނަ ރުއްގަސް ނަގައިފި 📍 ހއ. ބާރަށް

ބާރަށުން 600 އަށް ވުރެ ގިނަ ރުއްގަސް ނަގައިފި

ހއ ބާރަށުން ރުއްގަސް ނެގީ ގަވާއިދާ އެއްގޮތަށް ކަމަށާއި އެ ރަށުން 600 އަށް ވުރެ ގިނަ ރުއް ނެގުމުގެ ހުއްދަ ދިނީ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް ގެންދަން ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރު ވިދާޅުވެއްޖެއެވެ. ހއ. ބާރަށް އަދި  ކެލާ އާއި ށ. ފޯކައިދޫއިން ރުއްގަސް ނަގަމުންދާ ކަމުގެ މައުލޫމާތާއި ފޮޓޯ މިހާރު ވަނީ މީސްމީޑިޔާގައި ފެންމަތިވެފައެވެ. އެކަމާ ދެކޮޅަށް ތިމާވެށި ހިމާޔަތް ކުރަން ގޮވާލާ މީހުން ދަނީ މީސް މީޑިއާގައި ޝުއޫރު […]

އިބްރާހިމް އަސްވާޤް
ކެލާއިން ރުއްގަސް ނަގައިގެން ގެންދަނިކޮށް ހުއްޓުވައިފި 📍 ހއ. ކެލާ

ކެލާއިން ރުއްގަސް ނަގައިގެން ގެންދަނިކޮށް ހުއްޓުވައިފި

ހއ. ކެލާ އިން ރުއް ނަގައި ބޭރުކުރުން ހުއްޓުވާފައިވާ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ. މިއަދު އެންވަޔަރެމެންޓް މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަލީ ނަސީރު ވިދާޅުވީ، ރުއްގަސް ނަގަނީ ގާނޫނީ އިމުގެ ތެރެއިންތޯ މިނިސްޓްރީއާއި އީޕީއޭއިން ކަށަވަރު ކުރާ ކަމަށެވެ. މިހާރު ރުއްގަސް ނަގަމުންދާ ތަންތަނަށް ބަލާއިރު، ކެލާގައި ރުއްގަސް ނެގުމުގައި މައްސަލަތަކެއް އުޅޭކަން ފާހަގަވެގެން އެކަން އީޕީއޭއިން އެކަން...

އިބްރާހިމް އަސްވާޤް
ށ.އަތޮޅު މަދަރުސާގެ ބައެއް އިމާރަތްތައް ކޮށް ދޭނެ ފަރާތެއް ހޯދަނީ 📍 ށ. ކަނޑިތީމު

ށ.އަތޮޅު މަދަރުސާގެ ބައެއް އިމާރަތްތައް ކޮށް ދޭނެ ފަރާތެއް ހޯދަނީ

ށ.ކަނޑިތީމުގައި ހުންނަ އެއަތޮޅު، އަތޮޅު މަދަރުސާގެ 05 ކްލާސްރޫމް ޢިމާރާތުގެ ޕާޓިޝަންތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ. އެގޮތުން އެމަދަރުސާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އެމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަމަށް ނަންނޯޓްކުރުމާއި، ބީލަންފޮތާއި ޙަވާލުވުމަށް 07 އޮކްޓޫބަރ 2019 އިން 13 އޮކްޓޫބަރ 2019 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 ން 12:00އަށް އެއިދާރާއަށް ޙާޟިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 އޮކްޓޫބަރ 2019 ވާ ހޯމ...

ފާތިމަތު ސިނާޒާ
📍 ހދ. ނެއްލައިދޫ

ނެއްލައިދޫ ކައުންސިލުން އެމްޑީއެންގެ ރިޕޯޓް ހަރުކަށި ޢިބާރާތުން ކުއްވެރިކޮށްފި

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް އިން އިސްލާމްދީނަށް ފުރައްސާރަ ކޮށްފާވާތީ އެޢަމަލު ނެއްލައިދޫ ކައުންސިލުން ކުއްވެރިކޮއްފިއެވެ. މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް އިން ” ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި އާންމު ކުރި ރިޕޯޓާއި ގުޅޭގޮތުން އެކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ “އިސްލާމްދީނުގެ އަސާސްތަކާއި ރައްބުލް ކާޢިނާތުގެ ވެރި މާތްﷲ ގެ ކުޅަދުންވަންތަކަމާމެދު ޝައްކު އުފައްދާ، އަދި ކީރިތި ޤުރުއާނުން ވާރިދުވެފައިވާ ކަންކަމާ މެދު ސުވާލު އުފަ...

އިބްރާހިމް އަސްވާޤް
އުތުރުގައި މަސްވެރިކަންކުރާއިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުނުވުމަށް އިލްތިމާސްކޮށްފި 📍 ށ. ކޮމަންޑޫ

އުތުރުގައި މަސްވެރިކަންކުރާއިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުނުވުމަށް އިލްތިމާސްކޮށްފި

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޭރުގައި ދިވެހި މަސްވެރި އުޅަނދުފަހަރު ޙަރަކާތްތެރިވުމަކީ ޤާނޫނާއި، ގަވާއިދާ ޚިލާފު އަމަލެއް ކަމަށާއި އެކަމުގައި އިތުރަށް ސަމާލުވެލުވުމަށް ފިޝަރީޒް މިނިސްޓްރީއިން އިލްތިމާސްކޮށްފިއެވެ. ދިވެހިރާއްޖޭގެ މަސްވެރި އުޅަނދެއް އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ތެރެއިން މަލިކާއި ގާތްގަނޑަކަށް 3 މޭލު ކައިރިން ހިފަހައްޓާފައިވާކަމުގެ މަޢުލޫމާތު ސޯޝަލް މީޑިއާގައި އާންމުވެފައި ވަނިކޮށް ފިޝަރީޒް މިނިސްޓްރީން ނެރުއްވި ބަޔާނެއްގައި ވަނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން، “ހައި...

އިބްރާހިމް އަސްވާޤް
ކެލާ އިން ކުޅުދުއްފުށްޓާއި ހަމަޔަށް ގުޅުވައިދޭ އެމްޓީސީސީގެ ސްޕީޑް ފެރީ ފަށައިފި 📍 ހއ. ބާރަށް

ކެލާ އިން ކުޅުދުއްފުށްޓާއި ހަމަޔަށް ގުޅުވައިދޭ އެމްޓީސީސީގެ ސްޕީޑް ފެރީ ފަށައިފި

ކެލާ، ވަށަފަރު، ފިއްލަދޫ، ބާރަށް އަދި ހަނިމާދޫ އިން ކުޅުދޫފުއްޓަށް އެމްޓީސީސީގެ ލޯންޗް ފެރީގެ ހިދުމަތްތައް ފަށައިފި އެވެ. ދަތުރުތައް އޮންނާނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރާއި އާދިއްތަ ދުވަހާއި އަންގާރަ އަދި ބުރާސްފަތި ދުވަހު އެވެ. ދެކޮޅަށް ދަތުރުތައް އޮންނައިރު، ދަތުރު ރޫޓާއި ގަޑިތަކާއި އަގުތައްވެސް އެމްޓީސީސީން ވަނީ އިއުލާންކޮށްފަ އެވެ. ކެލާއިން ކުޅުދުއްފުއްޓަށް ހެނދުނު 6:30 ގައި ދަތުރުތައް ފަށާއިރު، ކުޅުދުއްފުށިން ކެލާއަށް ދަތުރުތައް އޮންނާނީ މެންދުުރުފަހު 2:30ގައި އެވެ. މި ރޫޓުގެ އަގުތައް އުޅެނ...

އިބްރާހިމް އަސްވާޤް
ހޯރަފުށީ ސްޓޭޑިއަމް ގެ އަމަލީ މަސައްކަތް ފަށައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީ ސްޓޭޑިއަމް ގެ އަމަލީ މަސައްކަތް ފަށައިފި

ހޯރަފުށީގެ ސްޓޭޑިއަމް ގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފިއެވެ. މި މަސައްކަތް ފައްޓަވައި ދެއްވީ މި މަސައްކަތާއި އަމަލީގޮތުން ހަވާލުވެ ލެއްވި އެމް.ޓީ.ސީ.ސީ ގެ ފަރާތުންނެވެ. ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ހޯރަފުށީ ދާއިރާގެ މަޖިލިސް މެމްބަރ އަހުމަދު ސަލީމް(ސައްލެ) ވަނީ ބައިވެރިވެލައްވާފައެވެ. މިކަމާ ގުޅޭގޮތުން ސައްލެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޒުވާނުންގެ މިނިސްޓަރ އަހުމަދު މަހުލޫފް މިމަސައްކަތް ހަލުވި އަވަސް ބާރުމިނެއްގައި ގެންދަވާ ކަމަށްޓަކައި ފަރާތަށް ޝުކުރުވެރިވަކަމަށެވެ.ހަމަ އެއާ އ...

ފާތިމަތު ސިނާޒާ
ހޯރަފުށީ ގެއަކުން ފައިސާތަކެއް ވަގަށްނެގި މީހަކު ހައްޔަރުކޮށްފި 📍 ހއ. ހޯރަފުށި

ހޯރަފުށީ ގެއަކުން ފައިސާތަކެއް ވަގަށްނެގި މީހަކު ހައްޔަރުކޮށްފި

3 އޮކްޓޯބަރ 2019 ވީ ބުރާސްފަތި ދުވަހު ހއ.ހޯރަފުށި ގެއަކުން ފައިސާތަކެއް ވަގަށް ނެގި މައްސަލައެއް ފުލުހަށް ރިޕޯޓު ކުރުމާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ތުހުމަތު ކުރެވޭ ފަރާތްވަނީ ހޯދާފައެވެ. އެގޮތުން އެފަރާތް ދިރިއުޅޭ ގޭ ފާސްކޮށް ފޮރުވަފައިވާ ގިނަ އަދަދެއްގެ ފައިސާ ފުލުހުން ހޯދާފައިވާކަމަށް ފުލުހުންގެ މީޑިޔާއިން ހާމަކުރެއެވެ. މިމައްސަލަ އާ ގުޅިގެން ހައްޔަރުކޮށް ފައިވަނީ 18 އަހަރުން ދަށުގެ ކުއްޖެއްކަމަށާއި މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުންގެ މީޑިޔާއިން ހާމަކުރެއެވެ.

ފާތިމަތު ސިނާޒާ